އުފާވެރިކަމަކީ، އިންސާނާގެ އުމުރު ދިގުކޮށްދޭ ކަމެކެވެ.
ނަމަވެސް، މިގޮތަށް އުފާވެރި ކަންމަތީގައި އަބަދު ތިބެނީ ކިތައްމީހުންހެއްޔެވެ؟
އެއްވެސް މީހަކު އަބަދު އުފާވެރިކަންމަތީގައި ދެމިހުރެވޭގޮތެއްނުވެއެވެ.
އެކިމީހުންނަށް ތަފާތު އެކިކަންތައް ދިމާވެގެންދެއެވެ. ބައެއް މީހުން އަބަދުވެސް
ހިތްނުތަނަވަސްވެ ހާސްކަންމަތީގައި އުޅެންޖެހޭ ގޮތް ދިމާވެގެންދެއެވެ. އެކިމީހުން
އުފާވެރިކަންމަތީގައި ހުރުމަށް ކުރަމުންދަނީ އެކިމަސައްކަތް، އަދި މިގޮތަށް ތަފާތު
އެކިކަންތައްތަކުން އެކިމީހުންނަށް އުފާވެރިކަން ލިބިގެންދަނީ އެކިވަރަށެވެ.
ތިމާ ހިތްހަމަޖެހޭ އުފާވެރި ދިރިއުޅުމެއް އުޅެން
ބޭނުންނަމަ، ތިރީގައިމިވާ ކަންތައްތައް ވީހާވެސް އަވަހަށް ކުރުމަށް އާދަކުރާށެވެ.
އޭރުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ވެރިވެފައިވާ ހިތްނުތަނަވަސްކަމާއި
ހިތްދަތިކަން ފިލާގެން ހިނގާދާނެއެވެ.
1.
ހެލިފެލިއުޅޭފަދަ
ކަސްރަތެއްކުރުން؛ މިގޮތުން އެންމެ ފައިދާ ހުރި އަދި ރަނގަޅު ކަސްރަތުތަކުގެ
ތެރޭގައި އެއޮރެބިކްސް ހިމެނެއެވެ. ހެދިފައިދާ ދިރާސާތަކުން ދައްކާގޮތުގައި
އެއޮރެބިކްސް ކަސްރަތު ކުރާމީހުން، ދިމާވެފައިވާ ހިތްނުތަނަވަސްކަން ފިލާގެން
ދާކަމަށްވަނީ ފާހަގަ ކުރެވިފައެވެ. އަދި އާދައިގެ ވަރަކަށް ޑިޕްރެޝަން ހުންނަ
މީހުންނަށް ކަސްރަތަކީ ވަރަށް މުހިންމު ފަރުވާއެއްކަން އެތައް ދިރާސާތަކުންވަނީ
ދައްކާފައެވެ.
2.
ރައްޓެއްސަކަށް ނުވަތަ
ޢާއިލާގެ މެމްބަރަކަށް ގުޅާލުން؛ ހިތްނުތަނަވަސްވެ، ހާސްވާގޮތް ވާނަމަ
ގާތްރައްޓެއްސަކަށް ނުވަތަ އާއިލާގެ މެމްބަރަކަށް ގުޅާލާށެވެ. މާޒީވެ ގޮސްފައިވާ
އުފާވެރިވާހަކައެއް ދައްކާލާށެވެ. ނޫންނަމަ، ތިމާގެ ހިތުތެރޭގައި އުފެދޭ
އުދާސްތައް އެފަރާތާއި ހިއްސާކުރާށެވެ.
3.
ތިމާއަށް ދިމާވެފައިވާ
ހިތްހަމަޖެހޭ 3 ކަމެއް ފާހަގަކޮށް އެކަން ފޮތެއްގައި ލިޔެލުން؛ ފާއިތުވި 6
މަސްދުވަސްތެރޭގައި ތިމާއަށް ދިމާވެފައިވާ އެންމެ ހިތަހަމަޖެހޭ 3 ކަމެއްގެ ވާހަކަ
ފޮތެއްގައި ލިޔެލާށެވެ. އަދި އެކަމާއި މެދު ފޫންކޮށް ވިސާނާލާށެވެ. އޭރުންވެސް
ތިމާއަށް އިތުރު އުފާވެރިކަމެއް ގެނެސްދޭނެއެވެ.
4.
ދެން ދިރިއުޅުމަށް
ގެންނަށް ބޭނުންވާ އެންމެ އުފާވެރި ކަންތައްތަކުގެ މަތިން ހަނދާންކޮށްލުން؛ ތިމާގެ
ދިރިއުޅުމަށް ދެން ގެންނަށްބޭނުންވާ އެންމެ އުފާވެރި ކަންތައްތަކުގެ މަތިން
ވިސްނާލާށެއެވެ. އަދި މީގެ އިތުރުން އެކަމުގެ ނަތީޖާގެ ސަބަބުން ދެން ދިރިއުޅުމަށް
އަތުވެދާނެ އުފާވެރިކަމާއި މެދުވެސް ވިސްނާލާށެވެ.
5.
ދުވަހުގެ ހަރަކާތްތައް
ގެންދާނެ ގޮތާއިމެދު ފޫންކޮން ވިސްނާލުން؛ ދުވަހުގެ ހަރަކާތްތައް
ގެންދާނެ ގޮތާއިމެދު ފޫންކޮށްވިސާނާލުމަކީވެސް ވަރަށް މުހިންމުކަމެކެވެ. އޭރުން
ކުއްލިއަކަށް ކަމެއް ދިމާވުމުން ކުރިމަތިވާ ހާސްވުމާއި ކަންބޮޑުވުން
ނެތިގެންދާނެއެވެ. މިގޮތަށް ވިސްނާލާފައި އޮތުމުން ދުވަހުގެ ހަރަކާތްތައް ދާނެ
ގޮތުގެ ޕްލޭނެއްވެސް ހެދިގެންދާނެއެވެ. އޭރުން ކުއްލިއަކަށް ދިމާވާ ކަންކަމުގައި
ގޮތްނިންމުމަށް ފަސޭހަވެގެންދާނެއެވެ.

Aerobics is really helpful :)
ReplyDelete