Dhirun
  • ފުރަތަމަ ސަފްހާ
  • ސިއްޚީ
    • ތަފާތު ބަލިތައް
    • ދުޅަހެޔޮކަން
    • ރަނގަޅު ކާނާ
    • ކާނާ
  • ޒީނަތްތެރިކަން
  • އިގުތިސާދު
    • ތިއަރީ
    • ހާލަތް
  • އިޖުތިމާއީ
    • މައްސަލަތައް
    • ނިޒާމު
  • ވާހަކަ
    • ހަޤިޤީ
    • ހިޔާލީ
  • މުނިފޫހި
  • އިތުރު ލިޔުންތެރިން

skip to main | skip to sidebar
Blogger Tips and TricksLatest Tips And TricksBlogger Tricks

Widgets

Home » ހާލަތު , ބަލިތައް , އިޤުތިޞާދު , އިޖުތިމާއީ , މައްސަލަތައް , ސިއްހީ » ކުޑަކުދިން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުކުރާނީ ކިހިނެއް؟

ކުޑަކުދިން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުކުރާނީ ކިހިނެއް؟

Saturday, 26 December 2015 | 0 comments













ކުޑަކުދިންނަށް އެކުދިންގެ އަމިއްލަ ނަފްސަށް އިތުބާރު ކުރަން ދަސްކޮށްދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ކުޑަކުދިން ހެދިބޮޑުވާއިރު އެކުދިންގެ މައިންބަފައިންނާއި އެކުދިންގެ ގެންގުޅޭ މީހުންގެ ފަރާތުން ފުރިހަމަ އަޅާލުމާއި ރަނގަޅު އިރުޝާދު ލިބޭނަމަ އެކުދިން އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރު ވެގެންދެއެވެ.

ތިރީގައި މިވަނީ ކުޑަކުދިން އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރު ކުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންތަކެވެ.

1.    ކޮންމެ މީހަކީވެސް އެންމެ ފުރިހަމަ މީހާ ނޫންކަމަށް ކުދިންނަށް ވިސްނައިދިނުން؛ ހުރިހާ މީހުންނަށްވެސް ގޯސްކޮން ކަންތައް ކުރެވިދާނެެއެވެ. ނަމަވެސް އެކަންތައް ސިއްރު ކުރުމުގެ ބަދަލުގައި އެކަންތަކުން އިބްރަތް ހާސިލް ކޮށްގެން ދެން އެކަންތައް ތަކުރާރު ނުވާނޭ ގޮތަކަށް ކަންތައް ކުރުމަށް ކުދިންނަށް ވިސްނައިދޭށެވެ. ނަމަވެސް، މިކަމަކީ ތުއްތު ކުދިންގެ ގައިގައި އަށަގަނެފައިވާ ގޯސް އާދަތައް ފިލުވާލުމަށް އެންމެ ރަނގަޅު ގޮތްކަމުގައި ނުވެދާނެއެވެ.
2.    ކޮންމެ ކުއްޖަކީވެސް ތަފާތު އަދި އެހާމެ މުހިންމު ކުއްޖެއްކަން ވިސްނައި ދިނުން؛ ކޮންމެ ކުއްޖަކީވެސް ވަރަށް މުހިންމު ކުއްޖެއްކަމާއި އަދި އެހާމެ ކުޅަދާނަ ހުނަރު ހުންނަ ކުއްޖެއްކަން އެކުދިންނަށް ބުނެދޭށެވެ. ކޮންމެ ދެކުއްޖަކީ ތަފާތު ދެކުދިންކަން ވިސްނައި ދޭށެވެ. އެކުދިންވެސް އެހެން ކުދިންނާއި އަޅާނުކިއުމަށް ބުނެދޭށެވެ. ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއްކަން އެކުދިންގެ މައިންބަފައިންވެސް ވިސްނުމަކީ ވަރަށް މުހިންމު ކަމެކެވެ.
3.    ކުދިން ކުރަން ބޭނުންވާ ކަންތަކާއި އެކުދިންގެ ހުނަރު އިތުރަށް ތަރައްގީ ކުރާނެ ގޮތް އެކުދިންނަށް ބުނެދިނުން؛ ތިމާގެ ދަރިފުޅު ކުރަން ބޭނުންވަނީ ކޮން ކަމެއްކަން ހޯދާ ދެނެގަންނާށެވެ. އެކުދިންގެ ގައިގައި އަށަގަނެފައިވާ ހުނަރަކީ ކޮބައިތޯ ބަލާށެވެ. އެހުނަރު އިތުރަށް ތަރައްގީ ކުރުމަށް އެކުދިންނަށް ބޭނުންވާ އިތުރު ތަމްރީނުތައް ހޯދައިދޭށެވެ.
4.    އެކުދިން އަމިއްލައަށް އެކުދިން ކުރަން ބޭނުންވާ ކަންތަކުގެ ގޮތްނިންމަށް ފުރުސަތު ދިނުން؛ ކޮންމެ ފަހަރަކު ކުއްޖާ ކުރަން ބޭނުންވާ ކަންތަކާއި އެކުދިން ލުމަށް ބޭނުންވާ ހެދުން، ކުއްޖާގެ މައިންބަފައިން ބުނެދީ ހެދުމަކީ، އެހާ ރަނގަޅު ކަމެއް ނޫނެވެ. ނަމަވެސް ބައެއް ފަހަރު ކުޑަކުދިންނަށް މަސްހުނި ކަންތައްތަކުގެ ގޮތްނިންމަން ނޭގިދާނެއެވެ. ވީމާ އެކުދިންނަށް ބޭނުންވާ ކަންތަކުގެ ރަނގަޅު ގޮތް ބުނެދީ ހެދުމަކީ ވަރަށް މުހިންމު ކަމެކެވެ. ކުއްޖާ ލުމަށް ބޭނުންވާ ހެދުމެއް އިހުތިޔާރު ކުރުމުގެ ފުރުސަތު ކުއްޖާއަށް ދެވިދާނެއެވެ. މިގޮތުން ކުއްޖާ ގަޔާވާ ހެދުންތަކެއް ދައްކާށެވެ. އަދި ކުއްޖާ ލުމަށް ބޭނުންވާ ހެދުން އިހުތިޔާރު ކުރުމުގެ ފުރުސަތު ހޯދައިދޭށެވެ.
5.    ކުއްޖާގެ އުމުރާއި ގުޅޭ ގޮތުން ޒިންމާ ހަވާލުކުރުން؛ ކުއްޖާގެ އުމުރު ފުރާއާއި ގުޅޭ ގޮތުން ކުރެވިދާނެ މަސައްކަތްތަކެއް ކުއްޖާއަށް ހަވާލުކުރާށެވެ. އޭރުން ބޮޑުވަމުން އަންނަ އިރު ގޭތެރޭގައި ކުރަން ޖެހޭ ކަންތައްވިސްނި އެކަންތަކުގެ ޒިންމާ އަމިއްލަށް ދަސްކުރާނެވެ.
6.    ކުދިންނަށް އިތްވަރު ދިނުން އަދި ކުރާ ރަނގަޅުކަންތައް ފާހަގަކުރުން؛ ކުއްޖާ ކުރާ ރަނގަޅު ކަންތައް ވީހާވެސް އަވަހަށް ފާހަގަކުރާށެވެ. ރީތި ގޮތުގައި ހިތްވަރު ދިނުމުގެ ބަސްތައް ބުނެލާށެވެ.
7.    ކުދިންނާއި ވީހާވެސް ލޯބިން ގާތްކޮން ވީހާވެސް އަވަސް އަވަހަށް ވާހަކަ ދެއްކުން؛ ކުއްޖާއަށް ވީހާވެސް އޯގާތެރިކަމާއެކު ލޯބިން މުހާތަބު ކުރާށެވެ. އަދި ވީހާވެސް އަވަސް އަވަހަށް ކުދިންނާއި ވާހަކަ ދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ.
މީގެ އިތުރުންވެސް ތިރީގައި މިވާ ބައެއް ކަންތައް ކުރެވިދާނެއެވެ.
·        އެކިއެކި ހަރަކާތުން ނުވަތަ އިޝާރާތުން ކުއްޖާ ދެކެ ލޯބިވާކަން ހާމަކުރުން
·        ކުދިންނަށް ދަތި އުދަގުލެއް ދިމާވާހިދު އެކުދިންނަށް ވީހާވެސް ބޮޑަށް އަޅާލުން
·        އެހެން މީހުންނަށް އެހީތެރިވުމުގެ ރީތި އާދަ އަށަގަނެވުމާއި އަދި އެކަމަށް ހިތްވަރު ދިނުން
·        އެހެންމީހުންނާއި ގުޅުންތެރިކަން ދަމަހައްޓާނެ ގޮތް ބުނެދިނުން
·        ދިރިއުޅުމުގައި ހާސިލް ކުރަންބޭނުންވާ ލަޑުދަނޑި ކަނޑައެޅުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.
Share this article :

