މިއީ ދިގު މުއްދަތަކަށް
ދެމިގެންދާ ޑިޕްރެޝަންގެ ބާވަތެކެވެ. މިކަމުގެ ސަބަބުން މީހާގެ މޫޑަށް
ބަދަލުތަކެއް އައިސް އަބަދުވެސް ހުންނާނީ ކަމެއް ކުރާހިތް ނުވެފައެވެ. އެކަމަކު
މޭޖަރ ޑިޕްރެޝަންއާ އަޅާ ބަލާއިރު މި ކަމުގައި ފެންނަ އަލާމާތްތައް ތަންކޮޅެއް
ދަށްކަން ފާހަގަ ކުރެވެއެވެ.
މި ކަން މެދުވެރިވާ ސަބަބު
ހޯދިފައި ނެތް ކަމުގައި ވިޔަސް މިކަމަކީ އާއިލާގެ ތެރޭގައި އެއްބަޔަކު
އަނެއްބަޔަކުގެ ފަރާތުން ފެންނަ ކަމެއް ގޮތުގައި ވަނީ ފާހަގަ ކުރެވިފައެވެ.
ފިރިހެނުންނާއި އަޅާ ބަލާއިރު ބޮޑަށް މިކަން ފެންނަނީ އަންހެނުންގެ ފަރާތުންނެވެ.
މިކަން ފެންނަ ގިނަ
މީހުންނަކީ ކަންކަމާ މެދު މާބޮޑަށް ހާސްވެ ކަންބޮޑުވާ މީހުންނާއި، މަސްތުވާތަކެތީގެ
އަވާގައި ޖެހިފައިވާ މީހުން ނުވަތަ ރާ ބުއިމަށް އާދަ ވެފައިވާ މީހުންނެއެވެ.
މި ޑިސްއޯޑަރ ހުންނަ
ދުވަސްވެފައިވާ މީހުންނަކީ، އެކަނިވެރި ދިރިއުޅުމެއް އުޅެން ބޭނުންވާ، ކޮންމެވެސް
ބައްޔަކަށް ބޭސްފަރުވާ ކުރާ އަދި އަމިއްލައަށް ތިމާގެ ހާލަތާ މެދު އަޅާލައިގެން
އުޅެން އުދަގޫވާ މީހުންނެއެވެ.
މިކަމުގައި ފެންނަ ބައެއް
އަލާމަތްތައް:
މި ޑިސްއޯޑަރ ޖެހިފައިވާ
މީހުންގެ ފަރާތުން ފެންނަ މައިގަނޑު އެއްކަމަކީ ތިމާގެ މޫޑުށް އަބަދުވެސް ނޭދެވޭ
ބަދަލުތަކެއް އައިސް ކަންކަމާމެދު ހިތްހަމަ ނުޖެހިގެން އުޅެން ޖެހުމެއެވެ. އަދި
މިގޮތަށް ބައެއް މީހުން ދެ އަހަރަށް ވުރެ ގިނަ ދުވަސް ހޭދަ ކުރަން ޖެހިފައިވެއެވެ.
އަދި މިޑިސްއޯޑަރ ހުންނަ ކުޑަކުދިންނާއި ފުރާއުމުރުފުރާގެ ކުދިން، މާ ބޮޑަށް ޑިޕްރެޝަންނަށް ދިއުމުގެ
ބަދަލުގައި މޫޑަށް ނޭދެވޭ ބަދަލުތަކެއް އައިސް ކަންކަމާއި މެދު
ހިތްހަމަ ނުޖެހިގެން އުޅޭތަން އާދެއެވެ. އަދި މިގޮތުގައި ގާތް ގަނޑަކަށް އެއް
އަހަރު ހޭދަކުރަންޖެހެއެވެ.
ތިރީގައި މިވާ
ކަންތައްތަކުގެ ތެރެއިން ދެކަމެއް ފެނިއްޖެ ނަމަ އެމީހަކީ ދިސްތީމިއާ ޑިސްއޯޑަރ
ހުންނަ މީހެއް ކަމަށް ފާހަގަ ކުރެވިދާނެއެވެ.
·
މާ ބޮޑަށް
ކަންކަމާ މެދު އުއްމީދު ގެއްލިފައި ހުރުން
·
މާ މަދުން ނުވަތަ
މާ ބޮޑަށް ނިދުން
·
ގައިގައި ހަކަތަ
ނެތުން ނުވަތަ ކަންކަން ކުރާހިތް ނުވުން
·
އަމިއްލަ
ނަފްސަށް ކުރާ އިތުބާރު ކުޑަވުން
·
ކާހިތްނުވުން
ނުވަތަ މާގިނައިން އާދަޔާ ހިލާފަށް ކެއުން
މި ޑިސްއޯޑަރ އަށް
ބޭނުންކުރާ ބައެއް ނަންނަމުގެ ތެރޭގައި ނިޔުރޯޓިކް ޑިޕްރެޝަން، ކުރޮނިކް
ޑިޕްރޭޝަން އަދި ޑިޕްރެޝަން- ކުރޮނިކު ހިމެނެއެވެ.

No comments:
Post a Comment