ޑީ.އެން.އޭ ނުވަތަ ( deoxyribonucleic
acid ) އަކީ، މައިންބަފައިންގެ
ފަރާތުން ވާރުތަވެފައިވާ ވިރާޘީ ބަހާއެވެ. ގާތްގަދަކަށް ހަށިގަނޑުގެ ކޮންމެ ސެލްއެއްގައި
ވެސް މިމާއްދާ އެކުލެވިގެންވާނެއެވެ. އަދި އެއްމާބަނޑުވުމުގައި އެއްގޮތްކަން ހުންނަކުދިން
ފިޔަވައި ޑީ.އެން.އޭ ހުރިހާ މީހުންގެވެސް ތަފާތުވާނެއެވެ. ވިރާސީ ކުރެހުން އެކުލެވިގެންވަނީ
ކްރޮމޮޒޯމްތަކެއްގެ މައްޗަށެވެ.
އިންސާނާގެ ކިބައިގައި އޭނާގެ މައްމައާއި ބައްޕަގެފުށުން
ސިފަތައް ވާރުތަވެފައިވެއެވެ. އެއީ މަންމަގެ ފުށުން ތޭވީސް ވިރާސީ ސިފައާއި ބައްޕަގެ
ފަރާތުން ތޭވީސް ވިރާސީ ސިފައެވެ. މުޅި ޖުމްލަ ސަޅީސް ހަ ވިރާސީ ސިފަ އިންސާނާގެ ކިބައިގައި
ވެއެވެ. އެއީ އިންސާނާ އުފެދިފައިވަނީ އެއްކުރެވިފައިވާ މަނި ތިއްކަކުންކަމުގައި ﷲ
ބަޔާންކުރައްވާފައިވެއެވެ. އެއީ ބައްޕަގެ ނުޠްފާ( މަނި) އާއި މައްމަގެ ނުޠްފާ އެވެ.
މިކަން ޤުރްއާނުން އެނގެން އެބައޮތެވެ.
އަލްއިންސާން ސޫރަތުގެ ދެވަނަ އާޔަތުގައި ﷲ ވަޙިކުރެއްވި
ބަސްފުޅުގެ މާނައިގައި ވެއެވެ. " ހަމަކަށަވަރުން، އެއްކުރައްވާފައިވާ މަނިތިއްކަކުން،
ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. (އެއީ) އޭނާ އިމްތިޙާން ކުރެއްވުމަށްޓަކައެވެ.
ފަހެ، ކަންފަތަށް އިވޭ، ލޮލަށް ފެންނަ މީހަކު ކަމުގައި ތިމަންރަސްކަލާނގެ އޭނާ ލެއްވީމެވެ.
" އެވެ.

No comments:
Post a Comment