ތިރީގައި މިވަނީ ދިސްތީމިއާ
ޑިސްއޯޑަރ ގެ ފަރުވާ އެއްގެ ގޮތުން ކުރެވިދާނެ ކަންތައްތަކެވެ.
މެޑިކަލް ޗެކްއަޕްއެއް
ހަދައިގެން ސިއްހަތަށް ގެއްލުންވާފަދަ މައްސަލައެއް ހުރިތޯ ބެލިދާނެއެވެ. މިގޮތުން
ތިމާގެ ގައިގެ ލޭ އަދި ޔޫރިން ޓެސްޓް ހަދައިގެން ޑިޕްރެޝަންނަށް ދިއުމަށް
މެދުވެރިވާ އެއްވެސް ބައްޔެއް ހުރިތޯ ބެލިދާނެއެވެ. މީގެ އިތުރުންވެސް ތިރީގައި
މިވާ ބައެއް ކަންތައްތަކަކީ ދިސްތީމިއާ
ޑިސްއޯޑަރ ގެ ފަރުވާއެއްގެ ގޮތުން ކުރެވިދާނެ ކަންތައްތަކެކެއެވެ.
·
ރަނގަޅަށް ނިދި ހަމަކުރުން
·
ސިއްހަތަށް ފައިދާ ހުރި ރަނގަޅު ކާނާ ކެއުން
·
ޑޮކްޓަރ ގެ ލަފާގެ މަތިން ބޭސް ބޭނުންކުރުން އަދި ބޭހުގެ ސަބަބުން އެއްވެސް
އުދަގުލެއްވާނަމަ، ޑޮކްޓަރއާ މަޝްވަރާކުރުން
·
ބަރާބަރަށް ކަސްރަތުކުރުން
·
ހިތްހަމަ ޖެހޭ ބާވަތުގެ މަސައްކަތުގައި މަސްއޫލުވެގެން އުޅުން
·
އިތުބާރު ކުރެވޭ ފަރާތަކާ، ތިމާގެ ބައްޔަށް އަންނަ ބަދަލު ހިއްސާކުރުން
·
ތިމާއަށް ހިތްހެޔޮ ގާތް އެކުވެރިންނާއެކު އުޅުން
·
ބަނގުރާ އަދި މަސްތުވާތަކެއްޗާ ދުރުހެލިވެގެން އުޅުން
މީގެ އިތުރުން ބައްޔަށް ބޭސްފަރުވާ
ކުރަމުން ދާއިރު ޑޮކްޓަރާ މަޝްވަރާނުކޮށް ބޭސް ބޭނުންކުރުން މެދު ކަނޑާލައިގެން
ނުވާނެއެވެ. ބޭސް ބޭނުންކުރުން އެއްފަހަރާ ހުއްޓާލުމުގެ ބަދަލުގައި ޑޮކްޓަރގެ
ލަފަޔާއި އިރުޝާދުގެ ދަށުން ބޭސް ބޭނުންކުރުން މަޑުމަޑުން މަދުކުރުމަށްފަހު ބޭސް
ބޭނުންކުރުން ހުއްޓާލެވި ދާނެއެވެ.

No comments:
Post a Comment