Dhirun
  • ފުރަތަމަ ސަފްހާ
  • ސިއްޚީ
    • ތަފާތު ބަލިތައް
    • ދުޅަހެޔޮކަން
    • ރަނގަޅު ކާނާ
    • ކާނާ
  • ޒީނަތްތެރިކަން
  • އިގުތިސާދު
    • ތިއަރީ
    • ހާލަތް
  • އިޖުތިމާއީ
    • މައްސަލަތައް
    • ނިޒާމު
  • ވާހަކަ
    • ހަޤިޤީ
    • ހިޔާލީ
  • މުނިފޫހި
  • އިތުރު ލިޔުންތެރިން

skip to main | skip to sidebar
Blogger Tips and TricksLatest Tips And TricksBlogger Tricks

Widgets

Home » ހާލަތު , ބަލިތައް , އިޤުތިޞާދު , އިޖުތިމާއީ , މައްސަލަތައް , ސިއްހީ » ކުދިން އަމިއްލަ ނަފްސަށް ކުރާ އިތުބާރަށް އަސަރު ކުރާ ބައެއް ކަންތައް

ކުދިން އަމިއްލަ ނަފްސަށް ކުރާ އިތުބާރަށް އަސަރު ކުރާ ބައެއް ކަންތައް

Friday, 13 May 2016 | 0 comments









ކޮންމެ ކުއްޖަކަވީވެސް އެންމެ ރަނގަޅު އެހާމެ ފުރިހަމަ ކުއްޖެއްގޮތުގައި ވުމަށް ބެލެނިވެރިން ބޭނުންވެއެވެ. ނަމަވެސް ބެލެނިވެރިންނަށް ކުރެވޭ ބައެއް ކަންތައްތަކުން ކުއްޖާ ފުރިހަމަ ރަނގަޅު ކުއްޖަކަށްވުމަށްޓަކައި ހުރަސްތަށް އެޅޭގޮތް ވެގެންދެވެ. މާބޮޑަށް ކުއްޖާ އާއި ހެދި އުޅުމުންވެސް ކުއްޖާގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ދަށްވެގެންދެއެވެ.

ތިރީގައި މިވާ ބައެއް ކަންތައްތަކަކީ ކުއްޖާގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ދައްވުމަށް ދިމާވާ ބައެއް ކަންތައްތަކެވެ.

1. މާބާރަށް އަޑުހަރުކޮން ކުއްޖާގެ ނަމުން ގޮވުން؛ މިގޮތަށް އަޑުގަދަކޮން ކުއްޖާއަށް ގޮވީމަ ކުއްޖާ ބިރުގަނެ ކަންތައްތަކާއި ކުރިމަތިލުމަށް ޖެހެލުންވެގެންދެވެ.
2. މާބޮޑަށް ހުޝާމަތުކުރުން؛ ކުއްޖާ ކަމެއް ކުރަން އުޅޭއިރު، އެކަމެއް ކޮށް ނުނިމެނީސް ކުއްޖާގެ ލަޔާގަތާއި ގާބިލްކަން ނެތްކަން އިގޭއިރުވެސް ކުއްޖާއަށް ހިތްވަރު ދިނުމުގެ ބަދަލުގައި މާބޮޑަށް ހުޝާމަތު ކުރުމަކީ ކުއްޖާގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރަށް އަސަރު ކުރާ ކަމެކެވެ.
3. ކުއްޖާއަށް މާ ފަސޭހައިން ކަންތައް ކުރެވޭގޮތަށް ހުރުން؛ ކުއްޖާއަށް ބޭނުންވާ މައުލޫމާތު ދީގެން ކުއްޖާލައްވާ ކަންތައްތަށް ކުރުވާށެވެ. ކުއްޖާއަށް ކަންތައްކުރަންވީ ގޮތުގެ މަގުދައްކައި ދިނުމަކީވެސް މައްސަލައެއް ނޫނެވެ. ނަމަވެސް އެއްވެސް މަސައްކަތެއް ނުކޮށް ކުއްޖާއަށް ކަންތައް ކުރެވޭ ގޮތަށް މަސައްކަތް ހަވާލުނުކުރާށެވެ. ކުއްޖާގެ މަސައްކަތާއި ވިސްނުމާއި އެކު ކުރެވޭ ގޮތަށް ކަންތައްތަށް ހަވާލުކުރުމަކީ މުހިންމު ކަމެކެވެ.
4. ހުރިހާކަމެއް ފުރިހަމަ ކޮށްދީފައިހުރުން؛ ގަޑުވަރެއްގައި ހުންނަ ގޮތަށް ކުއްޖާއަށް ހުރިހާކަމެއްވެސް ފުރާ ފުރިހަމަ ވެފައި ހުންނަގޮތަށް، ކޮށްދީފައި ހުރުމަކީ އެހާ ރަނގަޅު ކަމެއްނޫނެވެ. ކުދިންގެ ވިސްނުމާއި އަދި ކަންތަކާއި މެދު ކުރާ ފިކުރު އިތުރަށް ތަރައްގީ ވެގެންދާނީ ކުދިން ކަންތައް ކުރާއިރު ކުދިންނަށް ގޯސްކޮންވެސް ކަންތައް ކުރެވިގެންނެވެ. އޭރުން އެކަމަކާއި މެދު ކުއްޖާ އިތުރަށް ވިސްނާ އެކަންތައް އިތުރަށް ތަރައްގީކުރާނެ ގޮތަކާމެދު ވިސްނަށް ފަށާނެވެ.
5. ކުދިންނަށް ދޭންޖެހޭ ވަގުތު ނުދީ އެހެނިހެން ކަންތައްތަކުގައި ބެލެނިވެރިން މަސްއޫލު ވެގެން އުޅުން؛ ކުދިންނަށްވެސް ކުއްޖާއަކީ އެކުދިންގެ މައިންބަފައިންނަށް މުހިންމު ކުއްޖެއްކަން ވިސްނޭނީ އެކުދިންނަށް ދޭންޖެހޭ ސަމާލުކަން ދީގެންނެވެ. ކުދިންނަށް ލޯބާއި އަޅާލުމަކީ ވަރަށް މުހިންމު ކަމެކެވެ.
6. ކޮންމެ ކަމެއް ކޮންމެ ގޮތަކަށްދިޔަސް އަޅާނުލާ ދޫކޮށްލުން؛ މިގޮތަށް ހެދުމުގެ ބަދަލުގައި ކުއްޖާއަށް ކަމެއް ދިމާވެއްޖެނަމަ އެކަމެއް ވެގެން އުޅޭގޮތް ރަނގަޅަށް ބަލާށެވެ. ކުއްޖާގެ ވާހަކަތައް ކަނުލާ އަޑުއަހާށެވެ. އަދި ވަގުތުން ކަމެއް ހައްލުކުރަންޖެހޭނަމަ އެކަމެއް ހައްލު ކޮށްދޭށެވެ.
7. ކަންކަމުގައި ނުރަނގަޅު ގޮތަށް ދެކުން؛ ކުދިން ދޭ ހިޔާލުތަކަށް އިހުތިރާމު ކުރާށެވެ. ކޮންމެ ކަމެއްވެސް އޭގެ އެންމެ ރަނގަޅު ގޮތުގައި ދެކޭށެވެ. ކަމެއްގެ ހިޔާލު ދިނުމަށް އެކަމަށް މަލާމަތް ކޮށް ނުހަދާށެވެ.
މީގެ އިތުރުންވެސް މިފަދަ ކަމެއް ދިމާވެދާނެ ކަންތައްތަކުގެ ތެރޭގައި، ބެލެނިވެރިން ކުދިން ގާތުގައި ކުރަން ބުނާ ކަންތައް ނުވަތަ ބެލެނިވެރިންގެ ފަރާތުން ކުދިންނަށް ދައްކަންޖެހޭ ނަމޫނާ ނުދެއްކުން ހިމެނެވެ.
Share this article :

