Dhirun
  • ފުރަތަމަ ސަފްހާ
  • ސިއްޚީ
    • ތަފާތު ބަލިތައް
    • ދުޅަހެޔޮކަން
    • ރަނގަޅު ކާނާ
    • ކާނާ
  • ޒީނަތްތެރިކަން
  • އިގުތިސާދު
    • ތިއަރީ
    • ހާލަތް
  • އިޖުތިމާއީ
    • މައްސަލަތައް
    • ނިޒާމު
  • ވާހަކަ
    • ހަޤިޤީ
    • ހިޔާލީ
  • މުނިފޫހި
  • އިތުރު ލިޔުންތެރިން

skip to main | skip to sidebar
Blogger Tips and TricksLatest Tips And TricksBlogger Tricks

Widgets

Home » ހާލަތު , އިޤުތިޞާދު , އިޖުތިމާއީ , ސިއްހީ , ޒީނަތްތެރިކަން » ބައިވެރިޔާ ތިމާ ދެކެ ވާ ލޯބި އިތުރުކުރުމަށްޓަކައި ކުރެވިދާނެ ކަންތައް

ބައިވެރިޔާ ތިމާ ދެކެ ވާ ލޯބި އިތުރުކުރުމަށްޓަކައި ކުރެވިދާނެ ކަންތައް

Monday, 31 August 2015 | 0 comments








ދެމީހެއްގެ ދެމެދުގައި އުފެދިފައިވާ ގުޅުންތެރިކަން ދުވަހަކަށްފަހު ދުވަހެއް ބަދަހިވަމުން ދާނީ، ދެމީހުންވެސް އެކަކު އަނެކަކު ދެކެ ލޯބިވާ ކަން ހާމަކޮށް އެކަން އަމަލާއި ބަހުން ދައްކުވައި ދީގެންނެވެ. ލޯތްބަކީ ނިމުމެން ނެތް ކަމެކެވެ. ކިތަންމެ ވަރަކަށްވެސް މީހެއް ދެކެ ލޯބި ވެވިދާނެއެވެ. ތިރީގައި މިވާ ބައެއް ކަންތައްތަކަކީ ބައިވެރިޔާ ލޯބިވާ ކަން ދޭހަކޮށްދޭ ކަންތައްތަކެވެ.
1.     ވާހަކަ ދައްކާގޮތާއި ވާހަކަ ދެއްކުމުގެ ބަހުރުވަ ބަދަލުކުރުން؛ ބައެއް ފަހަރު ކުދިކުދި ކަންތައްތަކާ ނުވަތަ ވާހަކަ ދެއްކުމުގެ ބަހުރުވައާއި ވާހަކަ ދައްކާ ހަދާގޮތުން ދެ ބައިވެރިންގެ މެދުގައި ކުދި ޒުވާބު ކުރެވޭތަން އާދެއެވެ. މިގޮތަށް މައްސަލަ ޖެހުމުގެ ސަބަބުން ދެމީހުންގެ ޖިންސީ ގުޅުންތެރިކަމަށްވެސް، ތަފާތު ނުރަގަނޅު އަސަރުކުރާތަންވެސް އާދެވެ. ވީމާ، ދެމީހުންވެސް ވިސްނުންތެރިކަމާއި އެކު ވަރަށް ލޯބިން އެކަކު އަނެކަކާއި މުއާތްމަލާތް ކުރާށެވެ. ދެމީހުންގެ މެދުގައި އަނބިފިރިކަމުގެ ގުޅުންތެރިކަން ހިންގުމުގެ ކުރިން އިސާރާތުން ނަމަވެސް އެކަމަށް ބޭނުންވާ ކަން ހާމަކުރާށެވެ. ނިދަން އެދުމައްޗަށް އެރުމުގެ ކުރިން އެދުގެ ބެޑްޝީޓް ރީތިކޮން ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. ނިދާވަގުތު ދެމީހުންވެސް ހިތްހަމަޖެހިގެން ނިދުމަކީ ވަރަށް މުހިންމު ކަމެކެވެ.
2.     މަޢާފަށް އެދެންޖެހޭ ވަގުތު މަޢާފަށް އެދުން؛ ކަމެއް ގޯސްކޮން ކުރެވިއްޖެނަމަ އެކަމަށް މަޢާފަށް އެދޭށެވެ. އެކަކު އަނެކަކަށް މަޢާފުކުރުމަކީ ދެމީހުންގެ ހިތުގައި އުފެދިފައިވާ ޒަހަމް ފިލުވައިދޭ ކަމެކެވެ.މަޢާފަށް އެދޭއިރު '' ބޭބީ އަހަރެންނަށް މަޢާފްކުރޭ. އެއީ ގަސްތުގައި ބުނިއެއްޗެއް ނޫންކަމަށް '' ބުނެވިދާނެއެވެ. ބައެއްފަހަރު އެކަކު އަނެކަކަށް ގޮތްދޫނުކޮށް ޒުވާބުކޮށް މަޢާފަށް އެދެން ބޭނުން ނުވެފައި ހުރެއެވެ. މިހެން ވުމުން ގިނަފަހަރަށް ކައިވެނި ރޫޅޭގޮތް ވެގެންދެއެވެ. މަޢާފް ކުރުމަކީ ދެމީހުންގެ ގުޅުންތެރިކަން ދަމަހައްޓައިދޭ ކަމެކެވެ.
