Dhirun
  • ފުރަތަމަ ސަފްހާ
  • ސިއްޚީ
    • ތަފާތު ބަލިތައް
    • ދުޅަހެޔޮކަން
    • ރަނގަޅު ކާނާ
    • ކާނާ
  • ޒީނަތްތެރިކަން
  • އިގުތިސާދު
    • ތިއަރީ
    • ހާލަތް
  • އިޖުތިމާއީ
    • މައްސަލަތައް
    • ނިޒާމު
  • ވާހަކަ
    • ހަޤިޤީ
    • ހިޔާލީ
  • މުނިފޫހި
  • އިތުރު ލިޔުންތެރިން

skip to main | skip to sidebar
Blogger Tips and TricksLatest Tips And TricksBlogger Tricks

Widgets

Home » ހާލަތު , ހިޔާލީ , ބަލިތައް , އިޖުތިމާއީ , ވާހަކަ , މުނިފޫހިފިލުވުން » ޒަހަރު

ޒަހަރު

Sunday, 12 June 2016 | 0 comments








'' ކޮންމެ ތަނެއްގައި ހުރި ކަމުގައިވިޔަސް އަހަރެން ކަލާ ދެކެ ލޯބިވަމެވެ. ހިތް ބުނަމުން ދަނީ އަދި ކަލާ އެނބުރި އަންނާނެކަމެވެ. ކޮންމެ ތަނެއްގައި ހުރި ކަމުގައިވިޔަސް ކަލާ އަބަދުވެސް އަހަރެންމަތި ހަނދާންކުރާށެވެ. މޫސުން ބަދަލުވިޔަސް ކަލާ ބަދަލު ނުވާނެކަމަށް ހީކުރަމެވެ. އިންސާނުން ދިރިހުރުމަށް ފެން ބޭނުންވާ ފަދައިން މިޔަދު އަހަރެން މިވަނީ ކަލާގެ ލޯތްބަށް އެދި ފެންބޮވާގަނެފައެވެ. އަވަހަށް އެނބުރި އަންނާށެވެ. މިވަރަށް އަހަރެންގެ ހިތް ނުތަޅުވާށެވެ. ލޯލަށް ނިންޖެއްނާދެއެވެ. ލޯމަރާލާ ކޮންމެ ފަހަރަކު ފެންނަނީ ކަލާގެ ލޯބި ލޯބި ހިނިތުންވުމެވެ. ބަލާލާ ފަރިބެލުމެވެ.'' މި އިބާރާތުން ސިޓީ ލިޔުމަށްފަހު ފަރިޔާލުގެ މޭލް އަށް ފޮނުވާ ލީމެވެ. ފަރިޔާލު ޖަވާބު ދޭނެ އިރަކަށް އިންތިޒާރު ކުރަމުން ދިޔައީމެވެ. ނަމަވެސް ފަރިޔާލުގެ އެއްވެސް ހިލަމެއްވެސް ނުވިއެވެ. ފަރިޔާލަށް އެ މެއިލް ފެންނާނެ ކަމުގެ އެއްވެސް އުއްމީދެއް މިއަދަކުނެތެވެ.

ފޫން ނޭވާއެއް ލުމަށްފަހު ކޮޓަރި ތެރޭގައި ދެކޮޅަށް އެބުރެން ފެށީމެވެ. ހަނދާނެގޮތް ހުސްވި ކަހަލައެވެ. މީހަކަށް ފޯނުން ގުޅާލާނެ ހިތްވަރެއްވެސް ނެތެވެ. އުއްމީދު މުޅިން ގެއްލުނު ކަހަލައެވެ. ނަމަވެސް އިތުރަށް ހިތްވަރު ކުރުމަށްފަހު ރީތި ވެލައިގެން ކޮޓަރިން ބޭރަށް ނުކުތީމެވެ. ފަރިޔާލު ފެނޭތޯއެވެ.

