Dhirun
  • ފުރަތަމަ ސަފްހާ
  • ސިއްޚީ
    • ތަފާތު ބަލިތައް
    • ދުޅަހެޔޮކަން
    • ރަނގަޅު ކާނާ
    • ކާނާ
  • ޒީނަތްތެރިކަން
  • އިގުތިސާދު
    • ތިއަރީ
    • ހާލަތް
  • އިޖުތިމާއީ
    • މައްސަލަތައް
    • ނިޒާމު
  • ވާހަކަ
    • ހަޤިޤީ
    • ހިޔާލީ
  • މުނިފޫހި
  • އިތުރު ލިޔުންތެރިން

skip to main | skip to sidebar
Blogger Tips and TricksLatest Tips And TricksBlogger Tricks

Widgets

Home » ހާލަތު , ހިޔާލީ , ބަލިތައް , އިޖުތިމާއީ , ވާހަކަ » އަނިޔާ

އަނިޔާ

Wednesday, 8 July 2015 | 0 comments








އަރާމު ނިއްޖެއްގައި، ނިދާފައި އޮށްވާ އަހަރެންނަށް ހޭލެވުނީ އަހަރެންގެ ހުރި ހަމައެކަނި  5 އަހަރަށް ދާ ދަރިފުޅު " މާރިޔާ "  އަހަރެންގެ ގައިމައްޗަށް އަރައިގެން ކުޅެން އޮޅެނިކޮށެވެ. ފުރަތަމަވެސް އަހަރެންގެ ލޯ ހުޅުވާލުމާއެކު އެ ތުއްތު ލޯބި ދަރިފުޅުގައިގައި ލޯބިން ފިރުމާލުމަށްފަހު ބައްދާލީމެވެ. އެ ތުއްތު ލޯބި ދަރިފުޅަކީ އަހަރެންގެ ދެ ލޮލުގެ ނޫރު ފަދަ ކުއްޖެކެވެ. އެއީ ކުއްޖަކު ހޯދުމަށް ވަރަށް ގިނަ ދުވަހު ކުރި މަސައްކަތުގެ ފޮނި މޭވާއެވެ. " އާބިދާ " އާއި އަހަރެން ކައިވެނި ކުރީ ދެމީހުންވެސް އެކަކު އަނެކަކު ދެކެ ވަރަށް ލޯބިން ރައްޓެހިވެގެން ތިން އަހަރަށް ވުރެ ގިނަ ދުވަހު އުޅުމަށްފަހުގައެވެ. ފުރަތަމަ ދެ އަހަރު ކުއްޖަކު ހޯދުމަށް އެހާ ބޮޑަށް މަސައްކަތެއް ނުކުރަމެވެ. ނަމަވެސް ދެމީހުންގެ ކައިވެންޏަށް 2 އަހަރު ފުރި 3 އަހަރަށް އެޅުމާއެކު ކުއްޖަކު ހޯދުމަށް މަސައްކަތް ފެއްޓީމެވެ. ނަމަވެސް ކުރި ގިނަ މަސައްކަތް އެހާ ކާމިޔާބުވާ ގޮތެއް ނުވިއެވެ. މިކަމުގައި ދެމީހުން އެތައް ޑޮކްޓަރުންނަކަށް ދައްކާ ހެދީމެވެ. ކޮންމެ ޑޮކްޓަރ އެއްވެސް ބުނަމުން ދަނީ ދެމީހުންގެ މާބޮޑު މައްސަލައެއް ނެތްކަމަށާއި ކުއްޖަކު ލިބޭނެކަމަށެވެ. މިހެން އުޅެނިކޮން ކުއްޖަކު ލިބުނީ ދެމީހުންގެ ކައިވެންޏަށް 8 އަހަރު ވެގެން ދިޔަފަހުންނެވެ.

އަހަރެން ގެއްލިފައިވާ ހިޔާލުތަކާއި ދުރުކޮށްދިނީ އާބިދާގެ އަޑުގަދަ ކުރާ އަޑަށެވެ. ގަޑި ބަލާލިއިރު ކަމަކު ދާކަށްނެތެވެ. އޮފިހަށް ދާންޖެހޭ ވަގުތު ކުޑަތަންވަނީއެވެ. މިހާރު ގަޑިޖެހެން ހުރި 30 މިނެޓެވެ. އަވަސް އަވަހަށް ފާހާނާއަށް ވަދެ ތައްޔާރު ވެގެން ނިކުން އިރު ބާކީ އިނީ އެންމެ 5 މިނެޓެވެ. ގެއިން ނިކުންނަމުން އާބިދާ ގައިގައި ލޯބިން ފިރުމާލުމަށް އަތްދިއްކޮށްލުމާއެކު އަހަރެންގެ އަތް ފޮޅާލިއެވެ. ނުރުހިފަ ހުރި ގޮތަށެވެ. އެމަންޒަފު އިތުރަށް ދަރިފުޅަށް ދައްކަން ބޭނުންނުވާތީވެ، ވަރަށް މާޔުސްވެގެން ހުރެ ގެއިން ނިކުމެން އޮފީހަށް ދިއުމަށްޓަކައި ހިގައިގަތީމެވެ.

