އަޅުގަނޑުމެންގެ ދިރިއުޅުމުގައި
ދިމާވާ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ އެއް މައްސަލައަކީ އެހެން މީހުންގެ ފަރާތުން ވާނެ ކަމަށް ތިމާ
އުއްމީދު ކުރާ ތަފާތު ކަންތައްތަކެއް ވުމެވެ. ތިމާ އެހެން މީހަކާއި ގާތް
އެކުވެރިކަމެއް ނުވަތަ ރަހުމަތްތެރިކަމެއް އުފެދިގެން ދާއިރު މިއީ ވަރަށް ބޮޑު
ހަގީގަތެއްކަން އެގިގެންދާނެއެވެ. އެއީ ތިމާ އެމީހެއްގެ ފަރާތުން ވާނެ ކަމަށް
އުއްމީދުކުރާ އެތައްކަމެއް ވުމެވެ. ނުވާނެ ކަންތައް ކުރުމަށް އެހެން މީހުންގެ
ފަރާތުން އުއްމީދު ކުރާނަމަ ތިމާ އިތުރަށް އެކަމާއި މެދު ވިސްނުމުގެ ސަބަބުން
ތިމާއަށް އިތުރު ހިތްހަމަ ނުޖެހުމާއި ހިތް ނުތަނަވަސް ކަމަކާއި ކުރިމަތި
ލާންޖެހޭތަން އާދެއެވެ.
ތިރީގައި މިވަނީ ތިމާ އެހެން
މީހުންގެ ފަރާތުން ވާނެ ކަމަށް އުއްމީދު ނުކުރަންވީ ބައެއް ކަންތައްތަކެވެ.
1.
ހުރިހާ ކަމެއްގައި ތިމާއާއިި އެއްބަސްވާނެ ކަމަށް އުއްމީދު ނުކުރުން؛ ތިމާއަކީ މި ދުނިޔޭގައި އުފަލުން އުޅެން ބޭނުން ވާނެ
މީހެއް ފަދައިން ތިމާގެ އެކުވެރިޔާއަކީވެސް ހަމަ މިގޮތަށް ދުނިޔޭގައި އުފަލުން
އުޅެން ބޭނުންވާނެ މީހެއް ކަމަށް ދެކޭށެވެ. ވީމާ ދެމީހުން ކަންކަމުގައި ދެކޭނެ
ގޮތްވެސް ތަފާތު ވާނެކަމަށް ދެކޭށެވެ. ހުރިހާ ކަމަކަށް ދެމީހުން އަބަދު އެއްބަސް
ވާކަށް ނުޖެހެއެވެ. މިގޮތަށް އެހެން މީހުންގެ ފަރާތުން ވާނެ ކަމަށް އުއްމީދު
ނުކުރާށެވެ. ތިމާގެ ހިތް ހަމަޖެހުމަކީ ތިމާ ދުނިޔޭގައި އުޅޭ އިރު ކާމިޔާބު ވުމުގެ
ސިއްރެކެވެ.
2.
ތިމާ އެހެން މީހުންނަށް އަދަބު އިހުތިރާމު ނުކުރާނަމަ ތިމާއަށްވެސް އެހެން
މީހުން އަދަބު އިހުތިރާމު ކުރާނެ ކަމަށް ނުދެކުން؛ ތިމާ އެހެން މީހުންނަށް ނުކުރާ އިހުތިރާމެއް ތިމާއަށްވެސް އެހެން މީހުންގެ
ފަރާތުން ލިބޭނެ ކަމަށް ނުދެކޭށެވެ. މިޔަދު ތިމާ ލޯގަޑެއް ކުރިމަތީގައި ހުރެފައި
ރަހުމަތްތެރިންނާއި އެކުވެރިން ދެކެ ލޯބިވާ ކަމަށް ބުނާށެވެ. އަދި މިކަން އަމަލާއި
ބަހުން ދައްކާށެވެ. އޭރުން އެމީހުންވެސް ތިމާ ދެކެ ލޯބިވާނެއެވެ. އެހެން
މީހުންނަށް ކަމޭހިތައި އޯގާތެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަމަ މިގޮތަށް
ތިމާ އަމިއްލަ ނަފްސަށް އޯގާތެރިވެ ކަމޭހިތުމަކީވެސް އެހާ މުހިންމު ކަމެކެވެ.
3.