 ނަމަވެސް ވަކި ހިސާބަކަށް ދެވުނު ފަހުން، ބޮލުގައި ރިއްސާތީވެ އެނބުރި ގެއަށް ދިއުމަށްޓަކައި ގެޔާއި ދިމާލަށް ހިގައިގަތީމެވެ. މާޔޫސްވެ އިސްދަށްޖަހައިގެންހުރެ މަގުގެ އެއްފަރާތުން މަޑުމަޑުން ހިނގަމުން ދިޔައީމެވެ. ކުއްލިއަކަށް މީހަކު ގައިގައި ޖެހުނުހެން ހީވެގެން އިސްއުފުލާ ބަލާލީމެވެ. ހިތްބާރަށް ތެޅެންފެށިއެވެ. އުފަލުން ހަނދާނެގޮތް ހުސްވިއެވެ. އެކުއްޖަކީ  އަހަރެންގެ ފަރިޔާލު އެވެ. ފަރިޔާލަށް ގޮވާލުމުގެ ކުރިން އަވަސް ހިނގުމެއްގައި ގޮސް ޖެހިގެން ހުރި ގޯޅިއަށް އެޅިއެވެ. ފަރިޔާލަށް އަހަރެންމީ ދަންނަ މީހަކު ކަމުގައިވެސް ނުވިއެވެ. ނޫނެކެވެ. އެއީ ފަރިޔާލެއް ނޫނެވެ. ފަހަރެއްގައި އަހަރެންނަށް ހީވިގޮތެއްކަމަށްވެސް ވެދާނެއެވެ.  ފަރިޔާލުނަމަ އެހެން ނުހަނދާނެއެވެ. އަހަރެން ފެނުނީމަ ވާހަކަ ދައްކާނެއެވެ. އަހަރެންދެކެ އޭނަ އިންތިހާއަށް ލޯބިވާނެއެވެ. ދުވަހަކުވެސް އަހަރެންނަކަށް ބޭވާތެރިއެއް ނުވާނެއެވެ. ފަރިޔާލު ފެނޭތޯ ބާރު ހިގުމެއްގައި ދިޔައީމެވެ. ނަަމަވެސް ފަރިޔާލު އެޅި ގޯޅިތެރެއިން އެއްވެސް އަންހެން ކުއްޖަކު ފެންނާކަށް ނެތެވެ.

ފުރަތަމަ ފަރިޔާލު ފެނުނު ވަގުތުން ފެށިގެން އަހަރެންގެ ހިތް ފަރިޔާލަށް ހަދިޔާކުރީމެވެ. ދެމީހުން ބައްދަލުވީ ކޮލެޖުގައި އޮތް ޕާޓީއެއްގެ ތެރެއިންނެވެ. ދެމީހުންވެސް ކިޔަވަން އުޅުނު ދުވަސްވަރުއެވެ. ނަމަވެސް ފަރިޔާލު އަށް އަހަރެންގެ ލޯބި ހުށަހެޅި ފުރަތަމަ ފަހަރު ރައްޓެހިވުމަށް ދެކޮޅު ހެދިއެވެ. ކޮންމެވެސް ކުއްޖަކާ ރައްޓެހި ވެގެން އުޅޭ ވާހަކަ ބުންޏެވެ. ނަަމަވެސް އަހަރެން ފަރިޔާލު ދެކެ ލޯބިވާކަން ހާމަކުރީމެވެ. ކަމަކު އެދިއްޖެނަމަ އެންމެ އިސްކަމެއް ދީގެން އެކަމެއް ކޮށްދިނީމެވެ. އެކަނި ގެޔަށް ދާނަމަ ގެޔަށް ގެންގޮސް ދިނީމެވެ. ކޮންމެ ދުވަހަކުވެސް ގުޅާ ފަރިޔާލުގެ ހާލު ބަލާހެދީމެވެ. ބަލިވެ އުޅޭނަމަ އަވަސް ފަރުވާ އަކަށް އެދި ދުޢާކޮށްދެމެވެ. މިހުރިހާ ކަމެއްގެ ސަބަބުން ފަރިޔާލު އަހަރެންދެކެ ހިތްހަމަ ޖެހެން ފެށިއެވެ. ދުވަހަކަށް ފަހު ދުވަހެއް ފާއިތުވެގެން ދިޔަވަރަކަށް ދެމީހުންގެ ގުޅުން ބަދަހިވަމުން ދިޔައެވެ. މި ގުޅުން ލޯތްބަށް ބަދަލުވެގެން ދިޔައެވެ.

