އުފަލުން ދުވަމުން އައިސް
އަހަރެން ގޭތެރެއަށްވަނީމެވެ. މިޔަދު އަހަރެންގެ ހިތަށް ވެރިވެފައިވާ
އުފާވެރިކަމަކީ ދުވަހަކުވެސް ނުވާފަދަ އުފާވެރިކަމެކެވެ. އެތައް އަހަރެން ވަންދެން
އަހަރެން ކުރި ބުރަމަސައްކަތުގެ ނަތީޖާ ލިބުނު ދުވަހެއެވެ. އަހަރެންގެ ފިރިމީހާގެ
އަނިޔާވެރިކަމުން އަހަރެންނަށް ސަލާމަތް ވެވުނު ދުވަހެއެވެ. ކޯޓަށް މައްސަލަ
ހުށަހަޅައިގެން އެންމެ ފަހުން އަހަރެންނަށް އެކަން ކާމިޔާބު ވީ ދުވަހެއެވެ.
އަހަރެންގެ ފިރިމީހާ " އަބީރު " އަކީ ވަރަށް ރަހުމްކުޑަ އިންސާނެކެވެ.
އެއްވެސް ކަމަކާ ނުލާވެސް އެތައް ދުވަހަކާއި އެތައް ރެޔަކު އަހަރެންނަށް ތަފާތު
ކުދިކުދި އަނިޔާކުރަމުން ދިޔައެވެ. އޭނައަށް ވެފައި ހުރި ގޮތެއް އެއްގޮތަކަށްވެސް
އަހަރެންނަކަށް ބުނެދޭކަށް ނޭންގެއެވެ. އެނގޭހާވެސް ކަމަކީ އަބީރު އަކީ
ރަހުމަތްނެތް އިންސާނެއްކަމެވެ.
އަބީރު އަހަރެންގެ
ހަޔާތައް އައީ އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއްގެ ފަރާތުންނެވެ. އޭރު
އަހަރެންގެ އުމުރަކީ އެންމެ 18 އަހަރެއެވެ. އުމުރުގެ ހަގުކަމާއި ގެއިން ބޭރަށް
ގޮސް އެހާ ބޮޑަށް ނޫޅޭތީވެ، ލޯތްބަކީ ކޮބައިކަން އެހާ ރަނގަޅަކަށް ނޭންގެއެވެ.
އޭރުވެސް އަހަރެން ހުރީ މީހަކާއި ރައްޓެހިވުމަށް ވަރަށް ބޮޑަށް ބޭނުންވެފައެވެ.
އަހަރެންގެ އުމުރު ފުރައިގެ އެހެން ރައްޓެހިކުދިންވެސް އޭރު އުޅެނީ ކޮންމެވެސް
މިހަކާއި ރައްޓެހިވެގެންނެވެ. އޭގެ ތެރެއިން ބައެއް މީހުން މަދުވެގެން 3
ކުދިންނާއި ރައްޓެހިވެގެން އުޅެއެވެ. އެކުދިން އެގޮތަށް ކަންތައްކުރާލޭ މޮޅުކަމުން
އަހަރެން ހުންނަނީ ހައިރާންވެފައިއެވެ. އެންމެފަހުން އަހަރެންނަށް އަބީރު ދެކެ
ލޯބި ވެވިއްޖެއެވެ. ދުވަހަކުވެސް ވަކިވުމަށް ބޭނުން ނުވާ ގޮތަށެއެވެ. އަހަރެންގެ
މުޅި ހަށިގަނޑު އަބީރު އަށްޓަކައި ހަދިޔާ ކުރީމެވެ. އަހަރެންގެ ފޮނިމީރުކަން
އަބީރު ހޯދިއެވެ. އެންމެ ފަހުން ދެމީހުން ކައިވެނިކުރީމެވެ. ކައިވެންޏަށްފަހު
އަބީރުގެ އުޅުމަށް ތަފާތު ބަދަލުތައް އަންނަށް ފެށިއެވެ. އަހަރެން ދެކެ ފޫހިވާން
ފެށިއެވެ. އަހަރެން ކުރާ އެއްވެސް ކަމެއް އޭނައަކަށް ކަމަކު ނުދިޔައެވެ. އެންމެ
ފަހުން އަހަރެންނަށް މައުލޫމާތު ލިބުނީ އަބީރު އެހެން މީހަކާއި ކައިވެނި ކުރަން
އުޅޭވާހަކައެވެ. އެގޮތަށް އަބީރުގެ އަނިޔާވެރިކަމުގެ ދަށުގައި އުޅެން ބޭނުންނުވާތީވެ
އެންމެ ފަހުން އޭނަ ކައިރިން ވަކިވުމަށް ނިންމީއެވެ. ކޯޓުން ދެމީހުން
ސުލްހަވެރިކުރަން ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް ދެން އަބީރުއާއި އެކު
ނޫޅެވޭނެކަން އަހަރެންނަށް ޔަގީންވާގިވެ، އަބަދަށްޓަކައި އޭނަކައިރިން ވަކިވީއެވެ.
