Dhirun
  • ފުރަތަމަ ސަފްހާ
  • ސިއްޚީ
    • ތަފާތު ބަލިތައް
    • ދުޅަހެޔޮކަން
    • ރަނގަޅު ކާނާ
    • ކާނާ
  • ޒީނަތްތެރިކަން
  • އިގުތިސާދު
    • ތިއަރީ
    • ހާލަތް
  • އިޖުތިމާއީ
    • މައްސަލަތައް
    • ނިޒާމު
  • ވާހަކަ
    • ހަޤިޤީ
    • ހިޔާލީ
  • މުނިފޫހި
  • އިތުރު ލިޔުންތެރިން

skip to main | skip to sidebar
Blogger Tips and TricksLatest Tips And TricksBlogger Tricks

Widgets

Home » ހާލަތު , އިޤުތިޞާދު , އިޖުތިމާއީ , ވާހަކަ , މައްސަލަތައް » އިހުސާސް

އިހުސާސް

Friday, 28 August 2015 | 0 comments








މިހާރު ގަޑިން މެންދަމުން އަލިވެ 3 ޖެހީއެވެ. އަދިވެސް ފަހީމު ގެއަށް ނާދެއެވެ. ފަހީމުގެ އިންތިޒާރުގައި މިގޮތަށް އުޅޭތާ މިވީ ދެމަސް ދުވަހެއެވެ. ކޮންމެ ދުވަހަކުވެސް ފަހީމުގެ އިންތިޒާރުގައި އެތަށް އިރެއް ވަންދެން ހޭލާހުންނަށް ޖެހެއެވެ. މިއީ މިޔަދު އަހަރެން އުޅެން ބޭނުންވި ގޮތެއް ނޫނެވެ. ނަމަވެސް މިޔަދު މިގޮތަށް ނޫޅެ ވަކިކުރާނީ ކީއްހެއްޔެވެ؟ ވަކި ދާނެ ދެވަނަ ތަނެއް ނެތެވެ. އަޅާލާނެ އިތުރު މީހަކު ނެތެވެ.
އަހަރެން ފަހީމު އާއި ފުރަތަ ބަށްދަލުވީ އިސްކޫލުގައި އޮތް ޕާޓީއެއްގެ ތެރެއިންނެވެ. އެއީ އިސްކޫލުގައި އުޅޭ ޓީޗަރުންގެ މެދުގައި އެކުވެރިކަން އާލާ ކުރުމުގެ ގޮތުން ބޭއްވި ޕާޓީއެކެވެ. އެ ޕާޓީއަށް އަހަރެން ދިޔައީ އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިޔާ އެދުމުގެ މަތިންނެވެ. އަދި ފަހީމުވެސް އެތަނަށް ގޮސްހުރީ ފަހީމުގެ ގާތް އެކުވެރިއެއް އެދުމުގެ މަތިންނެވެ. އިސްކޫލުގައި މަސައްކަތްނުކުރާ މީހުންގެ ތެރެއިން އަހަރެމެން ދެމީހުންނޫން އިތުރު ބަޔަކު ޕާޓީގައި ބައިވެރިނުވެއެވެ. ވީމާ، އަހަރެމެން ދެމީހުންވެސް ތިބީ އެހާ ބޮޑަށް މަޖާކުރަން ނުކުރިފައި ވަރަށް އެކަހެރި ކޮށެވެ.
އަހަރެންގެ ރަހުމަތްތެރިޔާ އޭނަގެ ރައްޓެހިންނާއެކު މަޖާކުރަމުން ދިޔައިރު ކޮޑަދޮރުން ބޭރު ބަލަހައްޓައިގެން އަހަރެން ހުރީމެވެ. އެވަގުތު ފަހީމު އައިސް އަހަރެންނާއި ވާހަކަ ދައްކަން ފެށިއެވެ. އެންމެ ފުރަތަމަވެސް އަހަރެން ލައިގެން ހުރި ހެދުމަށް ތައުރީފުކުރިއެވެ. އަހަރެން ބޮލުގެ އިސްތަށިގަނޑުގެ ވަރަށް ރީތިކަމަށާއި