Dhirun
  • ފުރަތަމަ ސަފްހާ
  • ސިއްޚީ
    • ތަފާތު ބަލިތައް
    • ދުޅަހެޔޮކަން
    • ރަނގަޅު ކާނާ
    • ކާނާ
  • ޒީނަތްތެރިކަން
  • އިގުތިސާދު
    • ތިއަރީ
    • ހާލަތް
  • އިޖުތިމާއީ
    • މައްސަލަތައް
    • ނިޒާމު
  • ވާހަކަ
    • ހަޤިޤީ
    • ހިޔާލީ
  • މުނިފޫހި
  • އިތުރު ލިޔުންތެރިން

skip to main | skip to sidebar
Blogger Tips and TricksLatest Tips And TricksBlogger Tricks

Widgets

Home » ހާލަތު , ހިޔާލީ , އިޤުތިޞާދު , އިޖުތިމާއީ , ވާހަކަ » މަންމަ

މަންމަ

Friday, 10 July 2015 | 0 comments








ފަތިސް ވެގެން ދިޔައިރުވެސް އަހަރެން ނިދަންއުޅެ ނިދޭގޮތެއް ނުވިއެވެ. މުޅި މީހާ ވަނީ ފިނިވެ ގަނޑުވާން ކައިރިވެފައެވެ. ކޮޓަރި ތެރޭގައި ބަހައްޓާފައި ހުރި އޭ.ސީ ފިނި ގަދަކޮށްފައި ހުރުމުގެ ސަބަބުންނެވެ. ފިނި މަޑުކުރުމަށްޓަކައި ރިމޯރޓް ހޯދުމަށް ތެދުވާހާ ހިތްވަރެއް އަހަރެންގެ ގައިގައި މިޔަދަކު ނެތެއެވެ. މިޔަދު އަހަރެން ގައިގައި އަޅާނެ ރަޖާގަނޑުވެސް ދިއްކޮލާނެ މީހަކު ނެތެއެވެ. ބޭ އިހުތިޔާރުގައި މަންމާ އޭ ކިޔާފައި ގޮވާލެވުނެއެވެ. ނަމަވެސް މިޔަދު އަހަރެންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މަންމަ ވެސް ބޭނުން ނުވާކަހަލައެވެ. އޮށޯވެގެން އޮތް އެދުމަތިން ތެދުވެވޭތޯ ވަރަށް ބޮޑަށް މަސައްކަތްކުރީމެވެ. އަހަރެންގެ މަންމަ ފެނޭތޯ ބެލުމަށްޓަކައެވެ.  ނަމަވެސް މިޔަދު އަހަރެން މިވަނީ އެނދުން ތެދުވުމަށް ނުކުޅެދިފައެވެ. ބޭ އިހުތިޔާރުގައި ދެލޮލުން ކަރުނަ ފައިބަންފެށިއެވެ. މީހެއްގެ އެހީތެރިކަމަށް ބޭނުންވި ދުވަހު އެއްވެސް މީހެއްގެ އެހީތެރިކަމެއް ނުލިބުމުންނެވެ. ކުޑަމިނުން އަހަރެން އެންމެ ލޯބިވާ މަންމަގެ ފަރާތުންވެސް އެއްވެސް އަޅާލުމެއް ނުލިބުނެއެވެ.

