Dhirun
  • ފުރަތަމަ ސަފްހާ
  • ސިއްޚީ
    • ތަފާތު ބަލިތައް
    • ދުޅަހެޔޮކަން
    • ރަނގަޅު ކާނާ
    • ކާނާ
  • ޒީނަތްތެރިކަން
  • އިގުތިސާދު
    • ތިއަރީ
    • ހާލަތް
  • އިޖުތިމާއީ
    • މައްސަލަތައް
    • ނިޒާމު
  • ވާހަކަ
    • ހަޤިޤީ
    • ހިޔާލީ
  • މުނިފޫހި
  • އިތުރު ލިޔުންތެރިން

skip to main | skip to sidebar
Blogger Tips and TricksLatest Tips And TricksBlogger Tricks

Widgets

Home » ރަނގަޅު ކާނާ , ލައިޝާ , ސިއްހީ » ގްލޫޓަން ފުރީ ކޭކު

ގްލޫޓަން ފުރީ ކޭކު

Monday, 9 June 2014 | 0 comments








ހުރިހާ ކުދިންނަކީވެސް ކޭކު ފަދަ ތަކެތި ކެއުމަށް ވަރަށް ބޭނުންވާ ކުދިންނެވެ. ނަމަވެސް "އޮޓިޒަމް ޑިސްއޯޑަރ" ހުންނަ ބައެއް ކުދިންނަކީ ވަކި ބާވަތެއް ހުންނަ ތަކެތި ކެއުމުން އެކުދިންނަށް ވަރަށް ތަފާތު އުދަގޫތައް މެދުވެރިވާ ކުދިންނެވެ. ޚާއްސަ ގޮތެއްގައި ގުލޫޓަން ހުންނަ ބާވަތްތަކުގައި ހަދާފައިވާ ތަކެތި ކެއުމުން ގިނަ ބެލެނިވެރިންނަށް ނޭގުނު ކަމުގައި ވީނަމަވެސް އެކުދިންނަށް ތަފާތު އުދަގޫތައް ވަމުންދެއެވެ.

ގުލޫޓަން އަކީ ބައެއް ގޮވާމުގެ ބާވަތްތަކުގައި ހުންނަ ޕްރޮޓީންއެކެވެ. މިފަދަ ޕްރޮޓީން ހުންނަ ތަކެތި ކެއުމުން އޯޓިޒަމް ހުންނަ ބައެއް ކުދިން ހައިޕަރ އެކްޓިވްވެ، ސެންސަރީ މައްސަލަތައް ދިމާވެއެވެ. ނުވަތަ އެފަދަ އެހެނިހެން އުދަގޫތައްވެއެވެ. އޯޓިޒަމް ހުންނަ ކުދިން ކޭކު ކާން ބޭނުންވާނަމަ ތިރީގައި މިވާ ގޮތަށް ކޭކު ހެދުމަށްފަހު އެކުދިންނަށް ދެވިދާނެއެވެ.

ބޭނުންވާތަކެތި

  • 2 ޖޯޑު ހަނޑުލުފުއް
  • 3/2 ޖޯޑު ކޮކޯޕައުޑަރ
  • 2/1 ސަމްސާގެ ލޮނު
  • 1 ސައި ސަމްސާ ބޭކިން ސޮޑާ
  • 2/1 ޖޯޑު މާމުއި
  • 1 ޖޯޑު ކޮފީ (1 ޖޯޑު ހޫނު ފެނަށް އެއް ސައިމްސާ ކޮފީ އަޅާ ގިރާލުމަށްފަހު)
  • 4/1 ޖޯޑު ގީ ނުވަތަ ކުކިން އޮއިލް ނުވަތަ އެޕަލް ސޯސް
  • 4/1 ޖޯޑު އޮރަންޖު ޖޫސް
  • 2 ސައިސަމްސާ ވެނީލާ އެކްސްޓްރެކް

ހައްދަވާނެގޮތް

  • އެންމެ ފުރަތަމަ، ހިކިތަކެތި (ހަނޑުލުފުށް، ބޭކިންސޮޑާ، ކޮކޯޕައުޑަރ އަދި ލޮނު) ވަކި ތައްޓަކަށް އެޅުމަށް ފަހު ރަނގަޅަށް އެއްކުރާނީއެވެ.
  • އަދި ދެންހުރި ދިޔާތަކެތި ( ކޮފީޖޯޑު، އޮއިލް، އޮރަންޖު ޖޫސް އަދި ވެނީލާ އެކްސްޓްރެކްޓް ) ވަކި ތައްޓަކަށް އެޅުމަށްފަހު ރަގަޅަށް އެއްކުރާނީއެވެ.
  • އަދި އޭގެ ފަހުގައި ހިކިއެއްޗެހި ތެރެއަށް އެއްކޮށްފައިވާ ދިޔާ ތަކެތި މަދުމަދު އަޅަމުން އެއްކުރާނީއެވެ.
  • ދެން ރަނގަޅަށް އެއްވުމުން، މައިކްރޮވޭވް ސޭފް ތަށްޓަކަށް އެޅުމަށްފަހު، މައިކްރޮވޭވް އަވަން ތެރެއަށް ލުމަށްފަހު 15 މިނެޓް ވަންދެން ވިހާށެވެ.

