Dhirun
  • ފުރަތަމަ ސަފްހާ
  • ސިއްޚީ
    • ތަފާތު ބަލިތައް
    • ދުޅަހެޔޮކަން
    • ރަނގަޅު ކާނާ
    • ކާނާ
  • ޒީނަތްތެރިކަން
  • އިގުތިސާދު
    • ތިއަރީ
    • ހާލަތް
  • އިޖުތިމާއީ
    • މައްސަލަތައް
    • ނިޒާމު
  • ވާހަކަ
    • ހަޤިޤީ
    • ހިޔާލީ
  • މުނިފޫހި
  • އިތުރު ލިޔުންތެރިން

skip to main | skip to sidebar
Blogger Tips and TricksLatest Tips And TricksBlogger Tricks

Widgets

Home » އިޖުތިމާއީ , ވާހަކަ » ދެއްކި ދަޅަ

ދެއްކި ދަޅަ

Sunday, 3 May 2015 | 0 comments








ރޭގަނޑުގެ ހަމަހިމޭން ވަގުތެކެވެ. ގަޑިން މެންދަމު ތިނެއް ޖަހަނީއެވެ. މަގުމަތިން ހިނގާބިގާވެ އުޅޭ ދެތިންމީހުން ފިޔަވާ އިތުރު ބަޔަކުފެންނާކަށްނެތެއެވެ. މިރޭވެސް އަހަރެންނަށް ގެޔަށް ދާންޖެހިފައިމިވަނީ އެކަންޏެވެ. އަހަރެންގެ ފިރިމީހާ މާޖިދަށް ގުޅާގުޅާ ވަރުބަލިވީއުރުވެސް ފޯނެއް ނުނަގައެވެ. ވަރަށް ބިރުން ހުރެ ދިމާވިކަންތަކާއި ހިތްހަމަ ނުޖެހިހުރެ ގެއަށް ދިއުމަށްޓަކައި  ހިގައިގަތީމެވެ.

އަހަރެންނަކީ ޝިފްޓް ޑިއުޓީއެއްގައި މަސައްކަތްކުރާ މީހަކީމެވެ. މަސައްކަތްކުރަމުންދަނީ އެއަރޕޯރޓުގައި ކަމުން ދަންވަރު ނިމޭ ދުވަސްތަކުގައި ގިނައިން ގެއެއަށް ދާންޖެހިފައިވަނީ އެކަންޏެވެ. އަހަރެންގެ ފިރިމީހާ ''މާޖިދު '' ގިނަފަހަރަށް ބަލާ އަންނާނަމޭ ކިޔާފައި ގިނަރޭރޭ ޚަބަރެއް ނުވާނެއެވެ. އަދި ގެއަށް ދާއިރު ގޭގައިވެސް ނޫޅެއެވެ. ދެންކޮންތާކުތޯ އުޅެނީ ސުވާލުކުރާއިރަށް ކޮންމެވެސް ރައްޓެއްސެއްގެ ގޭގައި އޮށްވާ ނިދުނީ ކަމަށް ބުނާނެއެވެ.

ގެއަށް ގޮސް ކޮޓަރީގެ ދޮރުހުޅުވާ ކޮޓަރިތެރެއަށް ވަތްއިރު މާޖިދު ފެންނާކަށްނެތެއެވެ. އަދި މާޖިދުގެ އިންތިޒާރުގައި ނުނިދާ ހޭލާހުރީމެވެ. ހެނދުނު އިރުއެރިތަނާ މާޖިދު ގެއަށް އަތުވެއްޖެއެވެ. ފޯނުނުނެގީ ކީއްވެތޯއާއި ރޭގަނޑު ގެއަށް ނައީސް އުޅޭތަނަކާއި ބެހޭ ގޮތުން  ސުވާލުކުރުމުން ވަރަށް ރުޅިއައިސް، ގެއިން ނުކުމެގެން ހިގައްޖެއެވެ.

އަހަރެންވެސް ވެފައިހުރި ވަރުބަލިކަމުން އިތުރަށް އެކަމާއި ނުވިސްނާ ނިދަން އޮށޯވެއްޖައީމެވެ. އަދި ހޭލެވުނީ އޮފީހުގައި އުޅޭ އެކުވެރިއެއްކަމަށްވާ މަރީ ފޯނުކުރުމުންނެވެ. އޭރު ގަނޑިން ހަވީރު ހަތަރެއްޖަހަނީއެވެ. މަރީ ފޯނުކޮށްފައި މާޖިދު އަންހެން ކުއްޖެއް ގޮވައިގެން ރެސްޓޯރެންޓެއްގެ ތެރޭގައި އިންދާ ފެނުނުވާހަކަ ބުނުމުން އަވަސް އަވަހަށް ތައްޔާރު ވެލައިގެން އެބުނާ ރެސްޓޯރެންޓަކައި ދިޔައީމެވެ. ނަމަވެސް ދިޔައިރު އެތަނުގައި މާޖިދުއެއްނެތެއެވެ.