ފަރިޔާލުގެ ކިބައިން އެއްވެސް ކަހަލަ އުނިސިފައެއް އަހަރެންނަކަށް ނުފެނެއެވެ. ފަރިޔާލުވެސް އަހަރެންދެކެ އިންތިހާއަށް ލޯބިވާކަން އޭނަގެ ޢަމަލުތަކުން ދޭހަކޮށްދިނެވެ. ދެމީހުންނަކީވެސް، އެކަކު އަނެކަކުގެ އެހީތެރިޔަކަށް ބަދަލުވެގެން ދިޔައެވެ. ދެމީހުންގެ ލޯބީގެ ވާހަކަ ގާތް އެކުވެރިން މިސާލަކަށް ނަގަމުން ދިޔައެވެ. ދެމީހުން ދަންނަ ކޮންމެ ރައްޓެއްސަކުވެސް ދެމީހުންގެ ގުޅުން މުޅި އުމުރަށް ދެމެހެއްޓުމަށް ނަސޭހަތްތެރި ވަމުން ދިޔައެވެ. އަދި ދުވަހަކުވެސް ފަރިޔާލު ދޫނޮށް ނުދިޔުމަށް އެދެމުން ދިޔައެވެ. އަހަރެން މުޅި އުމުރުގައިވެސް ފަރިޔާލު އާއެކު އުޅުމަށް އަޒުމް ކަނޑައެޅީމެވެ. އަހަރެންގެ ފަރާތުން ފަރިޔާލަށް އެއްވެސް ހިތްދަތި ކަމެއް ނުދިނުމަށް ކުރެވެން އޮތްހާ މަސައްކަތެއް ކުރީމެވެ.
ދެމީހުންގެ ކިޔެވުން ނިމުމާއެކު ދެމީހުންގެ ގުޅުން މުޅި އުމުރަށް ދެމެހެއްޓުމަށްޓަކައި ތައްޔާރުވީމެވެ. ދެމީހުންގެ ގުޅުން ޒަވާޖީ ހަޔާތުގެ ގުޅުމަށް ބަދަލުކުރުމަށެވެ. ދެމީހުންވެސް ބޭނުންވީ އަވަހަށް ކައިވެނި ކުރުމަށެވެ. އެތަށް ބައިވަރު ކުދިން ހޯދުމަށެވެ. ކިތަންމެ ބައިވަރު ކުދިން ލިބުނު ކަމުގައިވިޔަސް ހުރިހާ ކުދިންވެސް ލޯބިން ގެންގުޅުމަށެވެ. ނަމަވެސް މިޔަދު މިހެން ވެދާނެކޭ ދުވަހަކުވެސް އަހަރެން ހިތަކަށް ނާރައެވެ.

ފަރިޔާލު ކުއްލިއަކަށް އަހަރެންނާއި ވާހަކަ ދެއްކުން ހުއްޓާލިއެވެ. އަހަރެން ފެނުމުން ފޫހިވާކަމަށް ބުނަމުން ދިޔައެވެ. އަޖައިބެކެވެ. އެހާ ބޮޑަށް ލޯބިވެފައި މީހުން މީހުންދެކެ ކުއްލިއަކަށް ފޫހިވޭ ހެއްޔެވެ؟ ފޫހިވާނަމަ ފޫހިވާ ސަބަބެއްވެސް އޮންނާނެތާއެވެ. ވިސްނާ ވިސްނާވެސް، ޖަވާބެއް ނުލިބުނެވެ. ފަރިޔާލު އަހަރެންދެކެ ފޫހިވާ ސަބަބު އެއްގޮތަކަށްވެސް  ބުނާކަށް ބޭނުމެއްނުވިއެވެ.

އަހަރެން ފަރިޔާލަކަށް ބޭފާތެރިއެއް ނުވަމެވެ. މިޔަދު އޭނަ އަހަރެން ދޫކޮށްފައި ދިޔައީ ކޮންމެވެސް މަޖުބޫރީ ހާލަތެއް ދިމާވެގެން ކަމަށް ވެދާނެއެވެ. ދެމީހުންގެ ލޯތްބަށް ތަންނުދީ ވަގުތާއި ހާލަތެވެ. އެކަމުގައި އަހަރެން ފަރިޔާލު ކުށްވެރިއެއް ނުކުރަމެވެ. ފަރިޔާލު އަހަރެންގެ ހަޔާތުން ވަކީވުމަކީ ލިބިފައިވާ ޖަވާހިރެއް ގެއްލުނު ފަދަކަމެކެވެ. މިއަދު އެޖަވާހިރު ހޯދުމަށް އަހަރެންނަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނަމެވެ.

އަވާރާ ވެފައި ހުރި މީހެއް ފަދައިން ފަރިޔާލު ފެނޭތޯ ވަށައިގެން ހުރި ގޯޅިތަށް ބަލަމުން ދިޔައީމެވެ. ފަރިޔާލު އޭ ކިޔާފައި އަޑުގެ ނެތްތަނަށް ހަޅޭއްލެވުމަށް ބޭނުންވިއެވެ. ނަމަވެސް މީހުން ހީކޮށްފާނެ އެއްޗަކާއި މެދު ވިސްނާލުމަށްފަހު އެގޮތަށް ކަންތަށްކުރާކަށް ނުކެރުނެވެ. ކަންބޮޑުވެ ފިކުރު ބޮޑުވެފައި ހުރެގެން ދެވުނު ދިމާލެއްވެސް ނޭގުނެވެ. ހޭވެރިކަންވީ ގާތް އެކުވެރިއެއް އައިސް، އަހަރެންގެ ކޮނޑުގައި ޖަހާލުމަށްފަހު، އަހަރެންގެ ނަމުން ގޮވާލުމުންނެވެ. އަހަރެންނަށް ވެފައި ހުރި ގޮތް ފެނިފައި އެކުވެރިޔާ ކަންބޮޑުވިއެވެ. އޭނަގެ އެހީތެރިކަމާއެކު ދެވަނަ ފަހަރަށް ގެޔާއި ދިމާލަށް ދިއުމަށް ހިގައިގަތީމެވެ.