މިއުފާވެރި ޚަބަރު އަހަރެންގެ
އެންމެ ގާތް އެކުވެރިންނަށް ދިނީމެވެ. އެމީހުންގެ ފަރާތުން އަހަރެންނަށްވެސް
ލިބުނީ ތައުރީފުގެ ބަސްތެކެވެ. އަހަރެން ހިތްވަރު ގަދަކަމަށްޓަކައި އަހަރެންނަށް
މަރުޚަބާކިއެވެ.
މެންދުރުގެ އެންމެ ހޫނު
ގަދަވަގުތެވެ. ބޭރަށް ނުދެވިގެން އަހަރެން ފޫހިވެގެން ކުރާނެ ކަމެއްނެތި
ގޭތެރޭގައި އެބުރިއެބުރި ހުއްޓާ އަހަރެންގެ ފޯނަށް ނުވެސް ދަންނަ ނަމްބަރ އަކުން
ގުޅަން ފަށާފިއެވެ. އެހެންވެ ފޯނު ނުނަގަންވެގެން އަހަރެން ފޯނު ކަޑާލީމެވެ. ފޯނު
ކަޑާލާއިރަށް އެކޮޅުން ގުޅަން ފަށައެވެ. އެންމެ ފަހުން ދެން ފޮނުވީ މެސެޖެކެވެ.
އަހަރެން މެސެޖު ކިޔާލީމެވެ. މެސެޖުގައި ވަނީ " މި ގުޅަނީ ފާރިޝްކަމާއި،
ފާރިޝްއަކީ އަހަރެން ކުޑައިރުގެ ގާތް ރައްޓެއްސެއްކަމާއި، އަހަރެންނާއި ވާހަކަ
ދައްކާލަން ބޭނުންވާކަމެވެ". ތެދެކެވެ. ފާރިޝްއޭ ބުނުމުން އަހަރެންގެ
ހަނދާނަށް އައީ ގުރޭޑް 6 ގައި އުޅުނު ދުވަސްވަރެއެވެ. އޭރުގައި އަހަރެންނާއެކު
ޓިއުޝަނަށް ފާރިޝް ކިޔާ ކުއްޖެއް ދެއެވެ. އޭރު ފާރިޝް އަކީ ވަރަށް ބަސްއަހާ
މަޑުމައިތިރި މިޒާޖެއްގެ ކުއްޖެކެވެ. އަހަރެންނަށް ވަރަށް ގިނަ ކަންތައްތަކުގައި
އެހީތެރިކަން ފޯރުކޮށްދީ ހަދައެވެ.
ފާރިޝް ގުޅި ނަމްބަރ އަށް
އަހަރެން ގުޅީމެވެ. އެންމެ ފަހުން ފާރިޝްއާއި ބައްދަލުކުރަން ނިންމީމެވެ. ފާރިޝް
އަށް އަހަރެން ފެނުމާއެކު އެންމެ ފުރަތަމަވެސް އަހަރެންނަށް މަރުޚަބާ ކިޔެއެވެ.
ފާރިޝްއަށްވެސް އެކަން އެގޭތޯ އެހުމުން ހުރިހާކަމެއްވެސް އެގޭކަމަށާއި، އަހަރެންގެ
ކެތްތެރިކަމަށް ތައުރީފުކުރިއެވެ.
ދުވަހެއް ދުވަހަކަށްފަހު
ފާރިޝްއާއި އޮންނަ ގުޅުން ބަދަހިވަމުން ދިޔައެވެ. ދެމީހުންގެ މެދުގައި އޮތް ގުޅުން
އެކުވެރިކަމުން ލޯބީގެ ގުޅުމަށް ބަދަލުވެގެން ދިޔައެވެ. އަދި އަހަރެންގެ އެންމެ
ގާތް އެކުވެރިޔަކީ ފާރިޝްކަމަށް އެންމެ ފަހުން ހެދީމެވެ. ފާރިޝް އަކަށް އަހަރެން އެއްވެސް
ކަމެއް ސިއްރެއް ނުކުރަމެވެ. އަދި ފާރިޝްވެސް އޭނަގެ ހުރިހާ ކަމެއް އަހަރެންނާއި
ހިއްސާ ކުރަމުން ދިޔައެވެ.
