Dhirun
  • ފުރަތަމަ ސަފްހާ
  • ސިއްޚީ
    • ތަފާތު ބަލިތައް
    • ދުޅަހެޔޮކަން
    • ރަނގަޅު ކާނާ
    • ކާނާ
  • ޒީނަތްތެރިކަން
  • އިގުތިސާދު
    • ތިއަރީ
    • ހާލަތް
  • އިޖުތިމާއީ
    • މައްސަލަތައް
    • ނިޒާމު
  • ވާހަކަ
    • ހަޤިޤީ
    • ހިޔާލީ
  • މުނިފޫހި
  • އިތުރު ލިޔުންތެރިން

skip to main | skip to sidebar
Blogger Tips and TricksLatest Tips And TricksBlogger Tricks

Widgets

Home » ހާލަތު , އިޤުތިޞާދު , އިޖުތިމާއީ » މިޒަމާނުގައި ހިންގާ އިންޝޫރެންސް ކުންފުނިތައް – ދެވަނަ ބައި

މިޒަމާނުގައި ހިންގާ އިންޝޫރެންސް ކުންފުނިތައް – ދެވަނަ ބައި

Tuesday, 5 August 2014 | 0 comments










އިންޝޫރެންސް ކުންފުނިތައް އެންމެ ފުރަތަމަ އެފެދެން މެދުވެރި ސަބަބަކީ، ހުޅަނގުގެ ޤައުމުތަކުގެ މުއްސަދި ވިޔަފާރިވެރީންގެ ވިޔަފާރިއަށް ދިމާވި ގެއްލުމުގެ ޙާދިސާތަކެކެވެ. އަދި މިކަމުގެ ސަބަބުން އެޤައުމުތަކުގެ އިޤްތިޞާދަށް ވަރަށް ބޮޑެތި ނުރަގަނޅު އަސަރުތައް ކުރިއެވެ. އެހެންކަމުން އިންޝޫރެންސް ކުންފުނިތައް ހަދައި، ވިޔަފާރީގެ ގެއްލުންތައް ފޫބެއްދުމަށް މިޤައުމުތަކުގައި މިބައިމީހުން ކަނޑައެޅިއެވެ. އަދި އިސްލާމީ ޤައުމުތަކަށް މިކަން އައިސްފައިވަނީ، ވިޔަފާރީގެ ބަވަނަ ކުރުމުގެ ތެރެއިންނެވެ.

އިންޝޫރަންޝަކީ، ފާއިތުވި ދެޤަރުނުގެ ތެރޭގައި ފެށިފައިވާ ކަމެއްކަމުގައި ޢަބްދުއްލަޠީފް މަޙްމޫދު ސިފަ ކުރައްވާފައި ވެއެވެ.

ނަމަވެސް ޑރ. ޢީސާ ޢަބްދޫ ގެ ފޮތުގައި މިކަމަކީ ޤަރުނުތަކެއް ކުރިން ކަނޑުމަގުން މުދާ އުފުލި ބޯޓް ފަހަރުތަކަށް ޙަދިޘާތައް ދިމާވެ ބޮޑެތި ގެއްލުންތައް ލިބެމުން ދިއުމާއި ގުޅިގެން ކަނޑު ބޯޓް ފަހަރުތައް އިންޝޫރެންސް ކުރަން ފެށިފައި ވެއެވެ.

އަދި އިންޝޫރެންސް ނިޒާމަކީ، 13 ވަނަ ޤަރުނުގައި ހުޅަނގުގައި ތަޢާރަފްވި ނިޒާމެއްކަމުގައިވެސް ބައެއް ފޮތްތަކުގައި ބަޔާންކުރެއެވެ. އަދި މި ނިޒާމު އެންމެ ފުރަތަމަ ތަންފީޒު ކުރެވިފައިވަނީ، ކަނޑުމަގުން އަދި އެއްގައުމުން އަނެއްޤައުމަށް މުދާ އުފުލާ  ބޯޓް ފަހަރުތަކަށް ދިމާވާ ނުރައްކާތަކަށް އަމާޒްކުރެވިގެން ކަމަށް ވެއެވެ.

