ކުޑަކުދިންނަކީ
ގައުމުގެ މުސްތަޤުބަލެވެ. ތުއްތު ކުދިން ހެޔޮގޮތުގައި ބަލާ ބޮޑުކުރުމަކީ ކޮންމެ
މީހެއްގެ ފަރުދީ ޒިންމާއެކެވެ. ނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި
ކުޑަކުދިން ނަހަމަ ގޮތުގައި ބޭނުންކުރަމުން ދާކަން ފާހަގަކުރެވެ. ތިރީގައި މިވަނީ
ކުޑަކުދިންނަށް ދިމާވާ ތަފާތު ނުރައްކާތެރި ބައެއް މައްސަލަތަކެވެ.
1. ކުޑަކުދިން ހަގުރާމަ ތަކުގައި ބޭނުންކުރުން؛ ދުނިޔޭގެ ކަންކޮޅުތަކުގައި އުމުރުން 18 އަހަރުން ދަށުގެ 250،000 ކުޑަކުދިން ހަގުރާމަތަކުގައި ބޭނުންކުރަމުން ދެއެވެ.
އަދި މީގެ ތެރެއިން ގިނަކުދިންނަކީ އުމުރުން 18 އަހަރާއި 15 އަހަރު ދެމެދުގެ
ކުދިންނެވެ. މިގޮތަށް ބޭނުންކުރާ ގިނަކުދިން އުމުރުން 10 އަހަރުން ފެށިގެން
ހަގުރާމައަށް ތައްޔާރު ކުރަމުން ދެއެވެ.
2. ނުހައްގު ގޮތުގައި މީހުން ތަންތަނުގައި ބޭނުންކުރުމާ އަދި އަޅުންގެ ގޮތުގައި
ބޭނުން ކުރުން؛ ކުދިންވަގަށް ނަގައިގެންނާއި،
އޮޅުވާލައިގެން ވިއްކުމާއި އަދި އަޅުންގެ ގޮތުގައި ބޭނުންކުރުމަކީވެސް ވަރަށް
އާންމު ކަމެކެވެ. މިގޮތަށް މިއަމަލުތައް އާންމު ގޮތެއްގައި އެންމެ ގިނައިން ފެންނަ
ގައުމުތަކަކީ، ބަގުލަދޭޝް، ޕާކިސްތާނު އަދި ޔަމަން އެވެ. އަދި މިގޮތަށް ވަގަށްނަގާ
ކުދިން ނުހަމަ ގޮތުގައި ބޭނުންކުރާ ގައުމުތައް ތެރޭގައި ކުވައިތު، ގަތަރު، އަމަން
އަދި ސޫދާން ހިމެނެވެ. ޔުނެސެފްގެ ރިޕޯރޓުން ދައްކާގޮތުގައި ވެސްޓް އަދި
ސެންޓްރަލް އެފްރިކާގައި 200،000 ކުޑަކުދިން އަޅު ކުދިންގެ ގޮތުގައި ބޭނުންކުރަމުންދެއެވެ. މީގެ ތެރެއިން
ބައެއް ކުދިންނަކީ ފަގީރު ކަމުން އެކުދިންގެ މައިންބަފައިން ވިއްކާ ކުދިންނާއި
އަދި ކިޑްނެޕް ކޮށްގެން ވަގަށް ނަގާކުދިންނެވެ. މީގެ ތެރެއިން އަންހެން ކުދިން
އެމީހުން ވިއްކަނީ 14 ޑޮލަރަށެވެ.
3. ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އަދި ވީޑިއޯ އިންޓަރ
ނެޓްގައި ހާމަކުރުން؛ މިހާރު އިންޓަރ
ނެޓެކަކީ ކުޑަކުދިންވެސް ވަރަށް ގިނައިން ބޭނުންކުރާ އެއްޗެކެވެ. މީގެ ނަހަމަ
ބޭނުން މީހުން ހިފައިގެން ކުޑަކުދިންގެ މިފަދަ މަންޒަރު ދައްކުވައިދޭ ފޮޓޯ އަދި
ވީޑިއޯ ފަދަ ތަކެތި އިންޓަރ ނެޓްގައި ދަނީ ބޭނުން ކުރަމުންނެވެ.
4. ކުޑަކުދިން ބޭނުންކޮށްގެން ހަށިވިއްކުން؛ ކުޑަކުދިން ނަހަމަ ގޮތުގައި ބޭނުންކޮށްގެން ޖިންސީ ސިކާރައަކަށް ދަނީ
ހަދަމުންނެވެ. ތައިލެންޑުގެ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ހާމަ ކުރި ގޮތުގައި،
ތައިލެންޑުގައި މިއަމަލު ހިންގާ މީހުންގެ ތެރެއިން ގިނަ ކުދިންނަކީ 18 އަހަރުން
ދަށުގެ ކުދިންނެވެ. ދުނީޔޭގައި މިގޮތަށް ފާހަގަ ކުރެވޭ ގައުމު ތަކުގެ ތެރޭގައި ވެއިޓްނާމު،
ފިލިޕީންސް،ނޭޕާލް އަދި އިންޑިޔާ ހިމެނެވެ. މީގެ ތެރެއިން ނޭޕާލުގެ ރީތި އަދި
އުމުރުން 14 އަހަރުން ދަށުގެ އަންހެން ކުދިންނަކީ އިންޑިޔާގައި މި ވިޔަފާރީގައި
ބޭނުންކުރާ ކުދިންނެވެ. އުމުރުން 09 އަހަރާއި 16 އަހަރާއި ދެމެދުގެ 10،000 ކުދިން ކޮންމެ އަހަރަކު އަވައްޓެރި އިންޑިޔާ އަށް
ވިއްކާ ހަދައެވެ.
