ހިސްޓްރިއޮނިކު ޕާރސަނަލަޓީ ޑިސްއޯޑަރއަކީ އެހެންމީހުންގެ
އިހުސާސްތަކާ ކުޅެގެން
މާބޮޑަށް އެހެންމީހުންގެ ސަމާލުކަން ހޯދަން މަސައްކަތްކުރުމެވެ. އަދި މީހުން ތިބޭ
ތަނެއްގައި ހުރިހާ އެންމެންގެ ސަމާލުކަން އެންމެ ބޮޑަށް ހޯދަން ބޭނުންވުމާއި
ސަމާލުކަން ނުލިބިއްޖެނަމަ ވަރަށް ބޮޑަށް އެކަމާ ހިތްހަމަ ނުޖެހޭ ގޮތްވާނެއެވެ. އެހެންމީހުންގެ
ނަޒަރު އެމީހަކާ ދިމާއަށް ނެތް ނަމަވެސް އެކަމާ ހިތްހަމަ ނުޖެހޭ ގޮތްވެގެންދެއެވެ.
މި ޑިސްއޯޑަރ ހުންނަ މީހުންނަށް ލޯބީގެ ގޮތުން
އެހެންމީހުންނާއެކު ގާތްގުޅުމެއް ބޭއްވުމަށް އެހާފަސޭހައެއް ނުވާނެއެވެ. އަދި
ލޯބިވެރިން އެކިއެކި އުކުޅުތައް ބޭނުންކޮށްގެން
ކޮންޓްރޯލް ކުރަން މަސައްކަތްކުރުމުގެ އިތުރުން އެމީހުންގެ ކުރިމަތީގައި ތަފާތު
އެކިއެކި ގޮތްގޮތަށް ނާޓަކު ކުޅެން ފަށާނެވެ. އެހެންމީހުންގެ ސަމާލުކަން، ބޭނުންވާ
ގޮތަށް ނުލިބެއްޖެނަމަ ހާސްވެ ކަންބޮޑުވާގޮތް ވެގެންދެއެވެ. މީގެ އިތުރުން މީހާ
ޑިޕްރެޝަން ހާލަތަށްވެސް ދާގޮތް ދިމާވެއެވެ.
މަތީގައި ބަޔާން ކޮށްފައިވާ ކަންތައްތަކުގެ އިތުރުން މިފަދަ
މީހުންގެ ކިބައިން ފެންނަ ބައެއް އަލާމަތްތެރޭގައި ތިރީގައި މިވާ ބައެއް
ކަންތައްތައް ހިމެނެއެވެ.
1.
މީހުން ހިތްދަމައިގަންނަ
ގޮތަށް ހެދުން އެޅުން
2.
މީހާ ހަށިގަނޑު
ހުންނަގޮތާމެދު ކަންބޮޑުވުން
3.
ކަންކަންކުރާއިރު
ގިނަގިނައިން އެހެންމީހުން ކައިރިން އެކަން ކުރާގޮތް ރަނގަޅުތޯ އެހުން ނުވަތަ
ކަންކަން ކުރާއިރު އަބަދު އެކަމުގެ ހުއްދައަށް އެދުން
4.
އެހެންމީހުންގެ ފާޑުކިއުންތައް
އަމާޒުވެއްޖެނަމަ އެކަމާ ދެރަވެ ހިތާމަކުރުން
5.
ކަމެއް ކުރާއިރު
ކަންކަމާމެދު ވިސްނަށް ވާވަރަށް ނުވިސްނުން
6.
އެހެން މީހުންނަށް
އިންޒާރު ދިނުން ނުވަތަ އަމިއްލައަށް މަރުވާން މަސައްކަތްކުރުން
7.
އެހެންމީހުންނާއެކު ގާތް
ގުޅުމެއް ބާއްވަން އުދަގޫވުމުގެ އިތުރުން ރައްޓެހިންނާއެކު މަކަރުވެރި ގުޅުމެއް
ބޭއްވުން
8. ތިމާގެ މޫޑު އަވަސް
އަވަހަށް ބަދަލުކުރުން
9. ނާކާމިޔާބު ވުމުން
އެކަން އެހެންމީހުންގެ ބޮޅުގައި އެޅުވުން
10. ތަފާތު އެކިގޮތްގޮތަށް ޖިންސީ ގުޅުން ހިންގަން
ބޭނުންވުމާއެކު މަސްތުވާތަކެތި ބޭނުންކުރުން
11. ދިމާވާ ކުދިކުދި ކަންތައްތަކުގައި ބޮޑާހޭކުން
މިޑިސްއޯޑަރ ޖެހުމަށް މެދުވެރިވާ ބައެއް ސަބަބު ތަކުގެ
ތެރޭގައި ސީދާ ސަބަބު ނޭގުނުކަމުގައި ވިޔަސް ދިރާސާތަކުން ދައްކާގޮތުގައި މި
ޑިސްއޯޑަރ ޖެހުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ކުޑައިރު ކުއްޖާއަށް ދިމާވާ
ތަފާތު ކަންތައްތަކާއި އަދި އިންސާނާގެ ދިރާސީ ބަހާގެ ދައުރެއް ވާކަން ވަނީ
ހާމަވެފައެވެ. މިޑިސްއޯޑަރ ބޮޑަށް ފެންނަނީ ފިރިހެނުންނަށްވުރެ އަންހެނުންގެ
ފަރާތުންނެވެ.
މިޑިސްއޯޑަރ ފެންނަ ބައެއް މީހުންނަކީ މުޖުތަމަޢު ތެރޭގައި
ވަރަށް ކާމިޔާބު ބައެއްގޮތުގައިވެސް ވެފައިހުރެއެވެ. ލޯބީގެ ގޮތުން ގާތް ގުޅުމެއް
އޮންނަ ފަރާތެއް ވަކިވެއްޖެނަމަ ޑިޕްރެޝަންގެ ހާލަތައް ދާގޮތް ދިމާވެއެވެ.
އެމީހުންގެ އަސްލު ހަގީގީ ކުލަވަރު އެމީހުންނަށް ދެނެގަންނަށް އުދަގޫވާނެއެވެ.
މިފަދަ މީހުންގެ ދިރިއުޅުން ގިނަފަހަރަށް ނުރައްކާތެރި ހާލަތްތަކަށް ގަސްތުގައި
ވައްޓާލަން މަސައްކަތްކުރާތަން އާދެއެވެ.
މިކަން ހުންނަކަން އިހްސާސްވާނަމަ އަވަހަށް ޑޮކްޓަރަށް ދައްކާ
ފަރުވާ ހޯދާށެއެވެ. އަދި މެޑިކަލް ޗެކަޕެއް ހެދުމަށްފަހު މޫޑަށް ބަދަލު އަންނަށް
މެދުވެރިވާ ސަބަބު ހޯދިދާނެއެވެ. މީގެ އިތުރުން ސައިކޮތެރަޕީއާއި ކައުންސެލިންގ
ދީގެންވެސް ރަނގަޅު ކުރެވިދާނެއެވެ.

No comments:
Post a Comment