ދެމީހުން އެންމެ ފަހުން
ކައިވެނި ކުރަން ނިންމީމެވެ. ނަމަވެސް އެންމެ ފަހުވަގުތު ފާރިޝްގެ ހިޔާލު
ބަދަލުވިއެވެ. އަދި ކައިވެނި ކުރަން މާ އަވަސް ކަމަށް ބުނަމުން ދިޔައެވެ. ވެގެން
އުޅޭ ގޮތް އެހުމުން ހަމަ ބުނަނީ އަދި އަވަސް ކަމަށެވެ. އަތުގައި އެހާ ވަރަށް
ފައިސާ ނެތްކަމަށެވެ. އަދި 6 މަސް ފަހުން ކައިވެނި ކުރާނެކަމަށް ބުނަމުން
ދިޔައެވެ. ނަމަވެސް ފާރިޝްގެ އެ ނިންމުން އަހަރެން އެހާ ބޮޑަށް ގަބޫލެއް
ނުކުރަމެވެ. ފާރިޝް އަށް ދިމާވެގެން އުޅެނީ އެހެން މައްސަލައެކެވެ. އޭނަ އެކަން
އަހަރެން ގާތުގައި ބުނަށް ބޭނުން ނުވަނީއެވެ. ފަހުން އަހަރެންވެސް އެކަމާއި އެހާ
ބޮޑަކަށް އަޅައެއް ނުލަމެވެ. އަދި ފާރިޝް އާއި އޮތް ގުޅުން ދުވަހަކަށްފަހު
ދުވަހަކު ހީނަރުވަމުން ދާން ފަށައިފިއެވެ. އަހަރެންނާއި ފާރިޝް ބައްދަލު ކުރުން
މަދުވާން ފެށިއެވެ.
ހުކުރު ދުވަހެއްގެ
ހަވީރުގެ ވަގުތެކެވެ. ގޭތެރޭގައި އެކަނި އިންނަށް ބޭނުން ނުވާތީވެ، އަހަރެން
އެކުވެރި ކުއްޖަކާއެކު ބާޒާރަށް ދާން ނިކުތީމެވެ. މަގުމަތިން ދިޔަ ސައިލައެއް
އަހަރެންގެ ލޮލުގައި އަޅައިގަތެވެ. ސައިކަލް ދުއްވަން އިނީ ފާރިޝްއެވެ. އަދި
ސައިކަލުގެ ފަހަތުގައި އިނީ އަބީރު އެވެ. އަހަރެންނަށް ބުނަށްވެސް ނޭގޭ ކަހަލަ
ގޮތްތަކެއްވިއެވެ. ވެފައި ހުރި ފޫހިކަމުން އެބުރި ގެއަށް އަތުވެއްޖައީމެވެ.
އެދުމަތީގައި އޮވެ އަޑުގެ ނެތްތަނަށް ރޯން ފެށީމެވެ. ފާރިޝް އަހަރެންނަށް
އޮޅުވާލީއެވެ. އަބީރުއާއި ބައިވެރިވެގެން އަހަރެންނަށް ދޯކާ ދިނީއެވެ. އެންމެ
ފަހުން އަހަރެން ފާރިޝްއަށް ގުޅަން ނިންމީމެވެ. ފާރިޝްއަށް ގުޅުމަށްފަހު
ބައްދަލުކުރަން ބޭނުންކަމަށް ބުނުމުން އޭނަ ފަހުން ގުޅާނެ ކަމަށް ބުނެ ފޯނު
ކަނޑާލިއެވެ. އިތުރަށް އަހަރެންގެ ރުޅި ގަދަވާންވެށިއެވެ. އަދި ފާރިޝްދެކެ
ހިތްހަމަ ނުޖެހޭން ފެށިއެވެ.
