ފަޤީރު ކަމަކީ އާންމު ގޮތެއްގައި އިގްތިސާދީގޮތުން ކުރިއެރުން ދަށް ގައުމު ތަކުންނާއި އަދި ތަރައްގީ ވަމުން އަންނަ ގައުމު ތަކުން ފެންނަ ކަންތައް ތަކުގެ ތެރެއިން އެއްކަމެކެވެ. މި ގޮތަށް މިހެން ދިމާވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ގައުމުގެ އުފެއްދުންތެރިކަން ދައްވުމާއި، ލިބޭ އާންމުދަނީ ދައްވުމާއި، ފަހަށް ރައްކާކުރުމުގެ އާދަ ނެތުމާއި، ލިބޭ ފައިދާއިން އިތުރަށް އުފެއްދުންތެރިކަމަށް ބޭނުން ނުކުރުމާއި، އަދި މަސައްކަތްތެރިންގެ މަސައްކަތުގެ ހުނަރު ދައްވުން ހިމެނެއެވެ.
މުއްސަދިންނާއި ފަޤީރުންގެ ދެމެދުގައި ތަފާތު ބޮޑުވުމަށް ދިމާވާ
ސަބަބުތަކުގެ ތެރޭގައި ހިމެނޭ ބައެއް ސަބަބުތައް ތިރީގައި މިވަނީއެވެ.
·
ތަކެތީގެ އަގުތައް މައްޗަށް
ދިއުން: ތަކެތީގެ އަގުތައް މައްޗަށް ދިއުމުން، އެކަމުގެ އަސަރު އެންމެންނަށްވެސް
ކުރާނެއެވެ. ނަމަވެސް މުއްސަދިންނާއި މެދުފަންތީގެ މީހުންނަށްވުރެ އެކަމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރަނީ ފަގީރުންނަށެވެ.
ސަބަބަކީ އެބައިމީހުންގެ މިހާރުގެ އާންމުދަނީ އިން ގަނެވޭ މުދަލުގެ އަދަދު
މަދުވެގެން ދިއުމެވެ.
·
ކާންބޯން ބޭނުންކުރާ
ތަކެއްޗާއި އަދި އެހެނިހެން ތަކެއްޗަށް އެންމެންވެސް އެއްހަމައެއްގައި ނުސީދާޓެކްސް
ދައްކަން ޖެހުން: މި ގޮތަށް ޓެކްސް ދައްކަން ޖެހުމުން މުއްސަދިންނަށް ވުރެ
ފަގީރު މީހާއަށް ކުރާނެ އަސަރު ބޮޑުވާނެއެވެ. އަދި ލިބޭ ފައިސާ އިން ފަހަށް ރައްކާ
ކުރުމުގެ ބައި ކުޑަވާނެއެވެ. ސަބަބަކީ އެބައި މީހުންގެ މިހާރުގެ އާންމުދަނީގެ ބޮޑު
އިންސަތައެއް، މުއްސަދިންނާއި އަޅާބަލާއިރު، ހޭދަކުރަން ޖެހުމެވެ.
·
ފުދުންތެރިންގެ
އިޤުތިސާދީ މަސައްކަތްތަކުގެ އުފެއްދުންތެރިކަމުން ލިބޭ ފައިދާ އިތުރުވަމުންދާއިރު،
މަސައްކަތްތެރިންގެ މުސާރަ އަށް އިތުރު ބަދަލުތަކެއް ނައިސް އެއްހަމަ އެއްގައި
ހުރުން
·
ޓެކްސް ދައްކަން ޖެހޭ
މީހުން ޓެކްސް ދެއްކުމަށް މަކަރު ހަދާ ޓެކްސް ނުދެއްކުމާއި، މިހެން ވުމުގެ
ސަބަބުން މުއްސަދިން އިތުރަށް މުއްސަދިވެ، ފަގީރުންނާއި މުއްސަދިންގެ ދެމެދުގައިވާ
ފަރަގު އިތުވެގެން ދިއުން
·
ގައުމުގެ މަދު އަދި ވަކި
ބައެއްގެ އަތްމައްޗަށް ވިޔާފާރީގެ ބާރުތައް ދިއުން
·
ގައުމު އިތުރަށް ތަރައްގީވުމަށް
ހުރަސްތައް އެޅުމުގެ ސަބަބުން، ފަޤީރުކަން ނައްތާލުގެ ހަރަކާތްތައް ހީނަރުވުން
·
ގައުމުގެ އާބާދީ ވަސީލަތަށް
ނުކަތާ މިނަށް އިތުރުވަމުން ދިއުން
·
ވަޒީފާ ނެތް މީހުން
އިތުރުވުން
·
ވަޒީފާ އަދާކުރުމުގެ
ގާބިލްކަން ލިބިފައިވާ މީހުންގެ ތެރެއިން ވަޒީފާ އަދާނުކުރާ މީހުން ގިނަވުން
·
ބިމާއި މުދަލާއި
އާންމުދަނީ ބެހުމުގައި ހަމަހަމަ އުސޫލުތަކެއް ނެތުން
·
އެކި ސަރަހައްދު ތަކުގެ
މެދުގައި ތަރައްޤީއާއި ތަރައްޤީގެ މަޝްރޫއު ތަކުގެ ތަފާތު ހުރުން

No comments:
Post a Comment