އާންމު ގޮތެއްގައި އާއިލާގައި
އަންހެން ކުދިންނާއި އަޅާ ބަލާއިރު ފިރިހެން ކުދިން އެކުދިންގެ ބައްޕަ އާއި އޮންނަ
ގުޅުން ގާތެވެ. އާއިލާގައި ފިރިހެން ކުދިން ތިބި ނަމަ ގިނަފަހަރު ގެއިން ބޭރަށް
ދާއިރުވެސް އަންހެން ދަރިފުޅުގެ ބަދަލުގައި ގޮވައިގެން ދާނީ ފިރިހެންކުދިންނެއެވެ.
ގިނަ ވަގުތު އެކުގައި ވަގުތު ހޭދަ ކުރަން ޖެހުމުގެ ސަބަބުން ބައްޕަގެ ގާތް
އެކުވެރިޔަކަށް ވަނީ ގޭގައި ހުންނަ ފިރިހެންކުއްޖާއެވެ. އަދި ދުވަސް ވާވަރަކަށް
ބައްޕަ އާއި އަންހެން ދަރިފުޅާ ދެމެދު އޮންނަ ގުޅުން ހީނަރުވެގެންދެއެވެ.
މިގޮތަށް ހީނަރުވެގެން ދާ ގުޅުން
ރަނގަޅު ކުރުމަށްޓަކައި ތިރީގައި މިވާ ބައެއް ކަންތައްތައް ކުރެވިދާނެއެވެ.
1.
ބައްޕަ އާއެކު ގިނައިން ވަގުތު ހޭދަކުރުން؛ ބައްޕައާއެކު އެކަނި ގިނަވަގުތު ހޭދަކުރެވިދާނެއެވެ. އަދި ބައްޕަ ރަށުން
ބޭރުގައި އުޅޭނަމަ، މެއިލްކޮށްގެން ނުވަތަ ފޯނުކޮށްގެން ވާހަކަ ދައްކާށެވެ.
ބޭނުންވާ ކަންތައްތައް ހިއްސާކުރާށެވެ. ބައްޕަ ދެކެ ލޯބިވާވާހަކަ ބުނާށެވެ.
2.
ކަންތައްތަކާ ދެބަސް ވުމަށް ބިރުނުގަތުން؛ ހިޔާލު ތަފާތު ވުމަކީ މައްސަލައެއް ނޫނެވެ. ހިޔާލު ތަފާތުވިޔަސް
ރުޅިމަޑުކޮށް މަޑުމައިތިރި ކަމާއެކު އެކަކު އަނެކަކުގެ ސުއޫރު ފާޅު ކުރެވިދާނެއެވެ.
ހިޔާލު ތަފާތުވުމަކީވެސް ދުޅަހެޔޮ ގުޅުމެއް އުފެދުމަށް ދިމާވާ ސަބަބެކެވެ.
3.
އެކުގައި ކުރެވިދާނެ މަސައްކަތްތަކެއް ހޯދުން؛ އެކުގައި ކުޅިވަރު ކުޅެ ތަންތަނަށް ދިއުމަކީވެސް ގުޅުން އިތުރަށް
ބަދަހިވެގެން ދާނެކަމެކެވެ. މިގޮތުން އެކުގައި ގޮލްފް، މަނައްޕޮލީ، ސްކްރެބަލް
ކުޅެ އަދި ހިގާލަންވެސް ދެވިދާނެއެވެ.
4.
ދިމާވާ ކަންކަމުގައި ބައްޕަގެ ހިޔާލު ހޯދުން؛ ގިނަ ފަހަރަށް އަންހެން ކުދިން އެކުދިންނަށް ދިމާވާ ކަންކަމުގެ ހިޔާލު
ހޯދާހަދަނީ އެކުދިންގެ މަންމަގެ ފަރާތުންނެވެ. ބައްޕަ އާއި އޮންނަ ގުޅުން ވަރުގަދަ
ކުރުމަށްޓަކައި ދިމާވާ ކަންތައްތަކުގެ ހިއްސާ ބައްޕަ އާއި ކުރާށެވެ. އަދި ބައްޕަގެ
ހިޔާލާ މަސްވަރާވެސް ހޯދުމަށްފަހު
ކަންތައްތައް ހައްލުކުރަން މަސައްކަތްކުރާށެވެ.
5.
މަންމަ އެކަނި ކަންތައްތަކުގައި ބައިވެރި ކުރުމުގެ ބަދަލުގައި ބައްޕަވެސް
ކުރާ މަސައްކަތުގައި ބައިވެރިކުރުމާއެކު، މަންމަ އާއި ބައްޕަ އަށް ކޮށްދޭ
ކަންތަކުގައި ދެފަރާތަށްވެސް ޝުކުރު އަދާކުރުން؛ މަންމަ އާއި ބައްޕަގެ އެހީތެރިކަން ހޯދުމުގެ އިތުރުން، ބައްޕަ ގެ މިޒާޖު
ދަސްނުވާނަމަ، މަންމަ ގާތުގައި އޮޅުން ފިލުވައިގެން ބައްޕަގެ މިޒާޖު އިތުރަށް ދަސްކުރުމަކީވެސް
ގުޅުން ބަދަހި ކުރުމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ.
ކުދިންނަކީ އަބަދުވެސް
އެކުދިންގެ މައިންބަފައިންނާއި ގާތް ގުޅުމެއް އުފައްދަން ބޭނުންވާ ކުދި ބަޔެކެވެ.
ވީމާ، ކޮންމެ މަންމަ އަކާއި ބައްޕަ ޔަކުވެސް އެމީހުންގެ ދަރިންނަށް އެފުރުސަތުދީ
އެކުދިން ދައްކާ ވާހަކަ އަޑުއަހާ އެކުދިންނާއެކު ވަގުތު ހޭދަކުރުމަކީ ވަރަށް
މުހިންމު ކަމެކެވެ. އޭރުން ކުދިންނާއި މައިންބަފައިންނާއި އޮންނަ ގުޅުން އިތުރަށް
ބަދަހިވެގެންދާނެއެވެ.

No comments:
Post a Comment