5. ކުޑަކުދިންލައްވާ އެކުދިންގެ އުމުރާ ނުގުޅޭ މަސައްކަތްކުރުވުން؛ ދުނިޔޭގެ އެކިކަންކޮޅު ތަކުގައި އުމުރުން 5 އަހަރާއި 14
އަހަރާއި ދެމެދުގެ 211 މިލިޔަން ކުދިންލައްވާ އެކުދިންގެ އުމުރުފުރާއާއި ނުގުޅޭ
މަސައްކަތްކުރުވައެވެ. މީގެ ތެރެއިން އެއްމިލިޔަން ކުދިންލައްވާ އެކުދިން
ނުރުހުމުގައި ގަދަކަމުން މަސައްކަތްކުރުވައެވެ.
6. ކުޑަކުދިންނަށް އަޅާނުލާ ދޫކޮށްލުން؛ ކުޑަކުދިން އެކުދިން އެންމެ ތުއްތު އިރުގަ އެކުދިންނަށް ރަނގަޅަށް ވާހަކަ
ނުދެކެވޭ އުމުރުފުރާގައި ބެލެނިވެރިން އެކުދިންނަށް ދޭންވާ އަޅާލުމާއި
އެއްބާރުލުން ނުދީ މަގުމައްޗަށް ދޫކޮށްލާ ހަދައެވެ. ކުދިންނަށް އަޅާނުލާ
ބެލެވެރިންގެ ފަރާތުން ފެންނަ ކަންތައްތަކުގެ ތެރޭގައި، އެކުދިންނަށް ދޭންވާ
ރަނގަޅު ކާނާއާއި އަންނައުނު ނުދިނުމާއި، އެކުދިން ސްކޫލަށް ދިޔަތޯ ބަލާ އަދި
ސްކޫލުން ދޭ ފިލާވަޅުތައް ކުދިން ހަދާތޯ ނުބެލުމާއި އަދި ކުދިންނަށް ދިމާވާ
އެކިއެކި މައްސަލަތަކުގައި އެކުދިންނަށް ދޭންވާ ފުރިހަމަ އެއްބާރުލުމާއި އަޅާލުން
ނުދޭކަން ފާހަގަކުރެވެ. މިއަމަލުތައް އެންމެ ގިނައިން ފެންނަ ގައުމުތައް ތެރޭގައި
ކެނެޑާ، ސިންގަޕޫރު އަދި ކޮރެޔާ ހިމެނެވެ.
7. ކުދިންނަށް ބޭނުންވާ ފުރިހަމަ ތަޢުލީމު ނުލިބުން؛ ދުނިޔޭގެ އެކިކަންކޮޅު ތެރެއިން 100 މިލިޔަން ކުދިންނަށްވުރެ ގިނަ ކުދިން
އެކުދިންނަށް ބޭނުންވާ ތައުލީމު ލިބިގަތުމުގައި މަހުރޫމު ވެފައިވެ. 77 މިލިޔަން
ކުދިންނަކީ އެކުދިންނަށް ތައުލީމު ހާސިލުކުރުމަށްޓަކައި ބޭނުންވާ ފަންޑު
ނުލިބިގެން މިކަމުން މަހުރޫމުވެފައިވާ ކުދިންނެވެ. މީގެ ތެރެއިން ޖޯގުރަފީ ގޮތުން
ގައުމު އުފެދިފައި ހުންނަ ގޮތުން މޫސުމަށް އަންނަ ތަފާތު ބަދަލުތަކުގެ ސަބަބުން
ބޭރަށް ނުނިކުމެވި ގޭގައި މަޑުކުރަން ޖެހުމުގެ ސަބަބުންވެސް ކުދިންނަށް
ސޫކޫލަށްނުދެވި މަޑުކުރަން ޖެހިފައިވެ.
މީގެ އިތުރުން، ކުޑަކުދިންނަށް ދިމާވާ މައްސަލަތަކުގެ ތެރޭގައި
ކުޑަކުދިން ގަދަކަމުން ހަނގުރާމަ ތެރެއަށްވައްދާ ޖިހާދުވުމަށް ބާރު އެޅުމާއި،
ފަގީރުވުމުގެ ސަބަބުން އަޅާލާނެ ބަޔަކު ނެތިގެން ބިކަހާލުޖެހުމާއި،
ހަގުރާމަކުރުމުންނާއި ދިމާވާ ގުދުރަތީ ކާރިޘާގެ ސަބަބުން ރެފިއުޖީންގޮތުގައި
އުޅެންޖެހިފައިވާ ކުދިން ހިމެނެވެ.

No comments:
Post a Comment