ގޭތެރެއިން މީހަކު ހިގާހެން ހީވެގެން އަހަރެން ކައިރިއަށް އާދޭތޯ ބެލުމަށްޓަކައި އެނދުކައިރީގައި ހުރި މޭޒުމަތީގައި ބަހައްޓާފައި ހުރި ބިއްލޫރި ތަށި ބިންމައްޗަށް އަތުން ޖަހާފައި ވައްޓާލީމެވެ. ތަށި ވެއްޓުނު އަޑު ހަމަ ގައިމުވެސް އެ ހިގާ މީހަކަށް އަޑުއިވޭނެއެވެ. ކުއްލި އަކަށް އިވުނީ އެމީހަކު ފޯނުން ކޮންމެވެސްމީހަކާއި ވާހަކަ ދައްކާ އަޑެއެވެ. އެއީ ދެވަނަ ދެމީހެއް ނޫނެވެ. އަހަރެންގެ ލޯބިވާ މަންމަގެ އަޑެއެވެ. މަންމަގެ އަޑު އަހަރެންނަކަށް ދުވަހަކުވެސް ނޯޅޭނެއެވެ. އަހަރެންނަށް ބާރަށް ރޮވެގަނެވުނެއެވެ. ގަސްތުގައެއް ނޫނެވެ. ބޭއިޚުތިޔާރުގައެވެ. އިސްދަށަށް ޖަހައިގެންހުރެ މަންމަ ކޮޓަރިތެރެއަށްވަދެ، ވެއްޓިފައި އޮތްތަށި ނެގުމަށްފަހު، އަލަމާރިތެރޭގައި އޮތް ގައިގައިއަޅާ ފޮތިގަނޑެއް ނެގުމަށްފަހު އެދުމަތީގައި ބޭއްވުމަށްފަހު ނިކުމެގެން ދިޔައެވެ.
މިޔަދު މަންމަ އަހަރެންދެކެ އެހާ ރުޅިއަންނަނީ އެއްވެސް ކަމަކާނުލައެވެ. އެއީ މީގެ ކުރިން މަންމަގެ ފަރާތުން ފެނުނު ޢަމަލެއްނޫނެވެ. މިޔަދު އަހަރެން މިހާލުގައި އުޅެން ޖެހިފައިވަނީ އެއްގޮތަކަށްވެސް އަހަރެންގެ ފަރުވާ ކުޑަކަމުން ނުވަތަ ބަލަންވާ ވަރަށް ނުބަލާ އުޅުމުގެ ސަބަބުން ކަމަށް އަހަރެންނަކަށް ގަބޫލެއް ނުކުރެވެ. މީހަކަށް ކަމެއް ވެދާނެއެވެ. އެއީ ކޮންމެ މީހަކުވެސް ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ.

އަހަރެން އިންތިޒާރު ކުރަމުން ދިޔައީ އިރު އަރާނެ ވަގުތަކަށެއެވެ. އޭރުންވެސް ކޮންމެވެސް ހިތްހަމަ ޖެހުމެއް އަހަރެންނަށް ލިބޭނެއެވެ. މިޔަދަކީ އަހަރެން ބެލެހެއްޓުމަށްޓަކައި ބޭރު މީހެއް ގެއަށް އަންނަ ދުވަހެއެވެ. މިއީ އެކުވެރި ގާތް ރައްޓެއްސަކުގެ ފަރާތުން ލިބޭ އެހީ ތެރިކަމެކެވެ. އޭނައަށް އަހަރެން އުޅޭ ހާލު ދެކެން ބޭނުންނުވާތީވެ، އޭނަ އަހަރެންނަށް ކޮށްދޭ ހެޔޮކަމެއްގެ ގޮތުގައެވެ. އަހަރެން އަމިއްލަޔަށް ގައިންތާހިރުވެ ފެންނުވަރާތާ ހަފްތާއެއް ވެދާނެއެވެ. އެއީ ކޮންމެހެން މިކަންތައް ކުރަން ބޭނުން ނުވާތީއެއް ނޫނެވެ. އެއީ އަހަރެން އަމިއްލައަށް މީހެއްގެ އެހީތެރިކަމާއި ނުލައި އެކަންވެސް ނުކުރެވޭތީއެވެ.

