Dhirun
  • ފުރަތަމަ ސަފްހާ
  • ސިއްޚީ
    • ތަފާތު ބަލިތައް
    • ދުޅަހެޔޮކަން
    • ރަނގަޅު ކާނާ
    • ކާނާ
  • ޒީނަތްތެރިކަން
  • އިގުތިސާދު
    • ތިއަރީ
    • ހާލަތް
  • އިޖުތިމާއީ
    • މައްސަލަތައް
    • ނިޒާމު
  • ވާހަކަ
    • ހަޤިޤީ
    • ހިޔާލީ
  • މުނިފޫހި
  • އިތުރު ލިޔުންތެރިން

skip to main | skip to sidebar
Blogger Tips and TricksLatest Tips And TricksBlogger Tricks

Widgets

Home » ނިޒާމު , އިޤުތިޞާދު , އިޖުތިމާއީ » މަސައްކަތު މާހައުލައި އެހެން މީހުންގެ އިތުބާރު ހޯދާނީ ކިހިނެއް؟

މަސައްކަތު މާހައުލައި އެހެން މީހުންގެ އިތުބާރު ހޯދާނީ ކިހިނެއް؟

Saturday, 11 July 2015 | 0 comments









މަސައްކަތުގެ މާހައުލުގައި އެހެން މީހުންގެ އިތުބާރު ހޯދައިގެން މަސައްކަތްކުރުމަކީ ގުނާ އަދަދު ނުކުރެވޭހާ ފައިދާ ކުރުވަނިވި ކަމެކެވެ. ގިނަ ދިރާސާތަކުން ދައްކާގޮތުގައި އޮފީހުގައި މަސައްކަތްކުރާ ވެރިމީހާއާއި ދަށުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ދެމެދު އޮންނަށްޖެހޭ ގުޅުން ހަރުދަނާ ކަމާއެކު ދެމެހެއްޓިޖެނަމަ މުވައްޒަފުންނަށް ދިމާވާ ހާސްކަމާއި ކަންބޮޑުވުން ނެތިގެންގޮސް މުވައްޒަފުންނަށް ހިތްހަމަޖެހުންލިބި މުވައްޒަފުން ވަޒީފާއިން ވަކިވާމިންވަރު ދަށްވެގެންދެއެވެ. މި ގުޅުން ދެމެހެއްޓުމަށްޓަކައި ތިރީގައިމިވާ ބައެއް ކަންތައް ކުރެވިދާނެއެވެ.

