ބޮޑެތި މީހުންނެކޭ އެއްގޮތަށް
ކުޑަކުދިންވެސް ކަސްރަތުކޮށް އުޅުމަކީ ވަރަށް މުހިންމު ކަމެކެވެ. ކުޑަކުދިން
މަދުވެގެން އެއް ގަޑިއިރު ކަސްރަތު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މި ގޮތުން
ކުޑަކުދިންނަށް ކުރެވިދާނެ ކަސްރަތުތަކުގެ ތެރޭގައި ބައިސްކަލު ދުއްވުން، ފެތުން، ޓެނިސްކުޅުން، ހިގުން، ބާސްކެޓް ބޯޅަ
ކުޅުން، ފުޓްބޯޅަ ކުޅުން، ތަފާތު ނެށުމުގެ ހަރަކާތާއި އަދި ދުވެގެން
ކުޅޭ ތަފާތު ކުޅިވަރުތައް ހިމެނެއެވެ.
ކަސްރަތުގެ ސަބަބުން
ކުޑަކުދިންނަށް ލިބޭ ތަފާތު ފައިދާ
·
ސްޓްރެސްއިން ސަލާމަތްވުން
·
އަމިއްލައަށްވެސް ހިތްހަމަ ޖެހިފައި ހުރުން
·
ސުކޫލުގައި ކިޔަވަން ފަސޭހަވުން
·
ރަނގަޅު ދުޅަހެޔޮ ސިއްހަތެއްގައި ހުރުން
·
ހަށިގަނޑު އާދަޔާ ޚިލާފަށް ބަރުވުން ދަށްކޮށްދިނުން
·
ރޭގަނޑަށް ނިދަން ފަސޭހަވުން
·
ހަށިގަނޑުގެ މަސްތަކާއި ކަށިތަކުގެ ބާރު ގަދަވުން
·
ބްލަޑް ޕްރެޝަރ އަދި ކޮލެސްޓްރޯލް ލެވެލް ރަނގަޅަށް ހުރުން
މިހާރަކަށް އައިސް ގިނަ
ކުދިންނަކީ ކަސްރަތުކުރުމުގެ ބަދަލުގައި ގިނަ ވަގުތު ޓީވީ އަދި ކޮމްޕިޔުޓަރ ގޭމު
ކުޅުމަށް ވަގުތު ހޭދަކުރާ ބައެކެވެ. މި
ކަންތައްތަކުން ކުދިން ދުރުކުރުމަށްޓަކައި ބެލެނިވެރިންވެސް ކުދިންނާއި ބައިވެރިވެގެން
ތަފާތު ކުޅިވަރުތައް ކުޅެވިދާނެއެވެ. އަދި މީގެ އިތުރުން ކާރު ނުވަތަ ސައިކަލުގައި
ކުދިން ގޮވައިގެން ތަންތަނަށް ދިޔުމުގެ ބަދަލުގައި ކުދިން ގޮވައިގެން ހިގާފައި
ތަންތަނަށް ދިއުމާއި އަދި ބައިސްކަލުގައި
ކުދިން ސުކޫލަށް ފޮނުވުން ފަދަ ކަންކަން ކުރެވިދާނެއެވެ.

No comments:
Post a Comment