Dhirun
  • ފުރަތަމަ ސަފްހާ
  • ސިއްޚީ
    • ތަފާތު ބަލިތައް
    • ދުޅަހެޔޮކަން
    • ރަނގަޅު ކާނާ
    • ކާނާ
  • ޒީނަތްތެރިކަން
  • އިގުތިސާދު
    • ތިއަރީ
    • ހާލަތް
  • އިޖުތިމާއީ
    • މައްސަލަތައް
    • ނިޒާމު
  • ވާހަކަ
    • ހަޤިޤީ
    • ހިޔާލީ
  • މުނިފޫހި
  • އިތުރު ލިޔުންތެރިން

skip to main | skip to sidebar
Blogger Tips and TricksLatest Tips And TricksBlogger Tricks

Widgets

Home » ހާލަތު , އިޤުތިޞާދު , އިޖުތިމާއީ , މައްސަލަތައް , ސިއްހީ » ފުރަތަމަ ބައްދަލުވުމުންވެސް އެހެންމީހުންގެ ޝައުގުވެރިކަން ހޯދުމަށް ކުރެވިދާނެ ކަމަކީ ކޮބާ؟

ފުރަތަމަ ބައްދަލުވުމުންވެސް އެހެންމީހުންގެ ޝައުގުވެރިކަން ހޯދުމަށް ކުރެވިދާނެ ކަމަކީ ކޮބާ؟

Sunday, 12 July 2015 | 0 comments









އެންމެ ފުރަތަމަ މީހަކާއި ބައްދަލުކޮށް ވާހަކަ ދައްކާލުމުންވެސް، ދެވަނަ ފަހަރަށް އެފަރާތާއި ބައްދަލުކޮށް ވާހަކަ ދައްކާލަން ބޭނުންވާގޮތްހުރެއެވެ. މިއީ ބައްދަލުވާ ދެމީހުންގެ ކިބައިގައިވެސް އެކަކު އަނެކަކު ޝައުގުވެރިވާ ފަދަ ސިފަތަކެއް ހުރުމުން ވާގޮތެކެވެ. ތިމާ އެހެންމީހަކާއި ބައްދަލުކުރާއިރު، އެމީހެއްގެ ހިތް ފަތަހަ ކުރުމަށް ނުވަތަ ޝައުގުވެރިވާ ފަދަ މީހަކަށް ވުމަށް ބޭނުންނަމަ ތިރީގައިމިވާ ކަންތައްތައް ކުރެވިދާނެއެވެ.

1.     ނުދަންނަ ފަރާތަކާއި އެންމެ ފުރަތަމަ ބައްދަލުވާވަގުތު ތިމާ އެހާއަވަހަށް އެމީހަކާއި ދިމާލަށް ހިނިތުންވުން ނުދިނުން؛ ކުއްލިއަކަށް ހިނިތުންވުމުގެ ބަދަލުގައި މަޑުމަޑުން އެފަރާތަކާއި ކައިރިވާވަގުތު ނުވަތަ ސަލާމް ކޮށްލާ ވަގުތު ހިނިތުންވުން ވެލާށެވެ. ފެންނައިރަށް މާދުރުން ތިމާ ހިނިތުންވެލާނަމަ، މީހުން ހީކުރަނީ، ތިމާއަކީ ފެންނަ ކޮންމެ މީހަކާއި ދިމާލަށް ހަމަފެންނައިރަށް ހޭމީހެއްކަމަށެވެ.
2.     ބައްދަލުވާ ފަރާތް، ކޮންމެވެސް މިހަކާއި، ކަމަކާއި ނުވަތަ އެއްޗަކާއި ބެހޭ ގޮތުން ވާހަކަދައްކާލުމުގެ ފުރުސަތު ދިނުން؛ ކުއްލިޔަކަށް ސުވާލުތައް ކުރުމުގެ ބަދަލުގައި ދައްކާވާހަކަ އަޑުއެހުމަށްފަހުގައި، ވާހަކަ ދައްކާ ފަރާތް ޝައުގުވެރިވާ ފަދަ ކަމަކާއި ބެހޭ ގޮތުން ޝައުގުވެރިވާ ފަދަ ރީތި ބަހުން ވާހަކަ ދައްކަން ފަށާށެވެ. ދޭ ޖަވާބު ފުރިހަމަނުވަނީސް ނުވަތަ އަޑުނާހާ ސުވާލުތައް ކުރިމަތިނުކުރުވާށެވެ. އަދި ވާހަކަ ދައްކާކަމަކާއި ބެހޭ ގޮތުން ދެފަރާތުންވެސް އެއްބަސްވުމަކަށް ނާދެވެނިސް އެހެން ސުވާލެއްނުކުރާށެވެ. ނޫނީ އިތުރު މައުލޫއަކަށް ވާހަކަދައްކަން ނުފަށާށެވެ. އޭރުން ވާހަކަ ދައްކާ ފަރާތް ހިތްހަމަ ނުޖެހޭގޮތް ވާނެއެވެ.
3.     ވާހަކަ ދައްކާފަރާތް، މަޑުމައިތިރިކަމާއެކު އަޑުގަދަނުކޮށް ވާހަކަ ދައްކާނަމަ ހަމައެގޮތަށް އެފަރާތާއި މުޚާތަބުކުރުން؛ އެހެން މީހުން މަޑުމައިތިރިކާއެކު ލަސްލަހުން، ތިމާއާއި މުޚާތަބުކޮށް ވާހަކަ ދައްކާއިރު، ތިމާވެސް ހަމަ އެގޮތަށް ވާހަކަދައްކާނަމަ، ދެފަރާތުގެ ގުޅުން އިތުރަށް ބަދަހިވެ، ތިމާއާއި މެދު އެހެން މީހުން ޝައުގުވެރިވާ ގޮތްވާނެއެވެ. ވާހަކަ ދައްކަމުންދާއިރު ބޭއަދަބީ ބަސްތައް ބޭނުން ނުކުރުމާއި ބޭކާރު އަދި ކުރަން ނުޖެހޭ ހަރަކާތްތައް ކުރުން ހުއްޓާލާށެވެ.
4.     ވާހަކަ ދައްކަމުންދާއިރު ހަތަރު ކަޅި ބައްދަލުކުރުން؛ ވާހަކަ ދައްކަމުން ދާއިރު ދެމީހުންވެސް އެކަކު އަނެކާއި ދިމާލަށްބަލާ ހަތަރު ކަޅި ބައްދަލުކުރާނަމަ، އޭގެން ދޭހަވަނީ ވާހަކަ ދެއްކުން ކުރިއަށް ގެންދިޔުމުގެ ޝައުގުވެރިކަން ހުންނަކަމެވެ. އެހާ އަވަސް އަވަހަށް ވާހަކަ ދެއްކުމުގެ ބަދަލުގައި ލަސްލަހުން ދައްކާ ވާހަކަ، ދޭހަވާގޮތަށް ވާހަކަ ދެއްކުމަކީވެސް ވަރަށް މުހިންމުކަމެކެވެ.