3.     އަބަދުވެސް ގައިން މިރުވަސްދުވުން؛ އަބަދުވެސް ގައިން ތާހިރުވެގެންހުރެ، މީރުވަސްދުވާ ސެންޓެއް ނުވަތަ ބޮޑީ ސްޕްރޭއެއް ބޭނުންކުރާށެވެ. އޭރުން ދެމީހުން ލޯބިވާ އިރު ނުވަތަ ކައިރިވާއިރު ގައިން މީރުވަސް ދުވުމުން، ބައިވެރިޔާދެކެ ވާ ލޯބި އިތުރުވާ ގޮތް ވާނެއެވެ.
4.     މަޑުމައިތިރި ކަމާއިއެކު ލޯބިން މުހާތަބުކުރުން؛ ލޯބިން މަޑުމައިތިރި ކަމާއެކު ވާހަކަ ދެއްކުމަކީ ތިމާ އަނބި ނުވަތަ ފިރި ދަށުވުމެއް ނޫނެވެ. މިއީ ރިވެތި ސިފައެއްކަންވެސް ހަނދާންކުރާށެވެ. މިގޮތަށް މުހާތަބު ކުރުމަކީ އެކަކު އަނެކަކަށް އަދަބު އިހުތިރާމުކުރަން ދަސްވެ، ކައިވެނީގެ ނުވަތަ ލޯބީގެ ގުޅުންތެރިކަން ދިގުމުއްދަތަކަށް ދަމަހައްޓައި ދޭނެ ކަމެކެވެ.
5.     ޚިދުމަތުގައި ދެމިހުރުން؛ ބައިވެރިޔާ ކަމަކަށް އެދުމުން އެކަން ކޮށްދޭ ހިތުން ކުރާށެވެ. ބައިވެރިޔާ ބޭނުންވާ ކަންތައް ކުރާހިތުން ކޮށްދިނުމަކީ ދެމީހުންގެ ގުޅުން ތެރިކަން ދަމަހައްޓައިދޭނެ ކަމެކެވެ. ދެމީހުން އެކަކު އަނެކަކާއި ލޯބިކުރާއިރުވެސް ގަޔާވެގެން ކުރާކަމެއް ކުރާށެވެ. 
6.     މާގިނަ ރައްޓެހިން ގެޔަށް ނުގެނައުން؛ އެހާ ގިނަ ރައްޓެހިން ކައިރިކޮށްގެން ގެޔަށް ނުގެންނާށެވެ. އަބަދުވެސް ތިމާދެކެ ލޯބިވާ ތިމާއަށް ހެޔޮއެދޭ ރައްޓެހިން އިހުތިޔާރުކުރާށެވެ. އެހެންނޫނީ ދެމީހުންގެ ދޭތެރެ ޖައްސާ ދެމީހުންގެ މެދުގައި އުފެދިފައިވާ ގުޅުންތެރިކަމަށް ބުރޫ އަރާގޮތް ވެގެން ދާނެއެވެ. ބައެއް ފަހަރު ރަނގަޅަށް ނުބަލާ އިހުތިޔާރު ކުރާ ރައްޓެހިންގެ ސަބަބުން ތިމާގެ އަނބި ނުވަތަ ފިރިމީހާ ދެކެ ލޯބިވެ ދިރިއުޅުން ބަރުބާދު ކޮށްލާތަން އާދެއެވެ.
7.     ހަދިޔާ ބަދަލުކުރުން؛ އުފަން ދުވަސް ، ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އަހަރުވުން ނުވަތަ ކައިވެންޏަށް އަހަރުވާ ދުވަސް ފާހަގަ ކުރުމުގެ އިތުރުންވެސް ދޭތެރެއިން ލޯބިވެރިޔާއަށް ކޮންމެވެސް ހަދިޔާއެއް ދޭށެވެ. މިގޮތަށް ހަދިޔާ ދިނުމުން ދެމީހުންވެސް އެކަކު އަނެކަކީ ވަރަށް މުހިންމު މީހެއްކަމަށް ދެކޭނެއެވެ. އޭރުން ދެމީހުންގެ ގުޅުން އިތުރަށް ބަދަހިވަމުން ދާނެއެވެ.
8.     އަގުވަޒަން ކުރުން؛ ބައިވެރިޔާ ކޮށްދޭ ކަންތައްތަކުގެ އަގުވަޒަން ކުރަން ދަސްކުރާށެވެ. އޭރުން ދެމީހުން އެކަކު އަނެކަކާއި ދޭތެރޭގައި ދެކޭ ނުރަގަޅުގޮތް ބަދަލުވެ، ދެމީހުންގެ މެދުގައި ގާތްގުޅުމެއް އުފެދި ގުޅުން އިތުރަށް ބަދަހިވަމުން ދާނެއެވެ.