ބޮލުގައި ފުނާއަޅާފައިވާ ގޮތަށްވެސް ތައުރީފު ކުރަމުން ދިޔައެވެ. އަހަރެންވެސް ސަމާސާ އަކަށް ފަހީމު ލައިގެން ހުރި ގަމީހުގެ ރީތިކަމަށާއި އަދި ފަހީމުގެ ރީތި ސިފައަށް ތައުރީފުކުރީމެވެ. ސަމާސާއަކަށް ހަދައިގެން އެހެން ބުނިކަމުގައި ވިޔަސް ފުރަތަމަ ފަހީމު ފެނުނު ވަގުތު ފަހީމު އާއި ވަރަށް ހިތްކިޔާ ގަޔާވާ ގޮތްވިއެވެ. ތެދުތެދަށް ބުނާނަމަ ފަހީމު އަކީ ހަމަ ރީތި ފިރިހެނެކެވެ. ފުރިހަމަ އިސްކޮޅެއް ލިބިފައިވާ ބިޔަ ހަށިގަނޑުގެ ވެރިއެކެވެ. ކޮންމެ އަންހެން ކުއްޖަކުވެސް ހިތްކިޔާ ކަހަލަ ސިފަތަކެއް ހުރި މީހެކެވެ.
ޕާޓީ ނިންމާފައި އެނބުރި އަހަރެން ގެޔަށް ދިޔައީމެވެ. ދެން އައީ ފަހީމުގެ ފޯނު ކޯލެކެވެ. ފަހީމު އަހަރެންނާއި ބައްދަލު ކުރަން ބޭނުންވާ ވާހަކަ ބުންޏެވެ. އަދި އަހަރެންނާއި ކައިވެނި ކުރަންވެސް ތައްޔާރަށް ހުރިކަމަށް ބުނަމުން ދިޔައެވެ. އެދުގައި ދެ އަތަށް ފޮރޮޅި ފޮރޮޅި އޮށްވާ ނިދުނީ ކޮން އިރަކު ކަމެއްވެސް އަހަރެންނަކަށް ނޭގުނެވެ. ހޭލެވުނީ ރަހުމަތްތެރިޔާ ދޮރުގައި ތަޅާ އަޑަށެވެ. ފަހީމުގެ ހުރިހާ ވާހަކަ ތަކެއް އަހަރެންގެ ރަހުމަތްތެރިޔާ އަށް ކިޔައި ދިނީމެވެ. އޭނަވެސް އެކަމާއި ވަރަށް ގަބޫލު ކަމަށް ބުންޏެވެ. ރަހުމަތެރިޔާ އާއި އެކު އަހަރެން ފަހީމު އާއި ބައްދަލުކުރުމަށް ދިޔައީމެވެ. އަހަރެމެން ދިޔައީ ސީދާ ފަހީމު އުޅޭ ގެއަށެވެ. ދިޔައިރު ފަހީމުގެ ރަހުމަތްތެރިޔާވެސް އެގޭގައި ހުއްޓެވެ.
ފަހުން އެގުނު ގޮތުގައި އަހަރެންނާއި ފަހީމުގެ ބައްދަލުވުމަކީ އިއްތިފާގެއް ނޫނެވެ. އަހަރެމެން ދެމީހުންގެ ރަހުމަތްތެރިން ވަރަށް ރާވައިގެން، އަހަރެމެން ދެމީހުން ބައްދަލު ކުރުމަށްޓަކައި ކުރިކަމެކެވެ. ފުރަތަމަ އެކަން އެގުމާއެކު ހިތްހަމަ ނުޖެހުނެވެ. ނަމަވެސް ފަހުން ދެމީހުންނަށްވެސް އެކަންވީ ވަރަށް މަޖާކަމަކަށެވެ.
ދެމީހުންވެސް ފަހުން އެކަކު އަނެކަކާއި ބައްދަލު ކުރަމުން ދިޔައީމެވެ. ޕާކުތެރެއިންނާއި ދެމީހުން ދިރި އުޅޭ ގޭތެރެއިންނެވެ. އެންމެ ފަހުން ފަހީމު އާއި ވަކިން އުޅުމަކީ ވަރަށް އުދަގޫކަމަކަށް އަހަރެންނަށް ވަނީ ވެފައެވެ. އެކަނިވާ ކޮންމެ ފަހަރަކު ފަހީމުގެ ނެތް ކަމުގެ އިހުސާސް ކުރެވެއެވެ. އަބަދުވެސް ކައިރީގައި ހުރުމަށް ބޭނުންވެއެވެ.
