Dhirun
  • ފުރަތަމަ ސަފްހާ
  • ސިއްޚީ
    • ތަފާތު ބަލިތައް
    • ދުޅަހެޔޮކަން
    • ރަނގަޅު ކާނާ
    • ކާނާ
  • ޒީނަތްތެރިކަން
  • އިގުތިސާދު
    • ތިއަރީ
    • ހާލަތް
  • އިޖުތިމާއީ
    • މައްސަލަތައް
    • ނިޒާމު
  • ވާހަކަ
    • ހަޤިޤީ
    • ހިޔާލީ
  • މުނިފޫހި
  • އިތުރު ލިޔުންތެރިން

skip to main | skip to sidebar
Blogger Tips and TricksLatest Tips And TricksBlogger Tricks

Widgets

Home » ހާލަތު , ބަލިތައް , އިޤުތިޞާދު , އިޖުތިމާއީ , މައްސަލަތައް , ސިއްހީ » ކުދިން ލައްވާ ގަދަކަމުން ނުކުރަންވީ ކަންތައްތަކަކީ ކޮބާ؟

ކުދިން ލައްވާ ގަދަކަމުން ނުކުރަންވީ ކަންތައްތަކަކީ ކޮބާ؟

Tuesday, 14 June 2016 | 0 comments








ތައްޓަށް އަޅާފައިހުރި ހުރިހާ ކާތަކެތި ހުސްކުރާތި؟ ބޭބެއަށް އަވަހަށް ދޮނެއްދީ. ކޮންމެހެންވެސް މިޔަދު ފަތަން ދަސްކުރާ ކިލާހަށް ދާންވާނެ. މިއީ ގިނަ ބެލެނިވެރިންގެ ފަރާތުން ކުދިންނަށް އަޑުއިވޭ ކަންތައް ތަކުގެ ތެރެއިން ބައެއް ކަންތައްތަކެވެ.
ކުދިންނަން މިފަދަ ކަންތައްތަކުގެ ތެރެއިން އެންމެ ރަނގަޅު ކަންތައްތަކަކީ ކޮބައިކަން ދެނެގަތުމަކީ ބައެއް ފަހަރު ވަރަށް އުދަގޫކަމެކެވެ. ބައެއް ފަހަރު ބެލެނިވެރިން އެކުދިންގެ ލާބަޔާ މަންފާއަށްޓަކައި ވަރަށް ގިނަ ކަންތައްތައް ކުރަން އަމުރުކޮށްހަދެވެ. މިފަދަ ކަންތައްތަކަކީ އެކުދިންގެ އެހާ ޅައުމުރުގައި އެކުދިންނަށް އުފުލޭ ފަދަ ކަންތައްތަކެއް ނޫނެވެ.
މިފަދަ ކަންތައްތަކުގެ ސަބަބުން ބެލެނިވެރިން ހާސިލް ކުރަން ބޭނުންވާ ކަންތައްތައް ހާސިލުނުވެ އެކުދިންނަށް ތަފާތު ނުރަގަނޅު އަސަރުތައް ކުރުވާ ގޮތްވެގެން ދެއެވެ.
ތިރީގައި މިވާ ކަންތައްތައް ކުރުމަށް ކުދިންނަށް މަޖުބޫރު ކުރުމުގެ ކުރިން އެކަންތައް ތަކުން ލިބޭނެ ނަތީޖާއާއި މެދު ވިސްނާލުމަކީ ވަރަށް މުހިންމު ކަމެކެވެ.