1.     ތިމާއަކީ ހިތްހެޔޮ މީހެއްކަމުގައިވުން؛ ރަނގަޅުކަމެއް ކޮށްފިނަމަ ތައުރީފުކުރުމާއި، ކުރި ކަންތަކާއި ހިތްހަމަޖެހޭ ކަން ހާމަކުރާށެވެ. އަދި އެކުގައި މަސައްކަތްކުރާ މީހުނާއި ވާހަކަ ދެއްކުމާއި އެމީހުންނަށް ދިމާވާ ދަތި އުދަގޫތައް ހައްލުކޮށްދިނުމުގައި ޝައުގުވެރިކަން ހުންނަކަން ތިމާގެ އަމަލުން ދައްކާށެވެ. ތިމާ ކުރާކަންތައްތައް އެހެންމީހުން އަގުވަޒަންކުރާހެން ތިމާވެސް އެހެންމީހުން ކުރާ މަސައްކަތުގެ އަގުވަޒަންކުރާކަން ހާމަކުރާށެވެ.
2.      ދައްކާވާހަކަ ޝައުގުވެރިކަމާއެކު އަޑުއެހުން؛ އެހެންމީހަކާއި ވާހަކަ ދައްކާނަމަ ހަތަރު ކަޅި ބައްދަލުކޮށްގެން ވާހަކަދައްކާށެވެ. ވާހަކަ ދައްކާއިރު ތިމާގެ މޫނުމަތިންވެސް ހިނިތުންވުން ދައްކާށެވެ. އެދައްކާވާހަކައެއް އަޑުއަހަމުން ދާކަމާއި އަޑުއެހުމުގެ ޝައުގުވެރިކަން ހުންނަކަން ތިމާގެ އަތާއި ބޮލުގެ ހަރަކާތުން ދައްކާށެވެ.
3.     މަޢާފުކުރުން؛ ފުރަތަމަ ފަހަރު ކަމެއް ގޯސްގޮތަކަށް ކުރާނަމަ، އެކަމެއް ރަނގަޅުކުރާނެ ގޮތް ކިޔައިދީ، ކުރެވިފައިވާ ކަންތަކަށް މަޢާފްކުރާށެވެ. ތަކުރާރުކޮން އެފަދަ ކަންތައް ނުކުރުމަށް ނަސޭހަތްތެރިވާށެވެ.
4.     ކަމެއް ކާމިޔާބުކުރުމަށް ނުވަތަ ހާސިލުކުރުމަށްޓަކައި، މަސައްކަތް ކުރުމުގެ ގާބިލްކަމާއި ޝައުގުވެރިކަން ހުރުން؛ ރިސާޗުތަކުން ދައްކާގޮތުގައި ކަމެއް ދިމާވެގެން ދާއިރު، އެކަމެއް ކާމިޔާބުކުރުމުގެ ހިތްވަރު ނެތް ފަރާތަކަށްވާނަމަ، އެކުގައި މަސައްކަތްކުރާ މުވައްޒަފުން އެފަރާތަކަށް ކުރާ އިތުބާރު ކުޑަވެގެން ދެއެވެ. މަސައްކަތެއް ކުރާއިރު ތިމާގެ ހުރި ފުރިހަމަ ގާބިލުކަމާއެކު އެމަސައްކަތެއް ފުރިހަމަކުރުމުގެ ޝައުގުވެރިކަން ދައްކައިގެން އެމަސައްކަތެއް ކުރާނަމަ، އެހެން މީހުންވެސް ތިމާއާއެކު މަސައްކަތްކުރުމުގެ ޝައުގުވެރިކަން އިތުރުވެގެންދެއެވެ.
މީގެ އިތުރުން އެކުގައި މަސައްކަތްކުރާއިރު، މަސައްކަތުގެ މާހައުލުގައި އެކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުބާރު ހޯދުމަށް ގިނަ ގުނަ ކަންތައްތަކެއް ކުރެވިދާނެއެވެ. މިސާލަކަށް ބުނާނަމަ، ތިމާއަކީ އެހެން މީހުންގެ ސިއްރުތައް ހިފަހައްޓާ މީހަކަށްވުމާއި، އެހެން މީހުންގެ ކުރިއެރުމާއި މުވައްޒަފުންގެ ގާބިލްކަން އިތުރުކޮށްދިނުމަށް މަސައްކަތްކޮށްދިނުމުގެ އިތުރުން އެކަމަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތަކަށްވެސް ވެވިދާނެއެވެ.
Share this article :

ސުރުހީ އާއި ގުޅޭ ލިޔުންތައް

Posted by Unknown at 03:22
Email ThisBlogThis!Share to XShare to Facebook
Labels: ނިޒާމު, އިޤުތިޞާދު, އިޖުތިމާއީ

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

މަޤުބޫލު ލިޔުންތައް

  • ފިރިހެނުންގެ ބައެއް ސިއްރު ކަންތައްތައް އެގެން ބޭނުންތަ؟
    ތި ކަނބަލުންގެ ހަޔާތުގެ ބައިވެރިޔާއަކީ ދިމާވާ ކަންތައްތައް ކިޔައިދީ ކަމެއް ދިމާވުމުން އެކަމާމެދު ވިސްނާ ފިކުރުކޮށް ނުވަތަ ...
  • ކައިވެނީގައި ޖެހޭ މައްސަލަތައް ހައްލުކުރާނެ ގޮތް
    ދެބަސްވުމާއި، ކަންކަމުގައި ހިޔާލުތަފާތުވުމާއި، ދެމީހުން އެކަކު އަނެކަކާއި މައްސަލަ ޖެހި ކުދިކުދި ހަމަނުޖެހުން ހި...
  • ފިރިހެނުން ދެކެ އަންހެނުން ލޯބިވަނީ ކީއްވެ؟
    ކޮންމެ އަންހެނަކުވެސް ތިމާ އެމީހަކު ދެކެ ލޯބިވާ ފިރިހެނެއް ބޭނުންވާނެ އެވެ. ކޮންމެ ފިރިހެނަކުވެސް ތިމާ ދެކެ ލޯބިވާ އަނ...
  • ދެމީހުންގެ މެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
    ޒަވާޖީ ހަޔާތެއް ނުވަތަ ލޯބި ވެގެންއުޅޭ ދެމީހުންގެ ދެމެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި، ދެމީހުންގެ ދެމެދުގައ...
  • ހަޔާތުގެ ބައިވެރިޔާއަށް އޮޅުވާލާ މަކަރު ހަދަނީ ކީއްވެ؟
    އެމެރިކާގައި ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ކައިވެނި ކޮށްގެން އުޅޭ މީހުންގެ ތެރެއިން %25 ފިރިހެނުންނަކީ، ...

Find Us on Facebook

About Me

Unknown
View my complete profile

Template modified by : Afey Afra
Copyright © 2011. Dhirun - All Rights Reserved