ފަހުގެ ދަންނަ ބޭކަލުން ބައެއް ޙާލަތްތަކުގައި
ނަސަބު ސާބިތުކުރަން ޑީ.އެން.އޭ ބޭނުންކުރުން ވަނީ ހުއްދަކުރައްވާފައެވެ. އެބޭފުޅުން
ޤިޔާސްކުރައްވަނީ ޤިޔާފާއިން ނަސަބު ސާބިތުކުރުމުގެ މައްޗަށެވެ. އެހެނީ ޤިޔާފާއިން
ނަސަބު ސާބިތުކުރެވޭ ހިނދު، ޑީ.އެން.އޭ އަކީ އެއަށްވުރެ ހަރުދަނާ، އަދި ވަރުގަދަ ޤަރީނާއަކަށް
ވާހިނދު، އޭގައި ހިފުން މާ ބޮޑަށް އައުލާކަން ބޮޑުކަމަށް ޢިލްމުވެރީން ވިދާޅުވެއެވެ.
ޤިޔާފާއިން ސާބިތުވާ ޙުކުމް ޑި.އެން.އޭ އިން ސާބިތުވާނެކަމަށް
ޤިޔާސްކޮށް ދަލީލް ނެންގެވި ކަމުގައި ވިނަމަވެސް މި ދެގޮތުގައިވެސް ފާހަނގަކުރެވޭ ތަފާތުތައް
އެބަހުއްޓެވެ.
1.ޑީ.އެން.އޭ ބިނާވެފައިވަނީ
ސައިންޓިފިކް ޙަޤީޤަތެއްގެ މައްޗަށް ވީނަމަވެސް، ޤިޔާފާ ބިނާވަނީ ކުޅަދާނަކަމާއި، ފަރާސަތުގެ
ޢިލްމުގެ މައްޗަށެވެ.
2.ޤިޔާފާ ބޭނުން ކުރެވެނީ ހަމައެކަނި
ނަސަބު ސާބިތުކުމަށް ކަމުގައިވީނަމަވެސް ޑީ.އެން.އޭ އެހެނިހެން ކަންކަން ކަނޑައެޅުމުގައިވެސް
ބޭނުންކުރެވެއެވެ.
3. ޤިޔާފާ ބިނާވަނީ ބޭރުފުށުން
ފެންނަ ގުނަވަނުގެ އެއްގޮތް ސިފަތަކަށް ވާހިނދު އޮޅުމެއް ނުވަތަ ނުބައިވުން އެކުލެވިގެންވުމީ
އެކަށީގެންވާ ކަމެއްކަމުގައި ވީނަމަވެސް ޑީ.އެން.އޭ އަކީ މާއްދީ އެއްޗަކަށް ވެފައި
އޭގެ ނަތީޖާއިން ޔަޤީނާއި ގާތަށް ވާޞިލުވެއެވެ.
4.ޤިޔާފައިން ޚިލާފް ނަތީޖާއަކަށް
އާދެވުން ނުވަތަ ދެމީހަކަށް ކުއްޖަކު ވައްތަރުވުން އެކަށީގެން ވާހިނދު، ޑީ.އެން.އޭ
އިން ކަނޑައެޅިގެން އެފަދަ ނަތީޖާއަކަށް ވާޞިލްވުން ދުރުކޮށްދޭނެއެވެ.
އެހެންކަމުން، ޑީ.އެން.އޭ ބެލެވެނީ މިނިވަން ހެއްކަކަށް
ނުވަތަ ހަރުދަނާ ނުވަތަ ކަށަވަރުކަން ލިބިގެންވާ ޤަރީނާއަކަށެވެ.

No comments:
Post a Comment