މިއީ އިންޑިޔާގެ ސްޓޭޓެއް ކަމަށްވާ ކެރަލާގެ މުސްލިމުން،
ހެނދުނުގެ ނާސްތާއަށާއި އަދި ރޯދަމަހު
ރޯދަ ވިއްލާގެން ކެއުމަށް ތައްޔާރު ކުރާ ރޮއްޓެކެވެ. ބަކަރިރިހަ، ކުކުޅުރިހަ، އަދި
ގެރިރިހަ އާއި އެކު މިރޮށި ބޭނުން ކުރެވިދާނެއެވެ. އަދި ހުދުފުށަކީ ގުލޫޓަން
ހުންނަ ބާވަތަކަށްވާތީވެ، ހަނޑުލު ފުށުގެ ރޮށި "އޯޓިޒަމް" ހުންނަ
ކުދިންނަށް ދެވިދާނެއެވެ.
ބޭނުންވާ ތަކެތި
·
1 ޖޯޑު ހަޑުލުފުށް
·
1 ޖޯޑު ފެން
·
1 ސައިސަމްސާ ތެޔޮ (ކުކިން
އޮއިލް)
·
ކުޑަ ލޮނުކޮޅެއް
ތައްޔާރުކުރާނެ ގޮތް
·
ކުޑަ ތެއްޔެއްގެ
ތެރެއަށް އެއް ޖޯޑު ފެނުގެ ތެރެއަށް ލޮނުކޮޅާއި އަދި ތެޔޮ އެޅުމަށް ފަހު
ކެއްކުމަށްޓަކާ އުދުންމައްޗަށް އުދާށެވެ.
·
ދެން ފެން ރަނގަޅަށް
ކެކެން ފެށީމަ، މަދުމަދުން ފެންގަނޑު ތެރެއަށް ފުށް އަޅާނީއެވެ. ފުށް އަޅާނިމުމުން
އުނދުން ނިއްވާލުމަށްފަހު ތެލީގެ މަތިޖަހާފައި ދެ މިނެޓް ވަންދެން ބަހައްޓާނީއެވެ.
·
އަދި އޭގެ ފަހުގައި
ސަމްސަލަކުން ފުއްގަނޑު ރަނގަޅަށް އެއްކޮއްލާށެވެ. އެއްކުރުމަށްފަހު، ރޮށި ފިހަން
ފުއްގަނޑު މޮޑޭ ގޮތަށް މޮޑެލާށެވެ.
·
ފުއްގުޅަ ހެދުމަށްފަހު،
ރޮށިފިހަން ދަމާގޮތަށް ދަމާށެވެ. ރީއްޗަށް ރޯފިލަންދެން ފިހެލާށެވެ. މާބޮޑަށް މުށިކުލަ
އަރަންދެން ނުފިހާށެވެ. އޭރުން ހަރުވާނެއެވެ.
ނޯޓް: ރޮށި ފިހެއުމުން، ރޮށީގެ ދެފުށުގައި ކާށިކިރު ފޮދެއް އުގުޅާފައި
ބަހައްޓާށެވެ. އޭރުން ކާއިރަށް މަޑުކޮށް ހުންނާނެއެވެ.

No comments:
Post a Comment