މާގިނަ ދުވަސްތަކެއްނުވެ ފަހީމު އަހަރެންނާއި ކައިވެނިކުރިއެވެ. ކައިވެނި ކުރުމަށްފަހު ފަހީމުގެ ގެއަށް އަހަރެން ގެންދިޔައެވެ. އަހަރެންނަށްޓަކައި ފަހީމު ވަނީ މުޅި ކޮޓަރި ޒީނަތްތެރި ކޮށްފައެވެ. ކައިވެނީގެ ފުރަތަމަ ދުވަސް ކޮޅު ފަހީމު ހީވަނީ ލޯބިން އަހަރެން ކާލަފާނަ ހެންނެވެ. ގެއަށް އަންނަ ކޮންމެ ފަހަރަކާއި އަދި ގެއިން ބޭރަށް ނިކުމެގެން ދާ ކޮންމެ ފަހަރަކު ލޯބިން އަހަރެން ގައިގައި ބައްދާލައެވެ. ގައިގައި ފިރުމާލައެވެ. ފަހީމުގެ އެ ހަރަކާތްތަކަކީ ފަހީމު ދެކެ އަހަރެން އިތުރަށް ލޯބިވާ ކަމަކަށްވަނީ ވެފައެވެ.
ނަމަވެސް ދެމީހުންގެ މިގުޅުން މާގިނަ ދުވަހަކު ކުރިޔަކަށް ނުގެންދެވުނެވެ. ކުދިކުދި ކަންކަމުގައި ފަހީމު އަހަރެން ކުށްވެރިކުރަން ފެށިއެވެ. އަހަރެން ކުރާ ކަންތައް ކަމުދާކަމަކަށް ނުވިއެވެ. އެންމެ ކުޑަމިނުން އެނދުމަތީގައި ތަންމަތި އަޅާގޮތާއި މެދު ހިތްހަމަ ނުޖެހެން ފެށިއެވެ. ނަމަވެސް މުޅި ދުވަސް އަހަރެން ހޭދަކުރަމުން ދިޔައީ އަލުން ފަހީމުގެ ލޯބި ލިބޭނެ ދުވަހަކަށެވެ. ފަހީމު ކޮންމެ ގޮތަކަށް އުޅުނެއްކަމަކު ފަހީމު ދޫކޮށްލާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ފަހީމު ނެތް ދުނިޔެއްގައި އުޅޭކަށް ބޭނުމެއްނުވިއެވެ. އެވަރަށް ފަހީމު ދެކެ މިޔަދު އަހަރެން ލޯބިވެއެވެ.
ފަހީމުގެ އިންތިޒާރުގައި ކޮޓަރި ތެރޭގައި ދެކޮޅަށް ހިގަހިގާ ހުއްޓާ ، ކޮންމެވެސް މީހަކު ކޮޓަރި ދޮރުގައި ތަޅާ އަޑު އިވިއްޖެއެވެ. މި އޮތް ދަންވަރު ކޮޓަރި ދޮރުއި ތަޅަނީ ކާކުބާއޭ ހިތަށް އެރިއެވެ. ފަހީމު އަތުގައި ތަޅުދަނޑި އޮށްވައި އެފަދަ ކަމެއް ފަހީމު ކުރާނެ ބާއޭ ހިތަށް އަރަމުން ދިޔައެވެ. ވަރަށް ބިރުން ހުރެ ކޮޓަރީގެ ދޮރު ހުޅުވީމެވެ.
ކޮޓަރީގެ ދޮރު ހުޅުވިއިރު ދޮރުމަތީގައި ހުރީ އަހަރެންގެ ފަހީމުއެވެ. ދޮރުގައި  ތެޅީ ކީއްވެތޯ އަހަރެން ފަހީމު އާއި ސުވާލު ކުރީމެވެ. އެއްވެސް ޖަވާބެއް ނުދިނެވެ. ގަބުވެފައި ހުރި ކަހަލަ ގޮތަކަށް ހުރެ ކޮޓަރި ތެރެއަށް ވަދެ އެދަށް އަރައި ނިދަން އޮށޯވެއްޖެއެވެ. ލައިގެންހުރި ގަމީހާއި ޖިންސާއެކުގައެވެ.
ފަހީމު ހޭލުމުގެ ކުރިން ވަރަށް ހެނދުނާއި އަހަރެންނަށް ހޭލެވުނެވެ. ހޭލައިގެން ފެންވަރައިގެން ނިކުތް އިރު ފަހީމު ފެންނާކަށް ނެތެވެ. ވަރަށް ހާސްވެގެން ހުރެ ފަހީމު ފޯނަށް ގުޅާލީމެވެ. ނަމަވެސް ފޯނު ވަނީ ނިންވާލާފައެވެ.