މިނިޒާމު ފެށުނުއިރު ބޭނުންކުރި ފަރާތްތައް މަދުވި ކަމުގައިވީނަމަވެސް މިއަދު މިފަދަ ނިޒާމްތަކުގައި އަދި ކުންފުނިތަކުގައި ބައިވެރިވާ ފަރާތްތައް އިންތިހާއަށް ގިނަވެފައިވެއެވެ. އަދި މިނިޒާމްވަނީ މުޅި ދުނިޔެއަށް ފެތުރި ޢާއްމުވެފައެވެ. އަދި މިނިޒާމުގެ ދާއިރާ ފުޅާވެގެން އައިސް ކަނޑުގައި ދުއްވާ ހުރިހާ ބާވަތެއްގެ އުޅަދާއި، އެއްގަމުގައި ބޭނުންކުރެވޭ އެންމެހައި ސަވާރީތަކާއި، އުޅަދުތައް، ވައިގެމަގުން ދަތުރުކުރާ އެންމެހައި އުޅަދުތަކާއި، ގޯތި ގެދޮރާއި އިންސާނުންގެ ޙަޔާތުގެ މައްޗަށް ނުރެވޭ އިންޝޫރެންސްގެ މުޢާމަލާތްތައް ހިމެނެއެވެ.


މިއީ މިޒަމާނުގައި ތަޢާރަފުވެފައިވާ އަދި ކުރީގެ ޢިލްމުވެރީން ގެ ތެރެއިން 1252 ވަނަ އަހަރުގައި އަވަހާރަވެފައިވާ ޙަނަފީ މަޒުހަބުގެ ޢިލްމުވެރިއެއްފިޔަވާ ކުރީގެ އެއްވެސް ޢިލްމުވެރިއަކު ވާހަކަ ދައްވާ ބަޙުޘްކޮށްފައިވާ މައުޟޫއެއްނޫނެވެ. އިބްނު ޢާބިދީން ވިދާޅުވާ ގޮތުގައި އިންޝޫރެންސްގެ ޢަޤްދަކީ ހުއްދަނޫން ޢަޤްދެކެވެ. އަދި މިމައްސަލައާމެދު ޢިލްމުވެރިން ޙުކުމް ނެރުއްވާ ބޭކަލުންގެ ރައުޔު ބަޔާންކޮށް ޙުކުމް ކަނޑައަޅުއްވަން ޖެހިވަޑައިގަތީވެސް މިޒަމާނުގައެވެ. މިގޮތުން އެބޭފުޅުންގެ އަރިހުގައި މިމައްސަލައާމެދު ރައުޔު ތަފާތެވެ. 
Share this article :

ސުރުހީ އާއި ގުޅޭ ލިޔުންތައް

Posted by Unknown at 07:43
Email ThisBlogThis!Share to XShare to Facebook
Labels: ހާލަތު, އިޤުތިޞާދު, އިޖުތިމާއީ

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

މަޤުބޫލު ލިޔުންތައް

  • ފިރިހެނުންގެ ބައެއް ސިއްރު ކަންތައްތައް އެގެން ބޭނުންތަ؟
    ތި ކަނބަލުންގެ ހަޔާތުގެ ބައިވެރިޔާއަކީ ދިމާވާ ކަންތައްތައް ކިޔައިދީ ކަމެއް ދިމާވުމުން އެކަމާމެދު ވިސްނާ ފިކުރުކޮށް ނުވަތަ ...
  • ކައިވެނީގައި ޖެހޭ މައްސަލަތައް ހައްލުކުރާނެ ގޮތް
    ދެބަސްވުމާއި، ކަންކަމުގައި ހިޔާލުތަފާތުވުމާއި، ދެމީހުން އެކަކު އަނެކަކާއި މައްސަލަ ޖެހި ކުދިކުދި ހަމަނުޖެހުން ހި...
  • ފިރިހެނުން ދެކެ އަންހެނުން ލޯބިވަނީ ކީއްވެ؟
    ކޮންމެ އަންހެނަކުވެސް ތިމާ އެމީހަކު ދެކެ ލޯބިވާ ފިރިހެނެއް ބޭނުންވާނެ އެވެ. ކޮންމެ ފިރިހެނަކުވެސް ތިމާ ދެކެ ލޯބިވާ އަނ...
  • ދެމީހުންގެ މެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
    ޒަވާޖީ ހަޔާތެއް ނުވަތަ ލޯބި ވެގެންއުޅޭ ދެމީހުންގެ ދެމެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި، ދެމީހުންގެ ދެމެދުގައ...
  • ހަޔާތުގެ ބައިވެރިޔާއަށް އޮޅުވާލާ މަކަރު ހަދަނީ ކީއްވެ؟
    އެމެރިކާގައި ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ކައިވެނި ކޮށްގެން އުޅޭ މީހުންގެ ތެރެއިން %25 ފިރިހެނުންނަކީ، ...

Find Us on Facebook

About Me

Unknown
View my complete profile

Template modified by : Afey Afra
Copyright © 2011. Dhirun - All Rights Reserved