Dhirun
  • ފުރަތަމަ ސަފްހާ
  • ސިއްޚީ
    • ތަފާތު ބަލިތައް
    • ދުޅަހެޔޮކަން
    • ރަނގަޅު ކާނާ
    • ކާނާ
  • ޒީނަތްތެރިކަން
  • އިގުތިސާދު
    • ތިއަރީ
    • ހާލަތް
  • އިޖުތިމާއީ
    • މައްސަލަތައް
    • ނިޒާމު
  • ވާހަކަ
    • ހަޤިޤީ
    • ހިޔާލީ
  • މުނިފޫހި
  • އިތުރު ލިޔުންތެރިން

skip to main | skip to sidebar
Blogger Tips and TricksLatest Tips And TricksBlogger Tricks

Widgets

Home » ހާލަތު , ބަލިތައް , އިޖުތިމާއީ , މައްސަލަތައް , ސިއްހީ » އަމިއްލަ ހަށިގަޑަށް ގެއްލުންދެނީ ކީއްވެ؟

އަމިއްލަ ހަށިގަޑަށް ގެއްލުންދެނީ ކީއްވެ؟

Thursday, 5 March 2015 | 0 comments









ލިބޭ ހާސްކަމާއި ކަންބޮޑުވުމުގެ ސަބަބުންނާއި ނުވަތަ މައްސަލަތަކެއް ދިމާވެގެން ބައެއް މީހުން އެމީހުންގެ ހަށިގަނޑަށް ނުވަތަ ނަފްސަށް ގެއްލުންދީ ހަދައެވެ. ދުނިޔޭގެ އާބާދީގެ ކޮންމެ 100 މީހުންގެ ތެރެއިން އެކަކީ އަމިއްލަ ނަފްސަށް ގެއްލުންދީ ހަދާ މީހެކެވެ. ފިރިހެނުންނާ އަޅާބަލާއިރު އަންހެނުން، އެމީހުންގެ ހަށިގަނޑަށް ނުވަތަ ނަފްސަށް އަމިއްލައަށް ގެއްލުން ދީ ހަދާލެއްގިނައެވެ. އަމިއްލަ ހަށިގަނޑަށް ގެއްލުން ދިނުމަކީ އެމީހަކު އަމިއްލައަށް މަރުވުމެއް ނޫނެވެ. ނަމަވެސް މިއަމަލު ފެންނަ މީހުން އަމިއްލައަށް މަރުވުމުގެ ފުރުސަތު ބޮޑުކަން ދިރާސާތަކުން ދައްކައެވެ.

އާއްމު ގޮތެއްގައި މި އަމަލު ފެންނަނީ ޒުވާން އުމުރު ފުރާއަށް އަރާވަރު ކުދިންގެ ފަރާތުންނާއި އަދި ޒުވާނުންގެ ފަރާތުންނެވެ. ބައެއް މީހުންގެ ފަރާތުން މިއަމަލު ފެންނަނީ ކުޑަވަގުތު ކޮޅަކަށެވެ. އޭގެ ފަހުގައި ހުއްޓާލައެވެ. ނަމަވެސް އަނެއްބައި މީހުން ދޭތެރެ ދޭތެރެއިން މިއަމަލު ތަކުރާރުކޮށް ހަދައެވެ.

އަމިއްލަ ހަށިގަނޑަށް ދޭ ބައެއް ގެއްލުންތައް ތެރޭގައި ތިރީގައި މިވާ ބައެއް ކަންތައްތައް ހިމެނެއެވެ.

