ކުޑަކުދިން ހެދި ބޮޑުވަމުން
އަންނައިރު ތަފާތު އެކިއެކި ހުނަރު އެކުދިންނަށް ދަސްކޮށްދިނުމަކީ ވަރަށް މުހިންމު
ކަމެކެވެ. އޭރުން އެކުދިން ބޮޑުވަމުން އަންނައިރު އަމަލީ މައިދާނުގައި މަސައްކަތް
ކުރުމުގެ ގާބިލުކަން އެކުދިންނަށް ލިބިގެންދެއެވެ. މިފަދަ ހުނަރު ކުދިންނަށް
ދަސްކޮށްދޭ އިރު އެކުދިންނަށް ތަފާތު ގޯސްތައްވެސް ހެދޭނެކަން މައިންބަފައިން
ދަންނާށެވެ.
ތިރީގައި މިވަނީ އެކުދިންނަށް
ކޮންމެހެން ދަސްކޮށްދެންޖެހޭ މުހިންމު ލުއިހުނަރު އެވެ.
1.
ވިސްނާ ފިކުރުކުރަން ދަސްކޮށްދިނުން އަދި
ކަންކަމުގައި ގޮތްނިންމަށް ދަސްކޮށްދިނުން؛ ކުޑައިރުން ސުރެން ކަންކަމުގައި ވިސްނާ ފިކުރުކޮށް އެކަންތަކާއި ބެހޭ ގޮތުން
އަމިއްލަ ނަފްސަށް ސުވާލުކޮށް އެކަންތަކުގެ ޖަވާބު ހޯދަން ދަސްކޮށްދިނުމަކީ ވަރަށް
މުހިންމު ކަމެކެވެ. ކުދިންގެ އުމުރު ފުރައާއި ގުޅޭ ސުވާލު އެކުދިންނާއި ކޮށްގެން
އެކުދިންގެ ކިބައިގައި މިހުނަރު އިތުރު ކުރެވިދާނެއެވެ.
2.
އެހެން މީހުންނަށް ރަނގަޅަށް މުއާމަލާތް ކުރުމަށްޓަކައި މީހުންދައްކާ ވާހަކަ
އަޑުއެހުމުގެ ހުނަރު ދަސްކޮށްދިނުން؛ މި ހުނަރު
ދަސްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިކަމުގެ ސަބަބުން ކުދިންނަށް
ކަންކަމުގައި ކެތްތެރިވުމާއި، ކަންކަމުގައި ދޭންޖެހޭ ސަމާލުކަމާއި، މައުލޫމާތު
ސިކުޑީގައި ރައްކާކުރަން ދަސްކޮށްދިނުމުގެ އިތުރުން ތިމާއާއި ދޭތެރޭގައި އެހެން
މީހުން ދެކޭގޮތް ރަނގަޅު ކުރުން ދަސްވެގެންދާނެއެވެ.
3.
އެހެން މީހުންނަށް ބަރޯސާނުވެ އަމިއްލައަށް ކަންތައް ކުރަން ދަސްކޮށްދިނުން؛ އަމިއްލަށް ކުއްޖާ ކުރަން ބޭނުންވާ ކަންތައް
ދަސްކޮށްދިނުމަކީ އެކުދިންގެ އަމިއްލަ ނަފްސަށްކުރާ އިތުބާރު އިތުރުވެގެންދާ
ކަމެކެވެ. ކަންތައްތައް ކުރަން ދަސްކޮށްދިނުމުން އެކުދިންނަށް އެހެން މީހުންނަށް
އެހީތެރިކަން ފޯރުކޮށްދެން ދަސްވެގެންދެއެވެ. ކުދިންނަށް ދަސްކޮށްދެވިދާނެ ކުދިކުދި
ކަންތައްތަކުގެ ތެރޭގައި ކާމޭޒުމަތި ތަރުތީބުކުރުން، ލައިގެންހުރި ހެދުން
އަމިއްލައަށް ބާލަން ދަސްކޮށްދިނުމާއި އަދި ތައްޓަށް ފެންއަޅަން ދަސްކޮށްދިނުން
ހިމެނެއެވެ. ކުދިންނަށް ކަމެއް ދިމާވުމުން އެކަންތައް އަމިއްލައަށް ހައްލުކުރަނީ
ކިހާވަރަކަށްތޯ ބެލުމަކީވެސް ހަމަ އެހާ މުހިންމު ކަމެކެވެ. އަދި އެކަންތައް
އެކުދިންނަށް ކުރެވުނީ އެކުދިންގެ ކުޅަދާނަ ކަމުން ކަން އެގުމުން އެކުދިންނަށް
ކަމެއް އަމިއްލައަށް ކުރަން ދަސްވި ކަމުގެ އިހުސާސް ކުރެވިގެން ދެއެވެ.
4.
ފަހަށް ރައްކާކުރަން ދަސްކޮށްދިނުން؛ ކުދިންނަށް ލިބޭ ފައިސާ ނުވަތަ ވަކިލާރި ފަދަ ތަކެތި އެކުދިން ބޭނުންވާ
ތަކެތި ގަތުމަށްޓަކައި ރައްކާކުރަން ދަސްކޮށްދިނުމަކީ އެކުދިންނަށް ލިބޭ ފައިސާ
ރަނގަޅު ގޮތުގައި ބޭނުންކުރުމަށް ލިބޭ އިތުރު ބާރެކެވެ. ދިރާސާތަކުން ދައްކާ
ގޮތުގައި އުމުރުން 7 އަހަރުން ފެށިގެން، ކުދިންނަށް ލިބޭ ވަކިލާރި ނުވަތަ ފައިސާ
އެކުދިން އަމިއްލަށް ރައްކާ ކުރަން ދަސްކުރެއެވެ.
5.
އެހެން ކުދިނާއި އެކު ގުޅިގެން
އުޅެން ދަސްކޮށްދިނުން؛ މިކަމުގެ ސަބަބުން
އަމިއްލައަށް އިސްނަގައިގެން ކުދިންނަށް
ކަންތައްތައް ކުރަން ދަސްވެގެންދެއެވެ. ކުދިންނާއި ގުޅިގެން ކުޅެން ނުވަތަ
އެކުދިންނާއި އެކު އުޅެން ދަސްވުމުން ކުދިންގެ މެދުގައި ޖެހޭ މައްސަލަތައް
އެކުދިންނަށް އަމިއްލައަށް ހައްލުކުރަން ދަސްވެގެންދެއެވެ.

No comments:
Post a Comment