Dhirun
  • ފުރަތަމަ ސަފްހާ
  • ސިއްޚީ
    • ތަފާތު ބަލިތައް
    • ދުޅަހެޔޮކަން
    • ރަނގަޅު ކާނާ
    • ކާނާ
  • ޒީނަތްތެރިކަން
  • އިގުތިސާދު
    • ތިއަރީ
    • ހާލަތް
  • އިޖުތިމާއީ
    • މައްސަލަތައް
    • ނިޒާމު
  • ވާހަކަ
    • ހަޤިޤީ
    • ހިޔާލީ
  • މުނިފޫހި
  • އިތުރު ލިޔުންތެރިން

skip to main | skip to sidebar
Blogger Tips and TricksLatest Tips And TricksBlogger Tricks

Widgets

Home » ހާލަތު , ހިޔާލީ , ނިޒާމު , ބަލިތައް , އިޤުތިޞާދު , އިޖުތިމާއީ , ވާހަކަ , މައްސަލަތައް , މުނިފޫހިފިލުވުން , ސިއްހީ » ސަމާސާ

ސަމާސާ

Saturday, 14 May 2016 | 0 comments








ކަނޑު މަޑުދުވަހެކެވެ. ދޯނީ އޭގެ އެންމެ ހަލުވި ބާރުމިނުގައި ދަތުރު ކުރަމުންދިޔައެވެ. ފަރި ދުވެލީގައި އެއްވެސް ހުރަހެއްނެތިއެވެ. އެންމެ ރާޅެއްވެސް ދޯނީގެ ދުވެލިއަކަށް ހުރަހެއް ނާޅައެވެ. ވަށައިގެން ފެންނަނީ ރީތި ނަލަނަލަ ދޮންވެލީގެ ގޮނޑުދޮށްތަކާއި ރީތި ބޮޑެތި ފެހިކުލައިގެ ގަސްތަކާއި ރުއްތައް ކުލެވިގެންވާ ރީތި ރަށްތަކެވެ. ދާތި ދުރުން އަހަރެންގެ އުފަން ރަށްކަމުގައިވާ ބ. ކެންދޫ ފެންނަށް އޮތެވެ. ދޯނި އޭގެ އެންމެ ހަލުވިކަމާއި އެކު ރަށާއި ދިމާލަށް ދަތުރުކުރަމުން ދިޔައެވެ.  ރަށަށް ލަފާ ވަގުތު ކާރިވާ ވަރަކަށް އަހަރެންގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. އެއީ އަހަރެން އެންމެ ލޯބިވާ ޒޯޔާ އާއި ބައްދަލު ކުރެވޭތީއެވެ. ޒޯޔާ އަކީ އަހަރެން ކުޑަ އިރުގެވެސް ގާތް އެކުވެރިއެކެވެ. އޭރުވެސް އަހަރެމެން ދެމީހުން ނަކީ އެކަކު އަނެކަށް، އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭ ދެމީހުންނެވެ. ކޮންމެ ކަހަލަ ކާ އެއްޗެއް ލިބުނަސް، ޒޯޔާ އަހަރެންނަށް ނުދީ ނުކައެވެ. އޭގެން އެއްބައި އަބަދުވެސް އަހަރެންނަށް ދިނުމަށްޓަކައި ފޮރުވާފައި ހުރެވެ.

