މީހުންނަށް އަޅާލާ އަދި މީހުން
ބަލަހައްޓާ މީހުންނަކީ، ބަލިވުމުގެ ސަބަބުން ނުވަތަ އަޅާލޭނެ ފަރާތެއް ނެތް
މީހުންގެ ތެރެއިން، އެހެން މީހުންގެ އެހީތެރިކަމަށް ބޭނުންވުމުން، އޯގާތެރިކަމާއި ލޯތްބާއި
ކުލުނާއެކު ކަމޭ ހިތާ އެހީތެރިކަމުގެ އަތެއް ފޯރުކޮށްދޭ ފަރާތްތަކެވެ.
މިގޮތަށް މީހުން ބަލަހައްޓާ
މީހުންގެ ތެރެއިންވެސް، ދިގުމުއްދަތަކަށް ދެމިގެންދާ ބަލިމީހުން
ބަލަހައްޓާ މީހުންނަށްވެސް އެހެން މީހުންގެ ފަރާތުން އެހީތެރިކަމާއި އެއްބާރުލުން ބޭނުންވެއެވެ.
އެމީހުންނަކީވެސް ވަރަށް ސްޓްރެސްކޮށް ހަފްތާއަކު ހަތްދުވަހު އަދި ކޮންމެ ދުވަހަކު
24 ގަޑިއިރުހެން ބަލިމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ ބައެކެއެވެ.
ހާއްސަ ގޮތެއްގައި ހާއްސަ
އެހީއަށް ބޭނުންވާ ފަރާތްތަކާއި އަދި ސިކުނޑިއަށް ދިމާވާ މައްސަލައެއްގެ ސަބަބުން
ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް އަމިއްލައަށް ނުކުރެވޭ ފަރާތައް، ބަލަހައްޓާ މީހުންނަކީ އެހެން މީހުންނާއި ހިލާފަށް މާ
ބޮޑަށް ސްޓްރެސް ދިރިއުޅުމެއް އުޅެންޖެހިފައިވާ ފަރާތްތަކެކެވެ.
މިފަދަ މީހުންނަށް ދިމާވާ
މައްސަލަތަކުގެ ތެރޭގައި ތިރީގައި މިވާ ބައެއް ކަންތައްތައް ހިމެނެއެވެ.
1.
ކަންކަމާމެދު މާބޮޑަށް ހާސްވެ ކަންބޮޑުވުން
2.
ދިމާވާ ކަންތައްތަކުގެ ސަބަބުން ހިތްހަމަ ނުޖެހޭ ގޮތްވުން
3.
ދުވާލު ހަތަރު ދަމު އެފަދަ މީހުން ގޮވައިގެން އުޅެން ޖެހުމުގެ ސަބަބުން،
އަމިއްލަ ދިރުއުޅުމާއި މެދު ވިސްނާ ފިކުރު ކުރާނެ ވަގުތެއް ނުލިބުމުން
4.
ރޭގަނޑު ނިދާ ގަޑިޖެހޭއިރު ވަރުބަލިވެފައި ހުންނަށްޖެހުން
5.
މިހާރު ދޭ ފަރުވާއަށްވުރެ ރަނގަޅު ފަރުވާއެއް ދެވޭނެ ގޮތަކާމެދު މާބޮޑަށް
ވިސްނާ ފިކުރުކުރުން
6.
ޑިޕްރެސަންގެ އަލާމަތްތައް ފެނުން
7.
ދިގު މުއްދަތަކަށް ދެމިގެންދާ ސިއްހީ މައްސަލަތައް ދިމާވުން، (މިސާލަކަށް، ހިތުގެ މައްސަލަތައް، ކެންސަރ އަދި ޑައިބެޓިކްސް ފަދަ)
8.
އިމިޔުނި ސިސްޓަމްގެ ބާރު ދައްވުން
ފިރިހެނުންނާއި އަޅާ ބަލާއިރު
މިގޮތަށް ބަލިމީހުން ބަލަހައްޓާ ގިނަ މީހުންނަކީ އަންހެނުންނެވެ. އަދި މިފަދަ
ބަލިމީހުން ބަލަހައްޓާ ފަރާތްތަކަށްވެސް ރަނގަޅު ކާނާއާއި، ފުރިހަމަ ނިދި އަދި
މީގެ އިތުރުންވެސް ބަރާބަރަށް ކަސްރަތު ކުރުމަކީ މުހިންމު ކަމެކެއެވެ.

No comments:
Post a Comment