Dhirun
  • ފުރަތަމަ ސަފްހާ
  • ސިއްޚީ
    • ތަފާތު ބަލިތައް
    • ދުޅަހެޔޮކަން
    • ރަނގަޅު ކާނާ
    • ކާނާ
  • ޒީނަތްތެރިކަން
  • އިގުތިސާދު
    • ތިއަރީ
    • ހާލަތް
  • އިޖުތިމާއީ
    • މައްސަލަތައް
    • ނިޒާމު
  • ވާހަކަ
    • ހަޤިޤީ
    • ހިޔާލީ
  • މުނިފޫހި
  • އިތުރު ލިޔުންތެރިން

skip to main | skip to sidebar
Blogger Tips and TricksLatest Tips And TricksBlogger Tricks

Widgets

Home » ހާލަތު , އިޖުތިމާއީ , މައްސަލަތައް , ސިއްހީ » އާއިލާއެއްގެ މެދުގައި އޮންނަ ގުޅުން ރަނގަޅު ކުރުމަށް ކުރެވިދާނެ ކަމަކީ ކޮބާ؟

އާއިލާއެއްގެ މެދުގައި އޮންނަ ގުޅުން ރަނގަޅު ކުރުމަށް ކުރެވިދާނެ ކަމަކީ ކޮބާ؟

Thursday, 16 April 2015 | 0 comments








އާއިލާގެ މެމްބަރުންގެ މެދުގައި ފުރިހަމަ ގުޅުމެއް އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކަކު އަނެކަށް އިތުބާރުކޮށް، ދިމާވާ ކަންކަމުގައި އަޅާލާ އެހީތެރިކަން ފޯރުކޮށްދޭނަމަ، މިގުޅުންތެރިކަން ދުވަހަކަށްފަހު ދުވަހެއް ބަދަހިވެ ވަރުގަދަވެގެން ދާނެއެވެ. އާއިލާގެ މެދުގައި ފުރިހަމަ ގުޅުމެއް ބޭއްވޭނީ އެންމެންގެވެސް އެއްބާރުލުމާއި އެހީތެރިކަން ލިބިގެންނެވެ. ތިރީގައި މިވަނީ އާއިލާގެ މެދުގައި އޮންނަ ގުޅުން ރަނގަޅު ކުރުމަށް އާއިލާގެ މެމްބަރުންގެ މެދުގައި ކުރެވިދާނެ ބައެއް ކަންތައްތަކެވެ.

1.  ދިމާވާކަންތައްތައް ފާހަގަކުރުން؛ އާއިލާގެ ތެރޭގައި އެކި މިޒާޖުގެ އަދި އެކި ހިސާބަށް ނިސްބަތްވާ މީހުން އުޅޭނެކަން ހަދާންކުރާށެވެ. މިކަން ރަނގަޅަށް ދެނެގަނެ އެމީހަކަށް ގޭތެރެއިން ދިމާވާ ކަންކަން ފާހަގަކުރާށެވެ. މިސާލަކަށް ބުނާނަމަ، އަޅާ ހެދުމާ ބެހޭ ގޮތުން ފިރިމީހާގެ މަންމަ ފާޑުކިޔާނަމަ، '' މަންމަ ތިމަންނަޔާ މެދު ވިސްނާކަން އެގޭކަމަށާއި މަންމަ އަބަދުވެސް ތިމަންނައަކީ ފުރިހަމަ މީހަކަށް ހަދަން ބޭނުންވާކަން އެގޭކަމަށް ބުނެވިދާނެއެވެ. ނަމަވެސް މަންމައަށް އެންމެ ކަމުދާ ހެދުމަކީ އަހަރެންނަށް އެންމެ ކަމުދާ ހެދުމަށް ނުވެދާނެއެވެ. ވީމާ، މަންމަވެސް މިކަމާމެދު ވިސްނާލުން ރަނގަޅެވެ. އަދި އަހަރެންވެސް މަންމަ ފާހަގަކުރި ކަންތައް ރަނގަޅު ކުރަން މަސައްކަތްކުރާނެ ކަމަށް ބުނެވިދާނެވެ.'' ޒުވާބު ކުރުމުގެ ބަދަލުގައި ރީތި ކޮށް މުހާތަބު ކޮށްފިނަމަ ދިމާވާ ކަންތައް ހައްލުކުރަން ފަސޭހަވެގެން ދާނެއެވެ.
2. ދިމާވާ މައްސަލަތައް ދެނެގަނެ ހައްލުކުރުން؛ ކަމެއް ދިމާވުމުން އެކަމަށް ރައްދު ދީ ޒުވާބު ކުރުމުގެ ބަދަލުގައި އެ ދިމާވެގެން އުޅޭ ކަމެއް ސާފުކުރުން މުހިންމު ވާނެއެވެ. މިސާލަކަށް ބުނާނަމަ، ތިމާ ގަންނަ އެއްޗިއްސާ މެދު އާއިލާގެ މެމްބަރަކު ފާޑުކިޔާ އެކަމާ ބެހޭ ނަމަ، އެހާބޮޑަށް އެކަމާމެދު ބެހެނީ ކީއްވެގެންތޯ އެކަން ކުރާ ފަރާތަށް ސުވާލުކުރެވިދާނެއެވެ. އަދި ސުލަހަވެރިކަމާއެކު މިކަންތައް ހައްލު ކުރެވިދާނެއެވެ.
3. ބައެއްފަހަރު އަޅާނުލާ ދޫކޮށްލުން؛ ގޭތެރޭގައި ޒުވާބު ކުރާނަމަ ނުވަތަ ކަމަކާ ހިތްހަމަ ނުޖެހިގެން ފާޑުކިޔާނަމަ، ކަމުގެ ކުޑަބޮޑުމިނަށާއި ހާލަތަށް ބެލުމަށްފަހު އަޅާނުލާ ދޫކޮށްލުން މާމުހިންމުވާނެއެވެ. ނަމަވެސް ރަނގަޅު ވަގުތު ބެލުމަށްފަހު އެކަމާމެދު މަސްވަރާކޮށް ހައްލުކުރުމަށް މަސައްކަތްކުރާށެވެ.
4. މާހައުލު ބަދަލުކުރުން؛ ގޭތެރޭގައި ޖެހޭ މައްސަލަތައް ގޭގައި ތިބެގެން ހައްލުކުރަން އުޅުމުގެ ބަދަލުގައި މިކަންތައް ހައްލުކުރުމަށް ރަނގަޅު މާހައުލެއް އިހުތިޔާރު ކުރާށެވެ. ނަލަ ވައިޖެހޭ ގުދުރަތީ ރީތިކަން ފެންނަ ހިސާބަކަށްގޮސް މިކަންތައް ހައްލުކުރަން އުޅުމުން މާ ރަނގަޅުވާނެއެވެ. އެއީ ގޭތެރޭގެ މާހައުލަށްވުރެ، ގުދުރަތީގޮތުން ރީތި މަންޒަރުތައް ފެނުމުން ތިމާއަށް ލިބޭ ހިތްހަމަޖެހުން އިތުރުވެ، ދިމާވާ ހާސްކަމާއި ކަންބޮޑުވުން ފިލުވާލަން ފަސޭހަވާނެއެވެ.
5. ބޭނުންކުރާ ބަސްތަކާމެދު ވިސްނާލުން؛ އެކަކު އަނެކަކާ މުހާތަބު ކުރާއިރު ބޭނުންކުރާ ރާގާ ބަސްމަގާމެދު ވިސްނާލާށެވެ. ރުޅިގަދަވެ ހުތުރުބަހުން މުހާތަބު ކުރުމުގެ ބަދަލުގައި މަޑުމައިތިރިކަމާއެކު ރީތި ބަހުރުވައިން މުހާތަބު ކުރާށެވެ. ތިމާ ވާހަކަ ދައްކާ ރަގާ ބަހުރުވައިންވެސް އެހެންމީހުން ރުޅި އަންނަގޮތް ވާނެއެވެ.
ތިމާއަށް ހިތާމަވެރި ކަމެއް ދިމާވާވަގުތުވެސް، އަޅާލާ ހިތްވަރު ދޭ ބަޔަކަށް އެންމެ ގާތުން ތިބޭނީ އާއިލާގެ މެމްބަރުންނެވެ. ވީމާ އާއިލާގެ މެމްބަރުންނާމެދު އޮންނަ ގުޅުން ރަނގަޅު ކުރާށެވެ. ކަމެއް ދިމާވުމުން ވާހަކަ ނުދައްކާ ހުރުމުގެ ބަދަލުގައި އެކަމަކަށް އަލިއަޅުވާލާ ހައްލުކުރަން މަސައްކަތްކުރާށެވެ. އޭރުން ތިމާ ނިސްބަތްވާ އާއިލާއަކީ އުފާވެރި ބާއްޖަވެރި އާއިލާއަކަށް ހެދިދާނެއެވެ.
Share this article :

