މީއީ ދެ އަހަރާއި ހަ އަހަރުގެ އުމުރު ފުރާގެ ކުދިންނެވެ.
މިއީ އާންމު ގޮތެއްގައި ޕްރިސްކޫލަށް ދާ އުމުރުފުރާގެ ކުދިންނެވެ. މިއީ އެންމެ
ފަސޭހައިން ކުދިން ކަންތައްތައް ދަސްކުރާ އުމުރު ފުރާއެވެ. މި އުމުރުފުރާގެ ކުދިން
ކަންތައްތައް ދަސްކުރުން ބިނާވެގެންވަނީ ކުއްޖާ ދިރިއުޅޭ މާހައުލުން ފެންނަ
ކަންތައްތަކުގެ މައްޗަށެވެ.
އާންމު ގޮތެއްގައި މި އުމުރުފުރާގެ ކުދިންގެ ފަރާތުން
ފެންނަ ތަފާތު އިހުސާސްތައް ތިރީގައި ލިސްޓް ކުރެވިފައި އެވަނީއެވެ.
·
ރުޅިއައުން
·
ބިރުގަތުން
·
ނަފްރަތްތެރިކަން
·
އާކަންތައްތައް
ދަސްކުރަން ބޭނުންވުން
·
އުފާވެރިކަން
·
ހިތާމަވެރިކަން
·
އެހެންކުދިން އަތުގައިހުންނަ
ތަކެތި ބޭނުންވުން
·
ބޮޑެތިމީހުންނާއި،
ކުޑަކުދިންނާއި އަދި ތަފާތު ޖަނަވާރު ދޫނިސޫފި ފަދަތަކެއްޗަށް ލޯބީގެ ގުޅުން
ބޭއްވުން
މަތީގައިވާ އިހްސާސްތަކަކީވެސް ދިމާވާ އެކިއެކި ކަންތައްތަކާ ގުޅިގެން ކުދިންގެ ފަރާތުން ފެންނަ ކަންތައްތަކެވެ. ބައެއް
ކުދިންނަކީ ވަރަށް ފަސޭހައިން އެހެން ކުދިން އަތުގައި އޮންނަތަކެތި ބޭނުންވާ
ކުދިންނެވެ. އަދި އަނެއްބައި ކުދިންނަކީ ވަރަށް ފަސޭހައިން ފެންނަ ތަކެތި ދެނެގަނެ
އެތަކެޗާއި ބެހޭ ގޮތުން ތަފާތު ސުވާލުތައްކުރާކުދިންނެވެ.

No comments:
Post a Comment