މަންމަ ކިތަންމެ ވަރަކަށް އަހަރެންދެކެ ރުޅިޔަސް، މަންމަ ކިބާގައި ރަނގަޅު އެއްސިފަ ހުރެއެވެ. އެއީ އަހަރެންނަށް ގަޑިންގަޑިން ބަރާބަރަށް ކާންދެއެވެ. ކޮންމެ ފަހަރަކުވެސް ކާއެއްޗެހި ގެނެސް އެދުކައިރީގައި ހުރި މޭޒުމަތީގައި ބަހައްޓާފައި ދަނީއެވެ. ދެން އެގެންނަ ކާއެތިކޮޅު ކާންޖެހެނީ ވަރަށް ބުރަ މަސައްކަތްކޮށްގެންނެވެ. މިއީ ދުވަހަކުވެސް މިހާތަނަށް އަހަރެންނަށް އުޅެން ޖެހިފައިވާ ގޮތެއްނޫނެވެ. އަހަރެން ހިތާހިތުން މަންމަގެ އެހީތެރިކަން ލިބޭތޯ ދުޢާކުރީމެވެ.

އަހަރެން ހަނދާން ހުންނަށް ފެށީއްސުރެން މަންމަ އަހަރެންދެކެ ވަރަށް ލޯބިއެވެ. ކިރިޔާވެސް ކަމެއް ދިމާވެގެން ރޯލާއިރަށް ލޯބިން އައިސް އުރާލައެވެ. ގައިގައި ބާރަށް ބައްދާލާ ހަދައެވެ. އަބަދުވެސް ވާހަކަ ދައްކަނީ ލޯބިންނެއެވެ. އޯގާތެރިކަމާއެކުގައެވެ. މަންމަގެ ހުންނަނީ ދެކުދިންނެއެވެ. އަހަރެންނާއި އަހަރެންގެ ދައްތައެވެ. ދައްތައަށް ވުރެންވެސް ބޮޑަށް އަހަރެން ދެކެ ލޯބިވާހެން ހީވެއެވެ. އިސްކޫލަށްދާއިރުވެސް ކޮންމެ ދުވަހަކު ގޮވައިގެން ދެއެވެ. އަހަރެންގެ އުމުރުން 10 އަހަރުގައި މަންމައާއި ބައްޕަ ކޮންމެވެސް ވަރަކަށް ގޭތެރޭގައި ޒުވާބުކުރާ އަޑުއިވެއެވެ. އޭރު ދައްދަގެ އުމުރުން ވާނީ ގާތްގަޑަކަށް 13 އަހަރެއެވެ. އަހަރެން އަބަދުވެސް ދައްދަ ގާތުގައި ބައްޕަ މަންމައާއި ޒުވާބު ކުރަނީ ކީއްވެތޯ ސުވާލުކުރަމެވެ. ނަމަވެސް ދައްތައަށް އެސުވާލު ތަކުގެ ޖަވާބު ނުދެވެއެވެ. ޖަވާބު ދިނުމުގެ ބަދަލުގައި ސުވާލު ކުރިމަތިކުރުވާ ކޮންމެ ފަހަރަކު ދައްތަގެ މޫނު މަތިންވެސް ފެންނަނީ މާޔޫސްކަމެވެ. ޖަވާބު ދިނުމުގެ ބަދަލުގައި ގިނަފަހަރަށް އިސްދަށަށް ޖަހައިގެންހުރެ ކޮޓަރިތެރެއަށް ވަދެ ދޮރުލައްޕައިގެން އެކަނި އެތައް އިރެއްވަންދެން ހުރެއެވެ. ދައްތަ އަށް ކޮންމެވެސް ވަރަކަށް ވާނުވާ އެނގޭކަހަލައެވެ. ނަމަވެސް އަހަރެން ދެރަވެދާނެތީ އެވާހަކަތައް ކިޔައިދެންބޭނުން ނުވަނީ ކަމަށްވެސް ވެދާނެއެވެ.