5.     ހަށިގަނޑަކީ ތަގެތްފާނު ފަދަ ދަމާ ބާރުގަދަ އެއްޗެއްކަން ދަނެގެންހުރުން؛ ތިމާ ވަހަކަ ދައްކަމުން ދާއިރު ތިމާ ޝައުގުވެރިވާ ފަދަ މީހެއްނަމަ، އެމީހަކާއި ކައިރިވެ ގަޔާވެގެން ވާހަކަ ކުރިއަށް ގެންދާނެއެވެ. އަދި ފޫހިވާނަމަ ވީހާވެސް ބޮޑަށް ގަޔާނުވެ ދުރަށްދާން މަސައްކަތްކުރާނެކަން ދަންނާށެވެ. ވާހަކަ ދައްކަމުންގޮސް އަނެކަކާގެ ގައިގައި ޖެހޭ ފިތޭވަރަށް ކައިރިނުވާށެވެ. ވާހަކަ ދައްކާ ފަރާތް ތިމާއަށް ކައިރިއަށް ޖެހޭނަމަ ކުއްލިއަކަށް ދުރަށް ނުޖެހޭށެވެ. އަދި ދުރަށް ދާނަމަ، އެފަދަ މީހަކާއި ކައިރިއަށް ޖެހެން މަސައްކަތްނުކުރާށެވެ. 
Share this article :

ސުރުހީ އާއި ގުޅޭ ލިޔުންތައް

Posted by Unknown at 09:58
Email ThisBlogThis!Share to XShare to Facebook
Labels: ހާލަތު, އިޤުތިޞާދު, އިޖުތިމާއީ, މައްސަލަތައް, ސިއްހީ

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

މަޤުބޫލު ލިޔުންތައް

  • ފިރިހެނުންގެ ބައެއް ސިއްރު ކަންތައްތައް އެގެން ބޭނުންތަ؟
    ތި ކަނބަލުންގެ ހަޔާތުގެ ބައިވެރިޔާއަކީ ދިމާވާ ކަންތައްތައް ކިޔައިދީ ކަމެއް ދިމާވުމުން އެކަމާމެދު ވިސްނާ ފިކުރުކޮށް ނުވަތަ ...
  • ކައިވެނީގައި ޖެހޭ މައްސަލަތައް ހައްލުކުރާނެ ގޮތް
    ދެބަސްވުމާއި، ކަންކަމުގައި ހިޔާލުތަފާތުވުމާއި، ދެމީހުން އެކަކު އަނެކަކާއި މައްސަލަ ޖެހި ކުދިކުދި ހަމަނުޖެހުން ހި...
  • ފިރިހެނުން ދެކެ އަންހެނުން ލޯބިވަނީ ކީއްވެ؟
    ކޮންމެ އަންހެނަކުވެސް ތިމާ އެމީހަކު ދެކެ ލޯބިވާ ފިރިހެނެއް ބޭނުންވާނެ އެވެ. ކޮންމެ ފިރިހެނަކުވެސް ތިމާ ދެކެ ލޯބިވާ އަނ...
  • ދެމީހުންގެ މެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
    ޒަވާޖީ ހަޔާތެއް ނުވަތަ ލޯބި ވެގެންއުޅޭ ދެމީހުންގެ ދެމެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި، ދެމީހުންގެ ދެމެދުގައ...
  • ހަޔާތުގެ ބައިވެރިޔާއަށް އޮޅުވާލާ މަކަރު ހަދަނީ ކީއްވެ؟
    އެމެރިކާގައި ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ކައިވެނި ކޮށްގެން އުޅޭ މީހުންގެ ތެރެއިން %25 ފިރިހެނުންނަކީ، ...

Find Us on Facebook

About Me

Unknown
View my complete profile

Template modified by : Afey Afra
Copyright © 2011. Dhirun - All Rights Reserved