ވަރަށް ފިކުރު ބޮޑުވެގެން ހުރެ އޮފީހަށް ވަދެ މަސައްކަތުގައި ހަރަކާތްތެރިވާން ފެށީމެވެ. ނަމަވެސް އެއްގޮތަކަށްވެސް މަސައްކަތާގެން ކުރިއަށް ދެވޭ ގޮތެއް ނުވިއެވެ. ހިތަށްވެރިވެފައިވާ ހާސްކަމާއި ކަންބޮޑުވުމާ ހެދިއެވެ. ސިކުނޑީގައި ތަފާތު ހިޔާލުތައް ދައުރުވަމުން ދިޔައެވެ. މިހާލުގައިވެސް އާބިދާ އާއި އެކު ދިރި އުޅުން އާރާސްތު ކުރާނީ ބާއެވެ. ނުވަތަ އޭނަ ދޫކޮށްލާނީ ބާއެވެ. ދެން މިގޮތަށް ދިރި އުޅުމަކީ ނަމެއްގައި ދުނިޔޭގައި އުޅުން ފަދަކަމެކެވެ. އަހަރެންނަކަށް އެއްވެސް ކަހަލަ އުފަލެއް ނެތެވެ. އާބިދާގެ ފާރާތުން ލޯތްބަށް ބޭނުންވާ ކޮންމެ ފަހަރަކު އަހަރެންނަށް ލިބެނީ އިތުރު ހިތްދަތި ކަމެކެވެ. އަބަދުވެސް އަހަރެންގެ ހިތް އާބިދާގެ ލޯތްބައްޓަކައި ބޭނުންވެފައި ހުންނަ ކޮންމެ ފަހަރަކު އެކަމުގައި ދެނީ ބީރު ކަންފަތެވެ. މިޔަދުވެސް އަހަރެން މިހާލުގައި މިއުޅެނީ އަހަރެންގެ ދަރިފުޅު މާރިޔާގެ ހައްގުގައެވެ. އެދަރިފުޅަށް ދެރަގޮތެއް ވެދާނެތީއެވެ.
ދަރިފުޅު މާރިޔާގެ އުމުރުން 1 އަހަރު ވީތަނާހެން އާބިދާގެ އުޅުމަށް ތަފާތު ބަދަލުތައް އަންނަށް ފަށާފިއެވެ. ދަރިފުޅު ކަންތައް ތަކުގައި ފަރުވާ ކުޑަކުރުމުގެ އިތުރުން އަހަރެންނަށް ކޮށްދެއްޖެހޭ ކަންތައް ކުރުމުގައިވެސް ކުރިން ހުންނަ ކަހަލަ ޝައުގުވެރިކަމެއް ނުހުރެއެވެ. ހީވަނީ އަބަދުވެސް ކަމެއް ސިއްރުކުރަން މަސައްކަތްކުރާ ހެންނެވެ. މިކަންތައް ރަނގަޅު ކުރުމަށް ވާހަކަ ދައްކާ ކޮންމެ ފަހަރު އެއްވެސް ކަމެއް ނުވާކަމަށާއި، ކަމެއް ގޯސްވާކަން އާބިދާއަށް ހީވާނަމަ އެކަން ރަނގަޅު ކުރަން މަސައްކަތް ކުރާނެ ކަމަށް ބުނަމުން ދެއެވެ. ނަމަވެސް އާބިދާގެ ފަރާތުން އެއްވެސް ކަމެއް ރަނގަޅު ކުރާތަނެއް ނާދެއެވެ. ދުވަހަކަށް ފަހު ދުވަހަކު ކަންތައް ދަނީ އިތުރަށް ގޯސް ވަމުންނެވެ. ނަމަވެސް ދަރިފުޅަށް ދޭ އަހައްމިއްޔަތު ކުރިއަށް ވުރެ ބޮޑަށް އިތުރުވެގެން ދިއައެވެ. ނަމަވެސް އަހަރެން ދެކެ އެއްގޮތަކަށްވެސް ލޯބި ނުވާކަން ހީވާކަހަލަ ގޮތަކަށް އަމަލުތައް ފެންނަމުން ދިއައެވެ. ސުލްހަ ވެރިކަމާއެކު ވާހަކަ ދައްކަން މަސައްކަތްކުރާ ކޮންމެ ފަހަރު ރުޅި ގަދަވެ އަތް އިސްކުރާތަން އާދެއެވެ. ލައިގެން ހުންނަ ގަމީސް އިރާލުމާއި، ގޭގައި ހުންނަ އެއްޗެހި އުކާ ހަލާކުރަން ފަށައެވެ. ދަރިފުޅަށް މިމަންޒަރުތައް ފެނި އެ ކުއްޖާ ފަކީރުގެ ދުވަސް ހިގައިދާނެތީ އިތުރަށް މިކަމުގައި ވާހަކަ ދެއްކުން ހުއްޓާލީމެވެ. އަދި އިތުރަށް ދެމީހުންގެ ގުޅުން ހީނަރުވެގެން ގޮސް 24 ގަޑިއިރު ފާއިތުވެގެން ދާއިރުވެސް ދެމީހުން އެކަކު އަނެއްކަކާއި ވާހަކަ ނުދައްކާ އެތައް ދުވަހަކު ހުންނަށް ޖެހެއެވެ. ގެއިން ކާއެއްޗެއް ނުލިބިގެން ބަނޑުހައިވެގެން އެތައް އިރަކު ގޭތެރޭގައި ހުންނަށް ޖެހޭ ތަންވެސް އާދެއެވެ. މިހުރިހާ ކަމެއް ހިގަމުން ދިޔައިރުވެސް މަޑުން ހުރީ އާބިދާއަށް ވިސްނި މިކަންތައް އިސްލާހު ވާނެ ދުވަހަކަށެވެ. ނަމަވެސް އާބިދާގެ އުޅުމަކަށް އެއްވެސް ބަދަލެއް ނައެވެ.

