ވަރަށް ގިނަ މީހުން އެމީހުން
ކުރަން ބޭނުންވާ ކަންތައް ކުރުމަށް ފަސްޖެހި އެކަންތައް ނުކުރެވިފައި ހުންނަށް
ޖެހޭތަން އެބަ އާދެއެވެ. މިއީ ތިމާއަށް މިކަމުގެ ސަބަބުން ތަފާތު ނޭދެވޭ އަސަރު
ކުރުވާ ކަމެކެވެ.އަބަދުވެސް ތިމާއަކީ ކާކު ކަމާއި އަދި ތިމާ ކުރަން ބޭނުންވާ އަދި
އެކުރާ ކަމެއް ކާމިޔާބު ކުރުމަށް ބޭނުންވާ ކަންތައްތަކަކީ ކޮބައިކަން
ހަނދާންކުރާށެވެ.
ކުރަން ބޭނުންވާ ކަންތައް
ކާމިޔާބު ކަމާއި އެކު ކުރަން ބޭނުންވާނަމަ ތިރީގައި މިވާ ބައެއް ކަންތައް
ކުރާށެވެ. އަދި އެކަންތަކާއި މެދު ފޫންކޮން ވިސްނާލާށެވެ.
1.
އަބަދުވެސް އެހެން މީހުން ތިމާއަށް ކުރަންޖެހޭ ކަންތައް ބުނެދޭ މީހަކަށް ވުން؛ ތިމާ ކުރަން ބޭނުންވާ އެތައް ކަމެއް ހުންނާނެވެ. ވީމާ ދިރިއުޅުމުގައި
ކާމިޔާބު މީހަކަށް ވާން ބޭނުންނަމަ ތިމާ އަމިއްލައަށް ކަންތައް އިހުތިޔާރު ކުރަން
ދަސްކުރާށެވެ. އަބަދުވެސް އެހެން މީހުންގެ ގާތުގައި ހުރިހާ ކަމެއް ކުރަން ވީގޮތް އަހައިގެން
ކުރުމުގެ އާދަ ދޫކޮށްލާށެވެ.
2.
ތިމާއަށް ހިތްހިޔޮ ނޫން ފަރާތްތައް ކުރާ ކަންތަކާއި އަޅާނުލައި ދޫކޮށްލުން؛ ބައެއް ފަހަރު ވަރަށް ފަސޭހައިން އަހަރެމެން މީހުންނަށް
މަޢާފްކޮށް ހަދަމެވެ. އެއީ އެމީހުންނަކީ އަހަރެމެންގެ ގާތް އެކުވެރިން ކަމަށްވާތީ
އާއި އަދި އެކުވެރިންގެ ގޮތުގައި ތާއަބަދު ދެމެހެއްޓުމެވެ. ނަމަވެސް ތިމާއަށް
ހިތްހެޔޮ ނޫން މީހުނަށް އެކުވެރިކަން ބާއްވަން މަސައްކަތް ކުރާނަމަ އެކަމުގެ
ސަބަބުން ތިމާއަށް ފައިދާ ކުރުމުގެ ބަދަލުގައި ލިބޭނީ ގެއްލުމެވެ.
3.
ތިމާ ހާސިލް ކުރަން ބޭނުންވާ ކަންތަކުގައި ޝައްކު އުފެދިފައި ނުހުރުން؛ ތިމާ ހާސިލް ކުރަން ބޭނުންވާ ކަންތައް ފޮތެއްގައި ލިޔެ
އެކަމާއި މެދު ފޫންކޮން ވިސްނާލާށެވެ. ހާސިލް ކުރަން ބޭނުންވާ ކަންތަކުގެ ތެރެއިން
ތިމާއަށް އެންމެ ފަސޭހައިން ކުރެވޭ ކަންތަކާއި އަދި އެންމެ އުދަގުލުން ކުރެވޭ
ކަންތައް ވަކިކޮށްލާށެވެ. އެންމެ އުދަގުލުން ކުރެވޭ ކަންތައް ވިސްނުންތެރިކަމާއި އެކު
އެހެން މީހުންގެ އެހީތެރިކަން ބޭނުންވާނަމަ އެހީތެރިކަން ހޯދައިގެން އެކަންތައް
ކުރާށެވެ. އަބަދުވެސް ހާސިލް ކުރަން ބޭނުންވާ ކަމަކީ ކޮބައިކަން ކަނޑައަޅާށެވެ.
އެކަމުގައި އެއްވެސް ޝައްކެއް ނޫފައްދާށެވެ.
4.
އަބަދުވެސް ތިމާއަށް އުފާވެރިކަން ވާނެކަމަށް އުއްމީދު ނުކުރުން؛ އުފާވެރިކަމަކީ ތިމާ އެކަމަކާއި މެދު ދެކޭގޮތަކުން
ތިމާއަށް ލިބިދޭ ކަމެކެވެ. ވިމާ ތިމާ ހިތްހަމަ ނުޖެހޭ ކަންތަކާއި ދިރިއުޅުމުގައި
ދިމާ ވާނެކަން ހަނދާންކުރާށެވެ. އެއިން ކޮންމެ ކަމަކުންވެސް ތިމާ އެކަމެއް އެންމެ
ރަނގަޅު ގޮތުގައި ދެކޭށެވެ.
5.
ފާއިތުވެގެން ގޮސްފައިވާ ކަންތަކާއި މާބޮޑަށް ނުވިސްނުން؛ ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަށް ކަމަށް މީހުން
ބުނެއުޅެއެވެ. ފާއިތުވެގެން ގޮސްފައިވާ ކަންތަކުން އިބްރަތް ހާސިލް ކުރާށެވެ.
ދެވަނަ ފަހަރަށް ކުރެވިފައިވާ ގޯސްކަންތައް ތަކުރާރު ނުކުރާށެވެ.
މީގެ އިތުރުންވެސް ތިރީގައި މިވާ ބައެއްކަންތައް ހިމެނެއެވެ.
·
ތިމާ އަމިއްލައަށް ކަންކަމުގައި، މާބޮޑަށް ތިމާއަށް ފާޑު ނުކިއުން
·
ކަންކަން ނުވާނެ ކަމަށް ހަދާފައި މާއަވަހަށް އެކުރާ ކަމެއް ހުއްޓާ ނުލުން
·
ކުރާ ކަންތައްތަކުން ތިމާއަށް އިތުރު ހިތްދަތިކަމެއް ލިބިދާނެ ކަމަށް ހީނުކުރުން

No comments:
Post a Comment