ލަވަ ކިޔުމަކީ ތިމާ އަމިއްލަ ނަފްސަށް ކުރާ އިތުބާރު
ބޮޑުވެގެން ދާކަމެއެވެ. ކޮންމެހެން ތިމާ އަކީ އެހާ ރީއްޗަށް ލަވަ ކިޔާ މީހަކަށް
ވާހަކަށް ނުޖެހެއެވެ. ލަވާކިޔާއިރު ބޭނުންވަނީ ތިމާގެ އަޑެއެވެ. ތިމާއަކީ
ފުރިހަމައަށް ވާހަކަ ދެއްކޭ މީހަކަށްވާނަމަ ތިމާއަށް ލަވަވެސް ކިއިދާނެއެވެ.
ކުޑަކުދިންވެސް ލަވަ ކިޔާއިރު އެކުދިންނަށް ލަވަ ކިޔެނީ ކޮންގޮތަކަށް ކަމެއް
އެހާބޮޑަކަށް ނުވިސްނައެވެ. އެކުދިންނަށް ކިޔޭ ގޮތަކަށް ލަވަ ކިޔަމުން އެކަމުގައި
ފުރިހަމައަށް މަޖާކުރަމުން ދެއެވެ. މިއީ އެހެން މީހުން ކުރިމަތީގައި ހުރެގެން، އެހެން މީހުންނާއި
މުހާތަބުކޮށް ވާހަކަ ދެއްކުމަށް ލިބޭ އިތުރު ހިތްވަރެކެއެވެ.
ނަމަވެސް، ކުޑަކުދިންނާއި ހިލާފަށް ބޮޑެތި މީހުން އެހެން
މީހުންގެ ކުރިމަތީގައި ލަވަ ކިޔުމަށް ލަދުގަނެއެވެ. އެމީހުން އަޑާއި ދޭތެރޭގައި
މާބޮޑަށް ވިސްނާ އެކަމާއިމެދު ލަދުގަނެއެވެ. ކުޑަ ކުދިން ލަވާ ކިޔާގޮތަށް
މަޖާކޮށްގެންވެސް ބޮޑެތި މީހުންނަށް ލަވަ ކިއިދާނެއެވެ. ކޮންމެހެން ސްޓޭޖަކަށް
އަރައިގެން ލަވަ ކިޔާކަށް ނުޖެހޭނެއެވެ. ގޭތެރޭގައި އުޅޭ އިރު އެކަނި ހުރެގެންނާއި
އާއިލާ މެމްބަރުންގެ ތެރޭގައި ހުރެގެން އެމީހުންނާއެކު މިކަން ކުރެވިދާނެއެވެ.
ލަވަ ކިޔުމުން ލިބޭ ފައިދާ
1.
ތިމާގެ ހިތުތެރެއަށް
ވެރިވެފައިވާ އުދާސްތައް ބޭރުކޮށްދެއެވެ.
2.
ތިމާ ހެދިބޮޑުވާ ކަމުގެ
މިސާލެކެވެ.
3.
ތިމާ ހިތާމަތަކާ
ދުރުކޮށްދޭ ކަމެއް، ކުޑަ ހިދުކޮޅަކަށް ނަމަވެސް މަޖާކޮށްލުމުން ހިތުގެ އުދާސްތައް
ފިލުވައިދެއެވެ.
4.
ތިމާގެ ބޭކާރު
ވިސްނުންތަކުން ދުރުކޮށްދޭ ކަމެކެވެ.
5.
ނޭވާލުމާއި ހިތުގެ ވިންދު
ރަނގަޅުކޮށްދީ ތިމާއަށް ހަމަޖެހުން ލިބިދޭ ކަމެކެވެ.
6.
ކަންކަމާއި މެދު ވިސްނާ
އިތުރަށް ފިކުރުކުރަން ލިބޭ ފުރުސަތެކެވެ.
7.
ތިމާގެ ހާސްކަމާއި
ކަންބޮޑުވުންތަކުން ދުރުކޮށްދޭ ކަމެކެވެ.
8.
ކަންކަމާއިމެދު އިތުރަށް
ހޭލުންތެރިކުރުވާ ކަމެކެވެ.
9.
މިކަމަކީ ތިމާ އިތުރު
ދަރަޖައަކަށް ގެންގޮސްދީ އަދި ކަމެއް ކުރުމަށް އިތުރު ހިތްވަރު ލިބިދޭ ކަމެކެވެ.
10. އާ ރައްޓިހިންނާއި ބައްދަލު ކުރުވައިދޭ
ކަމެކެވެ.
ދިރިއުޅުމުގައި ތިމާ ދުވަހަކުވެސް ލަވަ ނުކިޔާނަމަ އެއީ
ތިމާގެ އަޑުދެކެ ތިމާ ބިރުގަންނަނީއެވެ. މިކަން ކުރަން ބިރުގަންނަނީމަ، ތިމާ ބިރާ
ހަގުރާމަކުރާށެވެ. ބިރުގަތުމަކީ ތިމާއަށް ލިބިދޭ އެތައް ކުރިއެރުމަކަށް ހުރަސް އެޅޭ
ކަމެކެވެ.

No comments:
Post a Comment