މިކަމާއި މާޔޫސްވެގެން ހުރެ އަހަރެންގެ އެންމެ އެކުވެރި ރަހުމަތްތެރިޔާ އާފިޔާ އަށް ގުޅާލީމެވެ. އަދި މާޖިދުގެ ޢަމަލުތައް ހުންނަގޮތުގެ ވާހަކަތައް ކިޔައިދީ އެކަންތައް ހައްލުކުރުމާއި ބެހޭ ގޮތުން މަޝްވަރާކޮށް ހެދީމެވެ. އާފިޔާގެ ހިޔާލުދިނީ މާޖިދު ގާތުން ވަކިވުމަށެވެ. އެއީ އޭނަގެ އަޅާލުން ކުޑަކަމާއި، އަދި ވަޒީފާއަކަށް ނުގޮސް އަންހެންކުދިން ގޮވައިގެން އުޅޭތީއެވެ. އާފިޔާގެ ވާހަކަތައް އަޑުއެހުމަށްފަހު، އެގޮތަށް ޢަމަލުކުރުމަށް ނިންމީމެވެ. 

މާޖިދުއަކީ ކޮންމެ އަންހެންކުއްޖެއްވެސް ބޭނުންވާފަދަ އަސަރުގަދަ ގޮތެއް ހުންނަ ހިތްގައިމު ޒުވާނެކެވެ. އޭނަ ވަޒީފާއަދާކުރަން އެއްވެސް މަސައްކަތެއް ނުކުރިޔަސް އޭނައާއެކު މިއުޅެނީވެސް އެނާގެ ރީތިކަމުންނެއެވެ. ބަލާލާބެލުމަށް ހިތްގައިމު އަސަރުގަދަގޮތެއް ހުންނާތީއެވެ. ނަމަވެސް އާފިޔާގެ އެ ނަޞޭހަތުގެ ބަސްތައް އަޑުއެހުމަށްފަހު މާޖިދު ގާތުން ވަކިވުމަށް ނިންމައިފީމެވެ. ރީތިކަމަށްވުރެ ބޮޑަށް ބޭނުންވަނީ އަޅާލުމާއި ލޯތްބާއި އޯގާތެރިކަމެވެ. އެއައަށްވުރެ ބޮޑު ރީތި ސިފައެއް ފިރިމީހާގެ ކިބައިގައި ވަކި ހުންނާނެހެއްޔެވެ. ބޭރުފުށުން ފެންނަ ރީތިކަމަކީ އެއްވެސް ރީތިކަމެއްނޫނެވެ. އެއަށްވުރެ ބޮޑަށް މީހާގައިގައި އަށަގަނެފައި ހުންނަ ރަނގަޅު އާދަތަކަކީ ވަރަށް މުހިންމު ކަމެއްކަން އަހަރެންނަށް ވިސްނެއްފެށިއެވެ.