1.    އާއިލާގެ މީހުންނަށް އޮންނަ ގާތްގުޅުން ދެއްކުމުގެ ގޮތުން ނުވަތަ ހާމަކުރުމުގެ ގޮތުން އެމީހުންނާއި އެހާ ގައިގޯޅިވެގެން ނުވަތަ ކައިރިކޮން އުޅުމަށް ބާރު ނޭޅުން؛ މިސާލަކަށް ބުނާނަމަ ލޯބިން ބައްދާލުމާއި، އިށީދެގެން އިންނަ އިރު ފައިމަތީގައި އިށީނުމަށް ކުއްޖާ އެކަންތައް ކުރަން ބޭނުން ނުވާނަމަ އެހާ ބޮޑަށް އެކަންތައް ކުރުމަށް އެކުދިންނަށް ބާރު ނާޅާށެވެ. މީގެ ބަދަލުގައި ކުއްޖާ ލައްވާ އާއިލާގެ މީހުންނާއި ސަލާމްކުރުން ނުވަތަ އަތާއި އަތްޖަހާލުން ފަދަ ކަންތައްތައް ކުރެވިދާނެވެ.
2.    ކުއްޖާ ލައްވާ ގަދަކަމުން ކަމަކަށް މަޢާފު އެދުމަށް ބާރު ނޭޅުން؛ ކުއްޖާގެ ރުޅި މަޑުވެ ހަމަޔަކަށް ނޭޅެނިސް އެކުދިންލައްވާ ގަދަކަމުން، ކަމެއް ގޯސްކޮން ކުރެވިފައި ވީނަމަވެސް މަޢާފަށް އެދެން މަޖުބޫރު ނުކުރާށެވެ. ރުޅި މަޑުވެ ހަމަޔަކަށް އެޅެންދެން މަޑުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ފުރަތަމަ ކުއްޖާ އަށް ކުރެވުނީ ގޯސް ޢަމަލެއް ކަން ބުނެދޭށެވެ. އަދި އެކުދިންނަށް ވިސްނައި ދޭށެވެ. އޭގެ ފަހުގައި ހަމަޔަކަށް އެޅުމަށް ވަގުތުދޭށެވެ. ދެން ކުއްޖާއަށް ކުރެވިފައިވާ ނުރަނގަޅު ކަންތައް ރަނގަޅު ކުރާނެ ގޮތް ކިޔައިދޭށެވެ. އެކުދިންލައްވާވެސް އެކަންތައް ރަނގަޅު ކުރެވިދާނެ ގޮތް ބުނުވާށެވެ.
3.    ކުއްޖާލައްވާ ފޮތް ކިއުމަށް ގަދަބާރު ނޭޅުން؛ ކޮންމެ ބެލެނިވެރިޔަކުވެސް ތިމާގެ ދަރިފުޅަކީ އެންމެ މޮޅު ކުއްޖަކަށް ހަދަން ބޭނުންވާނެވެ. ނަމަވެސް ގަދަ ބާރުން ކުއްޖާ ލައްވާ ކަންތައް ކުރުވަން ނޫޅޭށެވެ. ގަދަކަމުން ކިއުއްވާނަމަ ކިއުމުގެ ޝައުގުވެރިކަން ގެއްލި ކުއްޖާއަށް ކިޔާ އެއްޗެއް ދޭހަވުމުގެ މިންވަރު ދަށްވެގެން ދާނެވެ. ކުއްޖާގެ ކިބައިގައި ފޮތް ކިއުމުގެ އާދަ އަށަގަނުވަން ބޭނުންވާނަމަ ބާރަށް އަޑު ހަރުކޮން ކުއްޖާއަށް އަޑު އިވޭތަނުގައި ފޮތް ކިޔާށެވެ. ދިރާސާ ތަކުން ދައްކާ ގޮތުގައި އުމުރު ފުރާއަށް ބަދަލު އަންނަ ވަރަކަށް ކުއްޖާގެ ފޮތް ކިއުމުގެ އާދައަށްވެސް ބަދަލު އަންނާއެވެ. ކުއްޖާގެ ކިބައިގައި މިފަދަ އާދަ އަށަގަނުވަން ބޭނުންވާނަމަ ތުއްތު އިރު ކުއްޖާގެ އުމުރު ފުރާއާއި ގުޅޭ ގޮތަށް ތައްޔާރު ކުރެވިފައިވާ ފޮތް ފަދަ ތަކެތި ހޯދައިދީ ކުއްޖާގެ ކިބައިގައި މިފަދަ އާދަ އަށަގަނުވާށެވެ.
4.    ކުއްޖާ ކުރަން ޝައުގުވެރިކަން ނެތް ކަންތައްތައް ގަދަ ކަމުން ކުއްޖާ ލައްވާ ނުކުރުވުން؛ މިސާލަކަށް ބުނާނަމަ މިޔުޒިކު ދަސް ކުރަން ޝައުގުވެރިކަން ނެތްނަމަ ކުއްޖާ ލައްވާ ގަދަ ކަމުން މިފަދަ ކަންތައް ނުކުރުވާށެވެ.
5.    ކުދިންނަށް ގަދަބާރުން ކާން ނުދިނުން؛ ކުދިން ކާން ނޫޅޭ އިރުވެސް ގަދަ ކަމުން ކާން ދިނުމުގެ ސަބަބުން ފަހުން އެކުދިންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރެވެ. މީގެ ތެރޭގައި ލިބޭ ގެއްލުން ތަކުގެ ތެރޭގައި ކުދިންނަކީ އެއްވެސް އަމިއްލަ ކޮންޓުރޯލެއް ނެތް، އާރެއް ބާރެއް ނެތް ބައެއް ގޮތުގައި ދެކިގެންދެއެވެ. އަދި ބޮޑުވަމުން އަންނައިރު ކާ ތަކެތި ފެނުމުން ފޫހިވާ ގޮތް ވެގެން ދެއެވެ. މިކަން ރަނގަޅު ކުރުމަށް ބޭނުން ވާނަމަ ރަނގަޅު ކާހިތްވާކަހަލަ މާހައުލެއް ކުއްޖާއަށް ގާއިމު ކޮށްދޭށެވެ. މީގެ ތެރޭގައި ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ބެލެނިވެރިންވެސް ކުއްޖާ ފެންނަ ހިސާބުގައި ކެއުމާއި ނުވަތަ އާއިލާގެ ހުރިހާ މެމްބަރުން އެއްވަގުތެއްގައި ކެއުމުގެ އާދަ އަށަގެނުވުމަކީވެސް މުހިންމު ކަމެކެވެ.
Share this article :

