Dhirun
  • ފުރަތަމަ ސަފްހާ
  • ސިއްޚީ
    • ތަފާތު ބަލިތައް
    • ދުޅަހެޔޮކަން
    • ރަނގަޅު ކާނާ
    • ކާނާ
  • ޒީނަތްތެރިކަން
  • އިގުތިސާދު
    • ތިއަރީ
    • ހާލަތް
  • އިޖުތިމާއީ
    • މައްސަލަތައް
    • ނިޒާމު
  • ވާހަކަ
    • ހަޤިޤީ
    • ހިޔާލީ
  • މުނިފޫހި
  • އިތުރު ލިޔުންތެރިން

skip to main | skip to sidebar
Blogger Tips and TricksLatest Tips And TricksBlogger Tricks

Widgets

Home » ހާލަތު , ބަލިތައް , އިޤުތިޞާދު , އިޖުތިމާއީ , މައްސަލަތައް , ސިއްހީ » ކުދިންނާއި ދޭތެރޭގައި މަންމައިން އެންމެ ކަންބޮޑުވަނީ ކީއްވެ؟

ކުދިންނާއި ދޭތެރޭގައި މަންމައިން އެންމެ ކަންބޮޑުވަނީ ކީއްވެ؟

Wednesday, 15 June 2016 | 0 comments









މަންމަ އަކަށް ވުމަކީ ކޮންމެ މީހަކުވެސް ވަރަށް އުފާވާނެކަމެކެވެ. ހަމަ އެފަދައިން ކުއްޖާ ބޮޑުވަމުން އަންނައިރު ކުއްޖާއަށް ވެދާނެ ކަމަކާއި މެދު ކޮންމެ މަންމަޔަކުވެސް ވިސްނާ ފިކުރުކުރާނެ ކަން ޔަގީންނެވެ. ތިރީގައި މިވަނީ ގިނަ މަންމަ އިން އެމީހުންގެ ކުދިންނާ މެދު އެންމެ ކަންބޮޑުވާ ކަންތަކެވެ.

1.ކުއްޖާއަށް ބޭނުންވާ ފުރިހަމަ ސަލާމަތްތެރިކަމާއި ރައްކާތެރިކަން؛ ކުއްޖާ އިސްކޫލަށްދާއިރު، އިސްކޫލުގެ މާހައުލުން ކުއްޖާއަށް ލިބެންޖެހޭ ފުރިހަމަ ރައްކާތެރިކަމާއި އަދި ކުއްޖާ އުޅެ ބޮޑުވާ މާހުއުލުން ކުއްޖާއަށް ލިބެންޖެހޭ ފުރިހަމަ ސަލާމަތްތެރިކަމާއި މެދު ގިނަ މަންމަ އިން ވިސްނާ ފިކުރުކޮށް ހަދައެވެ. މިކަންތަކާއި މެދު ކަންބޮޑުވެ. ވީމާ ކުއްޖާ އަށް ކުދިންގެ އުމުރު ފުރާއާއި ގުޅޭ ގޮތުން ކުއްޖާ އުޅޭ މާހައުލުން ފެންނަ ކަންތަކާއި އަދި އުޅޭ މީހުންގެ ހަރަކާތްތަކާއި މެދު ހޭލުންތެރި ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
2.ކުއްޖާ ބޭނުންވާހާ ގޮތަކަށް އުޅެން މަސައްކަތްކުރުން؛ ކުއްޖާ ކިރިޔާވެސް ކަމެއް ކުރަން ބޮޑާހާކާ އިރަށް އެކަމެއް ކޮށްދިނުމާއި ކުއްޖާ އުޅޭނެހާ ގޮތަށް އުޅެން ދޫކޮށްލަން ޖެހިދާނެތީވެސް ވަރަށް ގިނަ މަންމަ އިން ކަންބޮޑުވެ. ގިނަ ފަހަރަށް ކުއްޖާ ބޮޑާހާކާއިރަށް ކުއްޖާ އަވަހަށް ހުއްޓާ ލައްވަން ވެގެން ކުއްޖާ ކުރަން ބޭނުންވާ ހުރިހާ ކަމެއް ކޮށްދެވޭ ގޮތް ވެގެންދެވެ. މިކަން މިގޮތަށް ވުމަށް ނޭދޭނަމަ ކުއްޖާ އަށް ވިސްނައިދީގެން ބޭނުންވާ ހުރިހާ ކަމެއް ނުކޮށްދީ ހުއްޓާލުމަކީ ވަރަށް މުހިންމު ކަމެކެވެ.
3.އުމުރުފުރާގެ އެހެން ކުދިންގެ ފަރާތުން ފޯރާ ނުފޫޒު؛ ކޮންމެ ކުއްޖަކަށްވެސް އެކުދިންގެ އުމުރުފުރާގެ އެހެންކުދިންގެ ފަރާތުން ތަފާތު ނުފުޒޫ ފޯރާގޮތްވެގެންދެއެވެ. ބައެއް ކުދިންގެ ފަރާތުން ކުދިންނަށް ރަނގަޅު އާދަ ދަސްވެގެންދާއިރު އަނެއްބައި ކުދިންނަށް ކުދިންގެ ފަރާތުން ގޯސް އާދަ ނުވަތަ ނުރަނގަޅު އާދަތަށް ދަސްވެގެންދެވެ.
4.ކުދިންނަށް ލިބޭ ޖިސްމާނީ އަދި ނަފްސާނީ އަނިޔާ؛ މިހާރަކަށް އައިސް ދިވެހި ރާއްޖޭގައިވެސް މިފަދަ އަނިޔާ ލިބޭ ކުދިން މަދެކޭ ނުބުނެވޭނެއެވެ. ގިނަ ފަހަރަށް ކުއްޖާއަށް މިފަދަ އަނިޔާ ލިބެނީ އާއިލާގެ މެމްބަރެއް ނުވަތަ ގާތް އެކުވެރިއެއްގެ ފަރާތުންނެވެ. މިފަދަ އަނިޔާއެއް  ދަރިއަށް ލިބިދާނެތީވެސް މަންމަ އިން ކަންބޮޑުވެ.
5.ކުއްޖާގެ ގާތް އެކުވެރިންނަކީ ގޯސް ކުދިންތަކަކަށް ވެދާނެކަމުގެ ބިރުވެރިކަން؛ ކުއްޖާ ފުރާވަރަށް އަރާއިރު ވަރަށް ގިނަ ކުދިން ކުއްޖާގެ އެކުވެރިންގެ ގޮތުގައި ގެންގުޅެވެ. މިފަދަ ކުދިންނަކީ ކުއްޖާއާއެކު އުޅެން އެންމެ ރަނގަޅު ބައެއްތޯ ނުވަތަ ނޫންތޯ ބަލަން މަންމަ އިން ބޭނުންވެ.
Share this article :

ސުރުހީ އާއި ގުޅޭ ލިޔުންތައް

Posted by Unknown at 13:38
Email ThisBlogThis!Share to XShare to Facebook
Labels: ހާލަތު, ބަލިތައް, އިޤުތިޞާދު, އިޖުތިމާއީ, މައްސަލަތައް, ސިއްހީ

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

މަޤުބޫލު ލިޔުންތައް

  • ފިރިހެނުންގެ ބައެއް ސިއްރު ކަންތައްތައް އެގެން ބޭނުންތަ؟
    ތި ކަނބަލުންގެ ހަޔާތުގެ ބައިވެރިޔާއަކީ ދިމާވާ ކަންތައްތައް ކިޔައިދީ ކަމެއް ދިމާވުމުން އެކަމާމެދު ވިސްނާ ފިކުރުކޮށް ނުވަތަ ...
  • ކައިވެނީގައި ޖެހޭ މައްސަލަތައް ހައްލުކުރާނެ ގޮތް
    ދެބަސްވުމާއި، ކަންކަމުގައި ހިޔާލުތަފާތުވުމާއި، ދެމީހުން އެކަކު އަނެކަކާއި މައްސަލަ ޖެހި ކުދިކުދި ހަމަނުޖެހުން ހި...
  • ފިރިހެނުން ދެކެ އަންހެނުން ލޯބިވަނީ ކީއްވެ؟
    ކޮންމެ އަންހެނަކުވެސް ތިމާ އެމީހަކު ދެކެ ލޯބިވާ ފިރިހެނެއް ބޭނުންވާނެ އެވެ. ކޮންމެ ފިރިހެނަކުވެސް ތިމާ ދެކެ ލޯބިވާ އަނ...
  • ދެމީހުންގެ މެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
    ޒަވާޖީ ހަޔާތެއް ނުވަތަ ލޯބި ވެގެންއުޅޭ ދެމީހުންގެ ދެމެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި، ދެމީހުންގެ ދެމެދުގައ...
  • ހަޔާތުގެ ބައިވެރިޔާއަށް އޮޅުވާލާ މަކަރު ހަދަނީ ކީއްވެ؟
    އެމެރިކާގައި ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ކައިވެނި ކޮށްގެން އުޅޭ މީހުންގެ ތެރެއިން %25 ފިރިހެނުންނަކީ، ...

Find Us on Facebook

About Me

Unknown
View my complete profile

Template modified by : Afey Afra
Copyright © 2011. Dhirun - All Rights Reserved