Dhirun
  • ފުރަތަމަ ސަފްހާ
  • ސިއްޚީ
    • ތަފާތު ބަލިތައް
    • ދުޅަހެޔޮކަން
    • ރަނގަޅު ކާނާ
    • ކާނާ
  • ޒީނަތްތެރިކަން
  • އިގުތިސާދު
    • ތިއަރީ
    • ހާލަތް
  • އިޖުތިމާއީ
    • މައްސަލަތައް
    • ނިޒާމު
  • ވާހަކަ
    • ހަޤިޤީ
    • ހިޔާލީ
  • މުނިފޫހި
  • އިތުރު ލިޔުންތެރިން

skip to main | skip to sidebar
Blogger Tips and TricksLatest Tips And TricksBlogger Tricks

Widgets

Home » ހާލަތު , ހިޔާލީ , އިޤުތިޞާދު , އިޖުތިމާއީ , ވާހަކަ , މައްސަލަތައް , ސިއްހީ » ބީވެގެން ދިޔަ ލޯބި

ބީވެގެން ދިޔަ ލޯބި

Sunday, 1 May 2016 | 0 comments








އޮފީހުން ނިމިގެން ގެޔަށް އައިސް ދުވެފައި ގޮސް އަހަރެން ލޯގަޑު ކުރިމައްޗަށް ހުއްޓުނީމެވެ. މަތިން ތިރިޔަށް އަދި ތިރިން މައްޗަށް އަހަރެންގެ ސޫރަޔަށް ބަލަންހުރީމެވެ. އެންމެންވެސް އަބަދުވެސް އަހަރެންގެ ސިފަ ރީތިކަމަށް ބުނެ ތަޢުރީފު ކުރެއެވެ. ނަމަވެސް މިޔަދަކީ، މީހަކު އަހަރެންނަކީ  އެހާ ރީތި މީހެއް ނޫންކަމަށް ބުނެ އަހަރެންނާއި ދިމާލަށް މީހަކު ބަހެއް ބުނި ދެވަނަ މީހާއެވެ. އެއީ ކާކު ބާއެވެ.އަހަރެން ހަމަ އެހާ ހުތުރީ ބާއެވެ. އެއީ ކާކުތޯ ބެލުމަށްޓަކައި އަހަރެން ވިސްނަން ފެށީމެވެ.

ހިޔާލެއްގެ ތެރެއަށް ގެއްލިފައި ހުރެވުނީ ކިހާ އިރަކު ކަމެއްވެސް ނޭގުނެވެ. ސިއްސައިގެން ދިޔައީ ދޮރުގައި ކޮންމެވެސް މީހަކު ޖެހި އަޑަށެވެ. އަނެއްކާ ކާކު ބާއެވެ؟ ދޮރުގައި ޖެހީ ކީއްކުރަން ބާއެވެ؟ ގޭގައި އަހަރެން ނޫނީ އެއްވެސް މީހަކު ނޫޅެވެ. މަންމަ އާއި ބައްޕަ ވީ ރަށުން ބޭރަށް ގޮހެވެ. ގޭގައި އުޅެނީ މަންމަ އާއި ބައްޕަގެ އިތުރުން އަހަރެންނެވެ. މަންމަވީ ރާއްޖެއިން ބޭރަށް އިންޑިޔާއަށް ގޮހެވެ. އެއީ މަންމަގެ ބޭސްފަރުވާ އަކަށެވެ. ބައްޕަ ވީ ބައްޕަގެ ގާތް އެކުވެރިޔަކާއެކު ރިސޯޓަކަށް ގޮހެވެ.

