Dhirun
  • ފުރަތަމަ ސަފްހާ
  • ސިއްޚީ
    • ތަފާތު ބަލިތައް
    • ދުޅަހެޔޮކަން
    • ރަނގަޅު ކާނާ
    • ކާނާ
  • ޒީނަތްތެރިކަން
  • އިގުތިސާދު
    • ތިއަރީ
    • ހާލަތް
  • އިޖުތިމާއީ
    • މައްސަލަތައް
    • ނިޒާމު
  • ވާހަކަ
    • ހަޤިޤީ
    • ހިޔާލީ
  • މުނިފޫހި
  • އިތުރު ލިޔުންތެރިން

skip to main | skip to sidebar
Blogger Tips and TricksLatest Tips And TricksBlogger Tricks

Widgets

Home » ހާލަތު , ނިޒާމު , އިޤުތިޞާދު , އިޖުތިމާއީ , މައްސަލަތައް , ސިއްހީ » އަލަށް ބައްޕަ އަކަށް ވާއިރު ވިސްނަން ޖެހޭ މުހިންމު ކަންތައްތައް

އަލަށް ބައްޕަ އަކަށް ވާއިރު ވިސްނަން ޖެހޭ މުހިންމު ކަންތައްތައް

Friday, 18 December 2015 | 0 comments









ދެމީހުންވެސް އުއްމީދު ކުރަމުން އައި މުހިންމު ވަގުތު ކައިރިވަނީއެވެ. އާއިލާއަށް އިތުރު މެމްބަރަކު އިތުރުވަނީއެވެ. މިއީ ކޮންމެ ދެމަފިރިއަކުވެސް އިންތިޒާރު ކުރާނެ މުހިންމު ދުވަހެކެވެ. ކުއްޖާއަށް ބަލިވެ އިނީންސުރެން ވިހަންވަންދެން، ކުއްޖާގެ މަންމަ ވަކި ހާއްސަ ކަންތައްތަކަކަށް ސަމާލުކަމެއް ދޭންޖެހޭނެއެވެ. މީގެ އިތުރުންވެސް ވިހާ ދުވަސް ކައިރިވާ ވަރަކަށް އެކަމަށް ފުރިހަމަ އަށް ތައްޔާރު ވުމަކީވެސް އެހާ މުހިންމު ކަމެކެވެ.
ފުރަތަމަ ބައްޕަ އަކަށް ވާއިރު ކުއްޖާގެ ބައްޕަ ވިސްނަންޖެހޭ މުހިންމު ކަންތައްތަކެއް ހުރެއެވެ. މިގޮތުން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި ތިރީގައި މިވާ ބައެއް ކަންތައް ހިމެނެއެވެ.
1.    ވިހާތަނުން އަންހެނުންގެ ފަރާތުން އަނބިފިރި ކަމުގެ ގުޅުމަށް ނޭދުން؛ މިއީ ވަރަށް މުހިންމު ކަމެކެވެ. މިދުވަސް ވަރު އަނބިމީހާގެ އެހީތެރިކަން ބޭނުންވާ ފަރާތަކީ ތިމާގެ ތުއްތު ދަރިފުޅެވެ. އަނބިމީހާ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން މުޅިއަކުން އަނބިފިރި ކަމުގެ ގުޅުމަށް ތައްޔާރެއް ނުވާނެއެވެ. މިކަމަށް ފުރިހަމައަށް ތައްޔާރު ވުމަށްޓަކައި އިތުރު ވަގުތު ބޭނުން ވާނެއެވެ.
2.    އަނބިމީހާ އަށް ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދިނުން؛ މިއީ ވެސް ހަމަ އެހާމެ މުހިންމު ކަމެކެވެ. އަމިއްލައަށް ތިމާ ލާ އަންނައުނު ދޮވެ އިސްތިރި ކުރުމާއި މީގެ  އިތުރުން ދެމައިންގެ އަންނައުނުވެސް ދޮވެ އިސްތިރިކޮށް ހެދުމަކީ އެހާ މުހިންމު ކަމެކެވެ. މީގެ އިތުރުން ގޭތެރޭގައި ކުރަންޖެހޭ އެހެނިހެން ކަންތައް ކޮށްދީ ހެދުމަކީވެސް މުހިންމު ކަމެކެވެ. މިއީ ދެމީހުންގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމެކެވެ.
3.    އަނބި މީހާގެ މޫޑަށް ތަފާތު ބަދަލު ތަކެއް އަންނާނެކަން ދެނެގަތުން؛ މަންމަ އަކަށް ވުމުން އަންހެނާގެ ހަށިގަޑަށް ތަފާތު ބަދަލު ތަކެއް އަންނާނެއެވެ. މިއީ ހޯމޯންސް އަންނަ ބަދަލާއި ގުޅިގެން އަންނަ ބަދަލުތަކެވެ. މީގެ ތެރޭގައި އަވަސް އަވަހަށް މޫޑަށް ބަދަލު އައުންވެސް ހިމެނެއެވެ. ކޮންމެ ވަގުތަކީ އަނބިމީހާ އެންމެ ހިތްހަމަ ޖެހިފައި ހުންނަ ވަގުތު ކަމުގައި ނުވެދާނެއެވެ.
4.    ދަރިފުޅަކީ އަނބިމީހާއަށް އެންމެ މުހިންމު ފަރާތް ކަމުގައި ވެގެން ދިއުން؛ ދަރިފުޅު ތުއްތު އިރު ދަރިފުޅަށް އެންމެ އެހީތެރިކަން ބޭނުންވާ އެއްފަރާތަކީ މަންމައެވެ. މިހެން ވުމުން މަންމައާއި ތުއްތު ކުއްޖާއާއި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދެއެވެ. ދަރިފުޅަކީ ދެމީހުންގެވެސް ކުއްޖެއްކަން ދަންނާށެވެ. މިކަމުގެ ސަބަބުން ދަރިފުޅު ދެކެ ރުޅި ނާންނާށެވެ. އަނބިމީހާވެސް ތިމާގެ ފިރިމީހާއަށް ވަގުތު ދިނުމަކީވެސް އެހާ މުހިންމު ކަމެކެވެ.
5.    މިކަމުގެ ސަބަބުން މަންމައަކަށްވާ ފަރާތަށް އިތުރު ހިތްހަމަ ނުޖެހުންތަކެއް ކުރިމަތިވުން؛ މިއީ ބައެއް މީހުން ވާހަކަ ދައްކަން އެހާ ބޮޑަށް ބޭނުންވާ ކަމެއް ނޫނެވެ. ބައެއްފަހަރު މިކަމަކީ ހައްލުކުރަން އެހާ ފަސޭހަ ކަމެއް ނޫނެވެ. ތިމާގެ އަނބިމީހާ ބޭނުންވާ ހުރިހާ ސަޕޯރޓެއް ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ތިމާ އިތުރަށް ރުޅި ނާންނާށެވެ. މިކަން ހަމަޔަކަށް އެޅެން ވަގުތު ނަގާނެކަން ދަންނާށެވެ.
Share this article :

