ބައެއް ކުދިންގެ
ފަރާތުން ތަފާތު ނުރަގަނޅު އާދަތައް ފެންނަމުންދެއެވެ. މި ގޮތަށް ބޮޑަށް ދިމާވަނީ
ކުއްޖާއަށް ދިމާވާ ހާސްކަމެއް ނުވަތަ ކަންބޮޑުވުމުންގެ ސަބަބުންނާއި އަދި
އެކުދިންގެ ދިރިއުޅުމުގައި ދިމާވާ އާދަޔާ ހިލާފަށް ހިތްދަތި ކަންތައްތަކުގެ
ސަބަބުންނެއެވެ. މީގެ އިތުރުން މާ ބޮޑަށް ސްޓެރެސް ދިރިއުޅުމެއް އުޅެން ޖެހިފައިވާ
ކުދިންގެ ފަރާތުންވެސް މިފަދަ އާދަތައް ފެންނަމުންދެއެވެ.
މިސާލަކަށް
ބުނާނަމަ، އެއްބަޑު އެއްބަފާ ކުދިންގެ މެދުގައި ހިގާ ތަފާތު ދެބަސްވުމުގެ
ސަބަބުންނާއި، މަންމަ އާއި ބައްޕަ ވަރިވެގެން ދިއުމުން ނުވަތަ މައިން ބަފައިން ނިޔާވުން
ހިމެނެއެވެ. ކުދިންގެ ފަރާތުން ގޯސް އާދަތައް ފެންނަށް ފެށުމަކީ ވަރަށް
ނުރައްކާތެރި ކަމެކެވެ. މި ގޮތަށް މިފަދަ ގޯސް އާދަތައް ފެންނަށް ފެށުމުން
ކުއްޖާގެ ފަރާތުން އާދަޔާ ހިލާފް ސިފަތައް ފެންނަށް ފަށައެވެ. ކުއްލި ކުއްލި އަށް
ރުޅިއައުމާއި، ކަންތައްތަކާ މެދު ހިތްހަމަ ނުޖެހުމާއި އަދި ކުއްޖާގެ އުމުރާ ނުގުޅޭ
ކަހަލަ އާދަތައް ކުއްޖާގެ ފަރާތުން ފެންނަށް ފެށުން ހިމެނެއެވެ. މިގޮތަށް 06 މަސް
ވަންދެން ކުއްޖާގެ ފަރާތުން މިފަދަ ކަންތައްތައް ފެނިއްޖެ ނަމަ އެކުއްޖާއަކީ
ތަފާތު މައްސަލަ އެއް ހުރި ކުއްޖެއްގެ ގޮތުގައި ބެލެވިދާނެއެވެ.
ތިރީގައި މިވަނީ
މިފަދަ ކުދިންގެ ފަރާތުން ފެންނަ ބައެއް ނުރަނގަޅު އާދަތަކެއެވެ.
1.
އަމިއްލަ ނަފްސަށް އަނިޔާ ދިނުމާއި، އެހެންމީހުންނަށާއި އަދި ޖަނަވާރުންނަށް
އަނިޔާކުރުން
2.
މުދަލަށް ގެއްލުން ދިނުން
3.
ދޮގުހެދުން، ވައްކަން ކުރުން
4.
ކިޔެވުމަށް ދައްވުމާއި އަދި ސްކޫލަށް ދިއުމުގައި މަކަރު ހެދުން
5.
ދުންފަތުގެ އިސްތިއުމާލު ކުރުން، މަސްތުވާތަކެތި ބޭނުންކުރުން
6.
ޖިންސީ ކުށްތަކަށް އަރައިގަތުން
7.
ކުއްލިކުއްލިޔަށް ރުޅިގަދަކުރުން، ކަންކަމުގައި އިދިކޮޅު ހެދުމާއި އަދި
މޫނުމަތީގައި ޒުވާބުކުރުން
ކުދިންގެ ފަރާތުން
މަތީގައި ދެންނެވިފައިވާ އަލާމަތްތައް ފެންނަ ނަމަ އެކުދިންނަށް މިފަދަ
ކަންތައްތަކުން ސަލާމަތްވުމަށް އެންމެންނަށްވެސް އެހީތެރިކަން
ފޯރުކޮށްދެވިދާނެއެވެ. މި ފަދަ އާދަތައް ފެންނަ ކުދިން އަމިއްލަޔަށް ކިޔެވުން
ދޫކޮށްލުމާއި، ނަފްސާނީ މައްސަލަތައް ދިމާވުމާއި އަދި ދަންޖެހިގެން އަމިއްލަޔަށް
މަރުވުން ފަދަ ކަންތައްތައް ކުރުން ހިމެނެއެވެ.
ކުދިންގެ ފަރާތުން
ފެންނަ ކަންތައްތައް ރަނގަޅު ކުރުމަށްޓަކައި އެކުދިންނަށް ކައުސެލިންގ އާއި،
ފެމެލީ ތެރަޕީ، ބިހޭވިއަރ ތެރަޕީ އަދި ޓޯކު ތެރަޕީ ދީގެން ރަނގަޅު ކުރެވިދާނެއެވެ.

No comments:
Post a Comment