ސުރުހީ އާއި ގުޅޭ ލިޔުންތައް

Posted by Unknown at 13:24
Email ThisBlogThis!Share to XShare to Facebook
Labels: ހާލަތު, ބަލިތައް, އިޤުތިޞާދު, އިޖުތިމާއީ, މައްސަލަތައް, ސިއްހީ

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

މަޤުބޫލު ލިޔުންތައް

  • ފިރިހެނުންގެ ބައެއް ސިއްރު ކަންތައްތައް އެގެން ބޭނުންތަ؟
    ތި ކަނބަލުންގެ ހަޔާތުގެ ބައިވެރިޔާއަކީ ދިމާވާ ކަންތައްތައް ކިޔައިދީ ކަމެއް ދިމާވުމުން އެކަމާމެދު ވިސްނާ ފިކުރުކޮށް ނުވަތަ ...
  • ކައިވެނީގައި ޖެހޭ މައްސަލަތައް ހައްލުކުރާނެ ގޮތް
    ދެބަސްވުމާއި، ކަންކަމުގައި ހިޔާލުތަފާތުވުމާއި، ދެމީހުން އެކަކު އަނެކަކާއި މައްސަލަ ޖެހި ކުދިކުދި ހަމަނުޖެހުން ހި...
  • ފިރިހެނުން ދެކެ އަންހެނުން ލޯބިވަނީ ކީއްވެ؟
    ކޮންމެ އަންހެނަކުވެސް ތިމާ އެމީހަކު ދެކެ ލޯބިވާ ފިރިހެނެއް ބޭނުންވާނެ އެވެ. ކޮންމެ ފިރިހެނަކުވެސް ތިމާ ދެކެ ލޯބިވާ އަނ...
  • ދެމީހުންގެ މެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
    ޒަވާޖީ ހަޔާތެއް ނުވަތަ ލޯބި ވެގެންއުޅޭ ދެމީހުންގެ ދެމެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި، ދެމީހުންގެ ދެމެދުގައ...
  • ހަޔާތުގެ ބައިވެރިޔާއަށް އޮޅުވާލާ މަކަރު ހަދަނީ ކީއްވެ؟
    އެމެރިކާގައި ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ކައިވެނި ކޮށްގެން އުޅޭ މީހުންގެ ތެރެއިން %25 ފިރިހެނުންނަކީ، ...

Find Us on Facebook

About Me

Unknown
View my complete profile

Template modified by : Afey Afra
Copyright © 2011. Dhirun - All Rights Reserved