ވެރިވެފައިވާ ހިޔާލު ތަކާއި ދުރުކޮށްދިނީ އަހަރެންގެ ސެކެރެޓަރީ ގޮވާލި އަޑަށެވެ. އިސްއުފުލާ ބަލާލުމުން ރީތި ހިނިތުން ވުމަކާއެކު ދިއްކޮށްލީ ސޮއިކުރަން ތައްޔާރު ކޮށްފައިވާ ސިޓީއެކެވެ. ސިޓީ ގައި ސޮއިކުރުމަށްފަހު، އެބަ އަންނަމޭ ބުނެ އޮފީހުން ނިކުމެގެންގޮސް ކައިރީގައި ހުރި ކެފޭއަކަށް ކޮފީ އެއް ބޯލުމަށް ވަނީމެވެ. ކޮފީތަށި ބޯލުމަށްޓަކައި ނެގި ވަގުތު ފެނުނީ ބުނަށްވެސް ނޭގޭ ކަހަލަ މަންޒަރެކެވެ. ސައިކަލު ފަހަތުގައި އިނީ އާބިދާއެވެ. ހަމަގައިމުވެސް ދުއްވަން އިނީ އަހަރެން ދަންނަ މީހެއް ނޫނެވެ. ކޮފީތަށި ހުރި ގޮތަށް ބަހައްޓާފައި ބޭރަށް ނިކުތް އިރު ސައިކަލު ވަރަށް ދުރަށް ގޮސް އޮބާލާފިއެވެ. އަވަސް އަވަހަށް އެސައިކަލު ފެނޭތޯ އަހަރެންވެސް ސައިކަލަށް އަރައިގެން ނިކުމެގެން ގޮސް އާބިދާ އިން ސައިކަލު ފެނޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް ސައިކަލު ނުފެނުމާއެކު އަވަސް އަވަހަށް ގެއަށް ގޮސް ކޮޓަރި ތެރެއާއި ގޭތެރެ އަބިދާ ފެނޭތޯ ހޯދަން ފެށީމެވެ. ފެންނަ ގޮތެއް ނުވިއެވެ. ދަރި ފުޅުވީ އިސްކޫލުގައި ކަމުން އާބިދާގެ އިންތިޒާރުގައި ދޮރާށި ދޮށުގައި މަޑުކޮށްލީމެވެ. އިރުކޮޅެއް ނުވަނީސް އަބިދާ އަތުވެއްޖެއެވެ. ކަންދިމާވީވެސް އަހަރެން ހީކުރި ގޮތަށެވެ. އާބިދާ އައީ ސައިކަލެއްގެ ފަހަތުގައެވެ. އާބިދާ އިނީވެސް ސައިކަލު ދުއްވަން އިން މީހާގެ ގައިގައި ބައްދާލައިގެންނެވެ. އޭނަ ކުރިމަތީގައި އެއްވެސް އެއްޗެއް ނުބުނަށް ވެގެން އަހަރެން މަޑުމަޑުން ގޮސް ގޭތެރެއަށް ވަނީމެވެ. އިރުކޮޅެއް ނުވަނީސް އާބިދާ އައިސް ކޮޓަރިތެރެއަށް ވަނެއެވެ.