ބިރުން ހުރެ ކޮޓަރީގެ ދޮރު ހުޅުވާލީމެވެ. ދިޔައީ ސިއްސައިގެންނެވެ. ފެނުނީ މަންމަ އެވެ. ދުވެފައި ގޮސް މަންމަ ގައިގާ ބައްދާލީމެވެ. އުފަލުންގޮސް ރޮވެ ގަނެވުނެވެ. މަންމަ އަންނަކަން އަންގައި ނުލާ އައުމުން އެކަމާއި ޝަކުވާކުރީމެވެ. މަަންމަ ލޯބިން އަހަރެންގެ ވަނަމުން ގޮވާލިއެވެ. '' ސަރާ " އޭ ކިޔާފައެވެ. މިނަން އަހަރެންނަށް އިވުނަސް މިޔަދު ފޫހިވެއެވެ. '' ސަރާ " ދެވަނަ ފަހަރަށް މަންމަ އަހަރެންނަށް ގޮވާލިއެވެ. އަހަރެން މަންމަގެ މޫނަށް ބަލާލީމެވެ. މަންމަގެ މޫނު މަތިން ވެރިވެފައިވާ ހިނިތުން ވުމަށް ޖަވާބު ދިނުމުގެ ގޮތުން މަންމަ އާއި ދިމާލަށް ބަލާލުމަށްފަހު ހީލީމެވެ. މަންމަ އަހަރެންނަށް ގެނައި ހަދިޔާ އެކޭ ކިޔާފައި ކޮތަޅެއް އަހަރެންގެ އަތަށް ދިއްކޮށްލިއެވެ. ކޮތަޅުގައި ހިފުމަށްފަހު އެ ހިފައިގެން ކޮޓަރި ތެރެއަށް ވަނީމެވެ. މަންމަ ދިން ކޮތަޅުގައި ހުރީ ކޮންއެއްޗެއްތޯވެސް ބަލާހިތެއްް ނުވިއެވެ. ކޮތަޅު އެނދުކައިރީގައި ބެހެއްޓީމެވެ.

ސިއްސައިގެން ދިޔައީ މީހަކު އަހަރެންގެ ކަންފަތް ބުޑުގައި '' ސަރާ '' އޭ ކިޔާ ގޮވާލި އަޑަށެވެ. ފަސް އެބުރި ބަލާލީމެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެއީ އަހަރެންނަށް ހީވި ގޮތެއް ކަމަށް ހީކޮށް އެދުގައި އޮށޯތީމެވެ. މިޔަދު އަހަރެންނަށް އުދަގޫކުރި މީހަޔާ މެދު އިތުރަށް ވިސްނާލުމަށެވެ.

އަނެއްކާ އެއީ '' އަޒިޔަދު '' ބާއެވެ. އަޒިޔަދު ނޫން ދެވަނަ މީހަކު މިފަދަ ކަމެއް ނުކުރާނެކަން ޔަގީންނެވެ.  " އަޒިޔަދު" މިނަން ހިތަށް އެރިޔަސް އަހަރެން އުދަގޫވާން ފަށައެވެ. އަޒިޔަދު ނޫން އެހެން މީހަކު އަހަރެންގެ ފަހަތުން އަޅައި ގަނެގެން ނޫޅޭނެއެވެ. އެއީ އެހާ ހަމަޖެހޭ މީހެއްނަމަ މިޔަދު އަހަރެންނަށް އުދަގޫ ނުކުރީސްކަން ޔަގީނެވެ. މޮޔައެއްހެން އަހަރެންގެ ފަހަތުން އަޅައިގަނެގެން ނޫޅޭނެއެވެ. ފޫންކޮން އެމީހަކާ މެދު ދެވަނަ ފަހަރަށް ވިސްނާލީމެވެ. ހުރިހާ ގޮތަކުންވެސް އެމީހަކު އަޒިޔަދު އާއި ވަރަށް ވައްތަރެވެ.

އަޒިޔަދަކީ އަހަރެންގެ ހަޔާތަށް އައި ފުރަތަމަ ބައިވެރިޔާއެވެ. އެހެން ކަމުން އަހަރެންވެސް އޭނަދެކެ އިންތިހާޔަށް ލޯބިވީމެވެ. ނަމަވެސް ފަހަކަށްއައިސް އަޒިޔަދު އުޅޭގޮތުން އަހަރެން ހައިރާންވިއެވެ. ފަހަކަށް އައިސް އަހަރެންދެކެ ވާ ލޯތްބަށް ވުރެ ބޮޑަށް އަހަރެންގެ ހަށިގަނޑު ދެކެ ލޯބިވާންހެން ހީވެއެވެ. ކޮންމެވެސް ކަހަލަ ނާޖާއިޒު ފައިދާ ނެގުމުގެ ބޭނުމުގައި އުޅޭ ހެން ހީވެއެވެ. އަޒިޔަދު މި އަމަލުތަކުގެ ސަބަބުން އޭނައާއި ކުޑަކޮން ދުރުވާން މަސައްކަތްކުރީމެވެ. ބައްދަލު ކުރުން ކުރިއަށްވުރެ މަދު ކުރީމެވެ. މިކަމާއި އޭނަ ހިތްހަމަ ނުޖެހިގެން އެންމެ ފަހުން އެހެން މީހުންގެ ކުރިމަތީގައި އަހަރެން ފަލީހަތް ކުރަން ފެށިއެވެ. އަހަރެންނޭ ކިޔައިގެން ފާޑު ފާޑުގެ ހަޑިހުތުރު ވާހަކަ ދައްކަން ފެށިއެވެ. ދެމީހުންގެ މެދުގައި މައްސަލަ ޖެހުން އިތުރުވާން ފެށިއެވެ. އެކަކު އަނެކަކަށް ކުރިން ކުރަމުން އައި އިހްތިރާމު މުޅިންހެން ގެއްލުނެވެ. އަހަރެން އެންމެ ފަހުގެ ނިންމުން ނިންމީމެވެ. އަޒިޔަދު އާއި ވަކިވުމެވެ. ވަރަށް ވިސްނުމަށްފަހު މުޅި އުމުރަށް އޭނައާއި ވަކިވީމެވެ.