ހުރިހާ އެންމެންނަކީ ތިމާ ދެކެ ލޯބިވާ އަދި ތިމާއާއި ގަޔާވާ ބައެއްގެ
ގޮތުގައި ވާނެ ކަމަށް ނުދެކުން؛ ތިމާވެސް އެހެން
މީހުންދެކެ ހިތްހަމަ ނުޖެހޭ ފަދައިން ތިމާ ދެކެވެސް އެހެން މީހުން ހިތްހަމަ ޖެހޭނެ
ކަމަށް ނުދެކޭށެވެ. ތިމާގެ މަސައްކަތުގެ އަޑުވަޒަންކުރާ މީހުންނާއެކު ތިމާ ވަގުތު
ހޭދަކުރާށެވެ. ތިމާ ހުރިހާ އެންމެންނަށް ކިތަންމެ ރަނގަޅަށް ކަންތައް ކުރިޔަސް
އެމީހުންގެ ތެރޭގައި ތިމާއާއި މެދު ހިތްހަމަ ނުޖެހޭނެ މީހުން ތިބޭނެ ކަން
ދަންނާށެވެ. މިކަހަލަ މީހުން ތިބޭނަމަ އެމީހަކާއި ދިމާލަށް ހިނިތުން ވެލާށެވެ.
އަދި އެމީހަކު މަތިން ހަނދާން ނައްތާލުމަށްފަހު ތިމާ ކުރާ ކަމަކައިގެން ކުރިއަށް
ދާށެވެ.
4.
ތިމާ ހިތަށް އަރާ ކަންތައް ތިމާ ރައްޓެހިންނަށް އެގޭނެ ކަމަށް އުއްމީދު
ނުކުރުން؛ ބައެއް މީހުން ހީކުރާ ގޮތުގައި ތިމާ
ހިތަށް އަރާކަންތައް ނުވަތަ ތިމާ ކުރަން ބޭނުންވާ ކަންތައް ތިމާގެ ގާތް
އެކުވެރިންނަށް އެގެން ޖެހޭނެއެވެ. ނަމަވެސް އެކަންތައް ތިމާ ހާމަ ނުކުރާނަމަ
ތިމާގެ ރައްޓެހިންނަށް ގާތް އެކުވެރިންނަށް އެގިގެން ނުދާނެއެވެ. ތިމާގެ އިހުސާސް
ތަކާއި ތިމާ ބޭނުންވާ ކަންތައް ތިމާގެ އެކުވެރިންނަށް ހިއްސާ ކުރާށެވެ.
5.
މީހުން އެހާ ފަސޭހައިން ބަދަލު ކުރެވިދާނެ ކަމަށް ނުދެކުން؛ ތިމާގެ ގާތް އެކުވެރިއެއްގައިގައި ތިމާ ހިތްހަމަ ނުޖެހޭ
ސިފައެއް ހުރެދާނެއެވެ. ނަމަވެސް އެކަމަކަކީ އެހާ ފަސޭހައިން ބަދަލު ކޮށްލެވިދާނެ
ކަމެއްގެ ގޮތުގައި ނުދެކޭށެވެ. ކޮންމެހެން ހަދާފައި ނަމަވެސް، ތިމާ އެމީހަކު
ބަދަލުކުރަން ބޭނުންނަމަ ވިސްނުންތެރިކަމާއި އެކު މަޑުމަޑުން އެކަމަށް
މަސައްކަތްކުރާށެވެ. އަދި ހަމަ އެފަދައިން އެކުވެރިޔާގެ ގައިގައި އަށަގަނެފައި
ހުރި ކަންތައްތަކަކީ އެހާ ރަނގަޅު ނޫން ސިފަތަކެއްކަން ވާހަކަ ދައްކައިގެން
ވިސްނައި ދީގެން ރަނގަޅު ކުރާށެވެ.
6.
ތިމާއާއި ބައްދަލުވާ އެންމެން ނަކީ ހުރިހާ ކަމެއް ފުރިހަމަވެފައި ތިބި
ބައެއްގެ ގޮތުގައި ނުދެކުން؛ ތިމާއާއި
ބައްދަލުވާ މީހުންނަކީ ތިމާ އާއި އެއްގޮތަށް ކޮންމެވެސް ކަމަކަށް ދިރިއުޅުމުގައި
ކަމެއް ކާމިޔާބު ކުރުމަށް ހަގުރާމަކޮށް ނުވަތަ ކޮންމެވެސް ބޭނުމެއް ނުފެދިގެން
އުޅޭ ބައެކެވެ. ހަމައެކަނި ތިމާ އަކީ ކުރަން
ބޭނުންވާ ކަންތައް ނުކުރެވިފައި ހުރި މީހާއެއް ނޫނެވެ. ތިމާ އާއި އެއްގޮތަށް
އެހެން މީހުންނަކީވެސް ބޭނުންވާ ކަންތައް ކުރުމުގައި ތަފާތު އެކިއެކި ކަންތަކާއި
ކުރިމަތި ލާންޖެހޭ މީހުންނެވެ. ތިމާގެ އުފާވެރިކަމާއި ހިތްހަމަ ޖެހުން
ބިނާވެގެންވަނީ ތިމާގެ އުފާވެރި ވާހަކަ ތަކާއި ހިތާމަތަށް ގާތް އެކުވެރިންނާއި
ހިއްސާކޮށް އެކަންތަކުން އިބުރަތް ހާސިލްކޮށްގެންނެވެ.

No comments:
Post a Comment