ސުރުހީ އާއި ގުޅޭ ލިޔުންތައް

Posted by Unknown at 02:23
Email ThisBlogThis!Share to XShare to Facebook
Labels: ހާލަތު, ބަލިތައް, އިޤުތިޞާދު, އިޖުތިމާއީ, މައްސަލަތައް, ސިއްހީ

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

މަޤުބޫލު ލިޔުންތައް

  • ފިރިހެނުންގެ ބައެއް ސިއްރު ކަންތައްތައް އެގެން ބޭނުންތަ؟
    ތި ކަނބަލުންގެ ހަޔާތުގެ ބައިވެރިޔާއަކީ ދިމާވާ ކަންތައްތައް ކިޔައިދީ ކަމެއް ދިމާވުމުން އެކަމާމެދު ވިސްނާ ފިކުރުކޮށް ނުވަތަ ...
  • ކައިވެނީގައި ޖެހޭ މައްސަލަތައް ހައްލުކުރާނެ ގޮތް
    ދެބަސްވުމާއި، ކަންކަމުގައި ހިޔާލުތަފާތުވުމާއި، ދެމީހުން އެކަކު އަނެކަކާއި މައްސަލަ ޖެހި ކުދިކުދި ހަމަނުޖެހުން ހި...
  • ފިރިހެނުން ދެކެ އަންހެނުން ލޯބިވަނީ ކީއްވެ؟
    ކޮންމެ އަންހެނަކުވެސް ތިމާ އެމީހަކު ދެކެ ލޯބިވާ ފިރިހެނެއް ބޭނުންވާނެ އެވެ. ކޮންމެ ފިރިހެނަކުވެސް ތިމާ ދެކެ ލޯބިވާ އަނ...
  • ދެމީހުންގެ މެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
    ޒަވާޖީ ހަޔާތެއް ނުވަތަ ލޯބި ވެގެންއުޅޭ ދެމީހުންގެ ދެމެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި، ދެމީހުންގެ ދެމެދުގައ...
  • ހަޔާތުގެ ބައިވެރިޔާއަށް އޮޅުވާލާ މަކަރު ހަދަނީ ކީއްވެ؟
    އެމެރިކާގައި ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ކައިވެނި ކޮށްގެން އުޅޭ މީހުންގެ ތެރެއިން %25 ފިރިހެނުންނަކީ، ...

Find Us on Facebook

About Me

Unknown
View my complete profile

Template modified by : Afey Afra
Copyright © 2011. Dhirun - All Rights Reserved