ސުރުހީ އާއި ގުޅޭ ލިޔުންތައް

Posted by Unknown at 11:20
Email ThisBlogThis!Share to XShare to Facebook
Labels: ހާލަތު, ނިޒާމު, އިޤުތިޞާދު, އިޖުތިމާއީ, މައްސަލަތައް, ސިއްހީ

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

މަޤުބޫލު ލިޔުންތައް

  • ފިރިހެނުންގެ ބައެއް ސިއްރު ކަންތައްތައް އެގެން ބޭނުންތަ؟
    ތި ކަނބަލުންގެ ހަޔާތުގެ ބައިވެރިޔާއަކީ ދިމާވާ ކަންތައްތައް ކިޔައިދީ ކަމެއް ދިމާވުމުން އެކަމާމެދު ވިސްނާ ފިކުރުކޮށް ނުވަތަ ...
  • ކައިވެނީގައި ޖެހޭ މައްސަލަތައް ހައްލުކުރާނެ ގޮތް
    ދެބަސްވުމާއި، ކަންކަމުގައި ހިޔާލުތަފާތުވުމާއި، ދެމީހުން އެކަކު އަނެކަކާއި މައްސަލަ ޖެހި ކުދިކުދި ހަމަނުޖެހުން ހި...
  • ފިރިހެނުން ދެކެ އަންހެނުން ލޯބިވަނީ ކީއްވެ؟
    ކޮންމެ އަންހެނަކުވެސް ތިމާ އެމީހަކު ދެކެ ލޯބިވާ ފިރިހެނެއް ބޭނުންވާނެ އެވެ. ކޮންމެ ފިރިހެނަކުވެސް ތިމާ ދެކެ ލޯބިވާ އަނ...
  • ދެމީހުންގެ މެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
    ޒަވާޖީ ހަޔާތެއް ނުވަތަ ލޯބި ވެގެންއުޅޭ ދެމީހުންގެ ދެމެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި، ދެމީހުންގެ ދެމެދުގައ...
  • ހަޔާތުގެ ބައިވެރިޔާއަށް އޮޅުވާލާ މަކަރު ހަދަނީ ކީއްވެ؟
    އެމެރިކާގައި ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ކައިވެނި ކޮށްގެން އުޅޭ މީހުންގެ ތެރެއިން %25 ފިރިހެނުންނަކީ، ...

Find Us on Facebook

About Me

Unknown
View my complete profile

Template modified by : Afey Afra
Copyright © 2011. Dhirun - All Rights Reserved