އަހަރެންނަކަށް މަޑަކުން ނުހުރެވުނެއެވެ. އާބިދާ އަށް އެތަށް ސުވާލުތަކެއް ކުރިމަތި ކުރުވީމެވެ. ކޮންމެސް އެއްކޮޅެއްގައި ޖައްސަން ބޭނުންވިއެވެ. މިހާރު އަހަރެންނަށްވެސް ކެތްކުރެވިއްޖެއެވެ. ދަރިފުޅުގެ ހައްގުގައިވެސް މަޑުކުރެވިއްޖެއެވެ. އިތުރަށް މަޑުކުރާކަށް ބޭނުމެއް ނުވިއެވެ. އަބިދާގެ އުޅުމަށް އައި ބަދަލުތަކުގެ ޖަވާބު އާބިދާ ނުދިނަސް ލިބުނު ކަހަލައެވެ. މިޔަދު މިހިރީ ލޮލުންދެކި އަތުން ހިފާފައެވެ. އަބިދާ އެއްވެސް ޖެހެލުމެއް ހާސްކަމެއް ނެތި އަހަރެންނާއި އެކު އެއްގޮތަކަށްވެސް އުޅެން ބޭނުންނުވާ ވާހަކައާއި އަހަރެން ދެކެ ފޫހިވާކަމަށް ބުނަމުން ދިޔައެވެ. އަދި އާބިދާ ލޯބިވަނީ އިކްރާމު ދެކެ ކަމާއި މިޔަދު އާބިދާ އާއި އެކު އައީ އިކްރާމު ކަމަށް ބުންޏެވެ. އިކްރާމު އަކީ ދެ ރިސޯޓު ހިންގާ މީހެއްކަމާއި އޭނަ އަތުގައި އާބިދާ ފެންވަރުވާ ވަރަށްވެސް ފައިސާ ހުރިކަމަށް ބުނަމުން ދިޔައެވެ.

އަހަރެންނަށް ބުނާނެ އެއްޗެއް ނޭގިފައި އެތައް އިރަކު ހުރެވުނެއެވެ. އަހަރެން އާބިދާއަށްޓަކައި ވި ގުރުބާނީގައި އެއްވެސް އަގެއްނެތެއެވެ. މިޔަދު އަހަރެން ގައިގައި ކޮޅުފައިންޖަހާފައި ދާން މަސައްކަތްކުރީ އެއްވެސް ރަހުމަތްނެތިއެވެ. ފައިސާއަށް ޓަކައެވެ. މިޔަދު އާބިދާއަށް ވަނީ އަހަރެންނަށްވުރެވެސް ފައިސާ މުހިންމު އެއްޗަކަށް ވެފައެވެ. އިންސާނާގެ ހިތަކީ ހާދަ އަވަހަށް ބަދަލުވާ އެއްޗެކެވެ. ނޫނެކެވެ. އެންމެންނެއް ނޫނެއެވެ. ބައެއް މީހުންނެއެވެ. މިކަމުގައި އެންމެން ކުށްވެރި ކުރަނީ ކީއްކުރަން ހެއްޔެވެ. މިޔަދު އަހަރެންނަށް އާބިދާ އިތުރަށް ރަނގަޅު ނުކުރެވޭނެކަން އެގިއްޖެއެވެ. ވީމާ، އަހަރެންގެވެސް ވިސްނުން ހުރީ އާބިދާ ދޫކޮށްލުމަށެވެ. ނަމަވެސް ދަރިފުޅު އާބިދާ އަތްމައްޗަށް ދޫކޮށްލާކަށް އަހަރެން ބޭނުމެއް ނުވިއެވެ.
އާބިދާ ވަރިކުރާނީ ދަރިފުޅު އަހަރެންގެ ކައިރީގައި ބަހައްޓާ މަތިންކަމަށް އަހަރެން އޭނަ ގާތުގައި ބުނީމެވެ. ހަމަ ވަގުތުން އާބިދާ އެކަމަށް އެއްބަސް ވެއްޖެއެވެ. މިކަމުގައި އަހަރެން ވަރަށް އުފާވިއެވެ. ދަރިފުޅު ހޯދަން މަސައްކަތް ނުރީމައެވެ. ނަމަވެސް އަހަރެންގެ ހިތަށްއެރިއެވެ. ހާދަ ރަހުމް ކުޑަ މީހެކެވެ. ދަރިފުޅުވެސް ދޫކޮށްލަން އެހެރީ ތައްޔާރަށެވެ. އާބިދާ އެހެރީ ހާދަވަރެއް ވެފައިތާއެވެ. ހަމަ ގައިމުސް ފަހުން އަދި އޭނައަށް ފައިސާ އަކީ ހުރިހާ އެއްޗެއް ނޫންކަމަށް ވިސްނޭނެ ދުވަހެއް އަންނާނެއެވެ. އެ ދުވަހުން ހަމަ ގައިމުވެސް އަހަރެން އޭނަގެ ދަލުގައި ނުޖެހޭނަމެއެވެ.