އަހަރެން ބޭރުގައި ކުޅެން އުޅެފައި ކޮޓަރި އަށް ވަތްއިރު މަންމަ ވަރަށް ބާރަށް ރޯއަޑުއިވިގެން މަންމަ ނިދާ ކޮޓަރި ތެރެ ބަލާލިއިރު ބައްޕަ ދަބަހަށް އެއްޗެހި އަޅައިގެން ދަނީއެވެ. އަހަރެން ދުވެފައިގޮސް ބައްޕަ ގައިގައި ބައްދާލީމެވެ. މަންމަ ރޮނީ ކީއްވެތޯ ސުވާލުކުރީމެވެ. ނަމަވެސް ބައްޕަ އަހަރެން ފޮޅާލުމަށްފަހު ގެއިން ނިކުމެގެން ހިގައްޖެއެވެ. އޭރު ދައްތަވީ އިސްކޫލަށް ގޮހެއެވެ. ކުޑައިރުކޮޅަކުން ދައްތަވެސް އަތުވެއްޖެއެވެ. އަހަރެންނާއި ދައްތައާއި ދެމީހުން ރޮމުން ރޮމުން މަންމައަށް ވެގެން އުޅޭ ގޮތް ސާފުކުރީމެވެ. ބައްޕަ މަންމަ ދޫކޮށްލާފައި އަބަދައްޓަކައި ދިޔައީއެވެ. އެއީ ބައްޕަ ދެވަނަ ކައިވެންޏެއް ކުރަން މަންމަ ގަބޫލުނުވީމަ މަންމަ ވަރިކުރީއެވެ.

މަންމަ އަހަރެމެން ދެމީހުން ގެންގުޅެ ބޮޑުކުރީ ވަރަށް ލޯބިންނެއެވެ. ބައްޕަ ނެތްކަމުގެ އެއްވެސް އިހުސާސް އެއް ނުވާކަހަލަ ގޮތަކަށެވެ. މަންމަ ބޭނުންވަނީ އަހަރެން ބޮޑުވެގެން ވަރަށް މޮޅު ޑޮކްޓަރ އަކަށް ވާށެވެ. ނަމަވެސް އެކަމުގައި އަހަރެންގެ ޝައުގުވެރިކަމެއް ނުހުރެއެވެ. މެޑިސިންގ ހެދުމުގެ ބަދަލުގައި އަހަރެން ކުރިއަށް ދިޔައީ މޮޑެލް ކުރުމުގެ ދާއިރާއިންނެވެ. އެއީ އެކަމަށް ޝައުގުވެރިކަން ހުންނާތީއެވެ. ނަމަވެސް މިކަމަކީ މަންމަ އެހާ ގަބޫލު ކަމަކަށްނުވެއެވެ. އަހަރެން ގޮތް ދޫކުރުމެއްނެތި މިކަމުގައި އަވެދި ނެތި އުޅުނީމެވެ. ބައެއް ދުވަސްދުވަހު ރޭގަނޑު ގެޔަށް އާދެވެނީ ވަރަށް ލަހުންނެވެ. އެއީ ފަރިތަކުރުން ތަކުގައި އުޅެފައި އަވަހަށް ނާދެވޭތީއެވެ. އަހަރެންގެ މިމަސައްކަތުގެ އަގު މަންނަ އެއްގޮތަކަށްވެސް ވަޒަނެއް ނުކުރެއެވެ. މަންމަގެ ވިސްނުން ހުންނީ އެހެން ގޮތަކަށެވެ. މަންމަ ހީކުރަނީ އަހަރެން ގޯސް ޢަމަލު ކުރާ މީހުންނާއި ގުޅިގެން ގޯސްޢަމަލުތައް ކުރާކަމަށެވެ. ނަމަވެސް އަހަރެން އެފަދަ އެއްވެސް ކަމެއް ނުކުރަމެވެ. އަހަރެން މަންމައަށް މިކަން ވިސްނައި ދެވޭތޯ ބެލީމެވެ. ނަމަވެސް މިކަން މަންމައަށް އެއްގޮތަކަށްވެސް ވިސްނައިދެވޭ ގޮތެއްނުވިއެވެ. މިކަން ވިސްނައިދެން ކުރި ހުރިހާ މަސައްކަތުން މަންމައާއި އަހަރެންނާއި ދެމެދު އޮތް ގުޅުން ދުވަހަކަށްފަހު ދުވަހަކު ހީނަރުވެގެން ދިޔައެވެ. ފަހުންފަހުން އައިސް މަންމަ މުޅިން އަހަރެންނާއި ވާހަކަ ދެއްކުން ހުއްޓާލިއެވެ.
ދައްތަވެސް އެހެން މިހަކާއި ކައިވެނި ކޮށްގެން ފިރިމީހާޔާއެކު ދިރިއުޅުން ރާއްޖެއިން ބޭރަށް ބަދަލުކުރިއެވެ. ދެން ގޭގައި އުޅެނީ އަހަރެންނާއި މަންމައެވެ. ވަރަށް މަދުން މަންމަގެ އާއިލާގެ މީހުން މަންމަގެ ހާލުދެކިލުމަށް އާދެއެވެ. ބައްޕަ އުޅޭގޮތެއް ވީތަނެއް އެއްގޮތަކަށްވެސް ނޭންގެއެވެ. މަންމަ ދޫކޮށްލާފައި ދިޔަފަހުން ބައްޕަގެ އެއްވެސް ޚަބަރެއް ނުވެއެވެ. މަންމަ އަހަރެންނާއި ވާހަކަ ދެއްކުން ހުއްޓާލިއެއް ކަމަކު އަހަރެންގެ ހިތުގައި މަންމައަށް އޮތް ލޯބި ކުޑަވެގެންނެއް ނެދެއެވެ. އަބަދުވެސް މަންމަ ދެކެ ލޯބިވެއެވެ. މަންމަ ކުރި ބުރަ މަސައްކަތުގެ އަގުވަޒަން ކުރެވެއެވެ. ނަމަވެސް އަހަރެން ޝައުގުވެރިކަން ނެތް ކަމެއް ކުރާނީ ކިހިނެއް ކަމެއް އެއްގޮތަކަށްވެސް ނޭންގެއެވެ.

