ފައިން މޮޓޯރ ސްކިލްސްއަކީ
ކުދިކުދި ހަރަކާތްތައްކުރާއިރު އެންމެ މަތީ ދަރަޖައަކަށް އެކަމެއް ކޮންޓްރޯލް
ކުރުމާއެކު ވީހާވެސް ފުރިހަމައަކަށް އެކަމެއް ކުރުމެއެވެ. މިސާލަކަށް ބުނާނަމަ،
ވެއްޓިފައި ނުވަތަ ބަހައްޓާފައި ހުންނަ ކުޑަކުޑައެއްޗެއް ނެގުން، ސަމްސަލެއްގައި
ހިފެހެއްޓުން ހިމެނެއެވެ. މިއިން ކޮންމެ ކަމެއް ކުރާއިރު އަތުގެ ނުވަތަ ފައިގެ އިގިލީގެ
ހަރަކާތްތާއެކު ހަށިގަނޑުގެ ހިއްސުތައް
ވިލަރެސް ކުރުންހިމެނެއެވެ.
މިފަދަ ހަރަކާތްތަކަކީ
ދިރިއުޅުމުގައިވެސް އަދި ސްކޫލުގައި ކިޔަވާއިރުގައިވެސް ވަރަށް މުހިންމު
ހަރަކާތްތަކެކެއެވެ. ފައިން މޮޓޯރ ސްކިލްސް ދަށްވާނަމަ، ކުއްޖާ ކެއުމާއި،
ކޮމްޕިޔުޓަރ ބޭނުންކުރުމާއި އަދި ލިޔާއިރު ނުވަތަ ކުލަ ޖައްސާއިރު ފަންސޫރު
ބޭނުންކުރުން އުދަގޫވާނެއެވެ.
ފައިން މޮޓޯރ ސްކިލްސް އިތުރު
ކުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންތައްތަކަކީ؛
1.
ކުރެހުން އަދި ކުލަޖެއްސުން؛ ކުއްޖާ ކުޑައިރު ކޮންމެހެން ރީތިކޮން ކުލަޖައްސާ
އަދި ކުރަހާކަށް ނުޖެހެއެވެ. އަޅާލާ ރޮގަކުންވެސް އަދި ކުލަޖައްސާއިރު ކޮންމެ
ގޮތަކަށް ޖެއްސި ކަމުގައިވިޔަސް ކުއްޖާގެ މިހުނަރު އިތުރުވެގެން ދާނެއެވެ.
2.
އޮކިއުޕޭޝަނަލް ތެރަޕީ ދިނުން
3.
ކަރުދާސް ފަތްޖަހަން ދަސްކޮށްދިނުން؛ މިއީ ކުޑަކުދިންނަށް ވަރަށް
މަޖާކަމަކަށް ވާނެއެވެ. ތަފާތު ކުލަކުލައިގެ ކަރުދާސް ފަތްޖަހަން ދަސްކޮށްދީގެން،
ތަފާތު ވައްތަރުގެ ތަކެތި ކުދިންގެ އެހީތެރިކަމާއެކު ތައްޔާރު ކުރެވިދާނެއެވެ.
4.
ބޭނުންނުކުރާ ދައުވަތު ކާރޑު ފަދަތަކެތި ބޭނުންކޮށްގެން ތަފާތު ވައްތަރުގެ
ތަކެތި ތައްޔާރުކުރުން
5.
ޑެކަރޭޓްކުރާ ތަފާތު ވައްތަރުގެ ކަރުދާސް ބޭނުންކޮށްގެން، ތަފާތު ވައްތަރުގެ
ތަކެތި ތައްޔާރުކުރުން، މިގޮތަށް މިތަކެތި ތައްޔާރު ކުރާއިރު، އެހީތެރިކަން
ބޭނުންވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުންމަކީ މުހިންމު ކަމެކެވެ.

No comments:
Post a Comment