ކުއްލިއަކަށް، ފޯނު ރިންގުވާން ފެށުމުން ފޯނަން ބަލާލީމެވެ. ނުދަންނަ ނަމްބަރެކެވެ. އެހެން ކަމުން ފޯނު ކަނޑާލީމެވެ. ދެވަނަ ފަހަރަށްވެސް އެނަމްބަރުން ފޯނު ކުރަން ފެށުމުން ފޯނުނެގީމެވެ. އެކޮޅުން ވާހަކަ ދައްކަމުން ދިޔައީ ފިރިހެނެކެވެ. ނަން އެހެމުންވެސް ނަން ހާމަކުރަން ބޭނުން ނުވާކަމަށް ބުންޏެވެ. އޭނަގެ ވާހަކަ ދެއްކުން ކުރިޔަށް ގެންދިޔައެވެ. އެކޮޅުން ވާހަކަ ދެއްކި ފަރާތުން ބުނަމުންދިޔައީ ފަރިޔާލު ކައިވެނި ކުރަން އުޅޭވާހަކައެވެ. ފަރިޔާލު އަހަރެންނަށް ބޭވަފާތެރިވި ވާހަކައެވެ.  ކައިވެނި ކުރަނީ ހިޝާން ކިޔާ މީހަކާއި ކަމަށާއި އަދި ކައިވެނި ކުރަނީ ހިޝާން މެން ގޭގައި ކަމަށްވެސް ބުންޏެވެ. ހިޝާން ދިރިއުޅޭ ގޭގެ އެޑްރެސް އަދި އެގޭ ހުންނަ ތަން ބުނެ ދިނުމަށްފަހު ފޯނު ބޭއްވިއެވެ. އަނެއްކާ އެއީ ކާކުބާއެވެ. ކޮންމެ މީހަކު ކަމުގައިވިޔަސް އެއީ ހަގީގަތެއްތޯ ބަލަން ބޭނުންވިއެވެ.  

އެކުވެރިޔާގެ އެހީތެރި ކަމާއެކު ހިޝާން ދިރިއުޅޭ ގެ ހޯދީމެވެ. އެ ގޭ ތެރެއަށް ވަތްއިރު އެކި ދިމާލުގައި މީހުން ޖަމާވެފައި ތިއްބެވެ. ވަރަށް އުދަގުލުން އެއްވެފައި ތިބި މީހުންގެ ތެރެއިން އެންމެ އެތެރެއަށް ވަނީމެވެ. ފެނުނު މަންޒަރުން ހީވީ ހޫނު ފެންއެއްޗެއް މޭމައްޗަށް އަޅާލިހެންނެވެ. ފޯނު ކުރި ފަރާތުން ބުނީ ހަމަ ތެދެކެވެ. ފަރިޔާލު ހުރީ ކައިވެނި ކުރަން ތައްޔާރުވެފައިއެވެ. މަޑު ފިޔާތޮށި ކުލައިގެ ހެދުމެއް ލައިގެން ހުރި އިރު ކުރިއަށްވުރެވެސް ރީތިހެން ހީވެއެވެ.