އެންމެ ފަހުން އާބިދާ ވަރިކުރީމެވެ. މިޔަދު އަހަރެން މިއުޅެނީ އަހަރެންގެ ދަރިފުޅާއެކު ވަރަށް އުފަލުންނެވެ. ދަރިފުޅުވެސް އޭނަގެ މަންމަގެވާހަކަ އެހާ ބޮޑަކަށް ނުދައްކައެވެ. އޭނައަށްވެސް އޭނަގެ މަންމަގެ އަނިޔާވެރިކަން ފެނިފައި ހުރުމުން އެވާހަކަ ނުދައްކަނީ ކަމަށްވެސް ވެދާނެއެވެ. މިޔަދު އަހަރެން މިހިރީ ވަރަށް އުފަލުންނެވެ. އާބިދާގެ މަކަރުވެރި ކަމުންނާއި އޭނަގެ އަނިޔާވެރި ކަމުން ސަލާމަތް ވެވުނީމައެވެ. ( ނިމުނީ )
Share this article :

ސުރުހީ އާއި ގުޅޭ ލިޔުންތައް

Posted by Unknown at 10:51
Email ThisBlogThis!Share to XShare to Facebook
Labels: ހާލަތު, ހިޔާލީ, ބަލިތައް, އިޖުތިމާއީ, ވާހަކަ

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

މަޤުބޫލު ލިޔުންތައް

  • ފިރިހެނުންގެ ބައެއް ސިއްރު ކަންތައްތައް އެގެން ބޭނުންތަ؟
    ތި ކަނބަލުންގެ ހަޔާތުގެ ބައިވެރިޔާއަކީ ދިމާވާ ކަންތައްތައް ކިޔައިދީ ކަމެއް ދިމާވުމުން އެކަމާމެދު ވިސްނާ ފިކުރުކޮށް ނުވަތަ ...
  • ކައިވެނީގައި ޖެހޭ މައްސަލަތައް ހައްލުކުރާނެ ގޮތް
    ދެބަސްވުމާއި، ކަންކަމުގައި ހިޔާލުތަފާތުވުމާއި، ދެމީހުން އެކަކު އަނެކަކާއި މައްސަލަ ޖެހި ކުދިކުދި ހަމަނުޖެހުން ހި...
  • ފިރިހެނުން ދެކެ އަންހެނުން ލޯބިވަނީ ކީއްވެ؟
    ކޮންމެ އަންހެނަކުވެސް ތިމާ އެމީހަކު ދެކެ ލޯބިވާ ފިރިހެނެއް ބޭނުންވާނެ އެވެ. ކޮންމެ ފިރިހެނަކުވެސް ތިމާ ދެކެ ލޯބިވާ އަނ...
  • ދެމީހުންގެ މެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
    ޒަވާޖީ ހަޔާތެއް ނުވަތަ ލޯބި ވެގެންއުޅޭ ދެމީހުންގެ ދެމެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި، ދެމީހުންގެ ދެމެދުގައ...
  • ހަޔާތުގެ ބައިވެރިޔާއަށް އޮޅުވާލާ މަކަރު ހަދަނީ ކީއްވެ؟
    އެމެރިކާގައި ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ކައިވެނި ކޮށްގެން އުޅޭ މީހުންގެ ތެރެއިން %25 ފިރިހެނުންނަކީ، ...

Find Us on Facebook

About Me

Unknown
View my complete profile

Template modified by : Afey Afra
Copyright © 2011. Dhirun - All Rights Reserved