ދޯނި ނެރުން ވަދެެ ރަށުގެ ބަދަރާއި ކައިރިކޮށްލިއެވެ. ކުރިއަށްވުރެވެސް ބާރަށް އަހަރެންގެ ހިތް ތެޅެން ފެށިއެވެ. ބަނދަރާ ދިމާލަށް ބަލާލީމެވެ. އެތަނުގައި ތިބީ ކޮންބައެއްތޯ ބެލުމަށެވެ. ބަދަރު މަތީގައި މީހުން ބޮޑިބޮޑިއަށް ޖަމާވެފައި ތިއްބެވެ. އެއީ އާދައިގެ މަތިން މާލެއިން ރަށަށް ދޯނި ލަފާއިރު މީހުން ބަދަރުމަތީގައި ތިބޭ އުސޫލުންނާއި، ބައެއް މީހުންގެ ގާތްތިމާގެ މީހުން އަންނާތީވެ، އެމީހުންނާއި ބައްދަލުކޮށްލުމަށެވެ. އަހަރެންވެސް ޒޯޔާ ފެނޭތޯ ކޮޅުކޮޅަށް ބަލަން ފެށީމެވެ. ހިތަށް އެރިއެވެ. އަހަރެން ހާދަ މޮޔައެވެ. ކިތަންމެ ވަރަކަށް ބެލިޔަސް ޒޯޔާ ފެންނާނީ ކިހިނެއްހެއްޔެވެ. ޒޯޔާ ފެނުނަސް ވަކިކުރާކަށް ނޭގޭނެއެވެ. އެންމެ ފަހުން ދެމީހުން ބައްދަލުވީ މީގެ 05 އަަހަރު ކުރިންނެވެ. އޭގެ ފަހުން ދެމީހުން ބައްދަލެއްނުވެ. މުޅިންވެސް ވާހަކަ ދައްކަނީ ފޯނުންނެވެ. އާދެސް ކޮށްކޮށް ފޯޓެއްވެސް ނުފޮނުވިއެވެ. ޒޯޔާ ބޭނުންވަނީ އަހަރެންނަށް ސަޕްރައިޒެއް ދިނުމަށެވެ.

އަހަރެން މާލެ ދިޔައީ ކިޔަވާށެވެ. ލިބުނު ސްކޮލަޝިޕެއްގައި ދެން ދިޔައީ ސްރީލަންކާއަށެވެ. ކިޔަވާ ނިމުމަށްފަހު، މާލެ އައިސް ބޭނުންވީ އާއިލާގެ މީހުންނާއި ބައްދަލު ކުރާށެވެ. އާއިލާގެ މީހުންގެ އިތުރުންވެސް އެންމެ ބޮޑަށް ބޭނުންވީ ޒޯޔާ އާއި ބައްދަލު ކުރާށެވެ. ޒޯޔާ ދެކެލުމަށެވެ. ލޯބިން ޒޯޔާ ގައިގައި ބައްދާލާށެވެ.

ހާސްވެ ހުރެ ދޯނިން ފައިބައިފީމެވެ. ދެކޮޅަށް ބަލާލީމެވެ. ޒޯޔާ ނުފެނުނަސް މަންމަ ފެނޭތޯއެވެ. ނަމަވެސް މަންމަވެސް ފެންނާކަށްނެތެވެ. ކޮނޑުގައި ދަބަސް އަޅުވައިގެން ގެޔާ ދިމާލަށް ހިގައިގަތީމެވެ. މީހަކު އައިސް އަތުގައި ހިފުމާއެކު ފަސް އެބުރީ ބަލާލީމެވެ. އުފަލުން ގޮސް ހަނދާނެގޮތް ހުސްވިއެވެ. '' މަންމާ '' އޭ ކިޔާ އަޑުގެ ނެތްތަނަށް ހަޅޭއްލަވާ ގަނެވުނުވެ.

މަންމަ އަހަރެން އަތުގައި ހިފަހައްޓައިގެން ހުރި އިރުވެސް އިރުކޮޅަކާއި އަރިއަރި މައްޗަށް ބަލަމުން ދިޔައީމެވެ. ޒޯޔާ ފެނޭތޯ އެވެ. މިހާރު ޒޯޔާ ހުންނަ ސިފަ ވަރަށް ބަލާލާހިތްވެއެވެ. ޒޯޔާ އެންމެ ފަހުން ފެނުނީ އޭނަގެ އުމުރުން 13 އަހަރުގައެވެ. އޭރު އަހަރެންގެ އުމުރަކީ 16 އަހަރެވެ. މިހާރު ޒޯޔާ އަށް 18 އަހަރު ވީއެވެ. ކުރިން އަހަރެންނާއި މެދު ބެހެއްޓި އޯގާތެރިކަމާއި ގާތްކަން ހުރެ ދާނެ ބާއޭ ހިތަށް އަރަމުން ދިޔައެވެ.