މަޑުމަޑުން ގޮސް ފަރިޔާލު ކުރިމައްޗަށް ގޮސް ހުއްޓުނީމެވެ. އަހަރެންނަށް މިގޮތަށް ކަންތައް ކުރިގޮތް ސާފުކޮށް ނުދެނީސް، ގެއަށް ނުދާނަމޭ ބުނީމެވެ. ވަރަށް ހާސްވެފައި ހުރެ ފަރިޔާލު އަހަރެންގެ ސުވާލުތަކަށް ޖަވާބު ދޭންފެށިއެވެ. މައްސަލަ އަކީ އަހަރެންކަމުގައި ބުންޏެވެ. އިތުރަށް ފަރިޔާލު ބުނި ގޮތުގައި ފަރިޔާލު ބޭނުންވަނީ މުންސަދިކަމެވެ. ދިރި އުޅުމަކީ ހިތި ޒަހަރު ފަދަ އެއްޗަކަށް ވާކަށް ބޭނުން ނުވާކަމާއި ބޭނުންވަނީ މުއްސަދި ދިރިއުޅުމެއް އުޅެން ކަމަށާއި، ކުރިން އަހަރެން ދެކެ ފޫހިވާ ވާހަކަ ބުނީ އަހަރެންނާއި، ވަކިވުމަށް ހަނދާނެ ގޮތެއް ނޭގިގެން ދެއްކި ބަހަނާއެއް ކަމާއި އެއީ ހިޝާން އާއި ކައިވެނި ކުރުމަށް އަވަހަށް ބޭނުންވާތީ ކަމުގައި ބުންޏެވެ. ހިޝާން ފަރިޔާލު އާއި ބައްދަލުވި ގޮތާއި އެ ދެމީހުންގެ ގުޅުން އިތުރަށް ކިޔާދިނުމަށް ބޭނުން ނުވާ ކަމަށް ބުނުމަށްފަހު އެގެއިން ވީހާވެސް އަވަހަށް ނިކުމެގެން ދިއުމަށް އަހަރެންގެ ގާތުގައި އެދުނެވެ. ދެރަވެ ބަސްހުއްޓިފައި ހުރެ އަހަރެން އެގެއިން ނިކުތީމެވެ.  

އަހަރެންގެ ލޯބީގެ ތަސްވީރުގައި ވަކި ވަރަކަށް ކުލަ ޖެއްސުމަށްފަހު، ވީރާނާ ވެގެން ދިއުމަކީ މިޔަދު އަހަރެންގެ ހަޔާތަަށް އައި އެންމެ ހިތްދަތި ދުވެހެވެ. ބައެއް މީހުންނަށް ލޯތްބަކީ ފޮނި މާމުއި ފަދަ އެއްޗަކަށްވިޔަސް،  މިއަދު ލޯތްބަކީ އަހަރެންނަށް ހިތި ޒަހަރު ފަދަ އެއްޗެކެވެ. ( ނިމުނީ )

Share this article :

ސުރުހީ އާއި ގުޅޭ ލިޔުންތައް

Posted by Unknown at 13:41
Email ThisBlogThis!Share to XShare to Facebook
Labels: ހާލަތު, ހިޔާލީ, ބަލިތައް, އިޖުތިމާއީ, ވާހަކަ, މުނިފޫހިފިލުވުން

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

މަޤުބޫލު ލިޔުންތައް

  • ފިރިހެނުންގެ ބައެއް ސިއްރު ކަންތައްތައް އެގެން ބޭނުންތަ؟
    ތި ކަނބަލުންގެ ހަޔާތުގެ ބައިވެރިޔާއަކީ ދިމާވާ ކަންތައްތައް ކިޔައިދީ ކަމެއް ދިމާވުމުން އެކަމާމެދު ވިސްނާ ފިކުރުކޮށް ނުވަތަ ...
  • ކައިވެނީގައި ޖެހޭ މައްސަލަތައް ހައްލުކުރާނެ ގޮތް
    ދެބަސްވުމާއި، ކަންކަމުގައި ހިޔާލުތަފާތުވުމާއި، ދެމީހުން އެކަކު އަނެކަކާއި މައްސަލަ ޖެހި ކުދިކުދި ހަމަނުޖެހުން ހި...
  • ފިރިހެނުން ދެކެ އަންހެނުން ލޯބިވަނީ ކީއްވެ؟
    ކޮންމެ އަންހެނަކުވެސް ތިމާ އެމީހަކު ދެކެ ލޯބިވާ ފިރިހެނެއް ބޭނުންވާނެ އެވެ. ކޮންމެ ފިރިހެނަކުވެސް ތިމާ ދެކެ ލޯބިވާ އަނ...
  • ދެމީހުންގެ މެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
    ޒަވާޖީ ހަޔާތެއް ނުވަތަ ލޯބި ވެގެންއުޅޭ ދެމީހުންގެ ދެމެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި، ދެމީހުންގެ ދެމެދުގައ...
  • ހަޔާތުގެ ބައިވެރިޔާއަށް އޮޅުވާލާ މަކަރު ހަދަނީ ކީއްވެ؟
    އެމެރިކާގައި ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ކައިވެނި ކޮށްގެން އުޅޭ މީހުންގެ ތެރެއިން %25 ފިރިހެނުންނަކީ، ...

Find Us on Facebook

About Me

Unknown
View my complete profile

Template modified by : Afey Afra
Copyright © 2011. Dhirun - All Rights Reserved