ތަފާތު އެކި ޚިޔާލުތަކުގައި ހުރެގެން އާފިޔާ ދިރިއުޅޭ ގެޔަށް ދިޔައީމެވެ. އިތުރަށް މިކަމާއި ބެހޭ ގޮތުން ވާހަކަދައްކާލުމަށެވެ. އެގެއަށްގޮސް އާފިޔާ ދިރިއުޅޭ ކޮޓަރިއަށް ވަންނަން ބެލިއިރު ކޮޓަރީގެ ދޮރުހުރީ ކުޑަކޮން ހުޅުވިފައެވެ.ވީމާ، އިތުރަށް ދޮރޮގައި ޓަކިނުޖަހާ ކޮޓަރިތެރެއަށްވަނީމެވެ. ފެނުނީ ބުނަންވެސް ނޭންގޭކަހަލަ މަންޒަރެކެވެ. މާޖިދުހުރީ އާފިޔާގައިގާ ބައްދަލައިގެންނެވެ. އަހަރެން ފެނުމުން ދެމީހުންނަށްވީގޮތެއް ބުނާކަށްވެސް ނޭގުނެއެވެ. އަދި އަހަރެންވެސް ބުނާނެއެއްޗެއް ނޭގިފައި ފެނުނު މަންޒަރު ގަބޫލުކުރަން ދަތި ހާލުގައި ގަބުވެފައި އިރުކޮޅެއްވަންދެން ހުރީމެވެ. ބޭއިޚުތިޔާރުގައި ރޯންފެށިއްޖެއެވެ. އަހަރެންގެ ކުށަކީ ކޮބައިހޭ އެހީމެވެ. ދެމީހުންވެސް އެއްވެސް އެއްޗެކެކޭ ނުބުނެ އެތައް އިރެއްވަންދެން ހުއްޓެއެވެ. އަދި އަހަރެން ނިކުންނަށް ހިގައި ގަތްތަނާ އާފިޔާ އަހަރެންނަށް ގޮވާލިއެވެ. އަދި މަޢާފްކުރާށެ ބުންޏެވެ. މިއީ ގަސްތުގައި ކުރިކަމެއް ނޫންކަމާއި މާޖިދު އުދަގޫކުރާވަރުން ރައްޓެހިވެވުނީކަމަށް ބުންޏެވެ. ނަމަވެސް ދެން މާޖިދުއާއި ވަކިވުމަކީ ވަރަށް އުދަގޫކަމެއްކަމާއި މާޖިދުއާއި ކައިވެނިކުރަން ބޭނުންވާކަމަށްބުނެ ދުވެފައި އައިސް އަހަރެންގައިގާ ބައްދައިގަތެއެވެ. އަދި ރޮއިރޮއިފައި އާދަސް ކުރަން ފެށިއެވެ. އަހަރެންވެސް އާފިޔާ ގާތުގައި މާޖިދުއާއި ވަކިވުމަށް އާދެސްކުރީމެވެ. މާޖިދުއަކީ ހަމައެކަނި އަހަރެންގެ ހައްގެއްކަމަށްބުނީމެވެ.
ލޯތްބަކީ ވާއެއްޗެއްނޫންކަމާއި ވެވޭ އެއްޗެއްކަމާއި އަހަރެންނަށް މާޖިދު ދެކެ މާކުރިން ލޯބި ވެވިއްޖެކަމާއި ދެން ވަކިވުމަކީ މާއުދަގޫކަމެއް ކަމުގައި ބުނީމެވެ. އަދި އެންމެފަހުން އަހަރެންދެއްކިވާހަކަ އަޑުއަހަން ހުރެފައި މާޖިދު ކޮޓަރިތެރެއިން ނިކުމެގެން ހިގައްޖެއެވެ.

މާޖިދު ދިއުމާއެކު އަހަރެންވެސް ގެއަށް ދިއުމަށްޓަކައި ހިގައި ގަތްފީމެވެ. އަދި އަހަރެން ނިކުތްއިރު މާޖިދު ފެންނާކަށްނެތެއެވެ. އަހަރެން މަގުމަތިން ދިޔަ ޓެކްސީއަކަށް އަރައިގެން ގެއަށްދިޔައީމެވެ. ގެއަށް ދިޔައިރުހުރީ ބުނަށްވެސް ނޭންގޭކަހަލަ ރުޅިވެރިކަމެއްގެ ތެރޭގައެވެ. ކޮޓަރިތެރެއަށް ވަތްއިރު މާޖިދު ކޮޓަރިތެރޭގައި ހުއްޓެއެވެ. އަދި ފެނުމާއެކު ރޯންފަށާފިއެވެ. މީގެކުރިން ދުވަހަކުވެސް މާޖިދު ރޯތަނެއްނުދެކެމެވެ. އަދި މަޢާފްކުރާށެބުނެ، ކުރެވުނުނީ ކުށެއްކަމާއި ދުވަހަކުވެސް އެގޮތަށް ނޫޅޭނެކަމަށްބުނެ އަތާއަތްޖަހާ ހޮވާކުރިއެވެ. އަހަރެންވެސް މާޖިދުއަށް މާޢަފްކުރީމެވެ. އެއީ ފުރަތަމަ ފަހަރުކަމަށްވާތީއާއި މާޖިދުދެކެ ލޯބިވާތީއެވެ.

އޭގެފަހުން ދަންވަރު ޑިއުޓީ އިން ނިމޭރެޔެއްނަމަ އަހަރެން ބަލާވެސްއާދެއެވެ. އަދި ކުރިއަށްވުރެ އަހަރެންދެކެ ލޯބިވާހެންވެސް ހީވެއެވެ. އަދި އާފިޔާގެ ވާހަކައެއްވެސް އަހަރެންކައިރީގައި ނުދައްކައެވެ. އަހަރެންވެސް އާފިޔާއާއި އޮންނަ ގުޅުން ކަގާލީމެވެ.