އަޒިޔަދު އާއި ވަކިވިތާ މިވީ ތިން އަހަރެވެ. މި ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި މިޔަދު އަހަރެންވެސް މިވަނީ އަޒިޔަދާ ނުލާ އުޅެން ދަސްކޮށްފައެވެ. އޭނައަކީ އަހަރެންގެ ރީތިކަމަށް އެހާ ތައުރީކުރިމީހެކެވެ. ނަމަވެސް އަހަރެން ދޫކޮށްފައި އަޒިޔަދު ދިޔައިރު އަހަރެންނާއި ދިމާލަށް ނުކިޔާކަށް އެއްޗެއްނެތެވެ. އެދުވަހު އަހަރެންގެ ރީތިކަމަށް ތައުރީފު ކުރިއިރު ދަމުން ދިޔައީ ދުލަށް އައި ހުތުރު ބަސްތަކުން އަހަރެންނާއި ދިމާލަށް އެއްޗެހި ކިޔާފައެވެ. އެހެންމީހުންގެ ކުރިމަތީގައި އަހަރެންނަށްވުރެ ނުބައި މީހެއް ނެތްކަމަށް ދެއްކުމަށް މަސައްކަތްކޮށްފައެވެ.

އެންމެ ފަހުން ގާތް އެކުވެރިއެއްގެ ފަރާތުން މަޢުލޫމާތު ލިބުނީ އަޒިޔަދުވެސް މީހަކާއި ކައިވެނިކޮށްެގެން މެލޭޝިޔާއަށް  ބަދަލުވި ވާހަކައެވެ. އެކަމާއި އަހަރެން ވަރަށް އުފާވިއެވެ. އެއީ އަޒިޔަދުގެ ކިބައިން ސަލާމަތް ވެވުނީމައެވެ.

އަހަރެންނަށް ހޭލެވުނީ ހެނދުނެވެ. މަންމަ ގޮވާ އަޑަށެވެ. ކޮޓަރީގެ ދޮރު ހުޅުވީމެވެ. މަންމަ އަހަރެން ފެނިފައި ހައިރާންވިއެވެ. އަހަރެންނަށް އެތަށް ސުވާލެއް ކުރިމަތިކުރުވިއެވެ. ކުރިން ފެންނަން ހުރި އުފާވެރިކަން ގެއްލިފައި ހުރީމަ ކަމަށްް ބުންޏެވެ. މަންމަ ބުނިގޮތުގައި މޫނު މަތިން ފެންނަނީ މާޔޫސް ކަމެވެ. އުފާވެރި ކަމުގެ ބަދަލުގައި ފެންނަނީ ހިތް ނުތަނަވަސް ކަމެވެ. މަންމަ ދައްކާ ވާހަކަ އަށް މާބޮޑު ސަމާލުކަމެއް ދިނުމެއްނެތި އޮފީހަށް ދިއުމަށްޓަކައި ތައްޔާރުވާން ފެށީމެވެ. އަވަސް އަވަހަށް ތައްޔާރުވެގެން އޮފީހަށް ދިއުމަށްޓަކައި ގެއިން ނިކުތީމެވެ.
ސިއްސައިގެން ދިޔައީ މީހަކު ބަރުގޮނު އަޅާ އަޑަށެވެ. ފަސްއެބުރި ބަލާލިއިރު އެއީ އަޒިޔަދު އެވެ. އޭނަގެ ފަރާތުން ފެނުނީ އަޖައިބު ކުރުވަނިވި މަންޒަރެކެވެ. ދެރަވެފައި ހުރެގެން އަހަރެންގެ ގާތުން މާފަށް އެދެން ފެށިއެވެ. ކުރެވިފައިހުރި ކަންތަކާއި ހިތާމަ ކުރާކަމަށް ބުނަމުން ދިޔައެވެ. ކުރީ ދުވަހު އަހަރެންނާއި ދިމާލަށް އެއްޗެހިކީ އަޒިޔަދުކަމާއި އޭނަ އެކަން ކުރީ އަހަރެންނާއި ވާހަކަ ދެއްކުމުގެ ބޭނުމުގައި ކަމުގައި ބުނަމުން ދިޔައެވެ. ނަމަވެސް އޭނަ ދެއްކި އެއްވެސް ވާހަކަ އެއް އަޑުއިވޭ ކަމަށްވެސް ނުހަދައި އަހަރެން ހިގައި ގަތީމެވެ. ބާރުބާރަށް ގޮސް އޮފީހަށް ވަނީމެވެ.

