Dhirun
  • ފުރަތަމަ ސަފްހާ
  • ސިއްޚީ
    • ތަފާތު ބަލިތައް
    • ދުޅަހެޔޮކަން
    • ރަނގަޅު ކާނާ
    • ކާނާ
  • ޒީނަތްތެރިކަން
  • އިގުތިސާދު
    • ތިއަރީ
    • ހާލަތް
  • އިޖުތިމާއީ
    • މައްސަލަތައް
    • ނިޒާމު
  • ވާހަކަ
    • ހަޤިޤީ
    • ހިޔާލީ
  • މުނިފޫހި
  • އިތުރު ލިޔުންތެރިން

skip to main | skip to sidebar
Blogger Tips and TricksLatest Tips And TricksBlogger Tricks

Widgets

Home » ހާލަތު , ހިޔާލީ , ބަލިތައް , އިޖުތިމާއީ , ވާހަކަ , ސިއްހީ » އެހެން މީހުންނަށް ބަރޯސާވުން

އެހެން މީހުންނަށް ބަރޯސާވުން

Thursday, 16 April 2015 | 0 comments









ސާރާ އަކީ އުމުރުން 32 އަހަރުގެ ދެކުދިންގެ މަންމަ އެކެވެ. އަދާކުރަމުން ދަނީ ޓެކްސް އެކައުންޓެންޓެއްގެ ވަޒީފާއެވެ. ސާރާ ގެ ފިރިމީހާ މައިކަލް އަކީ މީގެ ދެއަހަރު ކުރިން، އެތައް ވޭންދެނެވި އަނިޔާ އެއް ސާރާ އަށް ދިނުމަށްފަހު ގެ އިން ނިކުމެގެން ގޮސް އުޅޭ މީހެކެވެ. އަނބި މީހާއަށް އަނިޔާ ކުރި ކަމުގައި ވިޔަސް ދެކުދިންނަކަށް އެއްވެސް ވަރަކަށް އަނިޔާ ކޮށެއް ނުހަދައެވެ. މައިކަލް އަކީ މަސްތުވުމަށްޓަކައި ބަނގުރާ ބޯ މީހެކެވެ.
މައިކަލްގެ މި އަމަލުތަކުގެ ސަބަބުން ސާރާ އަބަދުވެސް ހުންނަނީ ހާސްވެ ކަންބޮޑުވެފަ ހަނދާނެ ގޮތް ހުސްވެފައެވެ. އަބަދުވެސް މި ދެމީހުންގެ  ދެ ކުދިންގެ މުސްތަގުބަލާ މެދު ވިސްނާ ފިކުރު ބޮޑުވެފައެވެ. ސާރާ ބޭނުންވަނީ މައިކަލް، އޭނަގެ ހަޔާތުގެ ބައިވެރި އެއްގެ ގޮތުގައި ތާ އަބަދު ދެމި ހުރުމަށެވެ. ލޯބިން ދެމީހުން އެކުގައި ދުވަސްތައް ވޭތު ކުރުމަށެވެ.

މައިކަލް މަސްތުވުމަށްޓަކައި ރާ ބޯން ފެށީ އޭނައަށް ވަޒީފާއެއް ނުލިބި ހުންނަށް ޖެހުމުގެ ސަބަބުންނެވެ. ސާރާއަށް ކިތައްމެ ބޮޑު މުސާރައެއް ލިބުނު ކަމުގައި ވިޔަސް މައިކަލްގެ ގާތުން ދުރައް ދާކަށް ބޭނުމެއް ނުވިއެވެ. ބޭނުންވަނީ މައިކަލް އަށް ފަރުވާ ދީގެން ރަނގަޅު ކުރުމަށެވެ. މައިކަލްގެ ފަރުވާ މުޅިން ފުރިހަމަވެ މުޖުތަމަޢުތެރެއަށް ދޫކޮށްލުމުންވެސް މައިކަލުގެ އުޅުމަށް އެއްވެސް ބަދަލެއް ނައުމުން ސާރާ އެންމެ ފަހުން ވިސްނީ މައިކަލްގެ ގާތުން ދުރައް ދާށެވެ. ތާ އަބަދު މައިކަލް އާއި ވަކިވުމަށެވެ. ނަމަވެސް އެންމެ ފަހު ވަގުތު ސާރާއަށް ހަދާނެ ގޮތް ވަނީ ހުސްވެފައިއެވެ. މައިކަލް އާއި ވަކިވެގެން އުޅޭ ކަށް ބޭނުމެއް ނުވިއެވެ. ސާރާ އަށް ހީވަނީ މައިކަލް އާއި ވަކިވެގެން އޭނާއަށް ދެން ދުވަހަކުވެސް ނޫޅެވޭނެ ކަމަށެވެ.

