ބޭނުންވާތަކެތި
3 ޖޯޑު ހަކުރު
2 ޖޯޑު ސޯގަމް ( ދޮނަޅަ ފުށް )
1 ޖޯޑު ހަނޑުލުށް
1 ޖޯޑު ޕޮޓެޓޯ ސްޓާޗް
1 ޖޯޑު ކޮކޯޕައުޑަރ
3 ސައިސަމްސާ ޒެންތެން ގަމް
2 ސައިސަމްސާ ބޭކިން ޕައުޑަރ
1 2/1 ސައިސަމްސާ ބޭކިން ސޮޑާ
1 ސައިސަމްސާ ލޮނު
4 ބިސް
2/1 ތަށި ކާށިތެޔޮ ( ކެއްކުމަށް ބޭނުންކުރާ )
2 ސައިސަމްސާ ވެނީލާ އެކުސްޓްރެކްޓް
2 ޖޯޑު ކިރު ( އަލްމަންޑް މިލްކު، ރައީސް މިލްކް )
ތައްޔާރުކުރާނެ
ގޮތް;
·
އެންމެ ފުރަތަމަ، ހިކިތަކެތި (ހަކުރު، ދޮނަޅަފުއް، ޕޮޓެޓޯ ސްޓާޗް،
ކޮކޯޕައުޑަރ، ޒެންތެން ގަމް، ބޭކިން ޕައުޑަރ، ބޭކިން ސޮޑާ އަދި ލޮނު ) ވަކި ތަށްތަކަށް
އެޅުމަށް ފަހު ރަނގަޅަށް އެއްކުރާނީއެވެ.
·
އަދި ދެންހުރި ދިޔާތަކެތި
(ބިސް، ކާށިތެޔޮ، ވެނީލާ އެކްސްޓްރެކްޓް، ކިރު ) ވަކި ތައްޓަކަށް އެޅުމަށްފަހު ރަގަޅަށް
އެއްކުރާނީއެވެ.
·
އަދި އޭގެ ފަހުގައި ހިކިއެއްޗެހި
ތެރެއަށް އެއްކޮށްފައިވާ ދިޔާ ތަކެތި މަދުމަދުން އަޅަމުން އެއްކުރާނީއެވެ.
·
ދެން ރަނގަޅަށް އެއްވުމުން،
މައިކްރޮވޭވް ސޭފް ތައްޓަކަށް އެޅުމަށްފަހު، މައިކްރޮވޭވް އަވަން ތެރެއަށް ލުމަށްފަހު
15-20 މިނެޓް ވަންދެން ވިހާށެވެ.
·
އަދި އޭގެ ފަހުގައި
އައިސިން ޖެހުމަށް ރަގަޅަށް ކޭކު ޑެކަރޭޓް ކޮއްލާށެވެ.

No comments:
Post a Comment