ގެޔަށް އާދެވުނު އިރުވެސް އަހަރެންނަކަށް ނޭގުނެވެ. ކޮޓަރި ތެރޭގައި، ދަބަސް ބަހައްޓާފައި ޒޯޔާ ފެނޭތޯ އެގެޔާ ދިމާލަށް ދިއުމަށްޓަކައި ހިގައި ގަތީމެވެ. އަހަރެންވެސް، މާލެއިން ރަށް އައިކަން ފޯނުންގުޅާ ޒޯޔާއަށް އަންގާކަށް ބޭނުމެއް ނުވިއެވެ. އެއީ ޒޯޔާއަށް ސަޕްރައިޒެއް ދިނުމަށެވެ.

ޒޯޔާ އުޅޭ ގެޔާ ކައިރިވާވަރަކަށް އަހަރެންގެ ހިތް ކުރިއަށްވުރެ ބާރަށް ތެޅެމުން ދިޔައެވެ. އަވަސް ފިޔަވަޅު ތަކާއެކު ހިތް ނުތަނަވަސްެެ ހާލުގައި ހުރެ ހިގަމުން ދަނިކޮން ޒޯޔާ އުޅޭ ގެކައިރިއަށް  އާދެވިއްޖެއެވެ. އެގޭ ދޮރުގެ ތަޅުގައި ހިފާލީމެވެ. ދޮރު ހުރީ ތަޅުލާފައެވެ. ދެފަހަރަކު ދޮރުގައި ޖަހާލިތަނާހެން ދޮރު ހުޅުވާލިއެވެ. ދޮރު ހުޅުވީ މަޑު ފިޔާތޮށި ކުލާގެ ހެދުމެއް ލައިގެންހުރި ވަރަށް ރީތި އަންހެން ކުއްޖެކެވެ. އެކުއްޖާގެ ތިރިން ފެށިގެން މައްޗަށް ބަލާލީމެވެ. ލިބުނީ ކުއްލި ސިހުމެކެވެ. ސިކުޑީގައި އެތަށް ސުވާލުތަކެއް ދައުރުވަމުން ދިޔައެވެ. އަނެއްކާ މީ ކޮންކުއްޖެއް ބާއެވެ؟ ޒޯޔާ ނަމަ މީހަކާއި ކައިވެނި ކުރީ ކޮންއިރަކު ބާއެވެ؟ ނޫނެކެވެ. މި ކުއްޖާއަކީ އަހަރެންގެ ޒޯޔާ އަކަށް ނުވާނެވެ.

ހައިރާންވީ ދޮރުހުޅުވި ކުއްޖާ މާބަނޑުވީމައެވެ. އަޑު ތުރުތުރު އަޅާ ހާލުގައިހުރެ ދޮރު ހުޅުވާލި ކުއްޖާގެ ނަން އަހާލީމެވެ. ޖަވާބުގައި '' ޒޯޔާ '' އޭ ބުނެލިއެވެ. ހީވީ ބިންގަޑު ފައިދަށުން ދެމިގެން ދިޔަހެންނެވެ. ހަދާނެ ގޮތް ހުސްވިއެވެ. އިތުރަށް އެއްވެސް ސުވާލެއް ކުރާނެ ހިތްވަރެއް ނެތެވެ. ގެޔާ ދިމާލަށް ދިއުމަށް ހިގައި ގަތީމެވެ. ޒޯޔާ އަހަރެން އައި ބޭނުން ސާފުކުރުމަށް ބޭނުންވިއެވެ. އަދި އަހަރެންގެ ނަމަކީ ރާއިދު ތޯ އަހާލިއެވެ. ޒޯޔާގެ އެކުވެރި ރާއިދު އާއި އަހަރެން ވަރަށް ވައްތަރު ކަމަށް ބުންޏެވެ. ފެންކަޅިވެ ހުރެ ހާލުގައި އަހަރެން  އާންއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީމެވެ. އަހަރެންނަކީ ޒޯޔާގެ އެކުވެރި ރާއިދު ކަން އެގުމުން ޒޯޔާގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ނަމަވެސް މިއަދު އަހަރެން އެހާ އުފަލެއް ނުވެ. ބޭނުންވަނީ އަވަހަށް ޒޯޔާ ލޯމަތިން ގެއްލޭށެވެ. އަހަރެން ގެޔަށް ދިއުމަށްޓަކައި ހިގައިގަތީމެވެ. ނަމަވެސް ޒޯޔާ އަހަރެން އަތުގައި ހިފާ ގޭތެރެއަށް ވަނުމަށް އެދުނެވެ. އެހެން ފަހަރަކުން އަންނާނީ ކަމަށްބުނެ އަހަރެން ހިގައިގަތީމެވެ.

