ކުޑަކުދިން ބޮޑުވެ ފުރާވަރަށް އަރަމުން އަންނަ
އިރު އެކުދިންގެ ގާތް ރަހުމަތްތެރިންގެ ގޮތުގައި ހިޔާރު ކުރަމުންދަނީ އެކުދިންނާއި
އެއް އުމުރު ފުރާގެ ކުދިންނެވެ. ނަމަވެސް ބައެއް ފަހަރު އެކުދިންގެ ގާތް
ރަހުމަތްތެރިންގެ ގޮތުގައި އުމުރުން ހަގުކުދިން ނުވަތަ އުމުރުން ވަރަށް ދޮށީ ކުދިންވެސް
އިހްތިޔާރުކުރެއެވެ. ގިނަ މައިންބަފައިން އެމީހުންގެ ދަރިފުޅު އުމުރުން ވަރަށް
ބޮޑު ކުއްޖަކު ގާތް ރަހުމަތްތެރިޔާގެ ގޮތުގައި އިހްތިޔާރު ކޮށްފިނަމަ އެކަމާއި
ވަރަށް ފިކުރުބޮޑުވެ ކަންބޮޑުވާތަން އާދެއެވެ. އަދި ގިނަ މައިންބަފައިން މިކަމާ
ކަންބޮޑުވަނީ، އެކުދިން ތަފާތު އެކިއެކި ކުއްތައް ކުރުން އިތުރުވެދާނެތީއާއި
އުމުރު ފުރާއާއި ނުގުޅޭ ކަހަލަ ޖިންސީ އަމަލުތައް ދަސްކޮށްފާނެތީއެވެ.
ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި މިގޮތަށް
އުމުރުފުރާ ތަފާތު ބޮޑުކޮށް ރަހުމަތްތެރިން އިހްތިޔާރު ކުރާކުދިން، އެއްއުމުރު
ފުރާއިން ރަހުމަތްތެރިކަން އިހްތިޔާރު ކުރާކުދިންނަށްވުރެ ތަފާތު ނުރައްކާތެރި
ކުށްތައް ކުރުން އިތުރެވެ. ނަމަވެސް މިގޮތަށް ކުދިން ކުއްތަކަށް އަރައިގަންނަނީ
އެކުގައި އުޅޭ ރަހުމަތްތެރިޔާ ބުނުގެންކަމެއް ނުވަތަ އަމިއްލަ އިހްތިޔާރުގައި
ތަފާތު ކަންތައްތައް ދަސްކޮށްގެންކަމަށް ނޭގެއެވެ.
އަދި ބައެއް ދިރާސާތަކުން ދައްކާގޮތުގައި
ގްރޭޑް 06 ކާއި 10 ދެމެދުގައި ކިޔަވަމުންދާ އަންހެން ކުދިން، އެކުދިންގެ ގާތް
ފިރިހެން ރަހުމަތްތެރިންގެ ގޮތުގައި އިހްތިޔާރު ކުރަމުންދަނީ އެކުދިންގެ އުމުރަށް
ވުރެ ދޮށީ ފިރިހެންކުދިންނެވެ. އަދި މިފަދަ އަންހެން ކުދިންގެ ފަރާތުން ތަފާތު
އެކިއެކި ނޭދެވޭ އަސަރުތައް ފެންނަކަން ވަނީ ފާހަގަކުރެވިފައެވެ.

No comments:
Post a Comment