1.     އަމިއްލަ ހަށިގަނޑުގެ އެތައްމިތަނުގައި ވަޅިން ނުވަތަ ރޭޒަރު އެޅުން
2.     ހަށިގަނޑުގެ އެތައްމިތަނުގައި އަމިއްލަ އަތުން ތެޅުން ނުވަތަ ފާރުތަންތަނުގައި އަތުން ތެޅުން
3. ސިގިރެޓް، ލައިޓަރ ނުވަތަ އުއްބައްތި ފަދަތަކެތި ބޭނުންކޮށްގެން ހަށިގަނޑުގެ އެތައްމިތަނުގައި ޖައްސާ ފިއްސާލުން
4.     އިސްތަށިގަނޑަށް ދެމުން
5.     ހަށިގަނޑުގެ ގުނަވަންތަނުގައިވާ ކަށިތައް ބިންދުން ނުވަތަ ބިންދަން މަސައްކަތްކުރުން
6.     ނޭފަތަށް ނުވަތަ އަނގަޔަށް ތަފާތު އެއްޗެހިލައިގެން ކޮއްޕުން
މިއަމަލު ފެންނަ ގިނަމީހުން މިކަންކުރަނީ އެމީހުންގެ ހިތްތަކަށް ލިބޭ ނުތަނަވަސްކަން ފިލުވާލުމުގެ ބޭނުމުގަޔާއި އަދި އެމީހުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ބޭނުމުގައެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ގިނަ ޒުވާން އުމުރު ފުރާވަރަށް އަރާކުދިން މިފަދަ އަމަލުތައް ތަކުރާރުކުރަނީ އެމީހުންގެ އެކަނިވެރިކަމާއި، މަޔޫސްކަމާއި އަދި ރުޅިވެރިކަން ހުއްޓުވާލުމުގެ ބޭނުމުގައެވެ.

ނަމަވެސް މިފަދަ ކަންތައްތަކުގެ ސަބަބުން ލިބޭ ހިތްހަމަޖެހުމަށްވުރެ ހަށިގަނޑަށް ލިބޭ ގެއްލުން ބޮޑުވެގެންދެއެވެ. ވީމާ މިފަދަ އަމަލުތައް އެއްވެސް މީހެއްގެ ފަރާތުން ފެންނަނަމަ، ވީހާވެސް އަވަހަކަށް ޑޮކްޓަރ އަށް ދެއްކުން ނުވަތަ ކައުންސެލިންގ ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.
Share this article :

ސުރުހީ އާއި ގުޅޭ ލިޔުންތައް

Posted by Unknown at 22:09
Email ThisBlogThis!Share to XShare to Facebook
Labels: ހާލަތު, ބަލިތައް, އިޖުތިމާއީ, މައްސަލަތައް, ސިއްހީ

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

މަޤުބޫލު ލިޔުންތައް

  • ފިރިހެނުންގެ ބައެއް ސިއްރު ކަންތައްތައް އެގެން ބޭނުންތަ؟
    ތި ކަނބަލުންގެ ހަޔާތުގެ ބައިވެރިޔާއަކީ ދިމާވާ ކަންތައްތައް ކިޔައިދީ ކަމެއް ދިމާވުމުން އެކަމާމެދު ވިސްނާ ފިކުރުކޮށް ނުވަތަ ...
  • ކައިވެނީގައި ޖެހޭ މައްސަލަތައް ހައްލުކުރާނެ ގޮތް
    ދެބަސްވުމާއި، ކަންކަމުގައި ހިޔާލުތަފާތުވުމާއި، ދެމީހުން އެކަކު އަނެކަކާއި މައްސަލަ ޖެހި ކުދިކުދި ހަމަނުޖެހުން ހި...
  • ފިރިހެނުން ދެކެ އަންހެނުން ލޯބިވަނީ ކީއްވެ؟
    ކޮންމެ އަންހެނަކުވެސް ތިމާ އެމީހަކު ދެކެ ލޯބިވާ ފިރިހެނެއް ބޭނުންވާނެ އެވެ. ކޮންމެ ފިރިހެނަކުވެސް ތިމާ ދެކެ ލޯބިވާ އަނ...
  • ދެމީހުންގެ މެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
    ޒަވާޖީ ހަޔާތެއް ނުވަތަ ލޯބި ވެގެންއުޅޭ ދެމީހުންގެ ދެމެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި، ދެމީހުންގެ ދެމެދުގައ...
  • ހަޔާތުގެ ބައިވެރިޔާއަށް އޮޅުވާލާ މަކަރު ހަދަނީ ކީއްވެ؟
    އެމެރިކާގައި ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ކައިވެނި ކޮށްގެން އުޅޭ މީހުންގެ ތެރެއިން %25 ފިރިހެނުންނަކީ، ...

Find Us on Facebook

About Me

Unknown
View my complete profile

Template modified by : Afey Afra
Copyright © 2011. Dhirun - All Rights Reserved