ޒޯޔާ އެއްވެސް އެއްޗެކޭ ނުބުނެ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. ކުރިއަށް ވުރެ ބޮޑަށް އަހަރެން ދެރަވިއެވެ. ޒޯޔާ އެހާ ބަދަލު ވެދާނެކަމަށް އަހަރެން ހިތަށްވެސް ނާރައެވެ. މީހަކާއި ކައިވެނި ކުރިއިރު އަންގާލިނަމަ މިއަދު މިހާ ދެރަވާކަށް ނުޖެހުނީހެއެވެ.
އަހަރެން ގެޔަށް ދިއުމަށްޓަކައި ހިގައިގަތީމެވެ. ބޭނުންވަނީ ރަށުންވެސް ފުރާގެން ދާށެވެ. އެންމެ ހިނދުކޮޅަކަށްވެސް ރަށުގައި ހުންނާކަށް ބޭނުމެއް ނުވިއެވެ.

ޒޯޔާ އެގޮތަށް ކަންތަން ކޮށްފާނެ ކަމަށް އަހަރެން ހިތަކަށްވެސް ނާރައެވެ. ވާހަކަ ދައްކާ އިރު މީހަކާއި ކައިވެނި ކޮށްގެން އުޅޭ ހެންވެސް ހިއެއްނުވެ. ގެޔަށް ވަދެވުނު ކަމެއްވެސް ނޭގުނެވެ. ކޮޓަރި އަށްވަދެ ދޮރު ތަޅުލީމެވެ. ފޯނު ނިންވާލުމަށްފަހު، އެދުމައްޗަށް އަރާ މޫނު މަތީގައި ބާލިސް އެޅީމެވެ. ގިސްލަ ގިސްލާފައި ބާރަށް ރޯންފެށީމެވެ.
ނިދުނީ ކޮން އިރަކު ކަމެއްވެސް ނޭގުނެވެ. ހޭލެވުނީ މަންމަ ގޮވާއަޑަށެވެ. ދޮރު ހުޅުވާކަށް ބޭނުމެއް ނުވިއެވެ. ބޭނުންވަނީ ކޮޓަރި ތެރޭގައި އެކަނި ހުންނާށެވެ. އެއްވެސް މީހަކާއި ބައްދަލު ކުރާކަށްވެސް ބޭނުމެއް ނުވިއެވެ.
ޒޯޔާ އަހަރެން ނޫން އެއްވެސް މީހަކާއި ކައިވެނި ނުކުރާނެކަމަށް ވައުދުވިއެވެ. އަދިވެސް އަހަރެންނަށް ގަބޫލެއް ނުކުރެވެެ. އެގޮތަށް ޒޯޔާ ކަންތައް ކޮންފާނެބާއޭ ހިތާހިތާ ސުވާލު ކުރެވެ. އެގޮތަށް ކަންތަށް ކޮށްފިނަމަ އެވާނީ ކޮންމެވެސް މަޖުބޫރީ ހާލަތެއް ދިމާވި ކަމަށެވެ. މިޔަދު އަހަރެންވެސް އަމިއްލަ ނަފްސު ދެކެ ރުޅި އާދެއެވެ. ޒޯޔާ އަކީ ކޮންކަހަލަ ކުއްޖެއްކަން ދެނެ ނުގަނެވުނީމައެވެ. މި ހުރިހާ ދުވަހު އެކުގައި އުޅުނުއިރު ކާކުކަން ނޭގުނީމައެވެ.
އިރު އޮށްސުމާއެކު، ކޮނޑުގައި ދަބަސް އަޅުވައިގެން ހުރެ ކޮޓަރި ތެރެއިން ބޭރަށް ނުކުތީ ރަށުން ފުރައިގެން މާލެ ދިއުމަށްޓަކައެވެ. އަހަރެން ފެނުމާއެކު މަންމަ ހުރީ އަޖައިބު ވެފައެވެ. ބުނާނެ އެއްޗެއްވެސް ނޭގިފައެވެ. މަންމަ އާއި ސަލާމް ކޮށްލާފައި ފުރަންދަނީ އޭ ބުނެ ބަދަރު މައްޗަށް ދިއުމަށްޓަކައި ހިގައި ގަތީމެވެ. އަހަރެން ރަށުން ފުރައިގެން އެހާ އަވަހަށް ދާތީވެ މަންމަ ހުރީ ވަރަށް ދެރަވެފައެވެ. މަންމަ ދެރަވެފައި ހުރި މަންޒަރު ފެނުމާއެކު، ރަށުގައި މަޑުކުރަންވެސް ބޭނުންވިއެވެ. ނަމަވެސް، މި ދިމާވި ކަންތަކުގެ ސަބަބުން އެއްގޮތަކަށްވެސް ރަށުގައި ހުންނާކަށް ބޭނުމެއް ނުވިއެވެ. ފަސްއެބުރި ބެލުމެއްނެތި އަވަސް އަވަހަށް ގޮސް ފުރަން ތައްޔާރު ވެފައި އޮތް ދޯންޏަށް އެރީމެވެ. ދޯންޏަށް އެރުމަށްފަހު ފުރަތަމަވެސް ބެލީ ޖައްސާލާނެ ތަނެއް ފެނޭތޯއެވެ. ގެންގުޅުން ދަބަސް ބޯދޮށަށް ލުމަށްފަހު، ފުރަތަމަ ފެނުނު ހުސްޖާގައިގައި އޮށޯވެއްޖައީމެވެ. ނިދޭތޯ މަސައްކަތްކޮށްކޮށް ނިދޭ ގޮތެއް ނުވިއެވެ. ލޯމަރާލާ ކޮންމެ ފަހަރަކު ފެންނަނީ ޒޯޔާ އެވެ. ހިތަށްއަރަނީ އެއްވެސް ރަހުމަތްނެތި ޒޯޔާ މިޔަދު އަހަރެންނަށް ކަންތަށް ކުރި ގޮތެވެ.