އޭގެ ދެމަސްފަހައެވެ. އޮފީހުގައި ހުރެފައި އަހަރެން ގެއަށްއައީ ބޮލުގައި ރިއްސާތީއެވެ. ޑިއުޓީގައި ހުރެވޭވަރު ނުވެގެންނެވެ. މިއަދު ގެއަށް ދިއުމަށްޓަކައި މާޖިދުއަކަށް ނުގުޅަމެއެވެ. އެއީ އޭނައަށް އިތުރަށް އުދަގޫކުރަން ބޭނުންނުވާތީއެވެ. ގެއަށްގޮސް ކޮޓަރިތެރެއަށް ވަންނަށްބެލިއިރު ކޮޓަރީގެ ދޮރުހުރީ ތަޅުލާފައެވެ. އަދި ތަޅުގައި ތަޅުދަނޑިޖަހާ އަހަރެން ކޮޓަރީގެ ދޮރު ހުޅުވާލީމެވެ. ފެނުނީ ބުނަންވެސް ނޭނގޭކަހަލަ މަންޒަރެކެއެވެ. މާޖިދު އެދުމަތީގައި އޮތީ އަންހެންކުއްޖެއް ގޮވައިގެންނެއެވެ. އަހަރެންނަށް އަޑުގަ ނެތްތަނަށް ހަޅޭއްލަވައިގަނެވުނެއެވެ. ދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ. މާޖިދުއަށް ބުނާނެ އެއްޗެއްވެސް ނޭގުނެއެވެ. މާޖިދުއާއި އެކު ކޮޓަރިތެރޭގައި އޮތީ އާފިޔާއެވެ. އާފިޔާއަށްވެސް ބުނާނެއެއްޗެއް ނޭގުނެއެވެ. އަހަރެން މާޖިދުއާއެކު އުޅެން ބޭނުންނުވާކަމާއި ވަރިކޮށްދިނުމަށް އެދުނީމެވެ. ވަގުތުން މާޖިދު އަހަރެން ވަރިކުރިއެވެ.
މާޖިދު އަހަރެން ވަރިކުރިޔަސް އެކަމާއި، މިއަދު އަހަރެން ދެރައެއްނުވަމެވެ. އެއީ މަކަރުވެރި ހީލަތްތެރި މީހެއްގެ ކިބައިން ސަލާމަތްވެވުނީމައެވެ. މީހާ ކިތައްމެރީއްޗަށް ދައްކާ ދަޅަޔަށް ހެއްލުމަކީ މޮޔަކަމެކެއެވެ. މީހުންބުނެއުޅެއެވެ. ވީދާހާއެއްޗަކީ ރަނެއްނޫނެއެވެ. އެއީ ހަމަތެދެކެއެވެ. ) ނިމުނީ )
Share this article :

ސުރުހީ އާއި ގުޅޭ ލިޔުންތައް

Posted by Unknown at 09:05
Email ThisBlogThis!Share to XShare to Facebook
Labels: އިޖުތިމާއީ, ވާހަކަ

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

މަޤުބޫލު ލިޔުންތައް

  • ފިރިހެނުންގެ ބައެއް ސިއްރު ކަންތައްތައް އެގެން ބޭނުންތަ؟
    ތި ކަނބަލުންގެ ހަޔާތުގެ ބައިވެރިޔާއަކީ ދިމާވާ ކަންތައްތައް ކިޔައިދީ ކަމެއް ދިމާވުމުން އެކަމާމެދު ވިސްނާ ފިކުރުކޮށް ނުވަތަ ...
  • ކައިވެނީގައި ޖެހޭ މައްސަލަތައް ހައްލުކުރާނެ ގޮތް
    ދެބަސްވުމާއި، ކަންކަމުގައި ހިޔާލުތަފާތުވުމާއި، ދެމީހުން އެކަކު އަނެކަކާއި މައްސަލަ ޖެހި ކުދިކުދި ހަމަނުޖެހުން ހި...
  • ފިރިހެނުން ދެކެ އަންހެނުން ލޯބިވަނީ ކީއްވެ؟
    ކޮންމެ އަންހެނަކުވެސް ތިމާ އެމީހަކު ދެކެ ލޯބިވާ ފިރިހެނެއް ބޭނުންވާނެ އެވެ. ކޮންމެ ފިރިހެނަކުވެސް ތިމާ ދެކެ ލޯބިވާ އަނ...
  • ދެމީހުންގެ މެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
    ޒަވާޖީ ހަޔާތެއް ނުވަތަ ލޯބި ވެގެންއުޅޭ ދެމީހުންގެ ދެމެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި، ދެމީހުންގެ ދެމެދުގައ...
  • ހަޔާތުގެ ބައިވެރިޔާއަށް އޮޅުވާލާ މަކަރު ހަދަނީ ކީއްވެ؟
    އެމެރިކާގައި ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ކައިވެނި ކޮށްގެން އުޅޭ މީހުންގެ ތެރެއިން %25 ފިރިހެނުންނަކީ، ...

Find Us on Facebook

About Me

Unknown
View my complete profile

Template modified by : Afey Afra
Copyright © 2011. Dhirun - All Rights Reserved