ސުރުހީ އާއި ގުޅޭ ލިޔުންތައް

Posted by Unknown at 02:08
Email ThisBlogThis!Share to XShare to Facebook
Labels: ހާލަތު, ބަލިތައް, އިޤުތިޞާދު, އިޖުތިމާއީ, މައްސަލަތައް, ސިއްހީ

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

މަޤުބޫލު ލިޔުންތައް

  • ފިރިހެނުންގެ ބައެއް ސިއްރު ކަންތައްތައް އެގެން ބޭނުންތަ؟
    ތި ކަނބަލުންގެ ހަޔާތުގެ ބައިވެރިޔާއަކީ ދިމާވާ ކަންތައްތައް ކިޔައިދީ ކަމެއް ދިމާވުމުން އެކަމާމެދު ވިސްނާ ފިކުރުކޮށް ނުވަތަ ...
  • ކައިވެނީގައި ޖެހޭ މައްސަލަތައް ހައްލުކުރާނެ ގޮތް
    ދެބަސްވުމާއި، ކަންކަމުގައި ހިޔާލުތަފާތުވުމާއި، ދެމީހުން އެކަކު އަނެކަކާއި މައްސަލަ ޖެހި ކުދިކުދި ހަމަނުޖެހުން ހި...
  • ފިރިހެނުން ދެކެ އަންހެނުން ލޯބިވަނީ ކީއްވެ؟
    ކޮންމެ އަންހެނަކުވެސް ތިމާ އެމީހަކު ދެކެ ލޯބިވާ ފިރިހެނެއް ބޭނުންވާނެ އެވެ. ކޮންމެ ފިރިހެނަކުވެސް ތިމާ ދެކެ ލޯބިވާ އަނ...
  • ދެމީހުންގެ މެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
    ޒަވާޖީ ހަޔާތެއް ނުވަތަ ލޯބި ވެގެންއުޅޭ ދެމީހުންގެ ދެމެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި، ދެމީހުންގެ ދެމެދުގައ...
  • ހަޔާތުގެ ބައިވެރިޔާއަށް އޮޅުވާލާ މަކަރު ހަދަނީ ކީއްވެ؟
    އެމެރިކާގައި ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ކައިވެނި ކޮށްގެން އުޅޭ މީހުންގެ ތެރެއިން %25 ފިރިހެނުންނަކީ، ...

Find Us on Facebook

About Me

Unknown
View my complete profile

Template modified by : Afey Afra
Copyright © 2011. Dhirun - All Rights Reserved