މީހަކު އައިސް އަހަރެން މަގަތުގައި އޮށޯވިހެން، ހީވެގެން އެދިމާލަށް ބަލާލިއިރު ފެނުނީ ޒޯޔާއެވެ. ޒޯޔާ އައިސް އަހަރެންގެ އަތުގައި ހިފިއެވެ. ފުރައިގެން ނުދިއުމަށް އެދުނެވެ. އަނދިރި ކަމުން ރަނގަޅަށް ޒޯޔާ ފެންނަ ވަރެއް ނުވިއެވެ. ކާރީގައި ހުރެގެން އާދޭސް ކުރަމުން ދިޔައެވެ. ޒޯޔާ ދެރަކޮށްފައި ފުރާގެން ދިއުމަކަށް އަހަރެންނަކަށް ނުކެރުނެވެ. ޒޯޔާ ކިބައިން ސާފު ކުރަން ބޭނުންވި އެތަށް ކަމެއް ހުއްޓެވެ. އެތަށް ހާސް ސުވާލުތަކެއް އެއްފަހަރާ ކުރަން ބޭނުންވިއެވެ. ނަމަވެސް ދޯނިމަތީގައި މީހުން ކޮޅުކޮޅަށް ހިގާތީވެ އިތުރު ސުވާލު ތަކެއް ކުރުމެއްނެތި، ޒޯޔާ އާއެކު ދޯނިން ފޭބީމެވެ. ބަނދަރު މަތީގައި ދިއްލާފައި ހުރި ބޮކިތަކުގެ  އަލިކަމުގެ ތެރެއިން ޒޯޔާ ފެނުމާއެކު ދިޔައީ ސިއްސައިގެންނެވެ. ޒޯޔާގެ ބަނޑަށްވީ އަނެއްކާ ކިހިނެއްބާއޭ ހިތަށްއެރިއެވެ. ލަތުވެތި ހިނިތުންވުމަކާއެކު، ހީލުމަށްފަހު، އަހަރެންގެ އަތުގައި ހިފާ ޒޯޔާގެ  ގަޔާ އަހަރެން ކައިރިކޮށްލިއެވެ. އަދި މީހަކާއި ކައިވެނި ނުކުރާ ކަމަށާއި، އެއީ އަހަރެން އުޅޭގޮތް ބެލުމަށްޓަކައި ކޮށްލި ލޯބީގެ ސަމާސާއެއް ކަމަށް ބުންޏެވެ. ( ނިމުނީ )
Share this article :

ސުރުހީ އާއި ގުޅޭ ލިޔުންތައް

Posted by Unknown at 01:28
Email ThisBlogThis!Share to XShare to Facebook
Labels: ހާލަތު, ހިޔާލީ, ނިޒާމު, ބަލިތައް, އިޤުތިޞާދު, އިޖުތިމާއީ, ވާހަކަ, މައްސަލަތައް, މުނިފޫހިފިލުވުން, ސިއްހީ

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

މަޤުބޫލު ލިޔުންތައް

  • ފިރިހެނުންގެ ބައެއް ސިއްރު ކަންތައްތައް އެގެން ބޭނުންތަ؟
    ތި ކަނބަލުންގެ ހަޔާތުގެ ބައިވެރިޔާއަކީ ދިމާވާ ކަންތައްތައް ކިޔައިދީ ކަމެއް ދިމާވުމުން އެކަމާމެދު ވިސްނާ ފިކުރުކޮށް ނުވަތަ ...
  • ކައިވެނީގައި ޖެހޭ މައްސަލަތައް ހައްލުކުރާނެ ގޮތް
    ދެބަސްވުމާއި، ކަންކަމުގައި ހިޔާލުތަފާތުވުމާއި، ދެމީހުން އެކަކު އަނެކަކާއި މައްސަލަ ޖެހި ކުދިކުދި ހަމަނުޖެހުން ހި...
  • ފިރިހެނުން ދެކެ އަންހެނުން ލޯބިވަނީ ކީއްވެ؟
    ކޮންމެ އަންހެނަކުވެސް ތިމާ އެމީހަކު ދެކެ ލޯބިވާ ފިރިހެނެއް ބޭނުންވާނެ އެވެ. ކޮންމެ ފިރިހެނަކުވެސް ތިމާ ދެކެ ލޯބިވާ އަނ...
  • ދެމީހުންގެ މެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
    ޒަވާޖީ ހަޔާތެއް ނުވަތަ ލޯބި ވެގެންއުޅޭ ދެމީހުންގެ ދެމެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި، ދެމީހުންގެ ދެމެދުގައ...
  • ހަޔާތުގެ ބައިވެރިޔާއަށް އޮޅުވާލާ މަކަރު ހަދަނީ ކީއްވެ؟
    އެމެރިކާގައި ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ކައިވެނި ކޮށްގެން އުޅޭ މީހުންގެ ތެރެއިން %25 ފިރިހެނުންނަކީ، ...

Find Us on Facebook

About Me

Unknown
View my complete profile

Template modified by : Afey Afra
Copyright © 2011. Dhirun - All Rights Reserved