ޒުވާނުން އެމީހުން ބޭނުންވާ ކަންތައް ފުރިހަމަ
ކުރުމަށްޓަކައި ފައިސާ ބޭނުން ކޮށްގެން ބައެއް ފަހަރު ބޭކާރު ހަރަދު ކުރާ ތަން
އާދެއެވެ. މިގޮތަށް މިފަދަ ހަރަދު ގިނަ މީހުން ކުރަނީ އެހެން މީހުން، އެމީހުންނާއި މެދު ދެކޭގޮތް ބަދަލުކުރުމަށާއި އަދި އެހެން މީހުންގެ
ސަމާލުކަން ހޯދުމުގެ ބޭނުމުގައެވެ. އެއްގޮތަކަށްވެސް އެމީހުންނަށް ކުރެވެނީ
ކޮންކަހަލަ ކަމެއް ކަން ހަނދާނަކު ނުހުރެއެވެ. އެހެން މީހުންނަށް ދަރައިގެން
ނަމަވެސް މިފަދަ ހަރަދު ކުރާ ޒުވާނުން ދަނީ ގިނަ ވަމުންނެވެ.
ތިރީގައި މިވާ ބައެއް ކަންތައް ތަކަކަކީ
އެއްގޮތަކަށްވެސް ފަހަށް ވާނެ ގޮތަކާ މެދު ވިސްނާލުމެއްނެތި ކުރަމުންދާ ބައެއް
ހަރަދު ތަކެވެ.
1.
އަގުބޮޑެތި ފޯނުގަތުން؛ ފޯނަކީ މީހުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ކުރިން ބޭނުން ކުރަމުން
އައި އެއްޗެކެވެ. ނަމަވެސް މިޔަދު މުޅިން ވަނީ މިކަން ބަދަލުވެފައެވެ. މީހުންނަށް
ތިމާގެ ހައިބަތު ދެއްކުމުގެ ގޮތުން އަގުބޮޑެތި ފޯނު ގަނެ މަހެއް ނުވަނީސް އެފޯނު
ބަދަލު ކުރާ ޒުވާނުން ދަނީ ގިނަވަމުންނެވެ.
2.
ކާރު ނުވަތަ
ސައިކަލު ގަތުން؛ ގެއާއި ކައިރީގައި ހުންނަ އޮފީހަށް ނުވަތަ
ކޮލެޖަށް ދިއުމަށްޓަކައިވެސް ސައިކަލު ނުވަތަ ކާރު ފަދަ ތަކެތި ގަންނަ މީހުން
އުޅެއެވެ. މިގޮތަށް ގަންނަ ކާރު މަރާމާތު ކުރުމަށްޓަކައި އެތައް ފައިސާ އެއް
ހަރަދު ކުރަމުން ދެއެވެ. ރާއްޖޭގައި ނޫންނަސް ބޭރު އެހެން ގައުމު ތަކުގައިވެސް
މިފަދަ ހަރަދު ކުރާމީހުން އެއްދުވަހުން އަނެއް ދުވަހަށް ދަނީ ގިނަ ވަމުންނެވެ.
3.
ވީހާވެސް އަގުބޮޑެތި
އަވި އައިނު ގަތުން؛ ގިނަ މީހުން އަތުގައި
އަގުބޮޑެތި އެއްތައް ވައްތަރެއްގެ އަވި އައިނު ހުރެއެވެ. ހަމަ އައު އައިނެއް
ބާޒާރަށް ނިކުންނަ އިރަށް ގަންނަ މީހުން
އެއްދުވަހުން އަނެއްދުވަހަށް ދަނީ އިތުރު ވަމުންނެވެ. މިއީ އާންމުކޮން އެހެން
މީހުންގެ ސަމާލުކަން ހޯދުމަށްޓަކައި މީހުން ކުރަމުން އަންނަ ކަމެކެވެ.
4.
ކޮންމެ ހަފުތާގެ
ބަންދު ދުވަހު ދަތުރު ދިއުން؛ ބުރަކޮން އޮފީހުގެ
މަސައްކަތުގައި އުޅުމަށްފަހު، އާއިލާގެ މެމްބަރުންނާއެކު ނުވަތަ ގާތް
އެކުވެރިންނާއެކު ދަތުރު ދިއުމަކީ ރަނގަޅު ކަމެކެވެ. ނަމަވެސް މިގޮތަށް ކޮންމެ
ހަފުތާގެ ބަންދެއްގައި ދަތުރު ގޮސް ފައިސާ ހަރަދު ކުރުމަކީ އެހާ ރަނގަޅު ކަމެއް
ނޫނެވެ. ކޮންމެ ހަފްތާގެ ބަންދު ތެރޭގައި އެއް ގައުމުން އަނެއް ގައުމަށް އެއްވެސް
ބޭނުމެއްތި މަޖާކޮށްލަން ދާ މީހުން މިއަދު އަންނަނީ ގިނަ ވަމުންނެވެ.
5.
އާދަވެގެން ކޮންމެ
ރެޔަކު ޕާޓީ ކުރުން؛ މިއީ ތިމާ ބުރަ
މަސައްކަތުން ހޯދާ ފައިސާ އެއްވެސް ބޭނުމެއް ނެތި ބޭކާރު ގޮތުގައި ހަރަދު
ކުރުމެވެ. ދޭތެރެއިން ރައްޓެހިންނާއެކު މަޖާކޮށްލަން ޕާޓީއެއް ބޭއްވުމަކީ މާ ބޮޑު
މައްސަލަ އެއް ނޫނެވެ. ނަމަވެސް އާދަވެގެން ހަފްތާއެއްގެ ތެރޭގައި ކޮންމެ ރެޔަކު
ކަހަލަ ގޮތަކަށް ރައްޓެހިންނާއެކު ޕާޓީ ކުރުމަކީ ފައިސާ ބޭކާރު ގޮތުގައި ހަރަދު
ކުރުމެވެ.

No comments:
Post a Comment