އޮފީސް ނިމިގެން ގެޔަށް ދިއުމަށްޓަކައި ނިކުތްއިރު އަޒިޔަދު އޮފީސް ދޮރުމަތީގައި ހުއްޓެވެ. އަހަރެން ހަނދާނެ ގޮތް ހުސްވިއެވެ. ކަންބޮޑުވެ ހުރެ ހާލުގައި ގެޔަށް ދިއުމަށްޓަކައި ހިގައިގަތީމެވެ. ވަރަށް ލޯބިން '' ސަރާ '' އޭ ކިޔާ ގޮވާލިއެވެ. ހީވީ ގައިން ހީބިހި ނަގައިގެން ދިޔަހެންނެވެ. އޭނަ ގޮވާލީ އޭހާވެސް ލޯބިންނެވެ. ދެމީހުން ލޯބިވެގެން އުޅުނުއިރު އަހަރެންނަށް ގޮވާލާހެންނެވެ. އެހާވެސް ލޯބިން އަސަރާއެކުގައެވެ. ބޭ އިހުތިޔާރުގައި ފަސްއެބުރި ބަލާލީމެވެ. އަދި އަޒިޔަދުގެ މޫނުމަތިން ފެނުނީ މާޔޫސްކަމެވެ. ހީވަނީ ރޮވިފައި ހުރިހެންނެވެ. ނަމަވެސް އަހަރެން އިތުރަށް ހިތްވަރު ކުރީމެވެ. ދެރަވެފައި ހުރިކަން ނުދެއްކުމަށެވެ. ކުރިއަށް ހިގައިގަތީމެވެ. އަންހެނުން ވަރިކޮށްފައި ހުރިކަމާއި ކުރިން ކުރެވިފައި ހުރިހާ ކަމަށް މަޢާފަށް އެދެން ފެށިއެވެ. މަގުމަތިން ހިގާފައި ދިޔަ މީހުންވެސް އޭނަ އުޅޭގޮތުން ބަލަން ފެށިއެވެ. މަގުމަތިން ދިޔަ ކާރެއް ހުއްޓުވުމަށްފަހު އަހަރެން ކާރަށް އެރީމެވެ.

ކާރުގޮސް ގޭދޮށަށް މަޑުކުރިއިރު އަޒިޔަދު ގެ ދޮރުމަތީގައި ހުއްޓެވެ. އޭނަ ދައްކާ ވާހަކަ އަޑުއެހުމަށް އަހަރެންނަށް މަޖުބޫރު ކުރުވިއެވެ. އެންމެ ފަހުން ދެއްކި ހުރިހާ ވާހަކައެއް އަޑުއެހީމެވެ. ދުވަހަކުވެސް ދެން އަހަރެންނަށް އުދަގޫނުކުރާނަމޭ ބުނަމުން ދިޔައެވެ. ކުރެވިފައިވާ ކުށަށް އިޢުތިރާފު ވީކަން އެގުނީމަ، މަޢާފު ކުރީމެވެ. ނަމަވެސް އަހަރެން އެއްގޮތަކަށްވެސް ދެވަނަ ފަހަރަށް އަޒިޔަދު އާއި ގުޅޭކަށް ބޭނުމެއް ނެތްވާހަކަ ބުނީމެވެ. އެކަމާއި އޭނަ ހުރީ ވަރަށް ދެރަވެފައިއެވެ. ނަމަވެސް މަޢާފް ކުރީމަ ހުރީ ކޮންމެވެސް ވަރަކަށް ހިތްހަމަޖެހިފައެވެ. އޭނަ ހިގައިގަތުމުން އަހަރެންވެސް ގޮސް ގެޔަށް ވަނީމެވެ.