ކޭކުމަތީގައި އައިސިން ޖަހަން ބޭނުންނަމަ ތިރީގައި މިވާ ގޮތަށް އައިސިން ހެދިދާނެއެވެ.

 ޗޮކޮލެޓް އައިސިންގ ހަދާގޮތް

  • 180 ގްރާމް އައިސިންގ ޝުގަރ
  • 125 ގްރާމް މާޖިރީން
  • 50 ގްރާމް ކޮކޯޕައުޑަރ
  • 1 ސައިސަމްސާ ވެނީލާ އެކްސްޓްރެކްޓް

ހަދާނެގޮތް

އައިސިން ޝުގަރ އާއި ކޮކޯޕައުޑަރ ވަކިން ފުރޭނި އަކަށް އެޅުމަށްފަހު ރަނގަޅަށް ފުރާނާލާށެވެ. އަދި އޭގެ ފަހުގައި ފުރޭނި އައިސިން ޝުގަރ އާއި ކޮކޯޕައުޑަރ އެއްކުރުމަށްފަހު ދެންހުރި ތަކެތިވެސް އޭގެތެރެއަށް އެޅުމަށްފަހު ރަނގަޅަށް އެއްކުރާނީއެވެ. އެއްގަޑިއިރު ވަންދެން އައިސް އަލަމާރިތެރެއަށް ލުމަށްފަހު ބޭނުންކުރާށެވެ. އަދި އޭގެ ފަހުގައި ރީތި ޑިޒައިނަކުން ކޭކުމަތީގައި ޑިޒައިން ކުރާށެވެ. 
Share this article :

ސުރުހީ އާއި ގުޅޭ ލިޔުންތައް

Posted by Unknown at 05:39
Email ThisBlogThis!Share to XShare to Facebook
Labels: ރަނގަޅު ކާނާ, ލައިޝާ, ސިއްހީ

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

މަޤުބޫލު ލިޔުންތައް

  • ފިރިހެނުންގެ ބައެއް ސިއްރު ކަންތައްތައް އެގެން ބޭނުންތަ؟
    ތި ކަނބަލުންގެ ހަޔާތުގެ ބައިވެރިޔާއަކީ ދިމާވާ ކަންތައްތައް ކިޔައިދީ ކަމެއް ދިމާވުމުން އެކަމާމެދު ވިސްނާ ފިކުރުކޮށް ނުވަތަ ...
  • ކައިވެނީގައި ޖެހޭ މައްސަލަތައް ހައްލުކުރާނެ ގޮތް
    ދެބަސްވުމާއި، ކަންކަމުގައި ހިޔާލުތަފާތުވުމާއި، ދެމީހުން އެކަކު އަނެކަކާއި މައްސަލަ ޖެހި ކުދިކުދި ހަމަނުޖެހުން ހި...
  • ފިރިހެނުން ދެކެ އަންހެނުން ލޯބިވަނީ ކީއްވެ؟
    ކޮންމެ އަންހެނަކުވެސް ތިމާ އެމީހަކު ދެކެ ލޯބިވާ ފިރިހެނެއް ބޭނުންވާނެ އެވެ. ކޮންމެ ފިރިހެނަކުވެސް ތިމާ ދެކެ ލޯބިވާ އަނ...
  • ދެމީހުންގެ މެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
    ޒަވާޖީ ހަޔާތެއް ނުވަތަ ލޯބި ވެގެންއުޅޭ ދެމީހުންގެ ދެމެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި، ދެމީހުންގެ ދެމެދުގައ...
  • ހަޔާތުގެ ބައިވެރިޔާއަށް އޮޅުވާލާ މަކަރު ހަދަނީ ކީއްވެ؟
    އެމެރިކާގައި ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ކައިވެނި ކޮށްގެން އުޅޭ މީހުންގެ ތެރެއިން %25 ފިރިހެނުންނަކީ، ...

Find Us on Facebook

About Me

Unknown
View my complete profile

Template modified by : Afey Afra
Copyright © 2011. Dhirun - All Rights Reserved