މޮޑެލް ކުރުމަކީ އެއްވެސް ގޯސް ޢަމަލެއް ކަމެއް އަހަރެން ގަބޫލެއް ނުކުރަމެވެ. އެކަންވެސް ރަނގަޅު ގޮތުގައި ކޮށްފިނަމަ އެއީ ވަރަށް ރަނގަޅު ކަމެކެވެ. މީހުންގެ ކުރިމަތީގައި އަހަރެން ވަރަށް މަގުބޫލު މަޝްހޫރު މީހަކަށްވިއެވެ. ނަމަވެސް މަންމަގެ ކުރިމަތީގައި އަހަރެން މީ އެއްވެސް މީހެއްނޫނެވެ. މިޔަދު ބަލި އެދުގައި އޮންނަށްޖެހުމުގެ ސަބަބުން އަހަރެންނަށް ނަފްސާނީގޮތުންވެސް އެކި އަސަރުކުރާހެން ހީވެއެވެ. އަހަރެން އެއްގޮތަކަށް ނަފްސާނީ ބަލިކަމުގެ ޝިކާރައަކަށްވާކަށް ބޭނުމެއްނުވެއެވެ.
ގެއްލިފައިވާ ހިޔާލުތަކުން އަހަރެން ދުރުކޮށްދިނީ ކޮންމެވެސް މީހަކު ކޮޓަރީގެ ދޮރު ހުޅުވާލިއަޑަށެވެ. އެއީ އަހަރެން ބެލެހެއްޓުމަށް އައި އިންޑިޔާ މީހާއެވެ. އޭނަޔަށް ކޮންމެވެސް ވަރަކަށް ދިވެހިބަހުން ވާހަކަ ދައްކަން ދަނެއެވެ. އޭނައަކީ ކުރިން ރާއްޖޭގައި މަސައްކަތްކޮށްފައި ހުރިމީހެކެވެ. އޭނައައިސް އަހަރެންނަށް ވެފައި އޮތްގޮތް ފެނިފައިދިޔައީ ސިއްސައިގެންނެވެ. މަޑުމަޑުން އައިސް އަހަރެން ގާތުގައި އިށީނެވެ. އަހަރެން ފެންވަރުވާ ދިނުމަށް އޭނަގެ ގާތުގައި އެދުނީމެވެ. އޭނަ އަހަރެން ފެންވަރުވާ ރީތިކޮށްދިނެވެ. ފެންވަރުވުމުން އަހަރެންނަށް އެތައް އަރާމުތަކެއް ވެގެންދިޔައެވެ. އޭނަ، އަހަރެންނަށް މިކަން ދިމައިވާން މެދުވެރިގޮތް ސާފުކުރަން ބޭނުންވިއެވެ. އަހަރެންގެ ވާހަކަތައް އޭނައަށް ހިއްސާކުރަމުން ގެންދިޔާމެވެ.
އީދާ ދިމާކޮށްފައި މާލޭގައި ބޭއްވި ފެޝަން ޝޯއެކެވެ. ޝޯގައި އެންމެ ފުރަތަމަ އަދި އެންމެ ފަހުން އަރާ ބައިވެރިޔަކަށް ހަމަޖައްސާފައިވާނީ އަހަރެންނެވެ. އަހަރެން ސްޓޭޖަށް އެރުމާއެކު އަންހެން ކުދިން އަތްޖަހާ ހަޅޭއްލަވާ އަޑުގަދަކުރަމުން ދިޔައެވެ. ދެން ދިމާވީ ބުނަށްވެސް ނޭންގޭ ކަހަލަ ކަމެކެވެ. ކުއްލިޔަކަށް އަހަރެން ކަރަންޓުގައި ޖެހުނީއެވެ. އެއީ ސްޓޭޖުމަތީގައި ބާއްވާފައި އޮތް ކަރަންޓު ވާގަޑަކަށް އެރުމުންނެވެ. މިއީ ދުވަހަކުވެސް ކުރިން ދިމާވި ފަދަ ކަމެއްނޫނެވެ. ސްޓޭޖަށް ބޭނުންވާ ލައިޓް ހަދާދިން މީހުންގެ ފަރުވާ ކުޑަކަމުން ދިމާވި ކަމެކެވެ. ކަރަންޓުގައި ޖެހުމުގެ ސަބަބުން އަހަރެންގެ ދެފައިން ވަނީ ވާގިގޮސްފައެވެ. މިކަން ރަނގަޅުވާން ގާތްގަޑަކަށް 6 މަސްނަގާނެ ކަމަށް ޑޮކްޓަރ ވަނީ އަންގާފައެވެ. އަދި މިކަމުގައި އުޅޭތާ މިވީ 2 ހަފުތާއެވެ.