9.     ލޯބިން ތަފާތު ނަންނަމުން ގޮވާލުން؛ މިސާލަކަށް ޑާލިންގ، ބޭބީ،ބޭބް، ހަނީ، ސްވީޓްހާރޓު ފަދަ ނަންނަމުން މުހާތަބު ކުރެވިދާނެއެވެ. އޭރުން ލޯބިވެރިޔާ ތިމާއާއި އިތުރަށް ގަޔާވާގޮތް ވާނެއެވެ. ރުޅި އައިސްފަ ހުންނަ ވަގުތުވެސް މިފަދަ ނަމުން ލޯބިން ގޮވާލުމުން އައިސްފަ ހުންނަ ރުޅި މަޑުވާގޮތް ވެގެންދާނެއެވެ. 
Share this article :

ސުރުހީ އާއި ގުޅޭ ލިޔުންތައް

Posted by Unknown at 11:27
Email ThisBlogThis!Share to XShare to Facebook
Labels: ހާލަތު, އިޤުތިޞާދު, އިޖުތިމާއީ, ސިއްހީ, ޒީނަތްތެރިކަން

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

މަޤުބޫލު ލިޔުންތައް

  • ފިރިހެނުންގެ ބައެއް ސިއްރު ކަންތައްތައް އެގެން ބޭނުންތަ؟
    ތި ކަނބަލުންގެ ހަޔާތުގެ ބައިވެރިޔާއަކީ ދިމާވާ ކަންތައްތައް ކިޔައިދީ ކަމެއް ދިމާވުމުން އެކަމާމެދު ވިސްނާ ފިކުރުކޮށް ނުވަތަ ...
  • ކައިވެނީގައި ޖެހޭ މައްސަލަތައް ހައްލުކުރާނެ ގޮތް
    ދެބަސްވުމާއި، ކަންކަމުގައި ހިޔާލުތަފާތުވުމާއި، ދެމީހުން އެކަކު އަނެކަކާއި މައްސަލަ ޖެހި ކުދިކުދި ހަމަނުޖެހުން ހި...
  • ފިރިހެނުން ދެކެ އަންހެނުން ލޯބިވަނީ ކީއްވެ؟
    ކޮންމެ އަންހެނަކުވެސް ތިމާ އެމީހަކު ދެކެ ލޯބިވާ ފިރިހެނެއް ބޭނުންވާނެ އެވެ. ކޮންމެ ފިރިހެނަކުވެސް ތިމާ ދެކެ ލޯބިވާ އަނ...
  • ދެމީހުންގެ މެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
    ޒަވާޖީ ހަޔާތެއް ނުވަތަ ލޯބި ވެގެންއުޅޭ ދެމީހުންގެ ދެމެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި، ދެމީހުންގެ ދެމެދުގައ...
  • ހަޔާތުގެ ބައިވެރިޔާއަށް އޮޅުވާލާ މަކަރު ހަދަނީ ކީއްވެ؟
    އެމެރިކާގައި ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ކައިވެނި ކޮށްގެން އުޅޭ މީހުންގެ ތެރެއިން %25 ފިރިހެނުންނަކީ، ...

Find Us on Facebook

About Me

Unknown
View my complete profile

Template modified by : Afey Afra
Copyright © 2011. Dhirun - All Rights Reserved