މިޔަދު އަހަރެންނަށް ކޮންމެވެސް ވަރަކަށް ހިތްހަމަ ޖެހުމެއް ލިބުނެވެ. އަހަރެންގެ ގާތުން މަޢާފަށް އެދުނީމައެވެ. އޭނަގެ ފަރާތުން ދެން އެއްވެސް ކަހަލަ އުދަގުލެއް ނުވާނެކަން އެގުނީމައެވެ. އަހަރެން ގެއަށް ވަތްތަނާހެން ފޯނަށް މެސެޖެއް އަަތުވެއްޖެއެވެ. މެސެޖު ކިޔާލީމެވެ. އޭގައި ވަނީ '' ސަރާ ދެކެ ވަރަށް ލޯބިވޭ. މިއީ ލޯބިވާ އަޒިޔަދު.މިއީ އެންމެ ފަހުގެ މެސެޖު. މަޢާފުކުރިކަމަށްޓަކައި ޝުކުރިއްޔާ '' މިހެންނެވެ. އަހަރެން އެ މެސެޖުއަކަށް ޖަވާބު އެއް ނުދެމެވެ. އަޒިޔަދުގެ އެއްވެސް ހަނދާނެއް އަހަރެންގެ އަތުގައި ބަހައްޓާކަށް ބޭނުމެއް ނުވިއެވެ. އެހެންވެ އަހަރެންގެ ފޯނުން އެމެސެޖު ފުހެލީމެވެ. ( ނިމުނީ )
Share this article :

ސުރުހީ އާއި ގުޅޭ ލިޔުންތައް

Posted by Unknown at 00:50
Email ThisBlogThis!Share to XShare to Facebook
Labels: ހާލަތު, ހިޔާލީ, އިޤުތިޞާދު, އިޖުތިމާއީ, ވާހަކަ, މައްސަލަތައް, ސިއްހީ

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

މަޤުބޫލު ލިޔުންތައް

  • ފިރިހެނުންގެ ބައެއް ސިއްރު ކަންތައްތައް އެގެން ބޭނުންތަ؟
    ތި ކަނބަލުންގެ ހަޔާތުގެ ބައިވެރިޔާއަކީ ދިމާވާ ކަންތައްތައް ކިޔައިދީ ކަމެއް ދިމާވުމުން އެކަމާމެދު ވިސްނާ ފިކުރުކޮށް ނުވަތަ ...
  • ކައިވެނީގައި ޖެހޭ މައްސަލަތައް ހައްލުކުރާނެ ގޮތް
    ދެބަސްވުމާއި، ކަންކަމުގައި ހިޔާލުތަފާތުވުމާއި، ދެމީހުން އެކަކު އަނެކަކާއި މައްސަލަ ޖެހި ކުދިކުދި ހަމަނުޖެހުން ހި...
  • ފިރިހެނުން ދެކެ އަންހެނުން ލޯބިވަނީ ކީއްވެ؟
    ކޮންމެ އަންހެނަކުވެސް ތިމާ އެމީހަކު ދެކެ ލޯބިވާ ފިރިހެނެއް ބޭނުންވާނެ އެވެ. ކޮންމެ ފިރިހެނަކުވެސް ތިމާ ދެކެ ލޯބިވާ އަނ...
  • ދެމީހުންގެ މެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
    ޒަވާޖީ ހަޔާތެއް ނުވަތަ ލޯބި ވެގެންއުޅޭ ދެމީހުންގެ ދެމެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި، ދެމީހުންގެ ދެމެދުގައ...
  • ހަޔާތުގެ ބައިވެރިޔާއަށް އޮޅުވާލާ މަކަރު ހަދަނީ ކީއްވެ؟
    އެމެރިކާގައި ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ކައިވެނި ކޮށްގެން އުޅޭ މީހުންގެ ތެރެއިން %25 ފިރިހެނުންނަކީ، ...

Find Us on Facebook

About Me

Unknown
View my complete profile

Template modified by : Afey Afra
Copyright © 2011. Dhirun - All Rights Reserved