އަހަރެންގެ ވާހަކަ ވަކި ހިސާބަކުން މެދުގަޑާލުމަށްފަހު މަންމަ އަހަރެންގެ ގާތަށް ގެނެސްދިނުމަށް އެދުނީމެވެ. އިރުކޮޅަކުން މަންމަ އަތުވެއްޖެއެވެ. އަހަރެން ހުރީ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ. އެންމެ ފަހުން ތާއަބަދު އަހަރެން ކުރަމުންދިޔަ ދުޢާ މާތް ﷲ އިޖާބަކުރެއްވީއެވެ. ބޭއިހުތިޔާރުގައި މަންމަގެ އަތުގައި ހިފީމެވެ. އަދި މަންމަ ގައިގާ ލޯބިން ބައްދާލަން ބޭނުންވިއެވެ. އަހަރެންނަށް ރޮވުނެވެ. އަޑުގެ ނެތްތަނަށެވެ. މަންމަ ގާތުގައި އަހަރެންނަށް މާފުކުރާށޭބުނީމެވެ. ރޮމުންނެވެ. މަންމައަށްވެސް ބޭއިހުތިޔާރުގައި ރޮވުނެވެ. ދަރިފުޅާކިޔާފައި އަހަރެންގެ ގައިގާ ބައްދައިގަތެވެ. ތެދެކެވެ. ދަރިން ކިތަންމެ ބޮޑުވެފައި ހުއްޓަސް މައިންނަށް ދަރިންނަކީ ދަރިންނެވެ. މަންމަ ރޮމުން ދަރިފުޅުދެކެ ވަރަށް ލޯބިވާ ކަމާއި ދެން މަންމައަކަށް ކެތްނުކުރެވޭނެ ކަމަށް ބުނެ ގައިގައި ފިރުމަން ފެށިއެވެ. އަހަރެންގެ ހިތައްވެރިވެފައިވާ އުދާސްތައް ފިލައިގެންދިޔައެވެ. ބަލިން މުޅިން ރަނގަޅުވިކަހަލައެވެ. މިޔަދު އަހަރެން މިހިރީ ވަރަށް އުފަލުންނެވެ. އަހަރެންގެ މަންމަ އެބުރި އަހަރެންނަށް ލިބުނީތީއެވެ. ދެތެކެވެ. ދަރިން އުޅޭ ނިކަމެތި ހާލު ބަލަން ދުރުގައި މައިންނަކަށް ނުހުރެވޭނެއެވެ. އެއީ މައިމީހާގެ ލަގޮޑިއަށް ކެތްކުރެވޭނެ ކަމެއްނޫނެވެ. ( ނިމުނީ )
Share this article :