ހަދާނެ ގޮތް ހުސްވެފައި ކުރާނެ ކަމެއް ނެތިފައި ހުރެވުނީ ކިހާ އިރަކު ކަމެއް ނޭގުނެވެ. ގިސްލަ ގިސްލާފައި ބާރަށް ރޯންފެށުނެވެ. އެންމެ ފަހުން ފަހީމު ގާތުން ވަކިވުމަށް ނިންމީމެވެ.
ފަހީމުގެ ޚަބަރެއް ނުވާތާ ދެދުވަސް ފަހުން ފަހީމު އާއި ބައްދަލުވިއެވެ. އޭރު އަހަރެން ހުރީ ފަހީމު އާއި މުޅިން ވަކިވުމަށް ނިންމައިގެންނެވެ. ފަހީމު ގާތުގައި ފަހީމު އުޅޭ ގޮތާއި މެދު ހިތްހަމަ ނުޖެހޭކަން ބުނީމެވެ. ދެން އިތުރަށް އެންމެ ހިދުކޮޅަކަށްވެސް އުޅެން ބޭނުން ނުވާކަމަށް ބުނީމެވެ. ފަހީމު އަކީ އަހަރެން ކުރިން ލޯބިވި ފަހީމު ނޫންކަމަށާއި، ފަހީމު މިހާރު ވަނީ މުޅިން ބަދަލުވެފައި ކަމަށް ފަހީމުގެ ފަރާތުން އަހަރެންނަށް ލިބުނު ހިތްދަތި ކަމަގެ ވާހަކަތަށް ރޮމުން ކިޔައި ދެމުން ދިޔައީމެވެ.
ފަހީމު ދެރަވުމުގެ ބަދަލުގައި ކުއްލިއަކަށް ފަހީމުގެ މޫނު މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އަދި ބާރަށް ހޭންފެށިއެވެ. އަހަރެން ގާތަށް އިތުރަށް ރުޅި އަންނަށް ފެށިއެވެ. ނަމަވެސް ފަހީމު ހެމުން ހެމުން އައިސް އަހަރެން ގައިގައި ވަރަށް ލޯބިން ބަށްދާލިއެވެ. މަޑުމައިތރިކަމާއި ވަރަށް ލޯތްބާއެކު، އަހަރެން ކަންފަތް ދޮށުގައި ފަހީމު އަހަރެންދެކެ ވަރަށް ލޯބިވާކަމަށް ބުންޏެވެ. ހަނދާނެ ގޮތް ހުސްވެފައި އަހަރެންނަށް ހުރެވުނެވެ. ނަމަވެސް ފަހީމު ދެވަނަ ފަހަރަށް އަހަރެން އަތުގައި ވަރަށް ލޯބިން ހިފިއެވެ. އަދި އަހަރެން ފަހީމު ދެކެ ލޯބިވަނީ ކިހާވަރަކަށްތޯ އާއި އަހަރެންނަށް ފަހީމު ނެތްކަމުގެ އިހުސާސް ކުރެވެނީ ކިހާވަރަކަށްތޯ ބެލުމުގެ ގޮތުން އަހަރެން އިމްތިހާނު ކުރީ ކަމަށް ބުންޏެވެ. އިމްތިހާނުން އަހަރެން އެންމެ މަތީ ދަރަޖައިގައި ފާސްވެއްޖެ ކަމަށް ބުނެ އަހަރެންގެ އިސްތަށިގަނޑުގައި ވަރަށް ލޯބިން ފިރުމާލިއެވެ. އަދި އަހަރެންގެ ކޯތާފަތަށް ލޯބިން ބޮސްދިނެވެ. މިހާރުވެސް އަހަރެން އެކަނިވެރިވާ ކޮންމެ ފަހަރަކު ފަހީމު އަބަދުވެސް އަހަރެންގެ އެންމެ ގާތުގައި ހުންނަ ކަމުގެ އިހުސާސް ކުރެވެއެވެ. އަބަދުވެސް އަހަރެންގެ މީހެއްގެ ގޮތުގައިއެވެ. ( ނިމުނީ )    
Share this article :

