އިންޝޫރެންސް މިބަހުގެ ލުޣަވީ
މާނައަކީ، އަމާންކަމެވެ. ނުވަތަ ރައްކާތެރި ކަމެވެ. ބަހުގެ ގޮތުން އަމާން ކަމުގެ
އިދު ކޮޅަކީ، ބިރުވެރިކަމެވެ. އަމާނާތް ތެރިކަމުގެ އިދިކޮޅު ސިފައަކީ،
ޚިޔާނާތްތެރިކަމެވެ. އަދި އީމާންކަމުގެ ނުވަތަ ތެދުކޮށް ޤަބޫލުކުރުމުގެ އިދިކޮޅު
ސިފައަކީ ކުފުރު ނުވަތަ ޤަބޫލުނުކުރުމެވެ.
އިޞްޠިލާޙުގައި މިބަހުގެ މާނައަކީ،
ނުރައްކަލެއް ނުވަތަ ގެއްލުމެއް ނުވަތަ ބޮޑުކަމެއް ދިމާވާ ހިނދު، އޭގެ ބަދަލު ދޭގޮތަށް
އެކަމަށް އެދޭފަރާތުން އެއްފަހަރާ ނުވަތަ މަހުން މަހަށް ފައިސާ ދެއްކުމަށް ވެވޭ
އެއްބަސްވުމެކެވެ. އެހެންކަމުން އިންޝޫރަންސް ގެ މާނައަކީ ބަދަލުދިނުމުގެ ގޮތުން ނުވަތަ
އެކަކު އަނެކަކަށް އެހީތެރިވުމުގެ ގޮތުން ވެވޭ އެގްރިމެންޓެކެވެ. އަދި އެއީ
ޙާދިޘާއެއް ހިނގައިފި ޙާލަތެއްގައި އަނެކާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްވެވޭ
އެއްބަސްވުމަކަށް ކިޔާ ނަމެކެވެ.

No comments:
Post a Comment