އެންމެފަހުން ފާރިޝް
އަހަރެންނާއި ބައްދަލުކުރިއެވެ. އޭނަ އަބީރުއާއެކު ދިޔައީ އަހަރެން އަބީރުއާއި
ވަރަށް ގައިގޯޅިވެގެން ނަގާފައި ހުރި ފޮޓޯތަކެއް އޭނަ އަތުގައި ހުރުމުން އެ
ފޮޓޯތަށް ހޯދުމަށް ކަމުގައި ބުންޏެވެ. ފާރިޝްއަށް އެ ފޮޓޯތައް ހުރިކަން އެގުނީ
އަބީރު ފާރިޝް އަށް ގުޅައިގެން އަހަރެން ފަލީހަތްކުރާނެ ކަމަށްބުނެ ބިރުދައްކާ
ފައިސާ ހޯދުމަށް އެދުމުން ކަމުގައި ބުންޏެވެ. ފާރިޝް އަބަދުވެސް އަހަރެން ދެކެ
ލޯބިވާ ކަމާއި، އެއްގޮތަކަށްވެސް ދެރަގޮތެއް ވާން ބޭނުންނުވާތީވެ، އެ ފޮޓޯތައް
ލިބެންދެން ކައިވެނި ފަސްކުރީކަމުގައި ބުންޏެވެ. އަބީރު އެ ފޮޓޯތައް ދޭން
އެއްބަސްވީވެސް ދެމީހުންގެ ގުޅުމެއް ނެތްކަން އޭނައަށް އެގުމުން ކަމުގައިވާތީވެ،
އެ މަގުސަދަށްޓަކައި ފާރިޝް އަހަރެންނާއި ދުރުވީ ކަމުގައި ބުންޏެވެ. އަހަރެންނަށް
ފާރިޝްއާއި އަބީރު ސައިކަލުގައި ދާންތަން ފެނުނީ އަބީރު އަތުން ފޮޓޯތައް ހޯދުމަށް
އަބީރުގެ ގެއަށް ދިޔަމަގުމަތީގައި ކަމަށް ބުންޏެވެ. އިއްތިފާގުން އެކަން
އަހަރެންނަށް ފެނުނީކަމާއި، ފާރިޝްއަށްވެސް މާދުރުން އަހަރެން ފެނުނު ވާހަކަ
ބުންޏެވެ.
އަހަރެންނަށް ރޮމުންގޮސް
ފާރިޝް ގައިގައި ބައްދައި ގަނެވުނެވެ. ފަރީޝްގެ މޫނުގެ އެތައްމިތަނަށް ލޯބިން
ބޮސްދޭން ފެށުނެއެވެ. ފާރިޝް އަތުގައި ހުރި ފޮޓޯތައް އަހަރެންށް ދައްކާލިއެވެ.
އެއީ އަބީރު އަހަރެންނާއިވެސް ސިއްރުން ނަގާފައި ހުރި ފޮޓޯތަކެކެވެ. އަހަރެންނާއި
އަބީރުގެ ކައިވެނީގެ ފުރަތަމަ ރޭ ނަގާފައި ހުރި ފޮޓޯތަކެކެވެ. ފާރިޝް ހުރިހާ
ފޮޓޯތަކާއި އެ ފޮޓޯތައް އަޅާފައި ހުރި ޕެންޑްރައިވްވެސް އަހަރެން ކުރިމަތީގައި
ރޯކޮށްލިއެވެ. އަދި އެކަމުގެ މަތިން ހަނދާން ނައްތާލުމަށާއި، މާޒީމަތިން ހަނދާން
ނައްތާލާ އާ ހަޔާތަކުން ދިރިއުޅުން ފެށުމަށް ހިތްވަރު ދިނެއެވެ.
މިޔަދު އަހަރެންނަކީ
ދުނިޔޭގައި ހުރި އެންމެ އުފާވެރި މީހާ ކަމުގައި ބުންޏަސް ދޮގަކަށްނުވާނެއެވެ.
ފާރިޝްގެ ފަރާތުން އަހަރެން ނަށް އަބީރުގެ ފަރާތުން ނުލިބޭ އެތައް އުފާތަކެއް
ލިބެބުންދެއެވެ. މިޔަދު އަހަރެން މިހިރީ ވަރަށް އުފަލުންނެވެ. ދެވަނަ ހަޔާތެއް
ފެށުމަށްފަހު ދިރިއުޅުން އާރާސްތު ކުރެވުނީމައެވެ. މިޔަދު އަހަރެން މިއުޅެނީ
ފާރިޝްއާއެކު ވަރަށް އުފަލުންނެވެ. ފާރިޝްގެ އަތްބެއްގެ ގޮތުގައިއެވެ. ( ނިމުނީ )

No comments:
Post a Comment