ސުރުހީ އާއި ގުޅޭ ލިޔުންތައް

Posted by Unknown at 11:16
Email ThisBlogThis!Share to XShare to Facebook
Labels: ހާލަތު, ހިޔާލީ, އިޤުތިޞާދު, އިޖުތިމާއީ, ވާހަކަ

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

މަޤުބޫލު ލިޔުންތައް

  • ފިރިހެނުންގެ ބައެއް ސިއްރު ކަންތައްތައް އެގެން ބޭނުންތަ؟
    ތި ކަނބަލުންގެ ހަޔާތުގެ ބައިވެރިޔާއަކީ ދިމާވާ ކަންތައްތައް ކިޔައިދީ ކަމެއް ދިމާވުމުން އެކަމާމެދު ވިސްނާ ފިކުރުކޮށް ނުވަތަ ...
  • ކައިވެނީގައި ޖެހޭ މައްސަލަތައް ހައްލުކުރާނެ ގޮތް
    ދެބަސްވުމާއި، ކަންކަމުގައި ހިޔާލުތަފާތުވުމާއި، ދެމީހުން އެކަކު އަނެކަކާއި މައްސަލަ ޖެހި ކުދިކުދި ހަމަނުޖެހުން ހި...
  • ފިރިހެނުން ދެކެ އަންހެނުން ލޯބިވަނީ ކީއްވެ؟
    ކޮންމެ އަންހެނަކުވެސް ތިމާ އެމީހަކު ދެކެ ލޯބިވާ ފިރިހެނެއް ބޭނުންވާނެ އެވެ. ކޮންމެ ފިރިހެނަކުވެސް ތިމާ ދެކެ ލޯބިވާ އަނ...
  • ދެމީހުންގެ މެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
    ޒަވާޖީ ހަޔާތެއް ނުވަތަ ލޯބި ވެގެންއުޅޭ ދެމީހުންގެ ދެމެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި، ދެމީހުންގެ ދެމެދުގައ...
  • ހަޔާތުގެ ބައިވެރިޔާއަށް އޮޅުވާލާ މަކަރު ހަދަނީ ކީއްވެ؟
    އެމެރިކާގައި ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ކައިވެނި ކޮށްގެން އުޅޭ މީހުންގެ ތެރެއިން %25 ފިރިހެނުންނަކީ، ...

Find Us on Facebook

About Me

Unknown
View my complete profile

Template modified by : Afey Afra
Copyright © 2011. Dhirun - All Rights Reserved