މިއަދު މިކަހަލަ ކިތައްމެ ސާރާ އެއް އަހަރެމެންގެ މުޖުތަމަޢުގެ ތެރޭގައިވެސް އުޅެމުން ދާނެއެވެ. މިގޮތަށް އެހެން މީހުންނަށް ބަރޯސާވެގެން އުޅެން ޖެހުމުގެ މައްސަލަތައް ބޮޑަށް ދިމާވަނީ ފިރިހެނުންނަށް ވުރެ ބޮޑަށް އަންހެނުންނަށެވެ. އަދި މިފަދަ މީހުންގެ ފަރާތުން މޫޑަށް ތަފާތު ބަދަލުތައް އައުމާއި ކަންކަމުގައި ހާސްވެ ކަންބޮޑުވާ ގޮތް ދިމާވަމުންދެއެވެ. މިއީ ނޭގި ނުހައްޓާ އެތައް ބަޔަކަށް ކުރިމަތި ވަމުން ދާ ނުރައްކާތެރި ކަމެކެވެ.
އެހެން މީހުންނަށް ބަރޯސާވެގެން އުޅޭ މީހުންގެ ފަރާތުން ފެންނަ އަލާމަތް ތަކުގެ ތެރޭގައި ތިރީގައި މިވާ ބައެއް ކަންތައްތައް ފެންނަމުން ދެއެވެ.

1.ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަންކަމުގައި އެހެންމީހުންގެ ހިޔާލާއި އިރުސާދާ ނުލައި ކަންތައްތައް ނިންމަން އުދަގޫވުން
2.ދިރިއުޅުމުގައި ދިމާވާ ކަންކަމުގެ އެހެން މީހުން ޒިންމާ އުފުލަން ޖެހުން
3. އެހެން މީހުންގެ އެހީތެރިކަމާއި އެއްބާރުލުން ނުލިބި ދާނެތީ ބިރުން، ހިޔާލު އެއްގޮތް ނޫން ކަންކަމުގައި ވެސް، އެކަމަށް ދާއިދު ކުރުން
4. އަމިއްލައަށް އިސްނަގައިގެން އެކިއެކި ޕްރޮޖެކްޓުތަކާއި ކަންތައްތައް ކުރަން އުދަގޫވުން
5.އެކަނިވާ ވަގުތު ހިތް ނުތަނަވަސް ކަމާއި މާޔޫސްކަން އިހުސާސް ވާހެން ހީވުން، އެއީ ކަމެއް ދިމާވުމުން އެކަމެއް އަމިއްލައަށް ހައްލު ކުރެވިދާނެ ކަމުގެ ޔަގީންކަން އަމިއްލަ ނަފްސަށް ނެތުމުން ދިމާވާ ކަމެކެވެ.
6.ގާތް އެކުވެރިޔަކާ އޮންނަ ގުޅުން މެދު ކެނޑޭއިރަށް އެހެން މީހެއްގެ އެހީތެރިކަމަށް ވަގުތުން ބޭނުންވުން
7. ގާތް އެކުވެރިޔާއާއި ނުވަތަ ހަޔާތުގެ ބައިވެރިޔާއާއި ވަކިވެ ދާނެތީ ބިރުން އުޅުން
 އެހެން މީހުންނަށް ބަރޯސާ ވެގެން އުޅެން ޖެހުމުގެ މައްސަލަތައް ސީދާ ދިމާވަނީ ކިހިނެއް ކަމުގައި ނޭގުނު ކަމުގައި ވިޔަސް ހޯދިފައިވާ ދިރާސާތަކުން ދައްކާގޮތުގައި  މިކަންތައް އެންމެ ބޮޑަށް ފެންނަނީ ފުރާވަރަށް އަރާކުދިން، އެކުދިން ޒުވާން އުމުރު ފުރާއަށް އަރާވަރުގައެވެ. މި ގޮތައް ދިމާވަނީ މައިން ބަފައިންނާއި ބެލެނިވެރިން އެމީހުންގެ ކުދިން ގެންގުޅޭ ގޮތަކުންނެވެ. މީގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި މާ ބޮޑަށް އެކުދިން ކުޑައިރު އެއްވެސް މިނިވަން ކަމެއްނުދީ ހިފަހައްޓަކައިގެން ގެންގުޅުމާއި ކުދިންނަށް ދިމާވާ ކަންތައްތަކުގައި  އަމިއްލައަށް ގޮތް ނިންމަން އިގޭއިރުގައިވެސް، އެ އިހުތިޔާރު ކުދިންނަށް ނުދީ ގެންގުޅުން ހިމެނެއެވެ.
Share this article :