ސުރުހީ އާއި ގުޅޭ ލިޔުންތައް

Posted by Unknown at 02:29
Email ThisBlogThis!Share to XShare to Facebook
Labels: ހާލަތު, އިޤުތިޞާދު, އިޖުތިމާއީ, ވާހަކަ, މައްސަލަތައް

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

މަޤުބޫލު ލިޔުންތައް

  • ފިރިހެނުންގެ ބައެއް ސިއްރު ކަންތައްތައް އެގެން ބޭނުންތަ؟
    ތި ކަނބަލުންގެ ހަޔާތުގެ ބައިވެރިޔާއަކީ ދިމާވާ ކަންތައްތައް ކިޔައިދީ ކަމެއް ދިމާވުމުން އެކަމާމެދު ވިސްނާ ފިކުރުކޮށް ނުވަތަ ...
  • ކައިވެނީގައި ޖެހޭ މައްސަލަތައް ހައްލުކުރާނެ ގޮތް
    ދެބަސްވުމާއި، ކަންކަމުގައި ހިޔާލުތަފާތުވުމާއި، ދެމީހުން އެކަކު އަނެކަކާއި މައްސަލަ ޖެހި ކުދިކުދި ހަމަނުޖެހުން ހި...
  • ފިރިހެނުން ދެކެ އަންހެނުން ލޯބިވަނީ ކީއްވެ؟
    ކޮންމެ އަންހެނަކުވެސް ތިމާ އެމީހަކު ދެކެ ލޯބިވާ ފިރިހެނެއް ބޭނުންވާނެ އެވެ. ކޮންމެ ފިރިހެނަކުވެސް ތިމާ ދެކެ ލޯބިވާ އަނ...
  • ދެމީހުންގެ މެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
    ޒަވާޖީ ހަޔާތެއް ނުވަތަ ލޯބި ވެގެންއުޅޭ ދެމީހުންގެ ދެމެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި، ދެމީހުންގެ ދެމެދުގައ...
  • ހަޔާތުގެ ބައިވެރިޔާއަށް އޮޅުވާލާ މަކަރު ހަދަނީ ކީއްވެ؟
    އެމެރިކާގައި ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ކައިވެނި ކޮށްގެން އުޅޭ މީހުންގެ ތެރެއިން %25 ފިރިހެނުންނަކީ، ...

Find Us on Facebook

About Me

Unknown
View my complete profile

Template modified by : Afey Afra
Copyright © 2011. Dhirun - All Rights Reserved