ސުރުހީ އާއި ގުޅޭ ލިޔުންތައް

Posted by Unknown at 12:15
Email ThisBlogThis!Share to XShare to Facebook
Labels: ހާލަތު, އިޖުތިމާއީ, މައްސަލަތައް, ސިއްހީ

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

މަޤުބޫލު ލިޔުންތައް

  • ފިރިހެނުންގެ ބައެއް ސިއްރު ކަންތައްތައް އެގެން ބޭނުންތަ؟
    ތި ކަނބަލުންގެ ހަޔާތުގެ ބައިވެރިޔާއަކީ ދިމާވާ ކަންތައްތައް ކިޔައިދީ ކަމެއް ދިމާވުމުން އެކަމާމެދު ވިސްނާ ފިކުރުކޮށް ނުވަތަ ...
  • ކައިވެނީގައި ޖެހޭ މައްސަލަތައް ހައްލުކުރާނެ ގޮތް
    ދެބަސްވުމާއި، ކަންކަމުގައި ހިޔާލުތަފާތުވުމާއި، ދެމީހުން އެކަކު އަނެކަކާއި މައްސަލަ ޖެހި ކުދިކުދި ހަމަނުޖެހުން ހި...
  • ފިރިހެނުން ދެކެ އަންހެނުން ލޯބިވަނީ ކީއްވެ؟
    ކޮންމެ އަންހެނަކުވެސް ތިމާ އެމީހަކު ދެކެ ލޯބިވާ ފިރިހެނެއް ބޭނުންވާނެ އެވެ. ކޮންމެ ފިރިހެނަކުވެސް ތިމާ ދެކެ ލޯބިވާ އަނ...
  • ދެމީހުންގެ މެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
    ޒަވާޖީ ހަޔާތެއް ނުވަތަ ލޯބި ވެގެންއުޅޭ ދެމީހުންގެ ދެމެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި، ދެމީހުންގެ ދެމެދުގައ...
  • ހަޔާތުގެ ބައިވެރިޔާއަށް އޮޅުވާލާ މަކަރު ހަދަނީ ކީއްވެ؟
    އެމެރިކާގައި ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ކައިވެނި ކޮށްގެން އުޅޭ މީހުންގެ ތެރެއިން %25 ފިރިހެނުންނަކީ، ...

Find Us on Facebook

About Me

Unknown
View my complete profile

Template modified by : Afey Afra
Copyright © 2011. Dhirun - All Rights Reserved