ސުރުހީ އާއި ގުޅޭ ލިޔުންތައް

Posted by Unknown at 11:24
Email ThisBlogThis!Share to XShare to Facebook
Labels: ހާލަތު, ހިޔާލީ, ބަލިތައް, އިޖުތިމާއީ, ވާހަކަ, ސިއްހީ

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

މަޤުބޫލު ލިޔުންތައް

  • ފިރިހެނުންގެ ބައެއް ސިއްރު ކަންތައްތައް އެގެން ބޭނުންތަ؟
    ތި ކަނބަލުންގެ ހަޔާތުގެ ބައިވެރިޔާއަކީ ދިމާވާ ކަންތައްތައް ކިޔައިދީ ކަމެއް ދިމާވުމުން އެކަމާމެދު ވިސްނާ ފިކުރުކޮށް ނުވަތަ ...
  • ކައިވެނީގައި ޖެހޭ މައްސަލަތައް ހައްލުކުރާނެ ގޮތް
    ދެބަސްވުމާއި، ކަންކަމުގައި ހިޔާލުތަފާތުވުމާއި، ދެމީހުން އެކަކު އަނެކަކާއި މައްސަލަ ޖެހި ކުދިކުދި ހަމަނުޖެހުން ހި...
  • ފިރިހެނުން ދެކެ އަންހެނުން ލޯބިވަނީ ކީއްވެ؟
    ކޮންމެ އަންހެނަކުވެސް ތިމާ އެމީހަކު ދެކެ ލޯބިވާ ފިރިހެނެއް ބޭނުންވާނެ އެވެ. ކޮންމެ ފިރިހެނަކުވެސް ތިމާ ދެކެ ލޯބިވާ އަނ...
  • ދެމީހުންގެ މެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
    ޒަވާޖީ ހަޔާތެއް ނުވަތަ ލޯބި ވެގެންއުޅޭ ދެމީހުންގެ ދެމެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި، ދެމީހުންގެ ދެމެދުގައ...
  • ހަޔާތުގެ ބައިވެރިޔާއަށް އޮޅުވާލާ މަކަރު ހަދަނީ ކީއްވެ؟
    އެމެރިކާގައި ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ކައިވެނި ކޮށްގެން އުޅޭ މީހުންގެ ތެރެއިން %25 ފިރިހެނުންނަކީ، ...

Find Us on Facebook

About Me

Unknown
View my complete profile

Template modified by : Afey Afra
Copyright © 2011. Dhirun - All Rights Reserved